Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވަކީލުން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުން

ވަކީލުން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާކަމުގެ ޝަކުވާ ލިބޭ: ބާ ކައުންސިލް

ފަނޑިޔާރުންގެ ހުރުމަތް ކެނޑޭ ވާހަކަތައް ވަކީލުން ސޯޝަލް މީޑިއާގައި ދައްކަމުންދާކަން ފާހަގަކޮށްފައިވޭ

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު | 15 ޖުލައި 2021 | ބުރާސްފަތި 22:10
ބާރ ކައުންސިލް

ބާރ ކައުންސިލް

ކޯޓުތަކުގައި ޝަރީއަތްތައް ކުރިއަށްދާއިރު، ގާނޫނީ ވަކީލުން ފަނޑީޔާރުންނަށް ނުފޫޒު ފޯރުވައި ވަކީލުންގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދޭ ފަފަ އަމަލުތައް ހިންގަމުންދާ ކަމުގެ ޝަކުވާ ބާ ކައުންސިލްއަށް ލިބިފައިވާ ކަމަށް އެ ކައުންސިލުން ބުނެފިއެވެ.

ބާ ކައުންސިލުން ނެރުނު ނޫސްބަޔާނެއްގައި ވަނީ އެފަދަ ޝަކުވާތައް ލިބިފައިވާ ކަން ފާހަގަކޮށް ވަކީލުންގެ ނަޒާހަތްތެރިކަން ކަށަވަރުކުރުމަށާއި، ގާނޫނީ ވަކީލުންގެ ފަރާތުން މަސައްކަތުގެ ދާއިރާގައި ހިފަހައްޓަންޖެހޭ ސުލޫކީ މިންގަނޑާ ހިލާފު އަމަލުތަކުން ދުރުވެ ތިބުމަށް، ވަކީލުންނަށް އިލްތިމާސްކޮށްފައެވެ. މީގެ އިތުރަށް ވެސް އެ ކައުންސިލަށް ފާހަގަވެފައިވާ ބައެއް ކަންކަން ފާހަގަކޮށްފައިވެއެވެ.

Advertisement - newsAdvertisement

އެގޮތުން ކޯޓުތަކުގެ ފަނޑިޔާރުންގެ ހުރުމަތް ކެނޑޭ އަދި އާންމުން ކޯޓުތަކަށް ކުރާ އިތުބާރު ގެއްލޭ ފަދަ ބައެއް ވާހަކަތައް ވަކީލުން ސޯޝަލް މީޑިއާގައި ދައްކަމުންދާކަން ފާހަގަކޮށްފައިވެއެވެ. އެއީ ކަންބޮޑުވާ ކަމެއްކަން ފާހަގަކޮށް އެ ކައުންސިލުން ބުނީ ވަކީލުން މިސްމީޑިއާގައި ހަރަކާތްތެރިވާއިރު، ގާނޫނީ ފަންނާއި އާންމު ސުލޫކީ މިންގަނޑުތައް ހިފަހައްޓައި ފަނޑިޔާރުންނާއި، ކޯޓުތަކުގެ ހުރުމަތާއި ގަދަރަށް އިހްތިރާމްކުރުން މުހިންމު ކަމަށެވެ.

މީގެ އިތުރަށް ގާނޫނީ ވަކީލުން ޢަމަލުކުރަންޖެހޭ ސުލޫކާ ހިލާފުވެއްޖެ ކަމުގެ މައުލޫމާތެއް ބާ ކައުންސިލަށް ލިބިއްޖެނަމަ، ނުވަތަ އެފަދަކަމެއް ހިންގާފައިވާކަމަށް ބާ ކައުންސިލަށް ފެނިގެން އެ މައްސަލައެއް ބާ ކައުންސިލުގެ އިސްނެގުމުގެ މަތިން ބެލުމުގެ އިހްތިޔާރު ކައުންސިލަށް ލިބިފައިވާކަން ހަނދާންކޮށްދީ އެކަންކަމުން ދުރުވެ ތިބުމަށް ނަސޭހަތްތެރިވެފައިވެއެވެ.

ބާ ކައުންސިލްގާނޫނީ ވަކީލުން

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
06 ޑިސެމްބަރު 2025

ބާ ކައުންސިލް އިމްތިހާނުން 53 އިންސައްތަ ކެނޑިޑޭޓުން ފާހެއް ނުވޭ!

06 ޑިސެމްބަރު 2025
ބާ ކައުންސިލް އިމްތިހާނުން 53 އިންސައްތަ ކެނޑިޑޭޓުން ފާހެއް ނުވޭ!
16 ސެޕްޓެމްބަރު 2025

މީޑިއާ ބިލަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ވަގުތު ދިނުމަށް ބާ ކައުންސިލުން ގޮވާލައިފި

16 ސެޕްޓެމްބަރު 2025
މީޑިއާ ބިލަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ވަގުތު ދިނުމަށް ބާ ކައުންސިލުން ގޮވާލައިފި
14 މެއި 2025

ސުޕްރީމް ކޯޓުގެ އެތެރެއިންނާއި ބޭރުން ކުރިމަތިވި އެއްވެސް ނުފޫޒަކަށް ބޯނުލަނބައި މި ހިސާބަށް އާދެވުމުން އުފާކުރަން: މަހާޒް

14 މެއި 2025
ސުޕްރީމް ކޯޓުގެ އެތެރެއިންނާއި ބޭރުން ކުރިމަތިވި އެއްވެސް ނުފޫޒަކަށް ބޯނުލަނބައި މި ހިސާބަށް އާދެވުމުން އުފާކުރަން: މަހާޒް
14 މެއި 2025

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން އަޒްމިރަލްދާ އާއި މަހާޒް ވަކިކޮށްފި

14 މެއި 2025
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން އަޒްމިރަލްދާ އާއި މަހާޒް ވަކިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު