Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓޯކިއޯ އޮލިމްޕިކްސް

ފުރަތަމަ މެޗުން ބަލިވެ އެމެރިކާގެ ސިލްސިލާއަށް ނިމުމެއް

އެމެރިކާއިން ވަނީ މެޗަކުން ބަލިނުވެ 44 މެޗު ހަމަކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 21 ޖުލައި 2021 | ބުދަ 12:56
ސްވިޑެންއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން އެމެރިކާގެ ކެޕްޓަން މޭގަން ރެޕީނޯ

ސްވިޑެންއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން އެމެރިކާގެ ކެޕްޓަން މޭގަން ރެޕީނޯ

ޓޯކިއޯ އޮލިމްޕިކް ގޭމްސް 2020 ގެ އަންހެނުންގެ ފުޓްބޯޅަ އިވެންޓުގައި ކުޅުނު ފުރަތަމަ މެޗުން ސްވިޑެން އަތުން ބަލިވެ އެމެރިކާއިން ބަލިނުވެ ފުރިހަމަކުރަމުން އަންނަ ސިލްސިލާއަށް ނިމުން އަތުވެއްޖެއެވެ.

މި ފަހަރުގެ އޮލިމްޕިކްސްއާ ކުރިމަތިލުމުގެ ކުރިން އެމެރިކާގެ އަންހެން ޓީމުން ވަނީ މެޗަކުން ބަލިނުވެ 44 މެޗު ހަމަކޮށްފައެވެ. އެކަމަކު އޮލިމްޕިކްސްގެ އަންހެނުންގެ ފުޓްބޯޅަ އިވެންޓުގައި ކުޅުނު ފުރަތަމަ މެޗުން ދުނިޔޭގެ ޗެމްޕިއަނުން ބަލިވީ ސްވިޑެން އަތުން 3-0 ގެ ނަތީޖާއަކުންނެވެ.

ޓޯކިއޯގެ އަޖިނޮމޮޓޯ ސްޓޭޑިއަމުގައި ކުޅުނު މި މެޗުގައި އެމެރިކާގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 25 ވަނަ މިނެޓުގައި ސްވިޑެންއިން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ގައުމަށް ކާމިޔާބުކޮށްދިނީ ސްޓީނާ ބްލެކްސްޓިނިއަސްއެވެ. އަދި ދެވަނަ ހާފު ފަށައިގެން ހަވަނަ މިނެޓުގައި ބްލެކްސްޓިނިއަސް ވަނީ އިތުރު ލަނޑެއް ޖަހައި ސްވިޑެންއަށް ލީޑު ފުޅާކޮށްދީފައެވެ. ދެން މި މެޗުގައި ސްވިޑެންއިން ކާމިޔާބުކުރި އަނެއް ލަނޑު މެޗުގެ 72 ވަނަ މިނެޓުގައި ޖަހައިދިނީ ލީޏާ ހާޓިގެވެ.

އޮލިމްޕިކްސްގެ އަންހެނުންގެ ފުޓްބޯޅަ އިވެންޓުގެ ގްރޫޕް ޖީގައި ކުޅުނު ފުރަތަމަ މެޗުން ބަލިވެ އެމެރިކާގެ ސިލްސިލާއަށް ނިމުން އައިރު، އެ ގައުމަކީ އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި ފީފާ އަންހެނުންގެ ވޯލްޑް ކަޕުގެ ޗެމްޕިއަނުންނެވެ. އަދި އޭގެ ކުރިން 2015 ވަނަ އަހަރު ބޭއްވި މުބާރާތްވެސް ކާމިޔާބުކޮށްފައިވަނީ އެމެރިކާއިންނެވެ.

ޓޯކިއޯ އޮލިމްޕިކްސްގެ އަންހެނުންގެ ފުޓްބޯޅަ އިވެންޓުގެ ކުޅުން ބުދަ ދުވަހު ފެށިއިރު، ރަސްމީކޮށް ގޭމްސް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުއެވެ.

ޓޯކިއޯ އޮލިމްޕިކްސް

އިތުރަށް ކިޔާލަން

09 އޯގަސްޓު 2021

ޓޯކިއޯ އޮލިމްޕިކްސް - މެޑަލް ލިސްޓުގެ އެއްވަނައިގައި އެމެރިކާ

09 އޯގަސްޓު 2021
ޓޯކިއޯ އޮލިމްޕިކްސް - މެޑަލް ލިސްޓުގެ އެއްވަނައިގައި އެމެރިކާ
07 އޯގަސްޓު 2021

ސްޕެއިން ބަލިކޮށް ބްރެޒިލުން ރަން މެޑަލް ދިފާއުކޮށްފި

07 އޯގަސްޓު 2021
ސްޕެއިން ބަލިކޮށް ބްރެޒިލުން ރަން މެޑަލް ދިފާއުކޮށްފި
06 އޯގަސްޓު 2021

ސްވިޑެން ބަލިކޮށް ކެނެޑާއަށް ރަން މެޑަލް

06 އޯގަސްޓު 2021
ސްވިޑެން ބަލިކޮށް ކެނެޑާއަށް ރަން މެޑަލް
22 ޖުލައި 2021

ފްރާންސް ބަލިވިއިރު، ބްރެޒިލަށް މޮޅެއް

22 ޖުލައި 2021
ފްރާންސް ބަލިވިއިރު، ބްރެޒިލަށް މޮޅެއް
22 ޖުލައި 2021

އޮލިމްޕިކްސްގައި ދިވެހި ދިދަ އުފުލާނީ މުބާލާއި ނަބާހާ

22 ޖުލައި 2021
އޮލިމްޕިކްސްގައި ދިވެހި ދިދަ އުފުލާނީ މުބާލާއި ނަބާހާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު