Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓޯކިއޯ އޮލިމްޕިކްސް

ބްރެޒިލާއި ސްޕެއިން ފައިނަލަށް

3 އޯގަސްޓު 2021 | އަންގާރަ 14:04

ޖަޕާން އަތުން ސްޕެއިން މޮޅުވީ އިތުރު ވަގުތުގައި 1-0 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 3 އޯގަސްޓު 2021 | އަންގާރަ 14:04
ބްރެޒިލާއި މެކްސިކޯ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ބްރެޒިލް މޮޅުވީ ޕެނަލްޓީގައި 4-1 ން

ބްރެޒިލާއި މެކްސިކޯ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ބްރެޒިލް މޮޅުވީ ޕެނަލްޓީގައި 4-1 ން

ޓޯކިއޯ އޮލިމްޕިކް ގޭމްސް 2020 ގެ ފިރިހެނުންގެ ފުޓްބޯޅަ އިވެންޓުގެ ފައިނަލަށް ބްރެޒިލާއި ސްޕެއިން ދަތުރުކޮށްފިއެވެ.

ފައިނަލުގެ ފުރަތަމަ ޖާގަ އެންމެ ފަހުގެ ޗެމްޕިއަން ބްރެޒިލުން ހޯދީ އަންގާރަ ދުވަހު ކުޅުނު ސެމީ ފައިނަލް މެޗުގައި ޕެނަލްޓީ ޖަހައިގެން މެކްސިކޯ އަތުން 4-1 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

ޖަޕާންގެ މަޝްހޫރު ކަޝިމާ ސްޓޭޑިއަމުގައި ކުޅުނު މެޗުގައި ދެ ގައުމުގެ ފަރާތުންވެސް ގިނަ ހަމަލާތަކެއް ފެނިގެންދިޔައެވެ. އެގޮތުން މެޗު ނިމެން ގާތްވެފައި ވަނިކޮށް ބްރެޒިލުގެ ރިޗާލިސަންއަށް ލަނޑެއް ޖަހަން ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އެކަމަކު މި މެޗުގެ ފުރިހަމަ ވަގުތާއި، އިތުރު ވަގުތުގެ ދެ ހާފުގައިވެސް ދެ ގައުމުން ކުރެ ގައުމަކަށް ލަނޑެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ.

އެހެންކަމުން ނަތީޖާ ނެރުމަށް ޕެނަލްޓީ ޖެހިއިރު، މެކްސިކޯއިން ފޮނުވާލި ފުރަތަމަ ދެ ޕެނަލްޓީ ކާމިޔާބުވެފައެއް ނުވެއެވެ. އެ ދެ ޕެނަލްޓީ ފޮނުވާލީ އެޑުއާޑޯ އަގީރޭ އާއި ޔޯހަން ވަސްކުއޭޒްއެވެ. އެކަމަކު ޕެނަލްޓީ ޝޫޓްއައުޓުގައި ބްރެޒިލުން ވަނީ އެ ޓީމުން ފޮނުވާލި ހަތަރު ޕެނަލްޓީވެސް ކާމިޔާބުކޮށްފައެވެ. ބްރެޒިލުގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ ކެޕްޓަން ޑެނީ އަލްވެސް، ގަބްރިއެލް މާޓިނެއްލީ، ބްރޫނޯ ގިމަރޭސް އަދި ރެއިނިއާއެވެ.

މި ފަހަރުގެ އޮލިމްޕިކްސްގެ ފައިނަލަށް ބްރެޒިލް ދަތުރުކުރިއިރު، އެ ގައުމީ މި ގޭމްސްގެ އެންމެ ފަހުގެ ޗެމްޕިއަނުންނެވެ. 2016 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި ރިއޯ އޮލިމްޕިކްސްއިން ބްރެޒިލް ރަން މެޑަލް ހޯދިއިރު، އޭގެ ކުރިން އެ ގައުމުން ވަނީ އޮލިމްޕިކްސްގެ ފުޓްބޯޅަ އިވެންޓުގައި ރިހި މެޑެއްޔަކާއި ދެ ލޯ މެޑަލް ހޯދާފައެވެ.

މީގެ އިތުރުން މި ފަހަރުގެ ފައިނަލަށް ސްޕެއިން ދަތުރުކުރީ އަންގާރަ ދުވަހު ކުޅުނު ސެމީ ފައިނަލް މެޗުން ގޭމްސް ބާއްވާ ގައުމު ކަމަށްވާ ޖަޕާން އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

ޓޯކިއޯގެ ސައިޓަމާ ސްޓޭޑިއަމުގައި ކުޅުނު މި މެޗުގެ 90 މިނެޓު ހަމަވިއިރު، ދެ ގައުމުން ކުރެ ގައުމަކަށް ލަނޑެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ. އެކަމަކު މި ދެ ހާފުގައި ސްޕެއިނުން ގިނަ ހަމަލާތަކެއް އުފެއްދިއިރު، ޖަޕާނުން ވަނީ ރަނގަޅަށް ޑިފެންސްކޮށް ސްޕެއިން ހުއްޓުވާފައެވެ.

އެހެންކަމުން ނަތީޖާ ނެރުމަށް އިތުރު ވަގުތުގެ ދެ ހާފު ކުޅުނުއިރު، ސްޕެއިނުން ލީޑު ނަގާފައިވަނީ ދެވަނަ ހާފު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށެވެ. މިކޭލް އޮޔާޒަބަލުގެ އެހީއާއެކު މި ލަނޑު އެ ގައުމަށް ކާމިޔާބުކޮށްދިނީ މާކޯ އެސެންސިއޯއެވެ.

މި ފަހަރުގެ އޮލިމްޕިކްސްއަށް ވަރުގަދަ ސްކޮޑަކާއެކު ނުކުތް ސްޕެއިން ފައިނަލަށް ދަތުރުކުރިއިރު، އެ ގައުމުން އޮލިމްޕިކްސްގެ ފުޓްބޯޅަ އިވެންޓުން އެންމެ ފަހުން ރަން މެޑަލް ހޯދާފައިވަނީ 1992 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި އޮލިމްޕިކްސްގައެވެ. އަދި ސްޕެއިނުން ވަނީ އޮލިމްޕިކްސްގެ ފުޓްބޯޅަ އިވެންޓުން މިހާތަނަށް ދެ ރިހި މެޑަލް ހޯދާފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

29 މާރިޗު 2017

އިންޓަރނޭޝަނަލް ފްރެންޑްލީ: ފްރާންސްގެ މައްޗަށް ސްޕެއިން ކުރިހޯދުން

29 މާރިޗު 2017
އިންޓަރނޭޝަނަލް ފްރެންޑްލީ: ފްރާންސްގެ މައްޗަށް ސްޕެއިން ކުރިހޯދުން
25 މާރިޗު 2017

ވޯލްޑްކަޕް ކޮލިފައިން: އިޓަލީ އަދި ސްޕެއިން މޮޅުވެ މަގާމު ދަމަހައްޓައިފި

25 މާރިޗު 2017
ވޯލްޑްކަޕް ކޮލިފައިން: އިޓަލީ އަދި ސްޕެއިން މޮޅުވެ މަގާމު ދަމަހައްޓައިފި
27 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ތާރީހު ބަދަލުކޮށްފި، މަނަންގް ބަލިކޮށް ޓީސީ ފައިނަލަށް

27 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ތާރީހު ބަދަލުކޮށްފި، މަނަންގް ބަލިކޮށް ޓީސީ ފައިނަލަށް
22 ފެބުރުއަރީ 2017

އިންޓަ އޮފީސް ނެޓްބޯލް މުބާރާތް: އަންހެން ފައިނަލަށް އިމިގްރޭޝަން އަދި ކަސްޓަމްސް

22 ފެބުރުއަރީ 2017
އިންޓަ އޮފީސް ނެޓްބޯލް މުބާރާތް: އަންހެން ފައިނަލަށް އިމިގްރޭޝަން އަދި ކަސްޓަމްސް
21 ފެބުރުއަރީ 2017

ގައުމީ ކެރަމް މުބާރާތް: ފިރިހެން ޑަބަލް އިވެންޓް ފައިނަލަށްދިޔަ ކުޅުންތެރިން ކަށަވަރުވެއްޖެ

21 ފެބުރުއަރީ 2017
ގައުމީ ކެރަމް މުބާރާތް: ފިރިހެން ޑަބަލް އިވެންޓް ފައިނަލަށްދިޔަ ކުޅުންތެރިން ކަށަވަރުވެއްޖެ
08 ފެބުރުއަރީ 2017

އޮފީސް ހޭންޑްބޯލް މުބާރާތް:ފިނޭންސް ބަލިކޮށް އަންހެން ބައިގެ ފައިނަލަށް އިމިގްރޭޝަން

08 ފެބުރުއަރީ 2017
އޮފީސް ހޭންޑްބޯލް މުބާރާތް:ފިނޭންސް ބަލިކޮށް އަންހެން ބައިގެ ފައިނަލަށް އިމިގްރޭޝަން
08 ފެބުރުއަރީ 2017

ކޮޕާޑެލްރޭ: އެޓްލެޓިކޯއާ އެއްވަރުކޮށް އެގްރިގޭޓް ނަތީޖާއިން ބާސާ ފައިނަލަށް

08 ފެބުރުއަރީ 2017
ކޮޕާޑެލްރޭ: އެޓްލެޓިކޯއާ އެއްވަރުކޮށް އެގްރިގޭޓް ނަތީޖާއިން ބާސާ ފައިނަލަށް
03 ފެބުރުއަރީ 2017

ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން

03 ފެބުރުއަރީ 2017
ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން
02 ފެބުރުއަރީ 2017

ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް

02 ފެބުރުއަރީ 2017
ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް
27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް