Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފުލުހުން ބޮޑީ ވޯން ކެމެރާ ބޭނުންކުރުން

ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފެށުމުން ފުލުހުންނަށް ކުރާ އިތުބާރު އިތުރުވާނެ- ފުލުހުން

3 އޯގަސްޓު 2021 | އަންގާރަ 07:52

އޭގެ ސަބަބުން މުޒާހަރާތަކާ އަދި އެނޫން ވެސް ގޮތްގޮތުން ފުލުހުންނަށް ލިބޭ އަނިޔާތައް މަދުކުރެވިގެން ދާނެ ކަމަށް ވިދާޅުވި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 3 އޯގަސްޓު 2021 | އަންގާރަ 07:52
ފުލުހުންގެ ޔުނީފޯމުގައި ހަރުކުރާ 1،400 ކެމެރާ ހޯދަން ފިނޭންސް މިނިސްޓްރީން ވަނީ  ބީލަމަށް ހުޅުވާލާފައި

ފުލުހުންގެ ޔުނީފޯމުގައި ހަރުކުރާ 1،400 ކެމެރާ ހޯދަން ފިނޭންސް މިނިސްޓްރީން ވަނީ ބީލަމަށް ހުޅުވާލާފައި

ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފެށުމާއެކު ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު އިތުރުވެގެންދާނެ ކަމަށް ފުލުހުންގެ ތަރުޖަމާނު ޔޫނުސް ޞަބާހު ވިދާޅުވެއްޖެއެވެ.

ފްރޮންޓްލައިންގައި މަސައްކަތްކުރާ ފުލުހުންގެ ޔުނީފޯމުގައި ހަރުކުރާ 1،400 ކެމެރާ ހޯދަން ފިނޭންސް މިނިސްޓްރީން ބީލަމަށް ހުޅުވާލާފައިވާއިރު މިކަމާ ގުޅިގެން ޔޫނުސް ވިދާޅުވީ މި ކެމެރާތައް ބޭނުން ކުރަން ފެށުމާއެކު ފުލުހުންނާމެދު ކުރެވޭ ތުހުމަތުތަކުގެ ހަގީގަތް ރައްޔިތުންނަށް އެނގިގެންދާނެ ކަމަށާއި، 1400 ކެމެރާ ހޯދަން އެދިފައިވަނީ ފްރަންޓްލައިންގައި މަސައްކަތް ކުރާ ހުރިހާ އޮފިސަރުންނަށް ކެމެރާ ފޯރުކޮށްދިނުމަށް ގަސްތުކުރައްވާތީ ކަމަށެވެ.

Advertisement - newsAdvertisement

މީގެ އިތުރުން އޭގެ ސަބަބުން މުޒާހަރާތަކާއި އަދި އެނޫންވެސް ގޮތްގޮތުން ފުލުހުންނަށް ލިބޭ އަނިޔާތައް މަދުކުރެވިގެން ދާނެ ކަމަށާއި، ފުލުހުންގެ ސަލާމަތަށް ވެސް މި ކެމެރާތަކަކީ ބޭނުންތެރި އެއްޗެއް ކަމަށެވެ. ޔޫނުސް ވިދާޅުވީ މި ކެމެރާތަކުގެ ސަބަބުން ފުލުހުން ޖަވާބުދާރީ ކުރުވާ މުއައްސަސާތަކަށް ވެސް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި މަދު މުވައްޒަފުންނާއެކު ވެސް މަސައްކަތްކުރުމަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

ބޮޑީ ވޯން ކެމެރާއާ ގުޅޭ ގޮތުން މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން އަބްދުﷲ މީގެ ކުރިން ވިދާޅުވެފައިވަނީ ބޮޑީ ކެމެރާ ބޭނުން ކުރުމަކީ ޕޮލިސީ ލެވަލްގައި އެކަން ކުރަން ނިންމައި، ކެމެރާތައް ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާ ކަމެއް ކަމަށެވެ. އެގޮތުން 2020 ވަނަ އަހަރުގެ ޕެންޑަމިކާ ގުޅިގެން ބަޖެޓުން އެ ޚަރަދު ނުކުރެވުމާ ގުޅިގެން 2021 ވަނަ އަހަރުގެ ބަޖެޓުގައި އެކަން ހިމަނާފައިވާ ކަމަށެވެ.

އަދި 1400 ކެމެރާ ހޯދުމަށްޓަކައި ޕައިލެޓް ޕްރޮގްރާމެއް ހިންގައި ރިލަޔަބިލިޓީއަށް ބަލައި އެމެރިކާއިން ކެމެރާ ހޯދުމަށް ޓެންޑަރ ބޯޑަށް ހުށަހެޅުމުން އެކަން އެގޮތަށް ކުރަން ނުފެންނަކަމަށް ޓެންޑަރ ބޯޑުން 5 މެއި 2021 ވަނަ ދުވަހު ނިންމާފައިވާ ކަމަށާއި ބޮޑީ ކެމެރާތައް ހޯދުމަކީ މި އަހަރުގެ ތެރޭގައި މިނިސްޓްރީއާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ ވެސް ޓާގެޓެެއް ކަމަށެވެ.

މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު، ޝަރުތު ހަމަވާ ފަރާތްތަކަށް ހުޅުވާލާފައިވާއިރު ޝަރުތު ހަމަވާ ފަރާތެއް ކަނޑައެޅުމުގައި އަމަލުކުރާނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އައިސީބީ) އުސޫލުގެ މަތިން ކަމަށް ފިނޭންސުން ބުނެއެވެ. މީގެ އިތުރުން މި ބީލަމުގައި ބައިވެރިވާން 1،500 ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހުމާއެކު ޕްރޮޖެކްޓުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 390،000 ރުފިޔާ ހުށަހަޅަން ޖެހޭ ކަމަށް ވެސް ބުނެއެވެ.

ފިނޭންސުން ބުނީ އެ ފައިސާ ބަލައިގަންނާނީ މި މަހުގެ 26 ވަނަ ދުވަހާ ހަމައަށް އެ މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް، ބަނޑޭރި ޕޭ  މެދުވެރިކޮށް ކަމަށެވެ. އަދި މަޝްރޫއުގެ ބީލަން ހުޅުވުން އޮންނާނީ މި މަހުގެ 31 ވަނަ ދުވަހުގެ މެންދުރުފަހު 01:00ގައި ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑާގެ ޖަލްސާކުރާ މާލަމުގައި ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

26 އޯގަސްޓު 2017

ރައީސް ނަޝީދުގެ ބޮޑީގާޑަކަށް ކުރިންހުރި އެސްޕީޖީ މީހަކު ވަޒީފާއިން ވަކިކޮށްފި

26 އޯގަސްޓު 2017
ރައީސް ނަޝީދުގެ ބޮޑީގާޑަކަށް ކުރިންހުރި އެސްޕީޖީ މީހަކު ވަޒީފާއިން ވަކިކޮށްފި
01 އޯގަސްޓު 2017

މަޖިލީހުގެ ފާހާނައެއްގައި އަލިފާނުގެ ހާދިސާ ހިނގިއިރު ސީސީޓީވީ ކެމެރާތައް ހުރީ ނިއްވާލާފައި!

01 އޯގަސްޓު 2017
 މަޖިލީހުގެ ފާހާނައެއްގައި އަލިފާނުގެ ހާދިސާ ހިނގިއިރު ސީސީޓީވީ ކެމެރާތައް ހުރީ ނިއްވާލާފައި!
25 ޖުލައި 2017

ގާސިމް ކޯޓަށް ވަޑައިގެންނެވީ ބޮޑީގާޑުގެ އެހީތެރިކަމާއެކު!

25 ޖުލައި 2017
ގާސިމް ކޯޓަށް ވަޑައިގެންނެވީ ބޮޑީގާޑުގެ އެހީތެރިކަމާއެކު!
19 ޖޫން 2017

މާރުކޭޓުގައި އެންމެ ޑިމާންޑް ބޮޑީ، ފަނިގިރާ ސާމާނަށް

19 ޖޫން 2017
މާރުކޭޓުގައި އެންމެ ޑިމާންޑް ބޮޑީ، ފަނިގިރާ ސާމާނަށް
15 ޖޫން 2017

ހުޅުމާލޭގައި ސީސީޓީވީ ކެމެރާ ހަރުކުރަން ފުލުހުންނާ ހަވާލުކޮށްފި

15 ޖޫން 2017
ހުޅުމާލޭގައި ސީސީޓީވީ ކެމެރާ ހަރުކުރަން ފުލުހުންނާ ހަވާލުކޮށްފި
21 މެއި 2017

ސްޓެލްކޯއިން ގެނައި 8 މެގަވޮޓްގެ އާ ޖަނަރޭޓަރު ބޭނުންކުރަން ފަށައިފި

21 މެއި 2017
ސްޓެލްކޯއިން ގެނައި 8 މެގަވޮޓްގެ އާ ޖަނަރޭޓަރު ބޭނުންކުރަން ފަށައިފި
18 މެއި 2017

ޕީޕީއެމް ޖަގަހަ ޖަލްސާތައް ބާއްވަން ފެށުމުން އެމްޑީޕީގެ ޖަލްސާތަކަށް ދާމީހުން މަދު: ޕީޕީއެމް

18 މެއި 2017
ޕީޕީއެމް ޖަގަހަ ޖަލްސާތައް ބާއްވަން ފެށުމުން އެމްޑީޕީގެ ޖަލްސާތަކަށް ދާމީހުން މަދު: ޕީޕީއެމް
08 މާރިޗު 2017

ރައީސް މައުމޫންގެ ބޮޑީ ގާޑުންނަށް ނުފުރޭނެ ކަމަށް އަންގައިފި

08 މާރިޗު 2017
ރައީސް މައުމޫންގެ ބޮޑީ ގާޑުންނަށް ނުފުރޭނެ ކަމަށް އަންގައިފި
23 ފެބުރުއަރީ 2017

ގިނަ އުޅަނދުތަކެއް ހުރީ އިންޝުއަރެންސް ވެސް ނުކޮށް، އަލިފާން ނިވި ބޭނުންކުރަން ނޭނގޭ:އެމްއެންޑީއެފް

23 ފެބުރުއަރީ 2017
ގިނަ އުޅަނދުތަކެއް ހުރީ އިންޝުއަރެންސް ވެސް ނުކޮށް، އަލިފާން ނިވި ބޭނުންކުރަން ނޭނގޭ:އެމްއެންޑީއެފް
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް