Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސަރުކާރު ކޯލިޝަން

ސަރުކާރު ދެމެހެއްޓުމަށްޓަކައި ޤާސިމަށް ދެއްވެން އޮތް އެއްބާރުލުން ދެއްވަން ހުންނެވީ ތައްޔާރަށް

ރައީސް ޞާލިޙަކީ ތަފާތު ބޭފުޅެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 19 ޖުލައި 2021 | ހޯމަ 17:24
ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް

ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް

ސަރުކާރު ހިންގުމަށް ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ފުރިހަމަ އެއްބާރުލުން ރައީސް ސާލިހަށް ލިބޭނެ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ނާއިބުރައީސް އަޙުމަދު ސައުދު ވިދާޅުވީ ސަރުކާރު ދެމެހެއްޓުމަށްޓަކައި ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމް ހުންނެވީ ރައީސް ސާލިހަށް ދެވެން އޮތް އެއްބާރުލުމެއް ދެއްވަން ތައްޔާރަށް ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ސާލިޙަކީ ތަފާތު ބޭފުޅެއް ކަމަށާއި، ބުނާ ބަހުގައި އެމަނިކުފާނު ދެމި ހުންނަވާކަމަށް ސަޢުދު ވިދާޅުވިއެވެ. ކޯލިޝަން ސަރުކާރާއެކު ވެސް ކުރިއަށް ދެވޭނެކަން އެމަނިކުފާނު ސާބިތުކޮށްދެއްވަމުންދާ ކަމަށާއި، ރައީސް ޞާލިޙަކީ މަޑުމައިތިރި ހިތްޕުޅު ތިރި ބޭފުޅެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ވެރިކަމަށް އައުމަށްޓަކައި ކޯލިޝަން ސަރުކާރަކާއެކު ނޫން ގޮތަށް އެއްވެސް ބަޔަކަށް މިހާތަނަށް ރާއްޖޭގެ ވެރިކަމަށް އައުމުގެ ފުރުސަތު ލިބިފައިނުވާ ކަމަށާއި، ކޯލިޝަން ސަރުކާރުގެ ފޯމިއުލާ ގިނަ މީހުންނަށް ނޭނގޭ ކަމަށް ސައުދު ވިދާޅުވިއެވެ.

ސަރުކާރު ތެރޭގައި އޮންނަ ހިތްހަމަނުޖެހޭ ކަމެއްގެ ތެރެއަށް ދުރުން އެހެން މީހަކު ވަނުމަށްވުރެ ޕާޓީގެ ތެރޭގައި ހިމެނޭ މީހުން އެކަމަށް ފާޑުކިޔުން މާ ރަނގަޅުކަން އޭނާ ފާހަގަކުރެއްވިއެވެ. ކޯލިޝަންގެ ސަރުކާރުގެ ހުރި ކަންތައްތައް ކުރީގެ ބޭފުޅުންނަށް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ އޭނާ ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ޕާޓީ އުފެއްދުމަކީ ކޮންމެ މީހެއްގެވެސް ހައްގެއްކަމަށާއި ޖޭޕީގެ ތެރޭގައި ތިބިގެން ޕާޓީ އުފައްދަން ބޭނުންވާކަމަށް ވާނަމަ އެއީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށާއި، ޖުމްހޫރީ ޕާޓީން ދިން ޓިކެޓުގައި ހިފައިގެން އެބޭފުޅުން ޕާޓީގެ އިސް މަގާމުތަކުގައި ތިބެ އެގޮތަށް ކަންތައްތައް ކުރެއްވުމުން އިތުބާރު ގެއްލިގެންދާނެ ކަމަށާއި، އަދި އެއީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ސަޢުދު މިފަދައިން ވިދާޅުވެފައި މިވަނީ މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދެވުމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަޙުމަދު އުޝާމާއި، ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެންބަރު ޢަބްދުﷲ ރިޔާޒާއި، މަޖިލީހުގެ ދަނގެތީ ދާއިރާ ޖުމްހޫރީ ޕާޓީގެ މެންބަރު މުޙައްމަދު ނާޒިމާއި، ނިލަންދޫ ދާއިރާގެ މިނިވަން މެންބަރު ޢަބްދުލްމުޙްސިން ޙަމީދު، އަދި ނޮޅިވަރަމް ދާއިރާގެ މިނިވަން މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ ގުޅިގެން މަސައްކަތް ކުރައްވަން އުޅުއްވާތީއެވެ. މެމްބަރު ނާޒިމާއި ރިޔާޒަކީ ކުރިން ޖޭޕީގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅުންނެވެ.

ޖުމްހޫރީ ޕާޓީން މިހެން ބުނެފައިވާއިރު ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ދެ ލީޑަރުންކަމުގައިވާ ކުރީގެ ރައީސް އަދި އެމްއެމްއާރްއެމްގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމާއި، ޢަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ ޝައިޚް ޢިމްރާން ޢަބްދުﷲ ވެސް ވިދާޅުވެފައިވަނީ އެ ދެ ޕާޓީންވެސް ރައީސް ޞާލިޙާއެކު ކުރިއަށް ވަޑައިގަންނަވާނެ ކަމަށެވެ.

ރާއްޖެއެމްވީއާ ވާހަކަދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ އެމްއެމްއާރްއެމް އިން ކުރިއަށްދާނީ ކޯލިޝަނާއެކު ކަމަށާއި، ކޯލިޝަން ރޫޅާނުލައްވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތާނގައި ވެސް ދާނީ ރަނގަޅަށް ކަމަށާއި ރައީސް ޞާލިޙާއެކު އެމަނިކުފާނަށް ސަޕޯޓް ދެއްވައިގެން ކުރިއަށް ވަޑައިގަންނަވާނެ ކަމަށެވެ. ރައީސް މައުމޫން މިހެން ވިދާޅުވެފައިވާއިރު މިނިސްޓަރ ޢިމްރާން ވިދާޅުވީ އޭރު ޕާޓީތައް ކޯލިޝަން ހެދުމުން ރައްޔިތުންގެ އުންމީދު ވަރަށް ބޮޑު ވެގެން ދިޔަކަމަށެވެ. އަދި ކޯލިޝަންގައި ހިމެނޭ ހުރިހާ ޕާޓީތަކަށް އެކުވެގެން މަސައްކަތް ކުރެވޭނެ މާހައުލެއް އޮތް ހިނދެއްގައި ސަރުކާރާއެކު ދެމިތިބޭނެ ކަމަށެވެ. އަދި މި ސަރުކާރު ކުރިއަށްދާނީ ކޯލިޝަނާއެކު ކަމަށާއި، ކުރީގެ ރައީސް ޢަބްދުﷲ ޔާމީނާއެކު ރައީސް ޞާލިޙު ކުރިއަށް ވަޑައިގަންނަވާތަން ނުފެންނަ ކަމަށެވެ.

ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ހުރިހާ ލީޑަރުން މިހެން ވިދާޅުވެފައި މިވަނީ މިވަގުތު ގައުމަށާއި ޕާޓީއަށް އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީ ޕީޕީއެމް އިއްތިޙާދެއް ކަމަށް އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެންނެވެ. އެގޮތުން ނަޝީދު ވަނީ  ޕީޕީއެމްއަށް ބަދަލު ތަކެއް ގެނެވި، އެ ބަދަލުތަކަކީ އިންޑިއާ އައުޓް ފަލްސަފާއާ ދުރު، ނަފްރަތުގެ ބިލަށް ތާއީދުކުރާ، މިއުޒިކަށް ވެސް އެއްބަސްވާ ބަދަލުތަކަކަށްވެ، އެ ހަމަތަކުގައި ސަރުކާރު ހިންގުމަށް ޕީޕީއެމާ އެއްބަސްވެވޭ އެމްޑީޕީ-ޕީޕީއެމް އިއްތިޙާދެއް އުފެއްދެވުމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ އެހީއަށް އެދިވަޑައިންނެވުމަކީ މިވަގުތު އެންމެ ރަނގަޅު ގޮތް ކަމަށް ވެސް ވިދާޅުވެފައެވެ. ރައީސް ނަޝީދު އެމްޑީޕީ އެހެން މިސްރާބަކަށް ގެންދަވައި ޕީޕީއެމާއެކު މަސައްކަތްކުރައްވަން ބޭނުންފުޅުވާކަން ފައުޅުކަންބޮޑު ގޮތެއްގައި މިހާރު އަންނަނީ ހާމަ ކުރައްވަމުންނެވެ.

އެހެންނަމަވެސް މިކަމާގުޅިގެން އިދިކޮޅު ކޯލިޝަން ޕީޕީއެމް/ޕީއެންސީއިން ބުނަނީ އެ ޕާޓީން ރައީސް ނަޝީދާއެކު މަސައްކަތް ނުކުރާނެ ކަމަށެވެ.

ކޯލިޝަންޖުމްހޫރީ ޕާޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ޤާސިމްގެ ބަދަލުވަމުންދާ ރާގުން ކޮޅުދާލިކޮޅެއް!

ޤާސިމްގެ ބަދަލުވަމުންދާ ރާގުން ކޮޅުދާލިކޮޅެއް!

07 އޮކްޓޯބަރު 2025
ޖުމްހޫރީ ޕާޓީގެ އެތެރޭގެ އިންތިޚާބު އާދީއްތަ ދުވަހު، ނާއިބު ރައީސްކަމުގެ މަގާމަށް 4 ބޭފުޅަކު ކުރިމަތިލައްވައިފި

ޖުމްހޫރީ ޕާޓީގެ އެތެރޭގެ އިންތިޚާބު އާދީއްތަ ދުވަހު، ނާއިބު ރައީސްކަމުގެ މަގާމަށް 4 ބޭފުޅަކު ކުރިމަތިލައްވައިފި

10 ޑިސެމްބަރު 2023
ޖުމްހޫރީ ޕާޓީގެ ކައުންސިލުގެ 11 މަގާމަކަށް ކުރިމަތިލުމަށް ހުޅުވާލައިިފި

ޖުމްހޫރީ ޕާޓީގެ ކައުންސިލުގެ 11 މަގާމަކަށް ކުރިމަތިލުމަށް ހުޅުވާލައިިފި

22 ނޮވެމްބަރު 2023
ދާއިމީ ކޮމިޓީތަކަށް މެންބަރުން އިންތިޚާބުކުރުން މެންދުރު

ދާއިމީ ކޮމިޓީތަކަށް މެންބަރުން އިންތިޚާބުކުރުން މެންދުރު

04 އޮކްޓޯބަރު 2023

އަހަރުތަކުން މިއަދު

11 ޖެނުއަރީ
ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް
20242 އަހަރު ކުރިން
ރާއްޖެ

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް
20233 އަހަރު ކުރިން
ރާއްޖެ

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!
20215 އަހަރު ކުރިން
ރާއްޖެ

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ
20197 އަހަރު ކުރިން
ސިއްހަތު

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!
20188 އަހަރު ކުރިން
ރާއްޖެ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު