Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެ ބައިނަލްއަޤްވާމީގޮތުން ބަލައިގަތުން

"އ.ދ. ގެ އާންމު މަޖިލީހުގެ ރިޔާސަތަށް ރާއްޖެ އައުމަކީ ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރެވިފައިވާކަމުގެ ހެއްކެއް"

15 ޖުލައި 2021 | ބުރާސްފަތި 08:48

މި ސަރުކާރުން ވެރިކަމާއި ހަވާލުވިއިރު، ބައިނަލްއަޤްވާމީ މުޖުތަމަޢުއިން ރާއްޖެ އެކަހެރިވެފައި އޮންނަތާ ފަސް އަހަރުވެފައިވާމަށް ވިދާޅުވި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 15 ޖުލައި 2021 | ބުރާސްފަތި 08:48
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް

އ.ދ.ގެ އާންމު މަޖިލީހުގެ ރިޔާސަތަށް ރާއްޖެ އައުމަކީ ޤައުމުގެ މިނިވަންކަމާއި ސިޔާދަތު އެންމެ ފުރިހަމަ މާނައިގައި ހިމާޔަތްކުރެވިފައިވާކަމުގެ ހެއްކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، ފޮރިން މިނިސްޓްރީ އިމާރާތުގެ ނަން ފަތުޙުﷲ ޖަމީލް ބިލްޑިންގެ ނަމަށް ބަދަލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބިގެން މި ހޭދަވި 56 އަހަރުގެ ތެރޭގައި ވެސް، ރާއްޖެއިން ދަމަހައްޓަމުން އައި ޚާރިޖީ ސިޔާސަތަކީ، އިންސާނީ ހައްޤުތައް ފުރިހަމައަށް ރައްކާތެރިކުރުމާއެކު، މިނިވަންކަމާއި ޞުލްޙަވެރިކަމާއި ހަމަޖެހުން ޤާއިމުކޮށް ދެމެހެއްޓުންކަމަށް ވިދާޅުވިއެވެ. ރާއްޖޭގެ އެންމެ މަތީ މަޞްލަޙަތު ބިނާވެފައިވަނީ މިދެންނެވި އަސާސްތަކުގެ މަތީގައި ކަމަށް ވެސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިއަދު ވެސް ސަރުކާރުން ދަމަހައްޓަމުން މި އަންނަނީ ހަމަ އެ ސިޔާސަތުކަން ފާހަގަކުރައްވާ ރައީސް ވަނީ ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރާނީ، ކޮންމެ ޤައުމެއްގެ ވެސް މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށް ކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖެއިން އަބަދުވެސް އަޑު އުފުލާނީ، މޫސުމީ ބަދަލުތަކުން ތިމާވެށްޓަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށާއި، އެއްވެސް ތަފާތުކުރުމެއް ނެތި، އިންސާނީ ހައްޤުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމާއި، ޑިމޮކްރެސީގެ ހަމަތަކާއި ޞުލްޙައަށް އިސްކަން ދިނުމުގެ ސިޔާސަތު ދެމެހެއްޓުމަށް ކަމަށް ވިދާޅުވެފައެވެ.

ރާއްޖެއިން ގެންގުޅޭ މި ހަމަތަކާއި ސިޔާސަތުތައް، މުޅި ދުނިޔެ މިއަދު ބަލައިގެންފައިވާކަމަށް ވިދާޅުވެ ރައީސް ވަނީ، ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ވަރަށް ބޮޑު ތާއީދަކާއެކު، އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސްގެ މަގާމަށް، ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު އިންތިޚާބުވެގެން އެ ދިޔައީ، މި ދެންނެވި ސިޔާސަތުތައް ރާއްޖެއިން ނަގަހައްޓާކަން ދުނިޔެއަށް ސާބިތުކޮށްދެއްވުމަށް، އެމަނިކުފާނު ގެންގުޅުއްވި ޙިކްމަތްތެރި ސިޔާސަތުގެ ސަބަބުންކަމަށް ވިދާޅުވެފައެވެ. މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު، ބައިނަލްއަޤްވާމީ މުޖުތަމަޢުއިން ރާއްޖެ އެކަހެރިވެފައި އޮންނަތާ ފަސް އަހަރުވެފައިވާކަަން ފާހަގަކުރައްވައި ރައީސް ވަނީ މިއަދު މިކަމަށް ބަދަލުގެނެވިފައިވާކަން އުފަލާއެކު ފާހަގަކުރައްވާފައެވެ. އ.ދ.ގެ އާންމު މަޖިލީހުގެ ރިޔާސަތަށް ރާއްޖޭގެ ޚާރިޖީ ވަޒީރު އިންތިޚާބު ކުރުމަކީ ވެސް ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު އެންމެ ފުރިހަމަ މާނައިގައި ހިމާޔަތްކުރެވިފައިވާ ކަމާއި، މުޅި ދުނިޔެ އެކަމަށް އިޢުތިރާފްވާކަމުގެ ހެއްކެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ކުރިމަގުގައި ޚާރިޖީ ދާއިރާއިން ރާއްޖޭގެ ކުރިމަގު ވަރަށް އުޖާލާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ރާއްޖޭގެ ޚާރިޖީ ޓީމުން، ބައިނަލްއަޤްވާމީ މަސްރަޙުގައި، މިހާރަށްވުރެ މާ އަލިގަދަ ވިދުމަކުން، ދިވެހިންގެ ނަން ފަޚުރުވެރިކޮށްދެއްވާނެކަން ޔަޤީންކަމުގައި ވިދާޅުވިއެވެ. އަދި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ، ޚާރިޖީ ޚިދުމަތުގެ ބިލް ޤާނޫނަކަށްވުމުން، އެ މިނިސްޓްރީގެ ހުރިހާ ފަންތިއެއްގެ މުވައްޒަފުންނަކީ، މިހާރަށްވުރެ ޕްރޮފެޝަނަލް ގޮތެއްގައި، މިނިވަންކަމާއި ޒިންމާދާރުކަމާއެކު ޚިދުމަތްކުރާ ބަޔަކަށް ވެގެންދާނެކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުޚާރިޖީ ވުޒާރާ

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

20 ސެޕްޓެމްބަރު 2025

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ
29 ޖޫން 2025

ރައީސް، ގަތަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އުފައްދަވައިފި

29 ޖޫން 2025
ރައީސް، ގަތަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އުފައްދަވައިފި
29 ޖެނުއަރީ 2025

ޑިޕްލޮމެސީގެ ސިފައެއް ނެތް ރާއްޖޭގެ ޓޮޕް ޑިޕްލޮމެޓް

29 ޖެނުއަރީ 2025
ޑިޕްލޮމެސީގެ ސިފައެއް ނެތް ރާއްޖޭގެ ޓޮޕް ޑިޕްލޮމެޓް
03 ނޮވެމްބަރު 2024

ޕާކިސްތާނުގައި ހުންނަވާ ސަފީރު ތާލިބާނުގެ މަންދޫބަކާއި ބައްދަލުކުރުމުން އެޅި ފިޔަވަޅު ސާފެއް ނޫން

03 ނޮވެމްބަރު 2024
ޕާކިސްތާނުގައި ހުންނަވާ ސަފީރު ތާލިބާނުގެ މަންދޫބަކާއި ބައްދަލުކުރުމުން އެޅި ފިޔަވަޅު ސާފެއް ނޫން
03 އޮކްޓޯބަރު 2024

ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ ގައުމެއްގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި

03 އޮކްޓޯބަރު 2024
ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ ގައުމެއްގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި
20 ސެޕްޓެމްބަރު 2024

ޔޫކޭއަށް ދަތުރުކުރާ ދިވެހިން ހާއްސަ ހުއްދައެއް ނަގައި އީޓީއޭއަށް 10 ޕައުންޑް ދައްކަންޖެހޭ

20 ސެޕްޓެމްބަރު 2024
ޔޫކޭއަށް ދަތުރުކުރާ ދިވެހިން ހާއްސަ ހުއްދައެއް ނަގައި އީޓީއޭއަށް 10 ޕައުންޑް ދައްކަންޖެހޭ
17 ސެޕްޓެމްބަރު 2024

ޖަޕާނު ސަރުކާރުން ރާއްޖެއަށް 140،000 އެމެރިކާ ޑޮލަރުގެ ހިލޭ އެހީ ދެނީ

17 ސެޕްޓެމްބަރު 2024
ޖަޕާނު ސަރުކާރުން ރާއްޖެއަށް 140،000 އެމެރިކާ ޑޮލަރުގެ ހިލޭ އެހީ ދެނީ
04 ޖުލައި 2024

ގައުމު ބަނގުރޫޓްވެދާނެކަމަށް ގޮވާފައި ލަންކާ އެމްބަސީގެ ތާޑް ސެކްރެޓަރީއަށް އިތުރު މީހަކު އައްޔަންކޮށްފި

04 ޖުލައި 2024
ގައުމު ބަނގުރޫޓްވެދާނެކަމަށް ގޮވާފައި ލަންކާ އެމްބަސީގެ ތާޑް ސެކްރެޓަރީއަށް އިތުރު މީހަކު އައްޔަންކޮށްފި
17 މެއި 2024

ރާއްޖެއާ އޮތް ނުތަނަވަސްކަން މިހާރު އަންނަނީ ކުޑަވަމުން: ޖައިޝަންކަރު

17 މެއި 2024
ރާއްޖެއާ އޮތް ނުތަނަވަސްކަން މިހާރު އަންނަނީ ކުޑަވަމުން: ޖައިޝަންކަރު
11 މެއި 2024

އުތުރުތިލަފަޅުގައި އިންޑިޔާ އަސްކަރީ މީހަކު ނެތް: ސަރުކާރު

11 މެއި 2024
އުތުރުތިލަފަޅުގައި އިންޑިޔާ އަސްކަރީ މީހަކު ނެތް: ސަރުކާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް