Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖެ އަންނަ ފަތުރުވެރިން

ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 2020ގައި އައި ޖުމްލަ ފަތުރުވެރިންގެ އަދަދަށްވުރެ އިތުރުވެއްޖެ

ޖުލައި މަހުގެ މިހާތަނަށް 53,679 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 19 ޖުލައި 2021 | ހޯމަ 16:44
ރާއްޖެ އައި ފަތުރުވެރިންތަކެއް

ރާއްޖެ އައި ފަތުރުވެރިންތަކެއް

އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 2020 ވަނަ އަހަރު ރާއްޖެ އައި ޖުމްލަ ފަތުރުވެރިންގެ އަދަދަށް ވުރެ އިތުރުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ޖުލައި 18 ވަނަ ދުވަހުގެ ނިޔަލަށް 564،228 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މިދިޔަ އަހަރު ރާއްޖެ އައިސްފައި ވަނީ 555،494 ފަތުރުވެރިންނެވެ.

މިއަހަރުގެ ފުރަތަމަ 6 މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދުތަކަށް ބަލާއިރު، ޖެނުއަރީ މަހު 92,103 ފަތުރުވެރިން، ފެބްރުއަރީ މަހު 96,882 ފަތުރުވެރިން، މާޗް މަހު 109,585 ފަތުރުވެރިން، އޭޕްރިލް މަހު 91,200 ފަތުރުވެރިން، މެއި މަހު 64,613 ފަތުރުވެރިން, އަދި ޖޫން މަހު 56,166 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

ޖެނުއަރީ މަހު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 2,971 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، ފެބްރުއަރީ މަހު އެއަދަދު ވަނީ 3,460ށް އަރާފައެވެ. އަދި މާޗު މަހު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް އަންނަ ފަތުރުވެރިންގެ އަދަދު ވަނީ 3,535ށް އިތުރުވެފައެވެ. ނަމަވެސް އޭޕްރީލް މަހު ފަތުރުވެރިން އަންނަ އަދަދު މަޑުމަޑުން ދަށަށް ދާން ފަށައި އެމަހު ދުވާލެއްގެ މައްޗަށް އައިސްފައިވަނީ އެވްރެޖްކޮށް 3,040 ފަތުރުވެރިންނެވެ. އަދި މެއި މަހު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް އައިސްފައި ވަނީ 2,084 ފަތުރުވެރިންނެވެ. ޖޫން މަހު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް އައިސްފައި ވަނީ 1,872 ފަތުރުވެރިންނެވެ.

ޖުލައި މަހުގެ މިހާތަނަށް 53,679 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، ޖުލައި 15 ގައި ދެކުނު އޭޝިއާގެ ފަތުރުވެރިން އައުމުގެ ހުއްދަ އަލުން ދިނުމާއެކު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ބޮޑުތަނުން މައްޗަށް ޖެހިލައިގެން ދާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ލަފާކުރެއެވެ. އެގޮތުން މިމަހު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 2,982 ފަތުރުވެރިން އަންނަނީ ރާއްޖެ އަންނަމުންނެވެ.

ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން އިންޑިއާއަކީ ރާއްޖޭގެ ފަތުރުވެރިންގެ އެންމެ ބޮޑު އެއް މާކެޓަށް ވާއިރު، ޖުލައި 15 ދުވަހު އެކަނިވެސް 7 ފްލައިޓެއް ވަނީ އިންޑިއާގެ ފަތުރުވެރިންނާއެކު ރާއްޖެ އައިސްފައެވެ.

މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައި 10 ގައުމަށް ބަލާއިރު، އެންމެ ގިނަ ފަތުރުވެރިން އައީ ރަޝިއާއިންނެވެ. މި ލިސްޓުގައި ދެން ހިމެނޭ ގައުމުތަކަކީ އިންޑިއާ، ޖަރުމަން، ޔޫކްރެއިން، ކަޒަކިސްތާން، އެމެރިކާ، އިނގިރޭސިވިލާތް، ސަޢޫދީ ޢަރަބިއްޔާ، ރޫމޭނިއާ އަދި ފްރާންސް އެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި ވަނީ 2020 ވަނަ އަހަރުގެ މާޗު 27 ވަނަ ދުވަހުއެވެ. އަދި ޖުލައި 15 ވަނަ ދުވަހު ބޯޑަރު އަލުން ހުޅުވާލާފައިވާއިރު، ފަތުރުވެރިކަން މިހާރު ވަނީ މުޅިން އައު ހަރުފަތަކަށް މިސްރާބު ޖަހާފައެވެ. އެގޮތުން ރާއްޖެ އިޝްތިހާރު ކުރުމުގެ ގިނަ މަސައްކަތްތަކެއް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އިން ކުރަމުން އަންނަ އިރު މިހާރުވެސް ތަފާތު 10 މާކެޓެއްގައި ދަނީ ރާއްޖެ އިޝްތިހާރުކުރަމުންނެވެ.

ފަތުރުވެނިން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފަތުރުވެރިންނަށް ޕްރީ އެޕްރޫވަލް ވިސާ ދޭން ހުށަހެޅި ގަރާރު މަޖިލީހުން ބަލައިގެންފި

ފަތުރުވެރިންނަށް ޕްރީ އެޕްރޫވަލް ވިސާ ދޭން ހުށަހެޅި ގަރާރު މަޖިލީހުން ބަލައިގެންފި

13 މެއި 2024
ފަތުރުވެރިންނަށް 'ޕްރީ އެޕްރޫވަލް ވިސާ އޮން އެރައިވަލް' ދޭން ގޮވާލާ ގަރާރެއް ހުށަހަޅައިފި

ފަތުރުވެރިންނަށް 'ޕްރީ އެޕްރޫވަލް ވިސާ އޮން އެރައިވަލް' ދޭން ގޮވާލާ ގަރާރެއް ހުށަހަޅައިފި

06 މެއި 2024
ވެލާނާ އެއާޕޯޓަށް ތާރީޚީ ދުވަސްތަކެއް: އަލަށް އިތުރުކުރެވުނު ޖެޓް ޕާކިން އާއެކު، ބުރާސްފަތި ދުވަހު އެކަނި ވެސް 38 ޖެޓު

ވެލާނާ އެއާޕޯޓަށް ތާރީޚީ ދުވަސްތަކެއް: އަލަށް އިތުރުކުރެވުނު ޖެޓް ޕާކިން އާއެކު، ބުރާސްފަތި ދުވަހު އެކަނި ވެސް 38 ޖެޓު

29 ޑިސެމްބަރު 2023
ފަތުރުވެރިކަން: ޓާގެޓު ހާސިލްކުރުމަށް ބާކީ ބޭނުންވަނީ ދެ ލައްކަ ފަތުރުވެރިން

ފަތުރުވެރިކަން: ޓާގެޓު ހާސިލްކުރުމަށް ބާކީ ބޭނުންވަނީ ދެ ލައްކަ ފަތުރުވެރިން

05 ޑިސެމްބަރު 2023
އިގްތިސާދަށް ކުރިއެރުމެއް ނުލިބި، އިގްތިސާދީ ކުރިއެރުން 4 ޕަސެންޓަށް ސޮއްސާލައިފި

އިގްތިސާދަށް ކުރިއެރުމެއް ނުލިބި، އިގްތިސާދީ ކުރިއެރުން 4 ޕަސެންޓަށް ސޮއްސާލައިފި

02 ޑިސެމްބަރު 2023

އަހަރުތަކުން މިއަދު

22 މާރިޗު
ސްޓްރޯބެރީ ބްރައުނީސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްޓްރޯބެރީ ބްރައުނީސް

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް
20242 އަހަރު ކުރިން
ރިޕޯޓު

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް

އެގް ބްރީޓޯ
20233 އަހަރު ކުރިން
ލައިފް ސްޓައިލް

އެގް ބްރީޓޯ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
20197 އަހަރު ކުރިން
ރިޕޯޓު

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު