Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޓޯކިއޯ އޮލިމްޕިކްސް

އޮލިމްޕިކްސް ފަސްކުރުމުން ނުނިދާ އުޅެން ޖެހުނު: އައިއޯސީގެ ރައީސް

އޮލިމްޕިކްސް ކެންސަލް ކުރަން އެއްވެސް ވަރަކަށް ވިސްނާފައެއް ނުވޭ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 20 ޖުލައި 2021 | އަންގާރަ 12:49
އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) ގެ ރައީސް ތޯމަސް ބާކް

އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) ގެ ރައީސް ތޯމަސް ބާކް

މިދިޔަ އަހަރު ބާއްވަން އޮތް އޮލިމްޕިކް ގޭމްސް މި އަހަރަށް ފަސްކުރުމުން ނުނިދާ އުޅެން ޖެހުނު ކަމަށް އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) ގެ ރައީސް ތޯމަސް ބާކް ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 ގެ ސަބަބުން އޮލިމްޕިކްސް މި އަހަރަށް ފަސްކުރުމަށް އައިއޯސީން ނިންމީ ގިނަ ގައުމުތަކުން އެކަމަށް ގޮވާލުމުންނެވެ. މިދުޔަ އަހަރުގެ އޮލިމްޕިކްސް ޓޯކިއޯގައި އެންމެ ފުރަތަމަ ބޭއްވުމަށް ތާވަލުކުރީ ޖުލައި މަހުގެ 24 ވަނަ ދުވަހުން އޯގަސްޓް މަހުގެ ނުވަވަނަ ދުވަހުގެ ނިޔަލަށެވެ. އެކަމަކު މިހާރު ވަނީ މި މަހުގެ 23 ވަނަ ދުވަހުން އަންނަ އޯގަސްޓް މަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް އޮލިމްޕިކްސް ބާއްވަން ތާވަލުކޮށްފައެވެ. އަދި ޕެރަލިމްޕިކްސް ބާއްވަން ތާވަލުކޮށްފައިވަނީ އަންނަ މަހުގެ 24 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށެވެ.

މީގެ ކުރިން އޮލިމްޕިކްސް ކެންސަލް ކުރުމަކީ އެކަށީގެންވާ ކަމެއް އައިއޯސީގެ ރައީސް ތޯމަސް ބާކް ވިދާޅުވި ނަމަވެސް، ދާދި ފަހުން ދިން އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ އޮލިމްޕިކްސް ކެންސަލް ކުރަން އެއްވެސް ވަރަކަށް ވިސްނާފައިނުވާ ކަމަށެވެ. އެކަމަކު އައިއޯސީއަށްވެސް މި ދަނޑިވަޅުގައި އެންމެ ފަސޭހަވާނީ އޮލިމްޕިކްސް ކެންސަލް ކުރަން ކަމަށާއި، ނަމަވެސް އައިއޯސީން އެތުލީޓުން ބިކަވިޔަ ނުދޭނެ ކަމަށެވެ.

އެހެންކަމުން ކުރެވުނު ބުރަ މަސައްކަތާއެކު އަންނަ ހުކުރު ދުވަހު އޮލިމްޕިކްސް ޓޯކިއޯގައި ފަށާއިރު، މި ފަހަރުގެ ގޭމްސް މި އަހަރަށް ފަސްކުރުމުން ނުނިދާ އުޅެން ޖެހުނު ދުވަސްތައްވެސް އައި ކަމަށް ވިދާޅުވިއެވެ. އަދި މިހާ ހިސާބަށް ވާސިލުވެވުނީ އެތުލީޓުންނާއި ގައުމުތަކުން ގޭމްސްއަށް ފުރިހަމައަށް އެއްބާރުލުން ދިނުމުން ކަމަށާއި، އެހެންކަމުން ފަހު ވަގުތު އޮލިމްޕިކްސް ކެންސަލް ނުކުރާނެ ކަމަށްވެސް ބާކް ވަނީ ވިދާޅުވެފައެވެ.

މި ފަހަރުގެ އޮލިމްޕިކްސް ޖަޕާނުގައި ބާއްވާއިރު، ކޮވިޑާ ގުޅިގެން ގޭމްސް ބަލަން އެހެން ގައުމުތަކުގެ ސަޕޯޓަރުން ޖަޕާނަށް އެތެރެވުން ވަނީ މަނާކޮށްފައެވެ. ކޮވިޑުގެ ދަނޑިވަޅުގައި އޮލިމްޕިކްސް ބާއްވާއިރު، މީގެ ކުރިން ޔުނައިޓެޑް ނޭޝަންސް (ޔޫއެން) އަށް ފޮނުއްވި މެސެޖެއްގައި ބޮޑުވަޒީރު ޔޮޝިހިދޭ ސުގާ ވަނީ އަހަރު ބާއްވާ އޮލިމްޕިކް ގޭމްސްއިން އެނގިގެންދާނީ މި ހާލަތުން އިންސާނުން އަރައިގަނެފައިވާކަން ކަމަށް ވިދާޅުވެފައެވެ. އަދި އޮލިމްޕިކްސް ބޭއްވުމަށް ޖަޕާން ވަރަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށްވެސް ސުގާ ވަނީ ވިދާޅުވެފައެވެ.

ކޮވިޑާ ގުޅިގެން މިދިޔަ އަހަރުގެ އޮލިމްޕިކްސް މި އަހަރަށް ފަސްކުރިއިރު، މިއީ ތާރީޚުގައި އޮލިމްޕިކްސް ފަސްކުރި ފުރަތަމަ ފަހަރެވެ. އަންނަ ހުކުރު ދުވަހު އޮލިމްޕިކްސް ފަށާއިރު، މި އަހަރުގެ ގޭމްސްގައިވެސް ބޭނުންކުރާނެ ނަމަކީ "ޓޯކިއޯ އޮލިމްޕިކްސް 2020" އެވެ.

ޓޯކިއޯ އޮލިމްޕިކްސް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޓޯކިއޯ އޮލިމްޕިކްސް - މެޑަލް ލިސްޓުގެ އެއްވަނައިގައި އެމެރިކާ

ޓޯކިއޯ އޮލިމްޕިކްސް - މެޑަލް ލިސްޓުގެ އެއްވަނައިގައި އެމެރިކާ

09 އޯގަސްޓު 2021
ސްޕެއިން ބަލިކޮށް ބްރެޒިލުން ރަން މެޑަލް ދިފާއުކޮށްފި

ސްޕެއިން ބަލިކޮށް ބްރެޒިލުން ރަން މެޑަލް ދިފާއުކޮށްފި

07 އޯގަސްޓު 2021
ސްވިޑެން ބަލިކޮށް ކެނެޑާއަށް ރަން މެޑަލް

ސްވިޑެން ބަލިކޮށް ކެނެޑާއަށް ރަން މެޑަލް

06 އޯގަސްޓު 2021
ފްރާންސް ބަލިވިއިރު، ބްރެޒިލަށް މޮޅެއް

ފްރާންސް ބަލިވިއިރު، ބްރެޒިލަށް މޮޅެއް

22 ޖުލައި 2021
އޮލިމްޕިކްސްގައި ދިވެހި ދިދަ އުފުލާނީ މުބާލާއި ނަބާހާ

އޮލިމްޕިކްސްގައި ދިވެހި ދިދަ އުފުލާނީ މުބާލާއި ނަބާހާ

22 ޖުލައި 2021

އަހަރުތަކުން މިއަދު

19 ފެބުރުއަރީ
ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ
20251 އަހަރު ކުރިން
ސިއްހަތު

ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް
20242 އަހަރު ކުރިން
ރާއްޖެ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!
20224 އަހަރު ކުރިން
ކޮލަމް

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ
20197 އަހަރު ކުރިން
ދިވެހި ބަސް

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު