Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް އުތުރަށް ކުރައްވާ ދަތުރުފުޅު

ރައީސުލްޖުމްހޫރިއްޔާ ހަނިމާދޫއަށް ވަޑައިގެންފި

18 ޖުލައި 2021 | އާދީއްތަ 06:09

ހަނިމާދޫގައި މަގުތަކުގެ ތާރު އެޅުމުގެ މަސައްކަތްތައް ރައީސް ފަށްޓަވައިދެއްވާނެ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 18 ޖުލައި 2021 | އާދީއްތަ 06:09
ރައީސް ސާލިހު ހދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން

ރައީސް ސާލިހު ހދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން

ރައީސުލްޖުމްހޫރިއްޔާ ތިލަދުންމަތީގެ 3 ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެންމެ ފަހު މަންޒިލެއްގެ ގޮތުގައި ހަނިމާދޫއަށް ވަޑައިގެންފިއެވެ.

މިދަތުރުފުޅުގައި ހަނިމާދޫ ކައުންސިލާ ރައީސް ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާނެއެވެ.

ރައީސްގެ މި ދަތުރުފުޅު ފަށްޓަވާފައިވަނީ، މި މަހުގެ 16 ވަނަ ދުވަހުއެވެ. އެންމެ ފުރަތަމަ ވަޑައިގެންނެވީ ކުޅުދުއްފުށި ސިޓީއަށެވެ. ކުޅުދުއްފުއްޓަށް ވަޑައިގެން އެ ސިޓީގައި ހުންނަ ރީޖަނަލް ހޮސްޕިޓަލަށާއި، 3 ސްކޫލަކަށް ރައީސް ޒިޔާަރަތް ކުރެއްވިއެވެ. އަދި ކުޅުދުއްފުށި ސިޓީ ކައުންސިލާއި އަތޮޅު ކައުންސިލާ ބައްދަލުކުރައްވައި މަޝްވަރާތައް ކުރިއަށް ގެންދެވިއެވެ.

އެއަށްފަހު ޖުލައި 17 ވަނަ ދުވަހު ވަޑައިގަތީ ހދ. ކުމުންދުއަށެވެ. އެރަށުގައި ވެސް ކައުންސިލާއި ޑަބްލިއުޑީސީ މެމްބަރުންނާ ބައްދަލުކުރައްވައި ރަށަށް މިވަގުތު އެންމެ ބޭނުންވާ ކަންކަމާއި ދިމާވާ ދަތިތަކަށް ހައްލުހޯދުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ. އަދި ކުމުންދޫގައި ޕޮލިސް ޕޯސްޓެއް ހެދުމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރެއްވިއެވެ. އަދި ކުމުންދޫގެ ބައެއް މަޝްރޫއުތައް ކުރިއަށްދާ ސަރަހައްދަށް ރައީސްގެ ދެކަނބަލުން ޒިޔާރަތް ކުރެއްވިއެވެ.

ކުމުންދޫއަށް ފަހު އާދިއްތަ ދުވަހު ހަނިމާދޫއަށް ވަޑައިގެން ހަނިމާދޫގައި މަގުތަކުގެ ތާރުއެޅުމުގެ މަސައްކަތްތައް ރައީސް ފަށްޓަވައިދެއްވާނެއެވެ. ހަނިމާދޫގެ މަގުތައް ހެދުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރެވުނީ 2019 ވަނަ އަހަރުގެ މެއި މަހުގެ 22 ވަނަ ދުވަހުއެވެ. މި މަޝްރޫއުގެ ދަށުން ހަނިމާދޫގެ 20 މަގެއްގައި ތާރު އެޅުމާއި ފެން ހިންދާ ނިޒާމު ގާއިމުކުރުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާނެއެވެ.

މި މަޝްރޫއަކީ، 71.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ރައީސް ސޯލިހުހަނިމާދޫރައީސުލްޖުމްހޫރިއްޔާގެ އޮފީސް އެމްޓީސީސީ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!
27 ނޮވެމްބަރު 2025

ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

27 ނޮވެމްބަރު 2025
ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި
23 ނޮވެމްބަރު 2025

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް
19 ނޮވެމްބަރު 2025

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި
12 ނޮވެމްބަރު 2025

ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

12 ނޮވެމްބަރު 2025
ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ
12 ނޮވެމްބަރު 2025

ހަގީގީ އިންޓަނޭޝަނަލް އެއަރޕޯޓެއްގެ އުފާވެރިކަން މި ލިބުނީ ރައީސް ސާލިހްގެ ބުރަ މަސައްކަތުން: އަބްދުއްސައްތާރު

12 ނޮވެމްބަރު 2025
ހަގީގީ އިންޓަނޭޝަނަލް އެއަރޕޯޓެއްގެ އުފާވެރިކަން މި ލިބުނީ ރައީސް ސާލިހްގެ ބުރަ މަސައްކަތުން: އަބްދުއްސައްތާރު
10 ނޮވެމްބަރު 2025

ހަނިމާދޫ ރައްޔިތުން މުއިއްޒު ސަރުކާރަށް ''ދޮލަނގުން'' ރައްދު ދީފި!

10 ނޮވެމްބަރު 2025
ހަނިމާދޫ ރައްޔިތުން މުއިއްޒު ސަރުކާރަށް ''ދޮލަނގުން'' ރައްދު ދީފި!
27 އޮކްޓޯބަރު 2025

ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

27 އޮކްޓޯބަރު 2025
ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި
27 އޮކްޓޯބަރު 2025

ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

27 އޮކްޓޯބަރު 2025
ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި
17 އޮކްޓޯބަރު 2025

އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

17 އޮކްޓޯބަރު 2025
އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް