Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަލީހާއި ވައްޑެ އިދިކޮޅާ ގުޅުން

މަލީހާއި ލޯޔަރު ވައްޑެ އިދިކޮޅު ކޯލިޝަނަށް

މަލީހުވަނީ މި ސަރުކާރުގައި މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީކަން ފުރުއްވާފައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 20 ޖުލައި 2021 | އަންގާރަ 02:38
މަލީހާއި ލޯޔަރު ވައްޑެ ވަނީ މީގެ ކުރިން ވެސް ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ހަރަކާތްތެރިވެފައި

މަލީހާއި ލޯޔަރު ވައްޑެ ވަނީ މީގެ ކުރިން ވެސް ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ހަރަކާތްތެރިވެފައި

މި ސަރުކާރުގައި މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީކަން ކުރެއްވި މުޙައްމަދު މަލީޙް ޖަމާލް އާއި ޤާނޫނީ ވަކީލް މުހައްމަދު ވަހީދު އިބްރާހިމް އިދިކޮޅު ކޯލިޝަނާ ގުޅިވަޑައިގެންފިއެވެ.

ޖުލައި 19 ވަނަ ދުވަހުގެ ރޭ އިދިކޮޅު ކޯލިޝަނުން ބޭއްވި ރަސްމިއްޔާތެއްގައި މި ދެބޭފުޅުން ވަނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް ސޮއިކުރައްވައި، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ވަގުތީ ލީޑަރު އަބްދުއްރަހީމް ޢަބްދުﷲއާ ފޯމު ޙަވާލުކުރައްވާފައެވެ. ޕީޕީއެމްއާ ގުޅިވަޑައިގެންނެވި ކުރީގެ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީޙް ޖަމާލަކީ ވެސް އެޕާޓީގެ ކުރީގެ މެމްބަރެކެވެ. މަލީޙް ވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި 2013 އިން 2015 އަށް މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސްކަމުގެ މަޤާމު ވެސް ފުރުއްވާފައެވެ. އެހެންނަމަވެސް އޭރުގެ ސަރުކާރާމެދު އުފެދުނު ޚިޔާލު ތަފާތުވުންތަކާއެކު، މަލީޙު ވެސް ވަނީ 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގެ ތެރޭގައި މިހާރުގެ ސަރުކާރު ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރައްވާފައެވެ. އެހެންނަމަވެސް މި ސަރުކާރުގައި މަލީޙު ފުރުއްވަމުން ގެންދެވި ވަޒީރުކަމުގެ މަޤާމުން މަލީހު ވަކިކުރެއްވުމާއެކު، މަލީޙު ގެންދަވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

ޤާނޫނީ ވަކީލް މުހައްމަދު ވަހީދު އިބްރާހިމަކީ ރައްޔިތުންގެ މަޖިލީހުގެ ނިމިދިޔަ ދައުރުގައި ތުލުސްދޫ ދާއިރާގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. މުހައްމަދު ވަހީދު އިބްރާހީމަކީ މީގެ ކުރިން ވެސް ޕީ.ޕީ.އެމްގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. 2017 ވަނަ އަހަރު ވައްޑެ އެ ޕާޓީން ވަކިކުރެއްވިނަމަވެސް، ސުޕްރީމް ކޯޓުން ފަހުން ވަނީ ވައްޑެ އެ ޕާޓީން ވަކިނުވާކަމަށް ހުކުމްކޮށްފައެވެ. އެހެންނަމަވެސް ވައްޑެ ފަހުން ވަނީ އެ ޕާޓީން ވަކިވެވަޑައިގެން، އިދިކޮޅު ފަރާތްތަކާއެކު އެމް.ޑީ.ޕީ ކޯލިޝަން ސަރުކާރު ވެރިކަމަށް ގެނައުމަށް ކުރި މަސައްކަތުގައި ބައިވެރިވެވަޑައިގެންފައެވެ.

މަލީހު ޖަމާލްޕީ.ޕީ.އެމް-ޕީ.އެން.ސީ ކޯލިޝަން

އިތުރަށް ކިޔާލަން

17 ޖުލައި 2025

ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް ރައްޔިތުން ހަނާވާއިރު، ވަކި މީހަކު ރުއްސަން މޮޅު ވާހަކަ ދެއްކިޔަސް ރައްޔިތުން ގަބޫލެއް ނުކުރާނެ: އައްބާސް

17 ޖުލައި 2025
ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް ރައްޔިތުން ހަނާވާއިރު، ވަކި މީހަކު ރުއްސަން މޮޅު ވާހަކަ ދެއްކިޔަސް ރައްޔިތުން ގަބޫލެއް ނުކުރާނެ: އައްބާސް
29 ޖެނުއަރީ 2025

ފައިސަލްގެ މަޤާމު ގެއްލުވާލީ އަބްދުއްރަހީމް ނިކަމެތި ކޮށްލުމުގެ ބޭނުމުގައި: އަހުމަދު ހަލީމް

29 ޖެނުއަރީ 2025
ފައިސަލްގެ މަޤާމު ގެއްލުވާލީ އަބްދުއްރަހީމް ނިކަމެތި ކޮށްލުމުގެ ބޭނުމުގައި: އަހުމަދު ހަލީމް
24 ޑިސެމްބަރު 2024

އިންޑިއާގެ ލޭބަރުންތަކެއް ހާލުގައި ޖައްސައިފި

24 ޑިސެމްބަރު 2024
އިންޑިއާގެ ލޭބަރުންތަކެއް ހާލުގައި ޖައްސައިފި
24 ޑިސެމްބަރު 2024

ޓޫރިޒަމް އިންޑަސްޓްރީއަށް އަމާޒުކޮށް އެމްޑީޕީން ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމަށް ވިދާޅުވި ނިހާދު ސަސްޕެންޑުކޮށްފި

24 ޑިސެމްބަރު 2024
ޓޫރިޒަމް އިންޑަސްޓްރީއަށް އަމާޒުކޮށް އެމްޑީޕީން ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމަށް ވިދާޅުވި ނިހާދު ސަސްޕެންޑުކޮށްފި
24 ޑިސެމްބަރު 2024

އެމްޑީޕީން ރިސޯޓުތަކަށް އަރަން އުޅޭ ކަމަށް ތުހުމަތު ކޮށްފި

24 ޑިސެމްބަރު 2024
އެމްޑީޕީން ރިސޯޓުތަކަށް އަރަން އުޅޭ ކަމަށް ތުހުމަތު ކޮށްފި
22 ޑިސެމްބަރު 2024

އެޗްޑީސީގެ ބިޔަބޮޑު ވައްކަމަކީ މުޅި ގައުމުގެ މަސްލަހަތު އޭގައި ހިމެނޭ ކަމެއް: މީކައިލް

22 ޑިސެމްބަރު 2024
އެޗްޑީސީގެ ބިޔަބޮޑު ވައްކަމަކީ މުޅި ގައުމުގެ މަސްލަހަތު އޭގައި ހިމެނޭ ކަމެއް: މީކައިލް
23 ނޮވެމްބަރު 2024

އެހެން ރައީސުންނަށް އަތްލަން ނުކެރުނު ކަންކަމުގައި ރައީސް މުޢިއްޒު އަތްލައްވަން ފެއްޓެވި ފަހުން، ހުރިހާ ތަކުލީފެއް ނިކަމެތި ރައްޔިތު މީހާ އަށް!

23 ނޮވެމްބަރު 2024
އެހެން ރައީސުންނަށް އަތްލަން ނުކެރުނު ކަންކަމުގައި ރައީސް މުޢިއްޒު އަތްލައްވަން ފެއްޓެވި ފަހުން، ހުރިހާ ތަކުލީފެއް ނިކަމެތި ރައްޔިތު މީހާ އަށް!
21 ނޮވެމްބަރު 2024

ދައުލަތުގެ އެއްބާރުގެ ވެރިޔާ މިވަގުތު އެހުންނެވީ ޕީއެންސީގެ ސުލޫކީ ކޮމިޓީގެ ކޮންޓްރޯލްގެ ދަށުގައި

21 ނޮވެމްބަރު 2024
ދައުލަތުގެ އެއްބާރުގެ ވެރިޔާ މިވަގުތު އެހުންނެވީ ޕީއެންސީގެ ސުލޫކީ ކޮމިޓީގެ ކޮންޓްރޯލްގެ ދަށުގައި
02 ނޮވެމްބަރު 2024

ކައުންސިލް ތަކުގެ ބަޖެޓު މަދު ކުރުން، ލާމަރުކަޒީ ނިޒާމު ފުނޑާލަން ކުރާ މަސައްކަތުގެ ބައެއް!

02 ނޮވެމްބަރު 2024
ކައުންސިލް ތަކުގެ ބަޖެޓު މަދު ކުރުން، ލާމަރުކަޒީ ނިޒާމު ފުނޑާލަން ކުރާ މަސައްކަތުގެ ބައެއް!
28 އޮކްޓޯބަރު 2024

ރައްޔިތުން މާޔޫސްކަމެއްގެ ތެރެއަށް ދޫކޮށްލުމަށްފަހު، ޕާޓީ ބޮޑު ކުރުން!

28 އޮކްޓޯބަރު 2024
ރައްޔިތުން މާޔޫސްކަމެއްގެ ތެރެއަށް ދޫކޮށްލުމަށްފަހު، ޕާޓީ ބޮޑު ކުރުން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު