Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މެންބަރު އުޝާމް އައު ޕާޓީއެއް އުފެއްދެވުން

މޯލްޑިވްސް ނޭޝަނަލް ޕާޓީ އުފެއްދުމުގެ މަސައްކަތްކުރުމަށް ހުއްދަދީފި

ރާއްޖޭގައި މިހާރުވެސް 10 ސިޔާސީ ޕާޓީ އެބައޮތް

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 15 ޖުލައި 2021 | ބުރާސްފަތި 08:12
ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް

ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް

މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް މަސައްކަތްކުރުމުގެ ހުއްދަ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމަށް ދީފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

މިކަމާ ގުޅިގެން މެންބަރު އުޝާމް ވިދާޅުވީ އެ ޕާޓީއަކީ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެންބަރު އަބްދުﷲ ރިޔާޒާއި، މަޖިލީހުގެ ދަނގެތީ ދާއިރާ ޖުމްހޫރީ ޕާޓީގެ މެންބަރު މުހައްމަދު ނާޒިމްގެ އިތުރުން ނިލަންދޫ ދާއިރާގެ މިނިވަން މެންބަރު އަބްދުލްމުހްސިން ހަމީދު އަދި ނޮޅިވަރަމް ދާއިރާގެ މިނިވަން މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ ގުޅިގެން އުފެއްދުމަށް މަސައްކަތް ކުރައްވަމުންދާ ސިޔާސީ ޕާޓީއެއް ކަމަށެވެ.

މެންބަރު އުޝާމު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މިހާރު އޮތް ލީޑަރޝިޕްގެ ދަށުން މަޖިލީހުގައި މިނިވަން މެންބަރެއްގެ ގޮތުގައި މަސައްކަތްކުރެއްވުމުގައި ވަރަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލައްވަންޖެހިވަޑައިންނަވާ ކަމަށެވެ.

އެގޮތުން ގާނޫނީ ގޮތުން މުހިންމު މައްސަލަތަކުގައި އެކަށީގެންވާ ގޮތެއްގައި ބަހުސްކޮށް ވާހަކަދެއްކެވުމަށް ފުރުސަތު ލިބިނުލައްވާ ކަމަށާއި، ބައެއްފަހަރު ލިބިލައްވަނީ އެންމެ 30 ސިކުންތު ކަމަށެވެ. އޭގެއިތުރުން ދާއިރާގެ ކަންކަމުގައި ސަރުކާރުގެތެރެއިން މަސައްކަތް ކުރުމުގައި ވެސް އެކަށީގެންވާ ގޮތެއްގައި އެއްބާރުލުން ހޯއްދެވުމުގައި ދަތިތަކެއް އެބަހުރި ކަމަށް މެންބަރު ވިދާޅުވިއެވެ.

މެންބަރު އުޝާމް ވިދާޅުވީ އެހެންކަމުން މި މައްސަލައަށް ހައްލެއް ހޯއްދެވުމަށް ގިނަ ފަރާތްތަކަކާ މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދި މިކަމުގެ އެންމެ ރަނގަޅު ހައްލެއްކަމަށް ފެނިވަޑައިންނަވާފައިވަނީ މެންބަރުގެ ހިއްސާ އެކުލެވޭގޮތަށް ސިޔާސީ އައު ޕާޓީއެއް އުފެއްދެވުން ކަމަށެވެ.

ރާއްޖޭގެ ސިޔާސީ ދާއިރާ އަނެއްކާވެސް ވަރަށް ބޮޑަށް ހަލަބޮލި ވެފައިވާ މި ދަނޑިވަޅުގައި ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމްގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޢަބްދުﷲ ކަމާލުއްދީން ވެސް ވަނީ ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ވަނީ ހުށަހަޅުއްވާފައެވެ.

މީގެ އިތުރުން އެމްޑީޕީގެ ތެރޭގައި ދެ ރައީސުންގެ ފެކްޝަނެއް އުފެދިފައިވާކަމުގެ އަޑު ވަނީ ގަދަވެފައެވެ. ރާއްޖޭގައި މިހާރު ވެސް 10 ސިޔާސީ ޕާޓީ އެބައޮތެވެ.

ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމުޖުމްހޫރީ ޕާޓީމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)

ކޮމެންޓް

އިތުރަށް ކިޔާލަން

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

15 އޮކްޓޯބަރު 2025
ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

15 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު