Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބޭރުން އައިިސް ކަރަންޓީނުވުން

ރާއްޖެއިން ބޭރުން އައި މީހުންގެ ތެރެއިން ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނާއި ބަލިޖެހި ރަނގަޅުވެފައިވާ މީހުން ކަރަންޓީނުން ދޫކޮށްލަނީ

ވެކްސިން ފުރިހަމަކޮށްފައިވާ މީހުން ދޫކޮށްލުމަށް ވަނީ ނިންމާފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 25 ޖުލައި 2021 | އާދީއްތަ 03:15
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އިންޓަރނޭޝަނަލް އެރައިވަލްސް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އިންޓަރނޭޝަނަލް އެރައިވަލްސް

މި މަހުގެ 23 ވަނަ ދުވަހުގެ ކުރިން ރާއްޖެއަށް އެތެރެވެފައިވާ މީހުންގެ ތެރެއިން ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކާއި ޕޮޒިޓިވްވެ، ރަނގަޅުވިތާ 60 ދުވަސް ނުވާ މީހުން ކަރަންޓީނުން ދޫކޮށްލުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފިއެވެ.

އެޗްޕީއޭއިން ހޮނިހިރު ދުވަހު ނެރުނު އިއުލާނުގައި ބުނެފައިވަނީ  23 ޖުލައި 2021 ގެ ކުރިން ރާއްޖެއަށް އެތެރެވެފައިވާ މީހުންގެ ތެރެއިން ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށް 14 ދުވަހުގެ މުއްދަތު ހަމަވުމަށްފަހު ރާއްޖެ އައިސް ކަރަންޓީނުގައި މިވަގުތު ތިބި މީހުންނާއި އަދި 23 ޖުލައި 2021 ގެ ކުރިން ރާއްޖެއަށް އެތެރެވެފައިވާ މީހުންގެ ތެރެއިން ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެ، 60 ދުވަސް ނުވާ މީހުން ކަރަންޓީނުން ދޫކޮށްލުމަށް ނިންމާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ދުނިޔޭގެ ސިއްހަތު ޖަމުޢިއްޔާ (ޑަބްލިއުއެޗްއޯ) އިން އިމަރޖެންސީ ޔޫސްއަށް ލިސްޓްކޮށްފައިވާ ވެކްސިނެއް ނުވަތަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބޭނުންކުރުމަށް ހުއްދަދީފައިވާ ކޮވިޑް-19 ގެ ވެކްސިނެއްގެ ޑޯޒްތައް ފުރިހަމަކޮށް، 14 ދުވަހުގެ މުއްދަތު (ރާއްޖެ އައި ދުވަހާ ހަމައަށް) ހަމަވެފައިވާ މީހުންގެ ތެރެއިން ރާއްޖެ އައިސް 7 ދުވަހުގެ ކަރަންޓީނުގެ މުއްދަތު ހަމަވެފައިވާ މީހުން ކަރަންޓީނުން ދޫކޮށްލުމަށް ވަނީ ނިންމާފައެވެ.

އަދި މި މީހުންނާއެކުގައި ދަތުރުކޮށް ރާއްޖެ އައިސްފައިވާ، ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިން ވެސް ކަރަންޓީން ދޫކޮށްލެވޭނެ ކަމަށް އިއުލާންގައި ބުނެފައިވެއެވެ. އަދި ވެކްސިން ނުޖެހޭ ކުޑަކުދިން ކަރަންޓީނުން ދޫކުރުމަށް ނިންމާފައިވަނީ ޕީސީއާރ ޓެސްޓު ހެދުމަށްފަހުއެވެ. އެ ކުދިން ރާއްޖެ އެތެރެވިތާ 5 ދުވަހާއި 7 ދުވަހާ ދެމެދުގެ މުއްދަތު ހަމަވެފައިވާނަމަ ވަގުތުން ޕީސީއާރު ޓެސްޓު ހެދުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ. އަދި ރާއްޖެ އެތެރެވިފަހުން 5 ދުވަސް ފުރިހަމަނުވާ ފަރާތްތަކުން، 5 ދުވަސް ފުރިހަމަވުމުން ޓެސްޓު ހެދުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ބަލިން ފަސޭހަވެފައިވާ މީހުންގެ ތެރެއިން 60 ދުވަސް ހަމަނުވާ (ސާމްޕަލް ނެގި ތާރީޚުން ފެށިގެން ރާއްޖެ އައި ދުވަހާ ހަމައަށް) މީހުން ކަރަންޓީނުން ދޫކޮށްލުމަށް ވެސް ވަނީ ނިންމާފައެވެ. އަދި މި މީހުންނާއެކުގައި ދަތުރުކޮށްފައިވާ ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިން ވެސް ކަރަންޓީނުން ދޫކޮށްލެވޭނެ ކަމަށް ބުނެފައިވެއެވެ.

މި މީހުންނާ އެކުގައި ދަތުރުކޮށް ރާއްޖެއަށް އެތެރެވެފައިވާ ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިން ރާއްޖެއަށް އެތެރެވިތާ 5 ނުވަތަ 7 ދުވަހާ ދެމެދުގެ މުއްދަތު ހަމަވެފައިވާނަމަ ވަގުތުން ޕީސީއާރު ޓެސްޓު ހެދުމާއި، ރާއްޖެއަށް އެތެރެވިތާ 5 ދުވަސް ފުރިހަމަނުވާ ފަރާތްތަކުން ރާއްޖެއަށް އެތެރެވިތާ 5 ނުވަތަ 7 ދުވަހާ ދެމެދުގެ ތެރޭގައި ޕީސީއާރު ޓެސްޓު ހެދުމަށްފަހު ނެގެޓިވް ނަތީޖާއެކު ދޫކޮށްލުމަށް ވަނީ އަންގާފައެވެ.

އެހެންނަމަވެސް ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިނުވާ މީހުންނާއި، މީގެ ކުރިން ކޮވިޑަށް ޕޮޒިޓިވްވެފައިނުވާ އަދި ކޮވިޑަށް ޕޮޒިޓިވްވި ފަހުން 60 ދުވަސް ހަމަވެފައިވާ މީހުން 14 ދުވަހުގެ ކަރަންޓީނު މުއްދަތު ފުރިހަމަކުރަންޖެހޭނެ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. 14 ދުވަހުގެ ކަރަންޓީން މުއްދަތު ނިމުމުން އެމީހުންގެ ސާމްޕަލް ނަގައި، ނަތީޖާ ނެގެޓިވް ވުމުން ކަރަންޓީނުން ދޫކޮށްލާނެ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ

އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ

24 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު