Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޝާހިދުގެ އިންޑިއާ ދަތުރުފުޅު

"ކޮވިޑް-19އިން އަރައިގަނެވޭއިރު ބައިނަލްއަގުވާމީ އިތުރު މައްސަލަތަކަށްވެސް ހައްލު ލިބޭނެކަމަށް ބެލެވޭ"

23 ޖުލައި 2021 | ހުކުރު 14:42

އދގެ އާންމު މަޖިލީހުގެ ރައީސްކަަމަށް ހޮވިވަޑައިގަތުމަށް ފަހު މިނިސްޓަރ ޝާހިދު ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި އިންޑިއާއަށް ވަނީ ވަޑައިގެންފައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 23 ޖުލައި 2021 | ހުކުރު 14:42
މިނިސްޓަރ ޝާހިދު އިންޑިއަން ކައުންސިލް އޮފް ވޯލްޑް އެފެއާޒްގައި ވާހަކަދައްކަވަނީ

މިނިސްޓަރ ޝާހިދު އިންޑިއަން ކައުންސިލް އޮފް ވޯލްޑް އެފެއާޒްގައި ވާހަކަދައްކަވަނީ

ކޮވިޑް-19އިން އަރައިގަނެވޭއިރު، ބައިނަލްއަގުވާމީ އިތުރު މައްސަލަތަކަށްވެސް ހައްލުލިބޭނެކަމަށް ބެލެވޭކަމަށް އދ. ގެ އާންމު މަޖިލީހުގެ އިންތިޚާބީ ރައީސް އަދި ރާއްޖޭގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝާހިދު މިފަދައިން ވިދާޅުވީ، އދގެ އާންމު މަޖިލީހުގެ ރައީސްކަަމަށް ހޮވިވަޑައިގަތުމަށް ފަހު ކުރަައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ ނިއުދިއްލީއަށް ވަޑައިގެން އިންޑިއަން ކައުންސިލް އޮފް ވޯލްޑް އެފެއާޒްގައި ވާހަކަ ދައްކަވަމުންނެވެ. މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ވަނީ އާންމު މަޖިލީހުގެ ރައީސްކަމަށް ހޮވިވަޑައިގަތުމަށް ފަހު އެންމެ ބޮޑަށް އިސްކަމެއް ދެއްވާނީ ކޮވިޑް-19އިން އަރައިގަތުމަށް ކަމަށް ވިދާޅުވެފައެވެ. ޝާހިދު ވިދާޅުވީ ކޮވިޑާއެކު ބޮޑެތި މައްސަލަތަކެއް ދިމާވެފައިވާ ކަމަށާއި އަދި މި ބަލީގެ ހާލަތު ރަނގަޅުވާން ގާތްވެސް ނުވާ ކަމަށެވެ. އެގޮތުން ކޮވިޑްގެ އާ ވޭރިއަންޓްތައް އުފެދެމުން އަންނަ އިރު ދުރު މުސްތަގުބަލުގައި ސިއްހަތަށް ލިބޭނެ ގެއްލުންވެސް އެނގިފައި ނުވާކަމަށެވެ. މި ސަބަބަށްޓަކައި ކުރަންޖެހޭ މަސައްކަތް ގިނަ ވެފައިވާއިރު، އެ މަނިކުފާނުގެ "އުންމީދު" ނުވަތަ "ޓީމް ހޯޕް"އިން މި މަސައްކަތް ކުރުމަށް ޚާއްސަ އިސްކަމެއް ދޭނެކަމަށެވެ.

Advertisement - newsAdvertisement

ދުނިޔޭގެ އާބާދީއަށް ވެކްސިން ކަށަވަރުކޮށްދިނުމާއި އާލަމީ ވަބާގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރި ފަގީރު ގައުމުތަކަށް އެހީވުމަށް ޚާއްސަ އިސްކަމެއް ދެއްވާނެކަމަށް ވިދާޅުވިއެވެ. މިނިސްޓަރ ޝާހިދު ވަނީ ކޮވިޑުން އަރައިގަތުމަށް އދ. އިން އިތުރަށް މަސައްކަތް ކުރަން ޖެހޭއިރު، މިކަމަށް ލަސްކަމެއް އަޔަނުދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްޕުޅުތަކެއް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި އެމަނުކުފާނުވަނީ ކޮވިޑުން އަރައިގަތުމަށްފަހުގައިވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަން ހަނދާނުގައި ބަހައްޓަން ޖެހޭކަމުގައި ފާހަގަކުރައްވާފައެވެ. އެގޮތުން މޫސުމަށް އަންނަމުންދާ ބަދަލުތަކާއި، ކަނޑު ފަޅުތަކުގެ ރައްކާތެރިކަމާއި، ދުނިޔެ ހޫނުވުންފަދަ ކަންކަމަށް ދޭ ސަމާލުކަން މިއަދު ކޮންމެވެސް ވަރަކަށް ކުޑަވިޔަސް މިކަންކަން ހައްލުނުވާކަން ހަނދާންކޮށްދެއްވާފައެވެ.

މިމޭރުމުން ވާހަކަދައްކަވަމުން މިނިސްޓަރ ޝާހިދު ވަނީ ކޮވިޑް-19އިން އަރައިގަނެވޭއިރު، ބައިނަލްއަގުވާމީ އިތުރު މައްސަލަތަކަކަށްވެސް ހައްލުލިބޭނެކަމަށް ބެލެވޭ ވިދާޅުވެފައެވެ. އެގޮތުން ފަގީރުކަން ނައްތާލުމާއި، ދެމެހެއްޓެނިވި މުޖުތަމައެއް ބިނާކުރެވިގެންދާނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ ޝާހިދު ޖުލައި 22-24 އަށް އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅަކީ އެގައުމުގެ ސަރުކާރުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މިއީ އދގެ އާއްމު މަޖިލީހުގެ އިންތިޚާބީ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނު ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި

01 ފެބުރުއަރީ 2017
އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި
31 ޖެނުއަރީ 2017

ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ

31 ޖެނުއަރީ 2017
ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ
30 ޖެނުއަރީ 2017

ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި

30 ޖެނުއަރީ 2017
ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި
28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
24 ޖެނުއަރީ 2017

ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ

24 ޖެނުއަރީ 2017
ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް