Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޕްރެޒެންޓޭޓިވްސް ތަމްރީން ކުރުން

ބިދޭސީން ގެނައުމާއި އެބިދޭސީންނާ ގުޅޭ ކަންތައްތައް ބެލެހެއްޓުމަށް މީހުން ތަމްރީން ކުރަނީ

ބިދޭސީ މަސައްކަތްތެރިންނާ މެދު އަމަލު ކުރެވޭނެ ގޮތްތަކާއި ލިބިދޭ ހައްގުތަކަށް ރިޕްރެޒެންޓޭޓިވްސް އަހުލުވެރިކުރަން ޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 15 ޖުލައި 2021 | ބުރާސްފަތި 13:35
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންތަކެއް

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންތަކެއް

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަން ބިދޭސީން ގެނައުމާއި އެ ބިދޭސީންނާ ގުޅޭ ކަންތައްތައް ބެލެހެއްޓުމުގައި ރިޕްރެޒެންޓޭޓިވްސްގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ފުރިހަމަކުރަންްޖެހޭ ތަމްރީނު ހެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ (ދިވެހިރާއްޖޭގައި ބިދޭސީންވަޒީފާ އަދާކުރުމާބެހޭ ގަވާއިދު)ގެ 8 ވަނަ މާއްދައިގައި ބަޔާންކުރާ ވަޒީފާދޭ ފަރާތްތަކުން އައްޔަންކުރާ، އެ ފަރާތެއްގެ ނަމުގައި އެކްސްޕޯޓް ސިސްޓަމުގައި މުއާމަލާތްކުރާނެ "ރެޕްރެޒެންޓޭޓިވް" ފުރިހަމަ ކުރާންޖެހޭނެކަމަށް، އެގަވާއިދުގެ ޖަދުވަލު 1 "ދިވެހިރާއްޖެއަށް ބިދޭސީން ގެނައުމުގެ ހުއްދަ ދިނުމަށް ބޭނުންކުރާ ސިސްޓަމުގައި ރަޖިސްޓަރީވުމާއި، އެ ސިސްޓަމް ބޭނުންކުރުމުގެ އުސޫލު"ގެ 5 ވަނަ މާއްދާގައި ބަޔާންކުރާ ތަމްރީން "ސެޓްފިކެޓް އިން އެމްޕްލޯއިމަންޓް އިންޓަރމީޑިއަރީސް ކޯސް" ފުރިހަމަކޮށް ސަނަދު ހޯދުމުގެ ފުރުސަތު، މިނިސްޓްރީއާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އައިޔޫއެމް) ގުޅިގެން ހުޅުވާލާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އިކޮނޮމިކް މިނިސްޓްރީން ބުނީ މި ކޯހުގެ މަގުސަދަކީ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަން ބިދޭސީން ގެނައުމާއި އެ ބިދޭސީންނާ ގުޅޭ ކަންތައްތައް ބެހެލެއްޓުމުގައި ރިޕްރެޒެންޓޭޓިވްސްގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް، ކަމާ ގުޅުންހުރި ގާނޫނުތަކާއި ގަވާއިދުތައް ކިޔައިދީ، އެފަރާތްތަށް ކުރުން ލާޒިމްކުރާ ކަންތައްތަކާއި ޒިންމާތައް އަންގަދިނުން ކަމަށެވެ. އަދި މި ކޯހުގައި، މަސައްކަތު މާހައުލުގައި ބިދޭސީ މަސައްކަތްތެރިންނާ މެދު އަމަލު ކުރެވޭނެ ގޮތްތަކާއި ލިބިދޭ ހައްގުތަކަށް ރިޕްރެޒެންޓޭޓިވްސް އަހުލުވެރިކޮށްދޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

"ސެޓްފިކެޓް އިން އެމްޕްލޮއިމަންޓް އިންޓަރމީޑިއަރީސް" ކޯހުގެ މުއްދަތަކީ 5 ހަފްތާއެވެ. މި ކޯހުގެ ފުރަތަމަ ބެޗް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ޖުލައި/އޮގަސްޓް 2021ގައެވެ. މި ކޯހުގެ ޕާރޓިސިޕޭޝަން ފީ އެއްގެ ގޮތުގައި 600ރ އަދި 200ރ އެގްޒާމް ފީ ގޮތުގައި ނެގުމަށް ވަނީ ހަމަޖެހިފައެވެ.

"އެކްސްޕެޓް އޮންލައިން ސިސްޓަމް"ގައި ރަޖިސްޓްރީވެ ސިސްޓަމް މެދުވެރިކޮށް ޚިދުމަތްތަކަށް އެދޭ ރެޕްރެޒެންޓޭޓިވްސްގެ ތެރެއިން 10 ބިދޭސީންނަށްވުރެ ގިނަ ބިދޭސީންގެ ކަންތައްތައް ބަލަހައްޓާ ހުރިހާ ރިޕްރެޒެންޓޭޓިވްސްއަށް، 2022 ޖަނަވަރީ އެއް ވަނަ ދުވަހުން ފެށިގެން "އެކްސްޕޯޓް އޮންލައިން ސިސްޓަމް" މެދުވެރިކޮށް ޚިދުމަތް ދެވޭނީ ކޯސްފުރިހަމަކޮށް، ސަނަދު ލިބުމުން ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ކޯހަށް ޝައުގުވެރިވާ މީހުން އެމްއެންޔޫގެ ދަރިވަރުންގެ އިދާރީ ޚިދުމަތްތަކާ ބެހޭ އެޕްލިކޭޝަން ފޯމާއިއެކު އައިޑީ ކާޑު ކޮޕީ ހުށަހެޅުމަށް އެދޭ ކަމަށެވެ. ނުވަތަstudentservices@mnu.edu.mv އަށް އީމެއިލް ކުރުމަށް އެދިފައިވެއެވެ.

ފޯމް ހުށަހެޅުމުގެ ސުންގަޑިއަކީ 24 ޖުލައި 2021އެވެ.

އިކޮނޮމިކް މިނިސްޓްރީބިދޭސީން

އިތުރަށް ކިޔާލަން

05 ޑިސެމްބަރު 2025

ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ 11 ވިޔަފާރިއެއް ބަންދުކޮށްފި

05 ޑިސެމްބަރު 2025
ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ 11 ވިޔަފާރިއެއް ބަންދުކޮށްފި
29 އޮކްޓޯބަރު 2025

ފައިސާ ޗާޕު ނުކުރާނެ ކަމަށްބުނެ އިގުތިސާދީ ވަޒީރު މުހައްމަދު ސައީދު ހެއްދެވީ އިތުރުފުޅު: ޑރ. ޝަމްހީދު

29 އޮކްޓޯބަރު 2025
ފައިސާ ޗާޕު ނުކުރާނެ ކަމަށްބުނެ އިގުތިސާދީ ވަޒީރު މުހައްމަދު ސައީދު ހެއްދެވީ އިތުރުފުޅު: ޑރ. ޝަމްހީދު
30 އޯގަސްޓު 2025

ބިޒްނަސް ފޯރަމްތައް ބާއްވާން އެތައް މިލިއަން ރުފިޔާ އެއް ޚަރަދު ކޮށްފި، އައި އިންވެސްޓްމަންޓެއް ނޭނގޭ!

30 އޯގަސްޓު 2025
ބިޒްނަސް ފޯރަމްތައް ބާއްވާން އެތައް މިލިއަން ރުފިޔާ އެއް ޚަރަދު ކޮށްފި، އައި އިންވެސްޓްމަންޓެއް ނޭނގޭ!
12 ޖުލައި 2025

ބިދޭސީންގެ ނުފޫޒު އޮތް ކަމަށް ބެލެވޭ ވިޔަފާރިތަކެއް ބަލައިފާސްކޮށް، ގަވައިދާ ހިލާފަށް އުޅުނު ބިދޭސީންތަކެއް އަތުލައިގެންފި

12 ޖުލައި 2025
ބިދޭސީންގެ ނުފޫޒު އޮތް ކަމަށް ބެލެވޭ ވިޔަފާރިތަކެއް ބަލައިފާސްކޮށް، ގަވައިދާ ހިލާފަށް އުޅުނު ބިދޭސީންތަކެއް އަތުލައިގެންފި
03 ޖުލައި 2025

ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 15 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި

03 ޖުލައި 2025
ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 15 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު