Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުވެކްސިން ޖެހުން

އަދިވެސް ބަސްއަހާކަށް ނުވޭތަ؟

6 އޯގަސްޓު 2021 | ހުކުރު 06:48

އެކަށީގެންވާ ވަރަށް އަދިވެސް ވެކްސިން ޖަހަން މީހުންނެއް ނާދޭ

އަމްނާ އިމާދު
އަމްނާ އިމާދު | 6 އޯގަސްޓު 2021 | ހުކުރު 06:48
ކޮވިޑް-19ގެ ހާލަތާ ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވާހަކަދައްކަވަނީ،

ކޮވިޑް-19ގެ ހާލަތާ ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވާހަކަދައްކަވަނީ،

ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ފެށުނު ވެކްޝިނޭޝަން ޕްރޮގްރާމްއާއެކު ދައްކަމުންދަނީ އެއްވާހަކައެކެވެ. ކޮވިޑް-19 ކޮންޓްރޯލްކުރުމަށް ކުރަމުންދާ މަސައްކަތުގައި އެންމެން ބައިވެރިވުމަށް ތަކުރާރުކޮށް އިލްތިމާސްކުރަމުންދެއެވެ. ވެކްސިން ޖެހުމުގައި ލަސްނުކޮށް ހުރިހާ މީހުން ވެސް ވެކްސިން ޖެހުމަށް ކަމާބެހޭ ހުރިހާ ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ. އިންސާނުންނަކީ ވަރަށް ފަސޭހައިން ހަނދާން ނެތޭ ބައެއް ނަމަވެސް މި ފުރުސަތު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ނުދެއެވެ. ކަން މިހެން އޮތް ނަމަވެސް އެންމެފަހުން ކޮވިޑް-19ގެ ހާލަތާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެފައިވަނީ'' އަޅުގަނޑުމެން އެންމެ ބޭނުންވާ ވަރަށް އަދިވެސް ވެކްސިން ޖަހަން ބޭފުޅުން ވަޑައިނުގަންނަވާކަން އަޅުގަނޑުމެން ފާހަގަކުރަން''މިހެންނެވެ.

މިގޮތަށް މިކަން ދާނަމަ އެކަމުގެ ގެއްލުން އެންމެނަށް ވެސް ކުރާނެއެވެ. އަނެއްކާ ވެސް ކޭސްތައް އިތުރުވެ ހަރުކަށި ފިޔަވަޅުތަކާއެކު ދިރިއުޅުމަށް އެކަކު ވެސް ހިތެއް ނޭދޭނެއެވެ. ބަލިން ރައްކާތެރިވެ ކުރީގެ ދިރިއުޅުމަށް ދާން އެންމެން ވެސް އެދޭނެއެވެ. އެހެންކަމުން އާބާދީގެ ބޮޑު އިންސައްތައަކަށް ވެކްސިން ޖެހުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އާންމު ރައްޔިތުން އެއްބާރުލުން ދޭން ޖެހެއެވެ. ވީހާ ވެސް އަވަހަށް އާބާދީގެ ބޮޑު އިންސައްތައެއް ވެކްސިންގެ ޑޯޒުތައް ފުރިހަމަ ކުރަން ޖެހެއެވެ. މި މަސް ނިމުމުގެ ކުރިން އާބާދީގެ 90 އިންސައްތަ ދެ ޑޯޒު ވެކްސިން ފުރިހަމަކުރުމަށް ސަރުކާރުން އަމާޒު ހިފިނަމަވެސް ރައްޔިތުން އެކަމަށް އިޖާބަ ނުދޭނަމަ އެކަމެއް ކާމިޔާބެއް ނުވާނެއެވެ.

އާބާދީގެ 90 އިންސައްތައަށް ވެކްސިން ޖެހުމުން އެކަމުގެ ރައްކާތެރިކަމާއި ފައިދާ ވެސް އޮތީ ރައްޔިތުންނަށެވެ. ބޮޑެތި ލުއިތަކާއެކު ދިރިއުޅުމުގެ ފުރުސަތު ލިބިގެންދާނީ ވެސް ހަމަ ރައްޔިތުންނަށެވެ. ވެކްސިން ޖެހުމުން އަތުންދާ ޚަރަދު ކުޑަވެ، ގިނަ ލުއިތަކެއް އެބަ ލިބެއެވެ. ނަމަވެސް ވެކްސިން ނުޖަހާނަމަ ގިނަ ފުރުސަތުތަކެއް އެމީހަކަށް އެބަ ގެއްލެއެވެ. ސެޕްޓެންބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ވެކްސިން ނުޖަހާ މީހުން ރިލީޒް ސާމްޕަލްއަށް ފައިސާ ދައްކަންޖެހޭނެ ކަމަށް ވެސް އެޗްއީއޯސީން ބުނެފައިވެއެވެ.

މިކަން ތަފްސީލް ކޮށްދެއްވައި ޑރ. ނަޒްލާ ވިދާޅުވެފައިވަނީ ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ އުމުރުފުރާގެ މީހުންގެ ތެރެއިން ވެކްސިން ނުޖަހާ މީހުންނަށް އެއްރަށުން އަނެއް ރަށަށް ދަތުރުކުރުމުގައި މިހާރު އަމަލުކުރަންޖެހޭ އުސޫލަށް ސެޕްޓެންބަރު މަހުގެ އެކަކުން ފެށިގެން ބަދަލު ގެންނަން ނިންމާފައިވާކަމަށެވެ. މިއީ ވެކްސިން ޖަހާ މީހުންގެ ނިސްބަތް އަދިވެސް އެންމެ ބޭނުންވާ މިންވަރަށް އިތުރުނުވާތީ، ވީހާވެސް ގިނަ ބަޔަކު ވެކްސިން ޖެހުމަށް ބާރު އެޅުމުގެ ގޮތުން ނިންމި ނިންމުމެއްކަން ޑރ. ނަޒްލާ ފާހަގަކުރެއްވިއެވެ.

ވެކްސިން ޖެހުމަށް އެކި ގޮތްގޮތުން ބާރުއަޅަމުންދާއިރު، ބޮޑެތި ލުއިތައް ވެސް ދަނީ ދެމުންނެވެ. އާބާދީގެ ނިސްބަތުން ވަކި ވަރަކަށް ވެކްސިން ފުރިހަމަކޮށްފައިވާ ރަށްތަކުން ދަތުރުކުރާނަމަ އިތުރު ލުއިތަކެއް ދިނުމަށް އެޗްއޯސީން ނިންމާފައިވެއެވެ. އެގޮތުން 5 އިންސައްތަ އަށްވުރެ ޕޮޒިޓިވިޓީ ރޭޓް ދަށް ރަށްރަށުން ވެކްސިން ޖަހާފައި ތިބި މީހުން ދަތުރުކުރުމުގެ ކުރިން މިހާރު ހަދަންޖެހޭ ޕީސީއާރް ޓެސްޓު ސެޕްޓެންބަރުމަހުގެ އެއްވަނަ ދުވަހުން ފެށިގެން ހަދަން ނުޖެހޭނެ ކަމަށް އެޗްއީއޯސީން ބުނެފައިވެއެވެ. ނަމަވެސް މި ލުއި ދޭން ނިންމާފައިވަނީ 12 އަހަރުން މަތީގެ އާބާދީގެ 90 އިންސައްތަ މީހުންނާއި، އެ ރަށެއްގައި އުޅޭ 60 އަހަރުން މަތީގެ 95 އިންސައްތަ މީހުން އަދި ގެސްޓް ހައުސް ވިޔަފާރިކުރާ ރަށެއްނަމަ އެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންގެ 95 އިންސައްތަ މީހުން ވެކްސިން ފުރިހަމަކޮށްފައިވާ ރަށްރަށުން ދަތުރުކުރާ މީހުންނަށެވެ.

މީގެ އިތުރުން މިހާރު ރާއްޖެއަށް ލިބިފައިވާ އެސްޓްރަޒެނެކާ ވެކްސިންގެ ޑޯޒްތައް މި ނޮވެމްބަރު މަހު ހަމަވާނެކަން ވެސް ވަނީ ހާމަކޮށްފައިވެއެވެ. އެހެންކަމުން އެންމެ ފަހު ވަގުތު ބޮޑު ކިޔުއެއްގައި ނުޖެހި ވެކްސިން ޖެހުމަކީ ބުއްދިވެރި ގޮތެކެވެ. އެއީ މީގެ ކުރިން ވެސް ފެނިގެން ދިޔަ އެއް މަަންޒަރަކީ ކޮވިޝީލްޑުގެ ފުރަތަމަ ޑޯޒް ޖެހުމުގެ މަސައްކަތް މަޑުޖައްސާލައި، ދެވަނަ ޑޯޒައިގެން ކުރިޔަށް ދާނެކަމަށް ސަރުކާރުން ހަމާކުރުމާއެކު ބޮޑެތި ކިއުތަކެއް ވެކްސިން ސެންޓަރުތަކުގައި ހެދި މަންޒަރެވެ. އެގޮތުން މިފަހަރު ވެސް މަންޒަރު ބަދަލު ކުރުމުގެ އިހުތިޔާރު އޮތީ ރައްޔިތުންގެ އަތުގައެވެ. ކަމާބެހޭ ފަރާތްތަކުން އަންގާ އެންގުންތަކަށް ބޯލަބައި އަމަލުކުރާނަމަ ހުރިހާ ފައިދާއަކާއި މޮޅެއް އޮތީ ހަމަ ރައްޔިތު މިހާއަށެވެ. އެހެންކަމުން އެޗްޕީއޭގެ ބަސް އެހުން ބުއްދިވެރިއެވެ!

ކޮވިޑް-19 ވެކްސިން

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

13 ސެޕްޓެމްބަރު 2025

ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ

13 ސެޕްޓެމްބަރު 2025
ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ
19 އޯގަސްޓު 2025

ކުޑަކުދިންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް އެމެރިކާގެ ކުޑަކުދިންގެ ސިއްހަތާ ބެހޭ އެކަޑަމީ އިން ލަފާ ދީފި

19 އޯގަސްޓު 2025
ކުޑަކުދިންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް އެމެރިކާގެ ކުޑަކުދިންގެ ސިއްހަތާ ބެހޭ އެކަޑަމީ އިން ލަފާ ދީފި
17 އޯގަސްޓު 2022

އެންމެ ރަނގަޅަށް ކޮވިޑް19 މެނޭޖުކުރި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ: މިނިސްޓަރު

17 އޯގަސްޓު 2022
އެންމެ ރަނގަޅަށް ކޮވިޑް19 މެނޭޖުކުރި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ: މިނިސްޓަރު
17 އޯގަސްޓު 2022

ރާއްޖޭގައި 166,271 މީހުން ކޮވިޑް-19 ވެކްސިންގެ ތިންވަނަ ޑޯޒް ފުރިހަމަކޮށްފި

17 އޯގަސްޓު 2022
ރާއްޖޭގައި 166,271 މީހުން ކޮވިޑް-19 ވެކްސިންގެ ތިންވަނަ ޑޯޒް ފުރިހަމަކޮށްފި
16 އޯގަސްޓު 2022

ޑުއަލް ވެކްސިންއެއް ހުއްދަކުރި ފުރަތަމަ ގައުމަކަށް ޔޫކޭ

16 އޯގަސްޓު 2022
ޑުއަލް ވެކްސިންއެއް ހުއްދަކުރި ފުރަތަމަ ގައުމަކަށް ޔޫކޭ
15 އޯގަސްޓު 2022

ބޫސްޓަރގެ ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު 1،054އަށް

15 އޯގަސްޓު 2022
ބޫސްޓަރގެ ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު 1،054އަށް
01 އޯގަސްޓު 2022

ފާއިތުވި ހަފުތާގައި ބޫސްޓަރ ދެވަނަ ޑޯޒު ޖެހީ 96 މީހުން

01 އޯގަސްޓު 2022
ފާއިތުވި ހަފުތާގައި ބޫސްޓަރ ދެވަނަ ޑޯޒު ޖެހީ 96 މީހުން
07 ޖުލައި 2022

އީދު ބަންދާ ގުޅިގެން ވެކްސިން ސެންޓަރުތައް ބަންދުވާނެ: އެޗްޕީއޭ

07 ޖުލައި 2022
އީދު ބަންދާ ގުޅިގެން ވެކްސިން ސެންޓަރުތައް ބަންދުވާނެ: އެޗްޕީއޭ
04 ޖޫން 2022

އެމެރިކާއިން ރާއްޖެއަށް 100،000އަށްވުރެ ގިނަ ކޮވިޑް ވެކްސިން ހަދިޔާކޮށްފި

04 ޖޫން 2022
އެމެރިކާއިން ރާއްޖެއަށް 100،000އަށްވުރެ ގިނަ ކޮވިޑް ވެކްސިން ހަދިޔާކޮށްފި
25 އެޕްރީލު 2022

ރޯދަ މަހާއި ދިމާކޮށް ވެކްސިން ޖަހަން އަންނަ މީހުންގެ އަދަދު މަދު

25 އެޕްރީލު 2022
ރޯދަ މަހާއި ދިމާކޮށް ވެކްސިން ޖަހަން އަންނަ މީހުންގެ އަދަދު މަދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް