Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލާމަރުކަޒީ ކޮމިޓީ

ކުއްލި ނުރައްކަލުގެ ހާލަތުގައި ލޭންޑް ޔޫސް ޕްލޭނަށް ދީފައި އޮތް 3 މަސް ނުގުނާނެ

8 އޯގަސްޓު 2021 | އާދީއްތަ 08:53

މިހާރު ހަދާފައިވާ ޕްލޭން ތަކަކީ، ކުރީގެ ޕްލޭންތަކެއް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 8 އޯގަސްޓު 2021 | އާދީއްތަ 08:53
އެލްޖީއޭއާއެކު ކުރިއަށްގެންދިޔަ ލާމަރުޒީ ކޮމިޓީގެ ބައްދަލުވުން ތެރެއިން

އެލްޖީއޭއާއެކު ކުރިއަށްގެންދިޔަ ލާމަރުޒީ ކޮމިޓީގެ ބައްދަލުވުން ތެރެއިން

ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުގައި ލޭންޑް ޔޫސް ޕްލޭނަށް ދީފައި އޮތް 3 މަސް ނުގުނާ ގޮތަށް ނިންމައިފިއެވެ.

ލާމަރުކަޒީ ގާނޫނަށް ގެނެވުނު 8 ވަނަ އިސްލާހާއެކު އައު ކައުންސިލް ހުވާކުރާތާ 3 މަސްދުވަހުގެ ތެރޭގައި ރައްޔިތުންނާ މަޝްވަރާކުރުމަށްފަހު ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭން ހަދާ ނިންމަންޖެހެއެވެ. އައު ކައުންސިލަށް ލޭންޑް ޔޫސް ޕްލޭނަށް ދީފައި އޮތް މުއްދަތު ހަމަވާނީ މި ހިނގާ އޮގަސްޓް މަހުގެ 17 ވަނަ ދުވަހަށެވެ. އެހެންނަމަވެސް ކޮވިޑްގެ މި ހާލަތާއެކު ކައުންސިލްތަކުގެ ބައްދަލުވުންތައް ބޭއްވުމުގައި ހުރި ދަތިތަކާއެކު ދީފައިވާ މުއްދަތުގައި އެ ޕްލޭން ހެދިފައިނުވާތީ، އެކަމުގެ ޝަކުވާ ލޯކަލް ގަވަރމެންޓް އޮތޯރިޓީއަށް ލިބެމުން އަންނަ ކަމަށް އެ އޮތޯރިޓީން ފާހަގަކުރެއެވެ. މިކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއިން ގޮތެއް ނިންމުމަށް އެލްޖީއޭއިން އެދިފައިވާތީ، އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އާދީއްތަ ދުވަހުވަނީ ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި އެލްޖީއޭއިން ލަފަޔަކަށް އެދިފައި އޮތީ މައިގަނޑު ދެކަމަަކަށެވެ.

Advertisement - newsAdvertisement

ފުރަތަމަ ކަމެއްގެ ގޮތުގައި އެދިފައިވަނީ، ދީފައިވާ މުއްދަތުގެ ތެރޭގައި ގާނޫނުގައި ބުނެފައިވާ ފަދައިން ރައްޔިތުންގެ މަޝްވަރާއާއެކު ލޭންޑް ޔޫސް ޕްލޭންގެ މަސައްކަތް ނުނިމޭނެކަން ވަރަށް ގިނަ ކައުންސިލުން ހާމަ ކޮށްފައިވާތީ އެކަމަށް އެކަށީގެންވާ ގޮތެއް ނިންމައިދިނުމަށެވެ. މިކަމަށް ކޮމިޓީގައި ކުރެވުނު މަޝްވަރާތަކުން ނިމިގެން ދިޔައީ، އާއްމު ސިއްޙަތުގެ ގާނޫނުގެ ދަށުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއެކު ވަކި މުއްދަތެއްގެ ތެރޭގައި އަމަލުކުރަން ހުންނަ ކަންކަން މަޑު ޖެހޭނެ ކަމަށް ބަޔާން ކޮށްފައިވާތީ، ލޭންޑް ޔޫސް ޕްލޭން ހަދަން އޮންނަ މުއްދަތު ފަސް ކުރެވިދާނެ ކަަމަށެވެ.

ދެވަނަ ކަމެއްގެ ގޮތުގައި އެދިފައިވަނީ، ކުރިން ހަދާފައި ހުރި ލޭންޑް ޔޫސް ޕްލޭން ރިވައިސް ކުރުމުގެ ކުރިން ބިން ބޭނުން ކުރެވޭނެ އުސޫލެއް އޮތްނަމަ އެގޮތެއް ހޯދުމަށެވެ. މިކަމާމެދު ކޮމިޓީގައި ވަކި ގޮތެއް ނުނިންމައެވެ. މިހާރު ދީފައިވާ މުދަތުގައި، ރިވައިސް ނުކުރެވިއްޖެ ނަމަ ރަށުގެ ބިން ބޭނުން ކުރުމުގެ މުއާމަލާތްތަކަށް ހުއްޓުމެއް އަންނާނެކަން ވެސް ކައުންސިލްތަކުން ފާހަގަކޮށްފައިވާކަމަށް އެލްޖީއޭއިން ބުނެއެވެ. މިކަމުގެ ސަބަބުން ތަރައްގީގެ ބައެއް މަޝްރޫއުތަކަށް ވެސް ހުއްޓުމެއް އަންނާނެކަން އެލްޖީއޭއިން ފާހަގަކުރެއްވިއެވެ.

އެލްޖީއޭއިން ފާހަގަކޮށްފައިވަނީ، 44 ރަށެއް ފިޔަވައި އެހެން ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭން އެލްޖީއޭއަށް ލިބިފައިވީ ނަމަވެސް އެ ޕްލޭން ތަކަކީ، ކުރިން ހަދާފައި ހުރި ލޭންޑް ޔޫސް ޕްލޭންތަކެއް ކަމުން މިހާރު ހަދަން ޖެހޭ ލޭންޑް ޔޫސް ޕްލޭނަށް ނުފެތޭ ކަމަށެވެ. ކުރިން ވެސް ރަށްރަށުގެ ބިން ބޭނުން ކުރުމުގައި އަމަލު ކުރަމުން އައި ގޮތަށް، ލޭންޑް ބަޖެޓް ހެދުމަށްފަހު ޕްލޭނިންގ މިނިސްޓްރީއަށް ހުށަހަޅައި، އެކަން ފާސް ކުރުމަށްފަހު ކުރިއަށް ދެވިދާނެ ކަމަށް ބައެއް މެމްބަރުން ފާހަގަކުރިއެވެ. އެހެންނަމަވެސް މިހާރު ގާނޫނަކުން ވަކި ގޮތަކަށް އަމަލު ކުރުމަށް ކަނޑައަޅާފައިވާ ކަމެއްގައި އެހެން ގޮތަކަށް އަމަލު ކުރެވޭނެތޯ މެމްބަރުން ސުވާލު އުފެއްދެވިއެވެ. އަދި ގާނޫނަށް ބަދަލު ނުގެނެސް ހައްލު ހޯދޭނެ ގޮތެއް އޮވެއްޖެނަމަ އެގޮތެއް ހޯދުމަށް މެމްބަރުން ބާރު އެޅުއްވިއެވެ. މިކަމުގައި އެލްޖީއޭގެ ބޯޑުގައި މަޝްވަރާ ކުރުމަށާއި، ބަންޑާރަ ނައިބުގެ ލަފައެއް ހޯދުމަށް ކޮމިޓީން ވަނީ އެދިފައެވެ.

މި ދެކަމުގައި ވެސް ކައުންސިލަރ ޖެނެރަލްގެ ލަފާ ހޯދުމަށް ކޮމިޓީން ވަނީ ނިންމާފައެވެ.

ރައްޔިތުންގެ މަޖިލިސްލާމަރުކަޒީ ނިޒާމުލޯކަލް ގަވަމަންޓް އޮތޯރިޓީ

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް
04 ޑިސެމްބަރު 2025

ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

04 ޑިސެމްބަރު 2025
ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި
02 ޑިސެމްބަރު 2025

ކައުންސިލްގެ ހުއްދައާ ނުލާ ސަރުކާރުން، ހިންގަން ބޭނުންވާ މަޝްރޫއު އެއް ނުވަތަ ހަރަކާތެއް ހިންގޭނެ ގޮތައް ހަދައިފި

02 ޑިސެމްބަރު 2025
ކައުންސިލްގެ ހުއްދައާ ނުލާ ސަރުކާރުން، ހިންގަން ބޭނުންވާ މަޝްރޫއު އެއް ނުވަތަ ހަރަކާތެއް ހިންގޭނެ ގޮތައް ހަދައިފި
02 ޑިސެމްބަރު 2025

ފަސޭހަކަމާ އެކު ވަގުތުން ކައުންސިލަރުން ސަސްޕެންޑް ކުރެވޭ ގޮތަށް އެލްޖީއެ އަށް ބާރު ދީފި

02 ޑިސެމްބަރު 2025
ފަސޭހަކަމާ އެކު ވަގުތުން ކައުންސިލަރުން ސަސްޕެންޑް ކުރެވޭ ގޮތަށް އެލްޖީއެ އަށް ބާރު ދީފި
01 ޑިސެމްބަރު 2025

އަތޮޅު ކައުންސިލް އުވާލާ ބިލު ރައީސް މުއިއްޒު ތަސްދީގު ކުރައްވައިފި

01 ޑިސެމްބަރު 2025
އަތޮޅު ކައުންސިލް އުވާލާ ބިލު ރައީސް މުއިއްޒު ތަސްދީގު ކުރައްވައިފި
28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް