Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބިދޭސީންގެ މައްސަލަ

ހުޅުމާލޭ ހިޔާއެއްގައި ތިބި ބިދޭސީންތަކެއް ވައްކަން ކުރާ މައްސަލައެއް

17 ޖުލައި 2021 | ހޮނިހިރު 14:32

އެތަނުގައި އިމިގްރޭޝަންގެ އޮފީސް ސެޓަޕެއް ހެދުމަށް މަޝްވަރާކުރި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 17 ޖުލައި 2021 | ހޮނިހިރު 14:32
ހުޅުމާލާގެ 02 ވަނަ ފޭސް- ފޭސް 2 ގެ ކޮންސްޓްރަކްޝަން ސައިޓުތަކުން ބިދޭސީން ވައްކަން ކުރާ ކަމަށް ރިޕޯޓު ކޮށްފައިވޭ

ހުޅުމާލާގެ 02 ވަނަ ފޭސް- ފޭސް 2 ގެ ކޮންސްޓްރަކްޝަން ސައިޓުތަކުން ބިދޭސީން ވައްކަން ކުރާ ކަމަށް ރިޕޯޓު ކޮށްފައިވޭ

ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ހުޅުމާލޭގައި ބަލަހައްޓަމުންދާ ހިޔާ ގައި މޯލްޑިވްސް އިމިގްރޭޝަނުން ބައިތިއްބާފައި ތިބި ބިދޭސީންނާ ގުޅޭ ގިނަ މައްސަލަތަކެއް ފެންމަތިވަމުންދާކަމަށް ރާއްޖެއެމްވީއަށް މައުލޫމާތު ލިބިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ބިދޭސީންނަކީ އިމިގްރޭޝަނުން ފުލުހުންނާ ގުޅިގެން ހިންގި އޮޕަރޭޝަނަކަށްފަހު ބައިތިއްބާފައި ތިބި ބިދޭސީންނެވެ.

Advertisement - newsAdvertisement

އެމްޕީއެލް ހިޔާއަކީ އާރްޑީސީގެ ބެލުމުގެ ދަށުގައިވާ އިމާރާތެއް ނަމަވެސް، ބިދޭސީންގެ ކަންކަމުގައި އާރްޑީސީން ޙަވާލުވެފައިވަނީ ހަމައެކަނި އެތަން ބެލެހެއްޓުމަށް ކަމަށް ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވެއެވެ.

އެތަނުގައި ތިބި ބިދޭސީންގެ ކަންކަން މޮނިޓަރ ކުރުމަށް ޙަވާލުވެފައިވަނީ އިމިގްރޭޝަނަށެވެ. އެގޮތުން އޭރު އެތަނުގައި އިމިގްރޭޝަންގެ އޮފީސް ސެޓަޕެއް ހެދުމަށް މަޝްވަރާކުރި ނަމަވެސް، މިހާތަނަށްވެސް އެކަން ކޮށްފައިނުވާކަމަށް ރާއްޖެއެމްވީއަށް މައުލޫމާތު ދިން ފަރާތުން ބުންޏެވެ. މިހާރު ބިދޭސީން އެތަނުގައި ބައިތިއްބާފައި ތިބޭދާ ދެމަހަށްވުރެ ގިނަ ދުވަސްވާން ކައިރިވެފައިވާއިރު، ބިދޭސީންނާ ގުޅޭ އެތައް މައްސަލައެއް ވަނީ ފުލުހުންނަށްވެސް ހުށައަޅާފައެވެ. އެގޮތުން އެތަނުން ނުކުމެ ކައިރި ސަރަޙައްދުތަކުގެ ކޮންސްޓްރަކްޝަން ސައިޓުތަކުން ވައްކަން ކުރާ މައްސަލަތަކެއް ތަކުރާރުކޮށް ފުލުހުންނަށް ހުށައެޅިފައިވާކަމަށް ރާއްޖެއެމްވީއަށް މައުލޫމާތު ދިން ފަރާތުން ބުނެއެވެ. އަދި މަސައްކަތް ކުރާ ސައިޓުތަކުން އަމިއްލައަށްވެސް އެ މައްސަލަ އެތައް ފަހަރަކު ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާކަމަށް މައުލޫމާތު ލިބެއެވެ.

އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީން ސުވާލުކޮށްލުމުން އާރްޑީސީގެ އޮފިޝަލަކު ވިދާޅުވީ، އެފަދަ މައްސަލަތައް ތަކުރާރުވަމުންދާތީ އެކަމާ އާރްޑީސީންވެސް ނުހަނު ކަންބޮޑުވާ ކަމަށެވެ. އަދި އެފަދަ މައްސަލަތައް ރިޕޯޓު ކުރެވެމުންދާކަން އޭނާވެސް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

މި މައްސަލައާ ގުޅޭގޮތުން ރާއްޖެއެމްވީން ސުވާލުކޮށްލުމުން އިމިގްރޭޝަންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ފޭސް2 ގައި ބިދޭސީން ބަހައްޓާފައިވާ ފެސިލިޓީއަކީ ޑިޓެންޝަން ސެންޓަރެއް ނޫން ކަމަށާއި، އެތަނުގައި ބައިތިއްބާފައި ތިބި ބިދޭސީންނަކީ ފުރަބަންދުގައި މަގުމަތިވި ބިދޭސީން ކަމަށެވެ. އަދި އެމީހުން ބައިތިއްބާފައި ތިބީ ވަގުތީ ހިޔާއެއްގެ ގޮތުގައިކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެމީހުން އަނބުރާ ޤައުމަށް ފޮނުވާލެވެންދެން އެތަނުގައި ބައިތިއްބާފައި ތިބިނަމަވެސް، އެމީހުންނާ ގުޅޭ ކަންކަން ބަލަހައްޓަމުންދާނީ އިމިގްރޭޝަނުން ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އާރްޑީސީން ބަލަހައްޓަމުންދަނީ އެމީހުން ބައިތިއްބާފައި ތިބި އިމާރާތުގެ ސެކިއުރިޓީ ކަމަށެވެ.

ބިދޭސީންއާރްޑީސީއިމިގްރޭޝަން

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

16 ޑިސެމްބަރު 2025

އާރްޑީސީ އިން ބުނީ ކާޓިއުންސް އަށް ދައްކަން ޖެހޭ 7.1 މިލިއަން ރުފިޔާ ނުދެއްކުނީ ކުންފުނީގެ މާލީ ހާލަތުގެ ސަބަބުން ކަމަށް

16 ޑިސެމްބަރު 2025
އާރްޑީސީ އިން ބުނީ ކާޓިއުންސް އަށް ދައްކަން ޖެހޭ 7.1 މިލިއަން ރުފިޔާ ނުދެއްކުނީ ކުންފުނީގެ މާލީ ހާލަތުގެ ސަބަބުން ކަމަށް
04 ޑިސެމްބަރު 2025

ޝަރީއަތް ކުރިއަށްދާ ޝަމްއާނުގެ މައްސަލައިގައި ވީޑިއޯ ފުޓޭޖުގެ ވާހަކަ ހެކިވެރިއަކު ދެއްކުމުން އިހުސާން ހިތްހަމަނުޖެހިއްޖެ

04 ޑިސެމްބަރު 2025
ޝަރީއަތް ކުރިއަށްދާ ޝަމްއާނުގެ މައްސަލައިގައި ވީޑިއޯ ފުޓޭޖުގެ ވާހަކަ ހެކިވެރިއަކު ދެއްކުމުން އިހުސާން ހިތްހަމަނުޖެހިއްޖެ
23 ނޮވެމްބަރު 2025

ތުރާކުނުން ފެށިގެން އައްޑު އަށް އާރްޑީސީގެ މަޝްރޫއު ނުހިންގާ އެންމެ ދާއިރާއެއް ވެސް ނެތް ކަމަށް ވިދާޅުވެ މިނިސްޓަރު އަމީން ހެއްދެވީ ބޮޑު ދޮގެއް!

23 ނޮވެމްބަރު 2025
ތުރާކުނުން ފެށިގެން އައްޑު އަށް އާރްޑީސީގެ މަޝްރޫއު ނުހިންގާ އެންމެ ދާއިރާއެއް ވެސް ނެތް ކަމަށް ވިދާޅުވެ މިނިސްޓަރު އަމީން ހެއްދެވީ ބޮޑު ދޮގެއް!
19 އޮކްޓޯބަރު 2025

އާރުޑީސީގެ މުވައްޒަފުންނަށް ފެބްރުއަރީ މަހުން ފެށިގެން ޕެންޝަން ފައިސާ ޖަމާ ނުވޭ

19 އޮކްޓޯބަރު 2025
އާރުޑީސީގެ މުވައްޒަފުންނަށް ފެބްރުއަރީ މަހުން ފެށިގެން ޕެންޝަން ފައިސާ ޖަމާ ނުވޭ
14 އޮކްޓޯބަރު 2025

ލޫޓުވައިފި މުޒާހަރާގައި ބައިވެރިވި ދެބެއިން އާރުޑީސީގެ ވަޒީފާ އިން ވަކިކޮށްފި

14 އޮކްޓޯބަރު 2025
ލޫޓުވައިފި މުޒާހަރާގައި ބައިވެރިވި ދެބެއިން އާރުޑީސީގެ ވަޒީފާ އިން ވަކިކޮށްފި
08 އޮކްޓޯބަރު 2025

ލޫޓުވައިފި މުޒާހަރާގައި ބައިވެރިވި އާރުޑީސީގެ މުވައްޒަފަކު ވަޒީފާ އިން ވަކި ކޮށްފި

08 އޮކްޓޯބަރު 2025
ލޫޓުވައިފި މުޒާހަރާގައި ބައިވެރިވި އާރުޑީސީގެ މުވައްޒަފަކު ވަޒީފާ އިން ވަކި ކޮށްފި
04 އޮކްޓޯބަރު 2025

އާރްޑީސީގެ މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާ ކެނޑުމަށްފަހު އެ ފައިސާ ޖަމާނުކުރާތާ އެތައް މަހެއް

04 އޮކްޓޯބަރު 2025
އާރްޑީސީގެ މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާ ކެނޑުމަށްފަހު އެ ފައިސާ ޖަމާނުކުރާތާ އެތައް މަހެއް
23 ސެޕްޓެމްބަރު 2025

ރާއްޖެ އިސްލާމްވިތާ 900 އަހަރު: މުނާސަބަތަކީ މިޖީލުގެ ދިވެހީންނާ ބައްދަލުވާނޭ އެންމެ ހައިބަވަންތަ، އެންމެ ތާރީޚީ ދުވަސް - ރައީސް

23 ސެޕްޓެމްބަރު 2025
ރާއްޖެ އިސްލާމްވިތާ 900 އަހަރު: މުނާސަބަތަކީ މިޖީލުގެ ދިވެހީންނާ ބައްދަލުވާނޭ އެންމެ ހައިބަވަންތަ، އެންމެ ތާރީޚީ ދުވަސް - ރައީސް
13 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު މ.އަތޮޅަށް ކުރައްވާ ދަތުރުފުޅާ ގުޅިގެން މުލަކުގެ މަގުތަކުގައި ޖަހާފައިވާ ގައުތައް ޕެކްކޮށް އެއަތޮޅު އެހެން ދެރަށަކަށް ގެންދަނީ

13 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު މ.އަތޮޅަށް ކުރައްވާ ދަތުރުފުޅާ ގުޅިގެން މުލަކުގެ މަގުތަކުގައި ޖަހާފައިވާ ގައުތައް ޕެކްކޮށް އެއަތޮޅު އެހެން ދެރަށަކަށް ގެންދަނީ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް