Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޖިންސީފުރައްސާރައިގެ މައްސަލަ

ޖިންސީ ފުރައްސާރައިގެ މައްސަލައާއި ޓީޗަރުން ބަދަލުކުރުމާ ގުޅުމެއް ނެތް - އެޑިއުކޭޝަން މިނިސްޓްރީ

ޓީޗަރުން އިސްތިއުފާ ދިނީ ޖިންސީ ފުރައްސާރައިގެ މައްސަލައިގައި އަދި އެކަން މިނިސްޓްރީއާއި ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހަޅާފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 15 ޖުލައި 2021 | ބުރާސްފަތި 07:30
އިއްޒުއްދީން ސުކޫލް - އެ ސްކޫލުގައި ކުރިން މަސައްކަތް ކުރި ޕްރިންސިޕަލްގެ ޖިންސީ ފުރައްސާރައިގެ މައްސަލައެއް މިނިސްޓްރީން ބަލަމުންދޭ

އިއްޒުއްދީން ސުކޫލް - އެ ސްކޫލުގައި ކުރިން މަސައްކަތް ކުރި ޕްރިންސިޕަލްގެ ޖިންސީ ފުރައްސާރައިގެ މައްސަލައެއް މިނިސްޓްރީން ބަލަމުންދޭ

އިއްޒުއްދީން ސްކޫލުގެ 4 ޓީޗަރަކު މާލޭގެ އެހެން ސްކޫލްތަކަށް ބަދަލުކުރަން ނިންމި ނިންމުމާއި، އެ ސްކޫލުގައި ހިނގައިދިޔަ ޖިންސީ ފުރައްސާރައިގެ މައްސަލައާ ގުޅުމެއް ނެތްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނެރެފައިވާ ނޫސްބަޔާނުގައި ބުނީ އިއްޒުއްދީން ސްކޫލުގެ 4 ޓީޗަރަކު މާލޭގެ އެހެން ސްކޫލްތަކަށް ބަދަލުކުރުމަށް ނިންމާފައިވާކަން އެ ފަރާތްތަކަށް ބުދަ ދުވަހު އަންގާފައިވަނީ 2021 ވަނަ އަހަރުގެ ކުރީކޮޅުގައި ޢިއްޒުއްދީން ސްކޫލްގެ 4 ލީޑިންގ ޓީޗަރުން އެއްފަހަރާ އިސްތިޢުފާ ދިނުމާ ގުޅިގެން ސްކޫލްގައި އުފެދުނު ނުތަނަވަސްކަން ހައްލުކުރުމަށް ޕްރޮފެޝަނަލް މިންގަނޑުތަކާ އެއްގޮތަށް ހިންގުނު ލީޑަރޝިޕް އެންޑް މެނޭޖްމަންޓް ރިވިއުއަށް ރިޢާޔަތްކޮށް ކަމަށެވެ. އަދި ރިވިއުއިން ސްކޫލު ހިންގުމުގައާއި ދޭދޭގުޅުންތަކުގައި ދަރިވަރުންގެ ކިޔެވުމަށް އަސަރުކުރާނެ މައްސަލަތަކެއް ހުރިކަމަށް ފާހަގަވެފައިވާތީ އެ މައްސަލަތައް ހައްލުކުރުމަށް ކުރާނެ ކަންކަން ނިންމުމަށް އެކުލަވާލެވުނު ކޮމެޓީން، ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށްޓަކައި ދިރާސީ އާ އަހަރު ފެށުމުގެ ކުރިން ސްކޫލުގެ ބައެއް މަގާމުތައް ބަދަލުކުރުމަށް ލަފާދެއްވާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މި 4 ޓީޗަރުން ބަދަލުކުރުމަށް ނިންމާފައިވާ ނިންމުމާއި، އެ މިނިސްޓްރީއަށް ހުށަހެޅިފައިވާ ޖިންސީ ފުރައްސާރައިގެ އެއްވެސް މައްސަލައަކާ ގުޅުމެއް ނުވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. އަދި އެ މިނިސްޓްރީއަށް ހުށަހަޅާފައިވާ ޖިންސީ ފުރައްސާރައިގެ މައްސަލަތައް ވަރަށް ސީރިއަސް ކަމާއެކު ބަލައި، އަވަސް ފިޔަވަޅުތަކެއް އެޅުމަށް އަބަދުވެސް އިސްކަންދޭނެކަމަށް ވެސް ބުނެފައިވެއެވެ. އަދި އެ މުދައްރިސުން އެހެން ސްކޫލުތަކަށް ބަދަލުކުރުމާ ގުޅުވައިގެން ޓީޗަރސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓޭމް) އާއި ޕަބްލިކްއިންޓްރެސްޓް ލޯ ސެންޓަރުން ނެރެފައިވާ ނޫސްބަޔާންތަކުގައި ހަޤީގަތާ ޚިލާފަށް މައްސަލަ އޮޅޭ ގޮތަށް އެ މަޢުލޫމާތު ހިމަނާފައިވާތީ އެކަން އެ މިނިސްޓްރީން ކުށްވެރިކުރާ ކަމަށާއި، އަދި މިފަދަ ބަޔާންތައް ނެރުމުގައި ހަޤީގަތުގެ މައްޗަށް ބަޔާންތައް ލިޔުއްވުމަށް އެޑިއުކޭޝަން މިނިސްޓްރީގެ ނޫސްބަޔާނުގައި އިލްތިމާސްކޮށްފައިވެއެވެ.

ޖިންސީ ފުރައްސާރައިގެ މައްސަލައެއް ފެންމަތިވެފައިވާ އިރު، މި މައްސަލައާ ގުޅިގެން މިނިސްޓްރީއާ ސުވާލުކުރުމުން އެކަމަށް ވަކި ޖަވާބެއް ދީފައެއް ނުވެއެވެ. އަދި އެ މައްސަލައިގައި ހިމެނޭ އިއްޒުއްދީން ސްކޫލުގެ ކުރީގެ ޕްރިންސިޕަލާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ އިރު، އޭނާ ވަނީ އެހެން ރަށެއްގެ ޕްރިންސިޕަލެއްގެ ގޮތުގައި ހަމަޖައްސާފައެވެ. ސީރިއަސް މައްސަލައިގެ ގޮތުގައި މިފަދަ މަައްސަލަތައް މިނިސްޓްރީން ބަލަމުން އަންނަކަމަށް ބުނެފައިވާއިރު، މި މައްސަލައިގެ އަޕްޑޭޓެއް ހޯދުމަށް މީޑިއާތަކުން ސުވާލުކުރުމުން އަޕްޑޭޓް ވެސް ދީފައެއް ވެސް ނުވެއެވެ. ޓީޗަރުން އިސްތިއުފާ ދިނީ ޖިންސީ ފުރައްސާރައިގެ މައްސަލައިގައި ކަމަށް ލޯ ފާމުން ބުނާ އިރު، އެ މައްސަލަ މިނިސްޓްރީއަށާއި، ސިިވިލްސަރވިސް ކޮމިޝަނަށް ވެސް ޓީޗަރުން ހުށަހަޅާފައިވެއެވެ.

ޓީޗަރުންނަށް އެކި ކަހަލަ ފުރައްސާރަކުރުމާއި، ބައެއް މުދައްރިސުންނަށް ޖިންސީ ފުރައްސާރަކުރުމުގެ ތުހުމަތާ ގުޅިގެން، މިނިސްޓްރީ އޮފް އެޑިއުކޭޝަންއާއި ކަމާބެހޭ ފަރާތްތަކަށް މައްސަލަހުށަހެޅުމާ ގުޅިގެން، މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ހާއްސަ ކޮމިޓީއަކުން މި މައްސަލަތައް ބަލައި، ޖިންސީ ފުރައްސާރައިގެ އަމަލު އިއްޒުއްދީންގެ ކުރީގެ ޕްރިންސިޕަލް އިސްމާޢީލް ނަސީރުގެ މައްޗަށް ސާބިތުވެފައިވާ ކަމަށް ޓީޗަރސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. އަދި މިކަން އެޑިއުކޭޝަން މިނިސްޓްރީން ދޮގުކޮށްފައެއް ވެސް ނުވެއެވެ.

މި ބަޔާނުގައި ބުނެފައިވަނީ އެ މައްސަލަ ސާބިތުވެފައި ވަނިކޮށް މިއަމަލު ހިންގި ފަރާތަށް އެއްވެސް ފިޔަވަޅުއެޅުމެއްނެތި، އެފަރާތުގެ އެދުމުގެ މަތިން، ޕްރޮމޯޝަނަކާއެކު އެހެން ސްކޫލްއަކަށް ބަދަލުކޮށްފައިވާތީ އެކަން ކުށްވެރި ކުރާ ކަމަށެވެ. މިއީ ތައުލީމީ ދާއިރާގެ ގަދަރުވެރި މަޤާމެއްގައި ހުރެ، އޭނާގެ ދަށުން ތިބި މުއައްޒަފުންނަށް ޖިންސީ ފުރައްސާރަ ކޮށްފައިވާކަން ސާބިތުވެފައިވާ ހިނދު، އަނިޔާދިން ފަރާތުގެ މަސްލަހަތު ހިމާޔަތްކުރުމަށް، މިނިސްޓްރީ އޮފް އެޑިއުކޭޝަނުން މަސަކަތްކުރަމުންދާ ދިއުން ކަމަށް އެ ޖަމުއިއްޔާއިން ބުނެއެވެ.

ޖިންސީ ފުރައްސާރައިގެ މައްސަލައިގެ ޝިކާރައަކަށްވި ފަރާތްތަކުގެ ވަކީލުންގެ ފަރާތުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ "ޖިންސީ ފުރައްސާރަކުރުމާއި ގޯނާ ކުރުން ހުއްޓުވުމުގެ ކޮމިޓީ" އިން މައްސަލަ ބައްލަވައި، އިއްޒުއްދީން ސުކޫލުގެ ޕްރިންސިޕަލް އިސްމާޢީލް ނަސީރުގެ ފުށުން ޖިންސީ ފުރައްސާރަ ކުރުމުގެ އަމަލެއް ހިންގިކަމުގައި ބުރަވެވެން އޮތްކަމަށް ނިންމެވި ކަމަށެވެ. އަދި ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނުގެ 22 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅަން ފެންނަ ކަމަށް ވެސް މައްސަލަ ބެލި ކޮމެޓީގެ އިއްތިފާޤުން ނިމިފައިވާ ކަމަށެވެ.

ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނުގެ 22 ވަނަ މާއްދާގައި ބުނެފައިވަނީ، އެފަދަ މައްސަލައެއް ސާބިތުވެއްޖެނަމަ، އެމީހަކަށް ލިޔުމުން ނަސޭހަތްތެރިވެ އިންޒާރު ދިނުމާއި، ވަކި މުއްދަކަަށް ވަޒީފާއިން ސަސްޕެންޑް ކުރުމާއި، އަދާކުރާ ޒިންމާތަކުން ވަކިކުރުމާއި، އަދާކުރަމުން ދިޔަ ވަޒީފާއަށްވުރެ ދަށު ދަރަޖައިގެ ވަޒީފާއަކަށް ބަދަލުކުރުން އަދި ވަޒީފާއިން ވަކިކުރުން ހިމެނޭ ކަމަށެވެ.

އިއްޒުއްދީން ސްކޫލްޖިންސީ ގޯނާމިނިސްޓްރީ އޮފް އެޑިއުކޭޝަން ޖިންސީ ފުރައްސާރަ

ކޮމެންޓް

އިތުރަށް ކިޔާލަން

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

13 ޑިސެމްބަރު 2025
ސަނީ އުމަރުގެ ވާހަކަ: ރައްޔިތުންނަށް ކަންބޮޑުވުމާއި ބިރުވެރިކަން ގެނުވާ އެތައް ވާހަކަ އެއް

ސަނީ އުމަރުގެ ވާހަކަ: ރައްޔިތުންނަށް ކަންބޮޑުވުމާއި ބިރުވެރިކަން ގެނުވާ އެތައް ވާހަކަ އެއް

07 ޑިސެމްބަރު 2025
ފިލައިގެން ފުރަން ގޮސް ހުއްޓާ ސަނީ އުމަރު އެއަރޕޯޓުން އަތުލައިގަތް ނަމަވެސް ހައްޔަރު ނުކުރާ ކަން ހާމަވެއްޖެ، ހައްޔަރު ކުރީ މިއަދު

ފިލައިގެން ފުރަން ގޮސް ހުއްޓާ ސަނީ އުމަރު އެއަރޕޯޓުން އަތުލައިގަތް ނަމަވެސް ހައްޔަރު ނުކުރާ ކަން ހާމަވެއްޖެ، ހައްޔަރު ކުރީ މިއަދު

02 ޑިސެމްބަރު 2025
ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރެވޭ ޑރ.ސަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރެވޭ ޑރ.ސަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

01 ޑިސެމްބަރު 2025
ރާއްޖެ އައުމާއެކު ސަނީ އުމަރު ހައްޔަރުނުކޮށް ގެންދިޔައީ ފުލުހުންގެ ކާރުގައި ސުވާލުކުރަން

ރާއްޖެ އައުމާއެކު ސަނީ އުމަރު ހައްޔަރުނުކޮށް ގެންދިޔައީ ފުލުހުންގެ ކާރުގައި ސުވާލުކުރަން

01 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު