Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޓޯކިއޯ އޮލިމްޕިކްސް

ފްރާންސް ބަލިވިއިރު، ބްރެޒިލަށް މޮޅެއް

ޖަރުމަން އަތުން ބްރެޒިލް މޮޅުވީ 4-2 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 22 ޖުލައި 2021 | ބުރާސްފަތި 14:34
މެކްސިކޯ އާއި ފްރާންސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން މެކްސިކޯ މޮޅުވީ 4-1 ން

މެކްސިކޯ އާއި ފްރާންސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން މެކްސިކޯ މޮޅުވީ 4-1 ން

ޓޯކިއޯ އޮލިމްޕިކް ގޭމްސް 2020 ގެ ފިރިހެނުންގެ ފުޓްބޯޅަ އިވެންޓުގައި ކުޅުނު ފުރަތަމަ މެޗުން މެކްސިކޯ އަތުން ފްރާންސް ބަލިވިއިރު، ޖަރުމަން އަތުން ބްރެޒިލް މޮޅުވެއްޖެއެވެ.

ގްރޫޕް އޭގައި ކުޅުނު ފުރަތަމަ މެޗުން މެކްސިކޯ އަތުން ފްރާންސް ބަލިވީ 4-1 ގެ ނަތީޖާއަކުންނެވެ.

ޓޯކިއޯގެ އަޖިނޮމޮޓޯ ސްޓޭޑިއަމުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް، ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގައި މެކްސިކޯއިން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ގައުމަށް ކާމިޔާބުކޮށްދިނީ އާނެސްޓޯ ވެގާއެވެ. އަދި އޭގެ އަށް މިނެޓު ފަހުން ފްރެންސިސްކޯ ކޯޑޯވާ ވަނީ މެކްސިކޯއަށް ލީޑު ފުޅާކޮށްދީފައެވެ.

އޭގެ ފަހުން މެޗުގެ 69 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އަންދްރޭ-ޕިއޭ ޖިންޏަކް ފްރާންސަށް ފަރަގު ކުޑަކޮށްދިން ނަމަވެސް، އޭގެ ހަ މިނެޓު ފަހުން ކާލޯސް އަންޓޫނާ ވަނީ ލަނޑެއް ޖަހައި މެކްސިކޯއަށް އަލުން ލީޑު ފުޅާކޮށްދީފައެވެ. ދެން މި މެޗުގައި މެކްސިކޯއިން ޖެހި ހަތަރުވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ އެޑުއާޑޯ އަގީރޭއެވެ.

މީގެ އިތުރުން ގްރޫޕް ޑީގައި ކުޅުނު ފުރަތަމަ މެޗުން ބްރެޒިލް މޮޅުވީ ޖަރުމަން އަތުން 4-2 ގެ ނަތީޖާއަކުންނެވެ.

ޓޯކިއޯގެ ނިސާން ސްޓޭޑިއަމުގައި ކުޅުނު މި މެޗުގެ 30 މިނެޓު ހަމަވިއިރު، ބްރެޒިލުގެ ރިޗާލިސަން ވަނީ ހެޓްރިކެއް ހަދާފައެވެ. އެކަމަކު ދެވަނަ ހާފުގައި ޖަރުމަނުން އެ ޓީމުގެ ކުޅުން ރަނގަޅުކުރިއިރު، 57 ވަނަ މިނެޓުގައި ނަދީމް އަމީރީ ވަނީ އެ ޓީމުގެ ފުރަތަމަ ލަނޑު ޖަހާފައެވެ. އަދި 84 ވަނަ މިނެޓުގައި ރަގްނާ އަކޭ ވަނީ ލަނޑެއް ޖަހައި، ޖަރުމަނަށް ފަރަގު ކުޑަކޮށްދީފައެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ބްރެޒިލުން އަލުން ލީޑު ފުޅާކޮށްފައިވަނީ މެޗުގެ އިތުރު ވަގުތުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޕައުލީނިއޯއެވެ.

ޓޯކިއޯ އޮލިމްޕިކްސްގެ ފިރިހެނުންގެ ފުޓްބޯޅަ އިވެންޓުގެ ކުޅުން ބުރާސްފަތި ދުވަހު ފެށިއިރު، ގްރޫޕް ސީގައި ހިމެނޭ ސްޕެއިނުން ކުޅުނު ފުރަތަމަ މެޗުން ވަނީ މިސްރާ ލަނޑެއް ނުޖެހި އެއްވަރުވެފައެވެ. އަދި މި ގްރޫޕުގައި ހިމެނޭ އޮސްޓްރޭލިއާއިން ވަނީ 2-0 ގެ ނަތީޖާއަކުން އާޖެންޓީނާ ބަލިކޮށްފައެވެ.

ޓޯކިއޯ އޮލިމްޕިކްސް

ކޮމެންޓް

އިތުރަށް ކިޔާލަން

ޓޯކިއޯ އޮލިމްޕިކްސް - މެޑަލް ލިސްޓުގެ އެއްވަނައިގައި އެމެރިކާ

ޓޯކިއޯ އޮލިމްޕިކްސް - މެޑަލް ލިސްޓުގެ އެއްވަނައިގައި އެމެރިކާ

09 އޯގަސްޓު 2021
ސްޕެއިން ބަލިކޮށް ބްރެޒިލުން ރަން މެޑަލް ދިފާއުކޮށްފި

ސްޕެއިން ބަލިކޮށް ބްރެޒިލުން ރަން މެޑަލް ދިފާއުކޮށްފި

07 އޯގަސްޓު 2021
ސްވިޑެން ބަލިކޮށް ކެނެޑާއަށް ރަން މެޑަލް

ސްވިޑެން ބަލިކޮށް ކެނެޑާއަށް ރަން މެޑަލް

06 އޯގަސްޓު 2021
އޮލިމްޕިކްސްގައި ދިވެހި ދިދަ އުފުލާނީ މުބާލާއި ނަބާހާ

އޮލިމްޕިކްސްގައި ދިވެހި ދިދަ އުފުލާނީ މުބާލާއި ނަބާހާ

22 ޖުލައި 2021
ފުރަތަމަ މެޗުން ބަލިވެ އެމެރިކާގެ ސިލްސިލާއަށް ނިމުމެއް

ފުރަތަމަ މެޗުން ބަލިވެ އެމެރިކާގެ ސިލްސިލާއަށް ނިމުމެއް

21 ޖުލައި 2021

އަހަރުތަކުން މިއަދު

2 ޖޫން
4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި
20251 އަހަރު ކުރިން
ރިޕޯޓު

4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"
20242 އަހަރު ކުރިން
ރިޕޯޓު

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި
20233 އަހަރު ކުރިން
ރާއްޖެ

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް
20224 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް
20215 އަހަރު ކުރިން
ރާއްޖެ

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި
20197 އަހަރު ކުރިން
ރާއްޖެ

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!
20188 އަހަރު ކުރިން
ރިޕޯޓު

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު