Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19 ވެކްސިން އަޕްޑޭޓް

ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރި މީހުންގެ އަދަދު 280،353ށް!

6 އޯގަސްޓު 2021 | ހުކުރު 06:41

މާލެ ސަރަހައްދުން 807 މީހުންނާއި އަތޮޅުތެރޭގެ ރަށްތަކުން 1077 މީހުން ދެޑޯޒު ފުރިހަމަކޮށްފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 6 އޯގަސްޓު 2021 | ހުކުރު 06:41
ކޮވިޑް-19 ވެކްސިން- ރާއްޖޭގެ އާބާދީގެ 50 އިންސައްތައަށްވުރެ ގިނަ މީހުން މިހާތަނަށް ވަނީ ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައި

ކޮވިޑް-19 ވެކްސިން- ރާއްޖޭގެ އާބާދީގެ 50 އިންސައްތައަށްވުރެ ގިނަ މީހުން މިހާތަނަށް ވަނީ ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައި

ރާއްޖެއިން އިތުރު 1884 މީހުން ވެކްސިންގެ ދެވަނަ ޑޯޒު ފުރިހަމަކޮށްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާއްމުކޮށްފައިވާ އެންމެފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ބުދަ ދުވަހު ދެވަނަ ޑޯޒު ފުރިހަމަކޮށްފައިވަނީ 1884 މީހުންނެވެ. އެއީ މާލެ ސަރަހައްދުން ވެކްސިންޖެހި 807 މީހުންނާއި އަތޮޅުތެރޭގެ ރަށްތަކުން ވެކްސިންޖެހި 1077 މީހުންނެވެ. އެގޮތުން މިހާތަނަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރި މީހުންގެ ޖުމްލަ އަދަދު ވަނީ 280،353ށް އަރާފައެވެ.

Advertisement - newsAdvertisement

އޭގެ އިތުރުން، އިތުރު 1240 މީހަކު ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ވެކްސިން ޖެހި 501 މީހުންނާއި، އަތޮޅުތެރެއިން ވެކްސިން ޖަހާފައިވާ 739 މީހުންނެވެ. އެއާއެކު ރާއްޖެއިން މިހާތަނަށް ވެކްސިންގެ ފުރަތަމަ ޑޯޒު ފުރިހަމަކޮށްފައިވާ މީހުންގެ އަދަދު ވަނީ 327579ށް އަރާފައެވެ.

ރާއްޖޭގެ އާބާދީގެ 50 އިންސައްތައަށްވުރެ ގިނަ މީހުން މިހާތަނަށް ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައެވެ. ސަރުކާރުގެ އަމާޒަކީ މި މަސް ނިމުމުގެ ކުރިން ރާއްޖޭގެ އާބާދީގެ 90 އިންސައްތަ މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމެވެ. ނަމަވެސް އަދިވެސް އެކަށީގެންވާ ވަރަށް ވެކްސިން ޖެހުމަށް މީހުން ނުދާ ކަަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ބުނެފައިވެއެވެ. މިހާރު ރާއްޖެއަށް ލިބިފައިވާ އެސްޓްރަޒެނެކާ ވެކްސިންގެ ޑޯޒްތައް މި ނޮވެމްބަރު މަހު ހަމަވާނެ ކަމަށާއި، ލަސްނުކޮށް ވެކްސިން ޖެހުމަށް އެޗްއީއޯސީން އިލްތިމާސްކޮށްފައިވެއެވެ.

ސްކޫލްތަކުގެ މުވައްޒަފުންނާއި މުޅި ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ހުރިހާ އެންމެން ވެކްސިން ފުރިހަމަ ކުރުމަށް ޚާއްސަ ކެމްޕެއިނެއް އެޑިއުކޭޝަން މިނިސްޓްރީން އިސްނަގައިގެން ފަށާފައިވާއިރު، ސަރުކާރުގެ ވުޒާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުން ވީހާވެސް އަވަހަކަށް ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވަނީ އެދިވަޑައިގެންފައެވެ. އަދި ވަރަށް އަވަހަށް ފައިޒަރ ވެކްސިން ޖަހަން ފަށާއިރު، އެ ވެކްސިން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ޖަހާނެއެވެ.

ކޮވިޑް-19 ވެކްސިން

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

13 ސެޕްޓެމްބަރު 2025

ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ

13 ސެޕްޓެމްބަރު 2025
ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ
19 އޯގަސްޓު 2025

ކުޑަކުދިންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް އެމެރިކާގެ ކުޑަކުދިންގެ ސިއްހަތާ ބެހޭ އެކަޑަމީ އިން ލަފާ ދީފި

19 އޯގަސްޓު 2025
ކުޑަކުދިންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް އެމެރިކާގެ ކުޑަކުދިންގެ ސިއްހަތާ ބެހޭ އެކަޑަމީ އިން ލަފާ ދީފި
17 އޯގަސްޓު 2022

އެންމެ ރަނގަޅަށް ކޮވިޑް19 މެނޭޖުކުރި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ: މިނިސްޓަރު

17 އޯގަސްޓު 2022
އެންމެ ރަނގަޅަށް ކޮވިޑް19 މެނޭޖުކުރި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ: މިނިސްޓަރު
17 އޯގަސްޓު 2022

ރާއްޖޭގައި 166,271 މީހުން ކޮވިޑް-19 ވެކްސިންގެ ތިންވަނަ ޑޯޒް ފުރިހަމަކޮށްފި

17 އޯގަސްޓު 2022
ރާއްޖޭގައި 166,271 މީހުން ކޮވިޑް-19 ވެކްސިންގެ ތިންވަނަ ޑޯޒް ފުރިހަމަކޮށްފި
16 އޯގަސްޓު 2022

ޑުއަލް ވެކްސިންއެއް ހުއްދަކުރި ފުރަތަމަ ގައުމަކަށް ޔޫކޭ

16 އޯގަސްޓު 2022
ޑުއަލް ވެކްސިންއެއް ހުއްދަކުރި ފުރަތަމަ ގައުމަކަށް ޔޫކޭ
15 އޯގަސްޓު 2022

ބޫސްޓަރގެ ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު 1،054އަށް

15 އޯގަސްޓު 2022
ބޫސްޓަރގެ ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު 1،054އަށް
01 އޯގަސްޓު 2022

ފާއިތުވި ހަފުތާގައި ބޫސްޓަރ ދެވަނަ ޑޯޒު ޖެހީ 96 މީހުން

01 އޯގަސްޓު 2022
ފާއިތުވި ހަފުތާގައި ބޫސްޓަރ ދެވަނަ ޑޯޒު ޖެހީ 96 މީހުން
07 ޖުލައި 2022

އީދު ބަންދާ ގުޅިގެން ވެކްސިން ސެންޓަރުތައް ބަންދުވާނެ: އެޗްޕީއޭ

07 ޖުލައި 2022
އީދު ބަންދާ ގުޅިގެން ވެކްސިން ސެންޓަރުތައް ބަންދުވާނެ: އެޗްޕީއޭ
04 ޖޫން 2022

އެމެރިކާއިން ރާއްޖެއަށް 100،000އަށްވުރެ ގިނަ ކޮވިޑް ވެކްސިން ހަދިޔާކޮށްފި

04 ޖޫން 2022
އެމެރިކާއިން ރާއްޖެއަށް 100،000އަށްވުރެ ގިނަ ކޮވިޑް ވެކްސިން ހަދިޔާކޮށްފި
25 އެޕްރީލު 2022

ރޯދަ މަހާއި ދިމާކޮށް ވެކްސިން ޖަހަން އަންނަ މީހުންގެ އަދަދު މަދު

25 އެޕްރީލު 2022
ރޯދަ މަހާއި ދިމާކޮށް ވެކްސިން ޖަހަން އަންނަ މީހުންގެ އަދަދު މަދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް