Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުރާއްޖެ އަންނަ ފަތުރުވެރިން

އަހަރު ނިންމާލާއިރު 1 ވަނައިގައި އޮންނާނޭކަމަށް ލަފާކުރެވެނީ އިންޑިއާ - މައުސޫމް

22 ޖުލައި 2021 | ބުރާސްފަތި 08:30

މިހާރުވެސް ރަޝިއާ މާކެޓުގައި ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތްތައް ދަނީ ކުރިއަށް

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 22 ޖުލައި 2021 | ބުރާސްފަތި 08:30
ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް

ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް

މިއަހަރު ނިންމާލާއިރު ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އަންނާނެ ކަމަށް ލަފާކުރެވެނީ އިންޑިއާއިން ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ 'ވިޔަފާރި މިއަދު' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރު މައުސޫމް ވަނީ ފަތުރުވެރިކަން އަލުން ފަށައިގަނެ، ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރު ބަންދުކުރުމާ ހަމައަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އައިސްފައި ވަނީ އިންޑިއާއިން ކަމަށާއި އިންޑިއާގެ ފަތުރުވެރިން އައުން މެދުކެނޑުމުން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ ގައުމަކަށް ރަޝިއާ ވެގެން ދިޔަކަމަށް ވިދާޅުވެފައެވެ. ނަމަވެސް އިންޑިއާގެ ފަތުރުވެރިން އަންނަން ފެށުމާއެކު އަހަރު ނިމޭއިރު، އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ ގައުމަށް އިންޑިއާ ވެގެންދިއުން ގާތްކަމަށް މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.

މިނިސްޓަރ މައުސޫމް ވިދާޅުވީ ރާއްޖެ އޮންނަ ސަރަހައްދުގެ ސަބަބުން އިންޑިއާއާ ކައިރި ކަމަށާއި، މިކަމުގެ ސަބަބުން އެ ގައުމުން ރާއްޖެ އަންނަ ފަތުރުވެރިން ރަޝިއާއަށް ވުރެ އިތުރުވުން ގާތްކަމަށެވެ. ރަޝިއާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މަދުވެގެން ނުދާނެ ކަމަށާއި މިހާރުވެސް ރަޝިއާ މާކެޓުގައި ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އޭގެ އިތުރުން ޔޫއޭއީ ފަދަ އަރަބި ގައުމުތަކުގައި ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތްކުރަމުންދާ ކަމަށާއި އެސަރަހައްދުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އަންނަކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އަހަރުގެ މިހާތަނަށް އައި އިރު، ރާއްޖެ އައި ފަތުރުވެރިންގެ 24.3 އިންސައްތަ ހިއްސާކުރަނީީ ރަޝިއާގެ ފަތުރުވެރިންނެވެ. އަދި އިންޑިއާގެ ފަތުރުވެރިން ހިއްސާކުރަނީ 16.5 އިންސައްތައެވެ. މީގެ އިތުރުން ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ 10 ގައުމުގެ ލިސްޓުގައި ހިމެނެނީ ޖަރުމަން، ޔޫކްރެއިން، އެމެރިކާ، ކަޒަކިސްތާން، އިނގިރޭސިވިލާތް އަދި ސައުދި އަރަބިއްޔާގެ އިތުރުން ރޫމޭނިއާ އާއި ފްރާންސްއެވެ.

ފަތުރުވެނިން

އިތުރަށް ކިޔާލަން

13 މެއި 2024

ފަތުރުވެރިންނަށް ޕްރީ އެޕްރޫވަލް ވިސާ ދޭން ހުށަހެޅި ގަރާރު މަޖިލީހުން ބަލައިގެންފި

13 މެއި 2024
ފަތުރުވެރިންނަށް ޕްރީ އެޕްރޫވަލް ވިސާ ދޭން ހުށަހެޅި ގަރާރު މަޖިލީހުން ބަލައިގެންފި
06 މެއި 2024

ފަތުރުވެރިންނަށް 'ޕްރީ އެޕްރޫވަލް ވިސާ އޮން އެރައިވަލް' ދޭން ގޮވާލާ ގަރާރެއް ހުށަހަޅައިފި

06 މެއި 2024
ފަތުރުވެރިންނަށް 'ޕްރީ އެޕްރޫވަލް ވިސާ އޮން އެރައިވަލް' ދޭން ގޮވާލާ ގަރާރެއް ހުށަހަޅައިފި
29 ޑިސެމްބަރު 2023

ވެލާނާ އެއާޕޯޓަށް ތާރީޚީ ދުވަސްތަކެއް: އަލަށް އިތުރުކުރެވުނު ޖެޓް ޕާކިން އާއެކު، ބުރާސްފަތި ދުވަހު އެކަނި ވެސް 38 ޖެޓު

29 ޑިސެމްބަރު 2023
ވެލާނާ އެއާޕޯޓަށް ތާރީޚީ ދުވަސްތަކެއް: އަލަށް އިތުރުކުރެވުނު ޖެޓް ޕާކިން އާއެކު، ބުރާސްފަތި ދުވަހު އެކަނި ވެސް 38 ޖެޓު
05 ޑިސެމްބަރު 2023

ފަތުރުވެރިކަން: ޓާގެޓު ހާސިލްކުރުމަށް ބާކީ ބޭނުންވަނީ ދެ ލައްކަ ފަތުރުވެރިން

05 ޑިސެމްބަރު 2023
ފަތުރުވެރިކަން: ޓާގެޓު ހާސިލްކުރުމަށް ބާކީ ބޭނުންވަނީ ދެ ލައްކަ ފަތުރުވެރިން
02 ޑިސެމްބަރު 2023

އިގްތިސާދަށް ކުރިއެރުމެއް ނުލިބި، އިގްތިސާދީ ކުރިއެރުން 4 ޕަސެންޓަށް ސޮއްސާލައިފި

02 ޑިސެމްބަރު 2023
އިގްތިސާދަށް ކުރިއެރުމެއް ނުލިބި، އިގްތިސާދީ ކުރިއެރުން 4 ޕަސެންޓަށް ސޮއްސާލައިފި
30 ނޮވެމްބަރު 2023

ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު %13 އިތުރުވެއްޖެ

30 ނޮވެމްބަރު 2023
ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު %13 އިތުރުވެއްޖެ
30 އޮކްޓޯބަރު 2023

ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 1.5 މިލިއަނަށް އަރައިފި

30 އޮކްޓޯބަރު 2023
ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 1.5 މިލިއަނަށް އަރައިފި
27 އޮކްޓޯބަރު 2023

ވާދަވެރި ދެ މާކެޓް، ދެ ހަފުތާއިން ޗައިނާ ވައްޓާލައި އިންޑިއާ ދެވަނަގައި!

27 އޮކްޓޯބަރު 2023
ވާދަވެރި ދެ މާކެޓް، ދެ ހަފުތާއިން ޗައިނާ ވައްޓާލައި އިންޑިއާ ދެވަނަގައި!
06 އޮކްޓޯބަރު 2023

ޓާގެޓް ހާސިލް ކުރަން ތިން މަހުން 5 ލައްކައެއްހާ ފަތުރުވެރިން ބޭނުންވާނެ!

06 އޮކްޓޯބަރު 2023
ޓާގެޓް ހާސިލް ކުރަން ތިން މަހުން 5 ލައްކައެއްހާ ފަތުރުވެރިން ބޭނުންވާނެ!
18 ޖުލައި 2023

އުއްމީދުކުރިވަރަށްވުރެ އަވަހަށް އެއްމިލިއަން ފަތުރުވެރިން ހަމަވުން، ރަނގަޅު ފާލެއް!

18 ޖުލައި 2023
އުއްމީދުކުރިވަރަށްވުރެ އަވަހަށް އެއްމިލިއަން ފަތުރުވެރިން ހަމަވުން، ރަނގަޅު ފާލެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް