Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުނަފްސާނީ ބަލިތަކަށް ހުށަހެޅުން

ހޭލާ ހުންނައިރުވެސް ފެންނަނީ މީހުން މަރުވާތަން

29 ޖުލައި 2021 | ބުރާސްފަތި 13:00

ކޮވިޑް ބަލިން ރަނގަޅުވާ ގިނަ ބަޔަކު ޕީޓީއެސްޑީ އަށް ހުށަހެޅިގެން ދިޔުމުގެ ފުރުސަތު ވަރަށް ބޮޑު

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 29 ޖުލައި 2021 | ބުރާސްފަތި 13:00
ކޮވިޑް ޖެހޭ ގިނަ ބަޔަކު ދަނީ ނަފްސާނީ ބަލިތަކުގެ ޝިކާރައަކަށް ވަމުން

ކޮވިޑް ޖެހޭ ގިނަ ބަޔަކު ދަނީ ނަފްސާނީ ބަލިތަކުގެ ޝިކާރައަކަށް ވަމުން | ރޮއިޓާސް

"ހޭލާ ހުންނައިރުވެސް ފެންނަނީ މީހުން މަރުވާތަން. އަބަދުވެސް ހީވަނީ އައިސީޔޫގެ މެޝިންތަކުގެ އަޑުތައް ކަންފަތުގައި ގުގުމާހެން. މީހުންގެ ވޭނީ ރުއިމާ ހަޅޭކުގެ އަޑުތައް އަދިވެސް ސިކުނޑީގައި ވަނީ ބިންވަޅު ނެގިފައި."

މިއީ އިންޑިއާގައި ކޮވިޑް-19 ބަލިން ރަނގަޅުވެ، ހޮސްޕިޓަލުގެ އައިސީޔޫގައި އޮތުމަށްފަހު ގެއަށް ބަދަލުކުރެވުނު އިންޑިޔާގެ ރައްޔިތެއްކަމަށްވާ އުމުރުން 49 އަހަރުގެ ޝަރްމާ ހިއްސާކޮށްފައިވާ ވާހަކަތަކެކެވެ. އޭނާ ބުނީ އޭނާއަށް ކޮންމެ ދުވަހަކުހެން މީހުން މަރުވާތަން ފެންނަ ކަމަށާ އަދިވެސް އެ މަންޒަރުތައް ހަނދާނުން ފޮހެ ނުލެވޭ ކަމަށެވެ. އަދި މިހާރުވެސް ކޮވިޑްގެ ސަބަބުން މަރުވެދާނެއޭ ހީވޭ ކަމަށާ އެކަމާމެދު އަބަދު ބިރުގަނެ ޖެހިލުން ވާކަމަށް ވަނީ ބުނެފައެވެ.

ޕީޓީއެސްޑީ ނުވަތަ ޕޯސްޓް ޓްރައުމެޓިކް ސްޓްރެސް ޑިސްއޯޑަރ އަކީ ނަފްސާނީ ބައްޔެކެވެ. މި ބައްޔަކީ ދިމާވާ ކަމެއްގެ ސަބަބުން އެކަމާ މާ ބޮޑަށް ވިސްނާ ފިކުރުކުރެވި އަދި އެފަދަ ކަމެއް ތަކުރާރު ވެދާނެކަމަށް އަބަދު ހީވުމުގެ ސަބަބުން ދިމާވާ ކަމެކެވެ. މިއީ ލޮލަށް ފެންނަ ބައްޔެއް ނޫނެވެ. ނަފްސާނީ މިފަދަ ބަލިތައް ތަހައްމަލުކުރާ މީހުންނަށް ބައެއް ފަހަރު ބުއްދި ގޯސްވަނީއޭ ހިތަށްއަރާ ފަހަރުވެސް އަންނަ ކަމަށް ދިރާސާތައް ދައްކައެވެ. މިއީ މީހުން އާންމުކޮށް ވާހަކަ ދައްކާ އުޅޭ ބައްޔެއް ނޫނަސް މި ބަލި ޖެހިގެން ރިޕޯޓު ކުރެވޭ މީހުންގެ އަދަދު ވަނީ ބޮޑުތަނުން އިތުރުވެފައެވެ.

ކޮވިޑް-19 ގެ ސަބަބުން ގިނަ ބަޔަކު ދަނީ މިކަން ތަހައްމަލް ކުރަމުންނެވެ. ރިޕޯޓުތައް ދައްކާގޮތުން ކޮވިޑް ބަލިން ފަސޭހަވާ ގިނަ މީހުން ދަނީ މިކަން ތަހައްމަލު ކުރަމުންނެވެ. އެގޮތުން ގްލޯބަލް ހެލްތް ރިސަރޗް އެންޑް ޕޮލިސީއިން ހާމަ ކޮށްފައައިވާ ރިޕޯޓެއްގައި ވާގޮތުން ކޮވިޑް ބަލިން ރަނގަޅުވާ ގިނަ ބަޔަކު ޕީޓީއެސްޑީ އަށް ހުށަހެޅިގެން ދިޔުމުގެ ފުރުސަތު ވަރަށްވެސް ބޮޑެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިކަން އާއްމު ވެފައިވީއިރު އެންމެ ބޮޑަށް މިކަން ފެންނަމުންދާ އެއްގައުމަކީ އިންޑިޔާއެވެ.

އިންޑިޔާއިން މިފަދަ ގިނަ ކޭސްތަކެއް ވަނީ ރިޕޯޓުކޮށްފައެވެ. އެގޮތުން ބީބީސީއަށް ދިން އިންޓަރވިއު އެއްގައި އެގައުމުގެ ރައްޔިތެއް ކަމަށްވާ ތިވާރީ ބުނެފައިވަނީ ކޮވިޑް-19 އިން ރަނގަޅުވެ ގެއަށް ގެނެވުމުން އޭނާ މުޅިން ރަނގަޅު ނުވާކަން ފާހަގަ ކުރެވުންކަމަށެވެ. އަދި ގޭގައި ހުރި ޓީވީއަށް ހަމަލާ ދީ ގޭގެ އެންމެން ޓީވީ ބެލުމާ ލެޕްޓޮޕް ގެންގުޅުން މަނާ ކުރަން ޖެހުނުކަމަށް އޭނާ ކިޔައިދިނެވެ. ސަބަބަކީ އެ ބޮޑެތި ސްކްރީންތަކުން އައިސީޔޫގެ މަތިން މާ ބޮޑަށް ހަނދާންވެ ބިރުގަނެ ޖެހިލުން ވަނީކަމަށް ވެސް އޭނާ ވަނީ ހިއްސާ ކޮށްފައެވެ.

އިންޑިޔާގެ އިތުރުންވެސް ގިނަ ގައުމުތަކެއްގައި ދަނީ ޕީޓީއެސްޑީގެ ކޭސްތައް ރިޕޯޓު ކުރެވެމުންނެވެ. އިންޑިޔާގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި ގިނަ ބަޔަކު ކޮވިޑުން ސަލާމަތް ކުރެވެމުން ދިޔަ ނަމަވެސް ޑިޕްރެޝަން އާއި ޕީޓީއެސްޑީ ފަދަ ނަފްސާނީ ބަލިތަކުގެ ޝިކާރައަކަށް އެމީހުން ވެގެން ހިނގައިދާނެ ކަމަށް ގަބޫލު ކުރެވެއެވެ.

ރާއްޖޭގައި ވެސް މިފަދަ ކަންކަމުން ރައްކާތެރިވުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. އެގޮތުން ފެސިލިޓީތަކުގައި ތިބޭ މީހުންނަށް ސައިކޯ ސޯޝަލް ސަޕޯޓު ދިނުމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ސޯޝަލް އެންގޭޖްމަންޓް ޓީމު ފޮނުވަމުން ދާއިރު ކޮވިޑްގެ މިހާލަތުގައި ނަފްސާނީ ދުޅަހެޔޮކަމަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވެސް ވަނީ ވިދާޅުވެފައެވެ.

އެކި ކަހަލަ ނަފްސާނީ އަސަރުތައް އެކި ފަރާތްތަކަށް ކުރަމުންދާނެ ކަމަށާއި މިކަހަލަ ބަލި މަޑުކަމެއްގެ ތެރޭގައި އުޅޭއިރު ބަލީގެ ހައި ރިސްކް މީހުން ގޭގައި ތިބެން ޖެހުމުން ފިކުރު ބޮޑުވެ އެކި ކަހަލަ ނަފްސާނީ މައްސަލަތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ.

ކޮންމެ ހާލަތެއްގައި ތިބި ކަމުގައިވިޔަސް އަނެކަކު ތަހައްމަލު ކުރަމުންދާ ކަންތައްތައް ނޭނގިދާނެ ކަމަށާއި ކޮންމެ މީހަކަށް ވެސް ލޯތްބާއެކު އަޅާލައި އޯގާތެރިވާ ބަޔަކަށް އަޅުގަނޑުމެން ވާންޖެހޭ ކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

27 ސެޕްޓެމްބަރު 2020

ފަތުރުވެރިކަމުގެ ދުވަސް: ''އުފާވެރި ދުވަހެއް ނޫން، ފެންނަނީ ރަނގަޅު މަލަމައްޗެއް''

27 ސެޕްޓެމްބަރު 2020
ފަތުރުވެރިކަމުގެ ދުވަސް: ''އުފާވެރި ދުވަހެއް ނޫން، ފެންނަނީ ރަނގަޅު މަލަމައްޗެއް''
12 އެޕްރީލު 2020

ކޮވިޑް-19: ނިއުޔޯކްގެ އެންމެ ޙާލަތު ގޯސް 2 ހޮސްޕިޓަލުން ފެންނަނީ މަރުގެ ބިރުވެރިކަން !

12 އެޕްރީލު 2020
ކޮވިޑް-19: ނިއުޔޯކްގެ އެންމެ ޙާލަތު ގޯސް 2 ހޮސްޕިޓަލުން ފެންނަނީ މަރުގެ ބިރުވެރިކަން !
01 މާރިޗު 2020

ކޮވިޑް-19: ނާސާގެ ފޮޓޯތަކުން ފެންނަނީ ޗައިނާގެ ވައި ތަޣައްޔަރުވުން ކުޑަވެ، ސާފުވަމުންދާ މަންޒަރު

01 މާރިޗު 2020
ކޮވިޑް-19: ނާސާގެ ފޮޓޯތަކުން ފެންނަނީ ޗައިނާގެ ވައި ތަޣައްޔަރުވުން ކުޑަވެ، ސާފުވަމުންދާ މަންޒަރު
20 ޖެނުއަރީ 2020

ހިސާބު އަދަދުތަކުން ފެންނަނީ ކޮންމެ ދުވަހަކު ކުޑަކުއްޖަކު ޖިންސީ ޝިކާރައަކަށް ވެގެންދާތަން

20 ޖެނުއަރީ 2020
ހިސާބު އަދަދުތަކުން ފެންނަނީ ކޮންމެ ދުވަހަކު ކުޑަކުއްޖަކު ޖިންސީ ޝިކާރައަކަށް ވެގެންދާތަން
11 ޖެނުއަރީ 2020

ރައީސްގެ ފޮޓޯއިން ފެންނަނީ ދެއްކުންތެރި ކަން؟ މިނިމަމް ވޭޖަކީ ޖޯކެއް ނޫން!

11 ޖެނުއަރީ 2020
ރައީސްގެ ފޮޓޯއިން ފެންނަނީ ދެއްކުންތެރި ކަން؟ މިނިމަމް ވޭޖަކީ ޖޯކެއް ނޫން!
28 އޯގަސްޓު 2019

ފެންނަނީ ތުންދިގު ހިބަރުތަކެއް އޮޑިއަށް ފުންމާލިތަން، ދެން ޖެހޭނީ ސަލާމަތް ހޯދަން

28 އޯގަސްޓު 2019
ފެންނަނީ ތުންދިގު ހިބަރުތަކެއް އޮޑިއަށް ފުންމާލިތަން، ދެން ޖެހޭނީ ސަލާމަތް ހޯދަން
15 އޯގަސްޓު 2019

ދިވެހި ކުޅިވަރުގެ ކުރިމަގު ފެންނަނީ އުޖާލާކޮށް!

15 އޯގަސްޓު 2019
ދިވެހި ކުޅިވަރުގެ ކުރިމަގު ފެންނަނީ އުޖާލާކޮށް!
07 ޖުލައި 2018

އިބޫ އާންމުންގެ ގެތަކަށް، ފެންނަނީ ރައީސް ޔާމީންގެ ކެމްޕެއިންގެ ބަލިކަށިކަން؟!

07 ޖުލައި 2018
އިބޫ އާންމުންގެ ގެތަކަށް، ފެންނަނީ ރައީސް ޔާމީންގެ ކެމްޕެއިންގެ ބަލިކަށިކަން؟!
10 ޖެނުއަރީ 2018

ސިޔާސީ ލީޑަރުން ހައްޔަރުކޮށްގެން މޮޅެއް ނުލިބޭ، ފެންނަނީ ސަރުކާރު ރޭރުވާތަން!

10 ޖެނުއަރީ 2018
ސިޔާސީ ލީޑަރުން ހައްޔަރުކޮށްގެން މޮޅެއް ނުލިބޭ، ފެންނަނީ ސަރުކާރު ރޭރުވާތަން!
24 ފެބުރުއަރީ 2017

އުތުރު ކޮރެއާ އާއި މެލޭޝިއާ ހަތުރުންނަށް ބަދަލުވުމުގެ ކޮޅުމަތި ފެންނަނީ!

24 ފެބުރުއަރީ 2017
އުތުރު ކޮރެއާ އާއި މެލޭޝިއާ ހަތުރުންނަށް ބަދަލުވުމުގެ ކޮޅުމަތި ފެންނަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް