Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓޯކިއޯ އޮލިމްޕިކްސް

އޮލިމްޕިކްސްއިން ކަޓައި ޖޮކޮވިޗްގެ ހުވަފެން ނިމުމަކަށް

30 ޖުލައި 2021 | ހުކުރު 13:25

ސްޓެފީ ގްރާފުގެ ރިކޯޑާ ހަމަކުރުމުގެ ފުރުސަތު ޖޮކޮވިޗަށް ވަނީ ގެއްލިގައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 30 ޖުލައި 2021 | ހުކުރު 13:25
 ސެމީގައި އަލެކްސަންޑަ ޒްވެރެވްއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ނޮވަކް ޖޮކޮވިޗް

ސެމީގައި އަލެކްސަންޑަ ޒްވެރެވްއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ނޮވަކް ޖޮކޮވިޗް

ޓޯކިއޯ އޮލިމްޕިކްސް 2020 ގެ ޓެނިސް އިވެންޓުގެ ސެމީ ފައިނަލުން ކަޓައި ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ސާބިއާގެ ނޮވަކް ޖޮކޮވިޗް ދެކެމުން އައި ރަން ކާމިޔާބީގެ ހުވަފެން ނިމުމަކަށް އަތުވެއްޖެއެވެ.

މި ފަހަރުގެ ޓެނިސް ސީޒަނުގައި މިހާތަނަށް ބޭއްވި ތިން ގްރޭންޑް ސްލޭމް މުބާރާތްވެސް ކާމިޔާބުކުރީ އުމުރުން 34 އަހަރުގެ ޖޮކޮވިޗެވެ. އެއާއެ އޮލިމްޕިކްސްގެ އިތުރުން މި އަހަރުގެ އިތުރު ގްރޭންޑް ސްލޭމް މުބާރާތެއް ކާމިޔާބުކޮށް، ރިކޯޑު ހެދުމަށް ޖޮކޮވިޗް އަމާޒުހިފިއެވެ. އަހަރެއްގެ ތެރޭގައި ހަތަރު ގްރޭންޑް ސްލޭމް މުބާރާތާއި އޮލިމްޕިކްސް އެންމެ ފަހުން ކާމިޔާބުކުރީ 1988 ވަނަ އަހަރު ޖަރުމަނުގެ ސްޓެފީ ގްރާފެވެ. ޖޮކޮވިޗަށް އެ ފުރުސަތު އޮތް ނަމަވެސް، އޮލިމްޕިކްސްގެ ސެމީން ކެޓުމާ ގުޅިގެން އޭނާގ ރަން ކާމިޔާބީގެ ހުވަފެން ވަނީ ނިމުމަކަށް އައިސްފައެވެ.

މި ފަަހަރުގެ އޮލިމްޕިކްސްގެ ފިރިހެން ސިންގަލްސް އިވެންޓުގެ ސެމީގައި ހުކުރު ދުވަހު ކުޅުނު މެޗުން ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ވަނީ 2-1 ސެޓުން ޖޮކޮވިޗް ބަލިކޮށްފައެވެ. މެޗުގެ ސެޓުތައް ދިޔައީ 6-1، 3-6 އަދި 6-1 ންނެވެ. އުމުރުން 24 އަހަރުގެ ޒެވްރެވް އަކީ މި ވަގުތު ދުނިޔޭގެ ރޭންކިންގެ ފަސްވަނައިގައި އޮތް ކުޅުންތެރިޔާއެވެ.

ސެމީގެ މެޗުން ޖޮކޮވިޗް ބަލިވިއިރު، ލޯ މެޑަލް މެޗުގައި އޭނާ ބައްދަލުކުރާނީ ސްޕެއިނުގެ ޕަބްލޯ ކާރޭނިއޯއާއެވެ. އޮލިމްޕިކްސްއިން ޖޮކޮވިޗަށް މިހާތަނަށް ރަން މެޑެއްޔެއް ހޯދިފައިނުވާއިރު، އޮލިމްޕިކްސްގައި މިހާތަނަށް ޖޮކޮވިޗްގެ ކާމިޔާބީއަކީ 2008 ވަަނަ އަހަރު ޗައިނާގައި ބޭއްވި ބެއިޖިން އޮލިމްޕިކްސްގެ ފިރިހެން ސިންގަލްސްއިން ލިބުނު ލޯ މެޑެއްޔެވެ.

އޮލިމްޕިކްސްއިން ކަޓައި ޖޮކޮވިޗްގެ ހުވަފެން ނިމުމަކަށް އައިރު، އޭނާ ވަނީ މި އަހަރުގެ ވިމްބަލްޑަން ޓެނިސް މުބާރާތާއި، އޮސްޓްރޭލިއަން އޯޕަން އަދި ފްރެންޗް އޯޕަން ކާމިޔާބުކޮށްފައެވެ. އެއާއެކު ޖޮކޮވިޗް ވެފައިވަނީ ޓެނިހުގެ އޯޕަން އެރާގައި އެއް އަހަރު ތެރޭ ތިން ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކުރި ތިންވަނަ ކުޅުންތެރިޔާއަށެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

18 އޮކްޓޯބަރު 2017

ކްރެމްލިން ކަޕްގެ ފުރަތަމަ ބުރުން ޝަރަޕޯވާ ކަޓައިފި

18 އޮކްޓޯބަރު 2017
ކްރެމްލިން ކަޕްގެ ފުރަތަމަ ބުރުން ޝަރަޕޯވާ ކަޓައިފި
20 ސެޕްޓެމްބަރު 2017

ޗައިނާ އަތުންވެސް ބޮޑު ތަފާތަކުން ބަލިވެ، ގައުމީ ފުޓްސަލް ޓީމް ކަޓައިފި

20 ސެޕްޓެމްބަރު 2017
ޗައިނާ އަތުންވެސް ބޮޑު ތަފާތަކުން ބަލިވެ، ގައުމީ ފުޓްސަލް ޓީމް ކަޓައިފި
19 ސެޕްޓެމްބަރު 2017

ލީގް ކަޕް: ލެސްޓާ އަތުން ބަލިވެ، ލިވަޕޫލް މުބާރާތުން ކަޓައިފި

19 ސެޕްޓެމްބަރު 2017
ލީގް ކަޕް: ލެސްޓާ އަތުން ބަލިވެ، ލިވަޕޫލް މުބާރާތުން ކަޓައިފި
11 ޖުލައި 2017

ވިމްބަލްޑަން އިން ކުއާޓާއަށް ނުގޮސް މިފަހަރުވެސް ނަޑާލް ކަޓައިފި

11 ޖުލައި 2017
ވިމްބަލްޑަން އިން ކުއާޓާއަށް ނުގޮސް މިފަހަރުވެސް ނަޑާލް ކަޓައިފި
09 ޖުލައި 2017

ނޭމާ ޖޫނިއާސް ފައިވް: ޖަޕާން އަތުން ބަލިވެ ގަދަ 16 އަށް ނުގޮސް ރާއްޖެ ކަޓައިފި

09 ޖުލައި 2017
ނޭމާ ޖޫނިއާސް ފައިވް: ޖަޕާން އަތުން ބަލިވެ ގަދަ 16 އަށް ނުގޮސް ރާއްޖެ ކަޓައިފި
01 ޖޫން 2017

އޭއެފްސީ ކަޕް: މާޒިޔާ ދެކެމުން އައި ހުވަފެން ޗެތުރީ ނިމުމަކަށް ގެނެސްފި

01 ޖޫން 2017
އޭއެފްސީ ކަޕް: މާޒިޔާ ދެކެމުން އައި ހުވަފެން ޗެތުރީ ނިމުމަކަށް ގެނެސްފި
23 މެއި 2017

ޖޮކޮވިޗްގެ ކޯޗަކަށް އަންދްރޭ އަގާސީ

23 މެއި 2017
ޖޮކޮވިޗްގެ ކޯޗަކަށް އަންދްރޭ އަގާސީ
19 އެޕްރީލު 2017

ޗެމްޕިއަންސް ލީގު: އެންޗެލޮޓީ އަށް ރޮނާލްޑޯ ނުހިފެހެއްޓި، ބަޔާން ކަޓައި ރެއާލް ސެމީއަށް

19 އެޕްރީލު 2017
ޗެމްޕިއަންސް ލީގު: އެންޗެލޮޓީ އަށް ރޮނާލްޑޯ ނުހިފެހެއްޓި، ބަޔާން ކަޓައި ރެއާލް ސެމީއަށް
10 އެޕްރީލު 2017

އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕް: ޓީމް އިވެންޓުގެ އަންހެން އަދި ފިރިހެން ބައިން ރާއްޖެ ކަޓައިފި

10 އެޕްރީލު 2017
އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕް: ޓީމް އިވެންޓުގެ އަންހެން އަދި ފިރިހެން ބައިން ރާއްޖެ ކަޓައިފި
17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް