Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ވެކްސިނޭޝަން ޕްރޮގްރާމް

"ޖެހީ އެންމެ ޑޯޒެއް، އެޗްޕީއޭ އިން ބުނަނީ ދެ ޑޯޒް ޖަހައިފިކަމަށް"

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދެޑޯޒު ފުރިހަމަ ކުރި މީހުން ނިސްބަތުން ގިނަ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 14 ޖުލައި 2021 | ބުދަ 05:28
ފޯޓަލްގައި ގިނަ މައްސަލަތަކެއް

ފޯޓަލްގައި ގިނަ މައްސަލަތަކެއް

ކޮވިޑް-19ން ދިފާއުވުމަށް ސަރުކާރުން އެންމެ ޚާއްސަ ސަމާލުކަމެއްދީގެން ފެށި މަސައްކަތަކީ ވެކްސިނޭޝަން ޕްރޮގްރާމެވެ. ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު މި ޕްރޮގްރާމް ފެށި ނަމަވެސް ފުރަތަމަ ދުވަސްކޮޅު ވެކްސިން ސެންޓަރުތައް އޮތީ ހުސްކޮށެވެ. ވެކްސިނޭޝަން ޕްރޮގްރާމް ފުރަތަމަ ފެށިގެން އައި އިރު، ރާއްޖޭގެ ކޮވިޑް-19ގެ ކޭސްތައް ކޮންޓްރޯލްކުރެވެން ފެށުމުން ދަތުރުކުރުމުގައި ލުއި އުސޫލުތަކެއް އެކުލަވާލައި ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމުން އެއް ރަށުން އަނެއް ރަށަށް ދަތުރުކުރެވޭނެ މަގު ފަހިކޮށްދިނެވެ. އަދި ވަކި ދުވަހެއްގެ ފަހުން ވެކްސިން ނުޖެހޭނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ދިނެވެ. މިއާއެކު ވެކްސިން ސެންޓަރުތައް ފުރި ބާރުވެގެން ދިޔައެވެ.

ނަމަވެސް ކޮވިޝީލްޑް ވެކްސިން ލިބުމުގައި ދިމާވި ދަތިތަކުގެ ސަބަބުން މެއި މަހުގެ 2 ވަނަ ދުވަހުން ފެށިގެން މާލޭގައި ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުން ވަގުތީ ގޮތުން މެދުކަނޑާލިއެވެ. އަދި މާލެސިޓީގެ ކޭސްތައް ގިނަވެ ފިޔަވަޅުތައް ހަރުކަށިކުރުމާއެކު ދެ ޑޯޒް ޖަހައި 14 ދުވަސް ފުރިހަމަކޮށް، ޕީސީއާރު ޓެސްޓު ނެގެޓިވްވުމުން ދީފައިވާ ދަތުރުކުރުމުގެ ހުއްދަ ސަރުކާރުން ހިފެހެއްޓިއެވެ. އެއާ އެކު ވެކްސިން ޖަހަން ދިވެހިންގެ މެދުގައި އޮތް ފޯރި ކުޑަވެގެން ދިޔައެވެ. ސަރުކާރުން ކުރި ބުރަ މަސައްކަތުން ވެކްސިންގެ އިތުރު ޑޯޒްތައް ލިބި، ޖޫން މަހުގެ 4 ވަނަ ދުވަހު އެޕޮއިންޓްމެންޓް އުސޫލުން ދެވަނަ ޑޯޒު ޖަހަން ފެށިނަމަވެސް އެންމެ އެކަށޭނަ ތަރުހީބެއް އެކަމަށް ލިބިގެނެއް ނުދިޔައެވެ. ނަމަވެސް ރާއްޖޭގެ ކޮވިޑް-19ގެ ހާލަތު ބަދަލުވެ ޖުލައި 8 ވަނަ ދުވަހު ސަރުކާރުން އަނެއްކާވެސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމުން ދަތުރުކުރުމުގައި ލުއިތައް ދިނުމަށް ނިންމާ އެކަން އިއުލާނުކުރިއެވެ. އެއާއެކު ވެކްސިން ޖެހުމަށް އޮތް ފޯރި އަލުން ގަދަވާން ފެށިއެވެ.

އެޕޮއިންޓްމެންޓް އުސޫލުން ވެކްސިން ދިން ނަމަވެސް ވެކްސިނޭޝަން ސެންޓަރުތަކުގައި ކިއު ހެދިފައި ހުންނަ މަންޒަރަކީ ގިނަ ސުވާލުތަކެއް އުފެދޭ ކަމެކެވެ. ކިއުތަކުގައި ބިދޭސީން ގިނަ ނަމަވެސް ދިވެހިން ވެސް ތިބޭކަން ފާހަގަކުރެވެއެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދެޑޯޒު ފުރިހަމަ ކުރި މީހުން ނިސްބަތުން ގިނަވިއެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުން މިހާރު ދެވަނަ ޑޯޒް ނުޖަހާ ތިބީ އެންމެ 76،948 މީހުންނެވެ. ހޯމަ ދުވަހު އެޗްޕީއޭއިން ހާމަކޮށްފައިވާ ވެކްސިންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، 242،370 މީހުން ވަނީ ވެކްސިން ފުރިހަމަކޮށްފައެވެ. މިހާތަނަށް އައި އިރު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ 319،378 މީހުންނެވެ. ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް އަލުން ޖަހަން ފަށާފައިވާ އިރު ދުވާލެއްގެ މައްޗަށް 6000 ޑޯޒާއި 7000 ޑޯޒާ ދެމެދުގެ އަދަކަށް ވެކްސިން އަންނަނީ ޖަހަމުންނެވެ. މި ރޭޓަށް ބަލާއިރު، ކުރިއަށް އޮތް 10 ނުވަތަ 12 ވަރަކަށް ދުވަހުގެ ތެރޭގައި ރާއްޖޭގައި ވެކްސިން ފުރިހަމަ ކުރި މީހުންގެ އަދަދު 3 ލައްކައަށްވުރެ އިތުރުވާނެއެވެ.

ގިނަ ބަޔަކު ވެކްސިންގެ ދެވަނަ ޑޯޒު ފުރިހަމަކުރުމަށް ކެތްމަދުވެފައިވާ މި ދަނޑިވަޅުގައި ދެވަނަ ޑޯޒު ނުޖަހާ ތިބޭ މީހުން ދެޑޯޒު ފުރިހަމަ ކުރި ކަމަށް އެޗްޕީއޭގެ ޕޯޓަލުން ދައްކައެވެ. އެތައް ފަހަރަކު އެޕޮއިންޓްމެންޓް ހެއްދި ނަމަވެސް ރިޖެކްޓް ވަނީ މަދު މީހެއްގެއެއް ނޫނެއެވެ. ގިނަ ބަޔަކު މިޝަކުވާ ކުރަމުންދާއިރު، ހާލު ބެލުން ޕޯޓަލް އިތުރަށް އަޕްގްރޭޑްކޮށް ދިމާވާ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ކުރާ ކަމަށް އެޗްޕީއޭއިން ބުނެއެވެ. ފާޑު ކިޔާ ފަރާތްތަކުން ބުނާ ގޮތުން މިއެޕްއަކީ ދުވަހަކު ވެސް އަޕްގްރޭޑްކޮށް ނިމުނު އެޕްއެއް ނޫނެއެވެ. އެހެންކަމުން މިއެޕަށް ބަރޯސާނުވެ ކިއުގައި ޖެހިގެން ވެސް ވެކްސިން ޖަހަން ސެންޓަރަށް ދިއުމަކީ ބޮލަށް ފަސޭހަ ގޮތެއް ކަމަށް އެމީހުން ބުނެއެވެ. އަދި ބައެއް މީހުން އެޕޮއިންޓްމެންޓް ހެއްދުމަކާ ނުލައި ވެކްސިން ސެންޓަރަށް ގޮސް އަޑުގަދަކޮށްފައި ވެސް އެބަހުއްޓެވެ. ނަމަވެސް މިގޮތަށް އަމަލުކުރުމަކީ ރީތި ގޮތެއް ނޫނެއެވެ. އެތަނެއްގައި ގާއިމްކުރާ އުސޫލުތަކާއި ގަވާއިދުތައް ތަންފީޒުކުރުމަށް އިސްސަފުގައި ތިބެންވީ ގައުމުގެ ރައްޔިތުން ނޫންތޯއެވެ. މިގޮތަށް އަަމަލުކުރުމުގައި ގަވާއިދާ އެއްގޮތަށް އަމަލުކުރާ ކިތަންމެ މީހެއްގެ ހައްގު އެބަ ގެއްލެއެއް ނޫންތޯއެވެ.

ވެކްސިން އެޕޮއިންޓުމަންޓް ނުހެއްދިދާނެ ސަބަބުތަކާ ބެހޭ ގޮތުން އެޗްޕީއޭއިން ބުނެފައިވަނީ އައި.ޑީ ކާޑު/ޕާސްޕޯޓު ނަންބަރު ރަނގަޅަށް ނުޖެހުމާއި، އައި.ޑީ ކާޑު/ޕާސްޕޯޓުގައި އިންނަ ގޮތަށް ނަން ނުޖެހުމާއި، އިހްތިޔާރުކުރި އެޕޮއިންޓްމެންޓު ތާރީޚާއި ގަޑިއަށް ހުރި ޖާގަތައް ފުރުމުގެ އިތުރުން ގަޑި ފަހަނާ އަޅާ ދިއުން ހިމެނެއެވެ. މީގެ އިތުރުން އެޗްޕީއޭއިން ބުނީ ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓަށް އެދޭ މީހާ ކަރަންޓީންގައި ހުރުމާއި، ކޮވިޑް-19ށް ޕޮޒިޓިވްވިތާ 28 ދުވަސް ފުރިހަމަ ނުވުމާއި، ފުރަތަމަ ޑޯޒުގެ ގޮތުގައި ކޮވިޝީލްޑް ނޫން އެހެން ވެކްސިނެއް ޖަހާފައިވުން އަދި ވެކްސިން ދެޑޯޒު ފުރިހަމަކޮށްފައިވުން ހިމެނޭ ކަމަށެވެ.

މިފަދަ އެތައް މައްސަލައަކުން އެޕޮއިންޓްމަންޓު ރިޖެކްޓްވާކަން އެޗްޕީއޭއިން ވެސް ފާހަގަކުރެއެވެ. އެހެންކަމުން book.hpa.gov.mv ގައިވާ Talk to us މެދުވެރިކޮށް މެސެޖެއް ކޮށްލުމުން އެޗްޕީއޭއިން ގުޅައި އެކަމެއް ހައްލު ކޮށްދިނުމަށް މަސައްކަތް ކުރާނެއެވެ. އެޗްޕީއޭއިން މަސައްކަތް ކުރަނީ ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތައް ރަނގަޅު ކުރުމަށެވެ. ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށެވެ. ނަމަވެސް މުޅި ގައުމަށް ކުރިމަތިވެފައިވާ ކާރިސާއެއްގައި މިފަދަ މައްސަލަތައް ކުރިމަތިވެދާނެކަން އެއީ ރައްޔިތުން ވެސް ގަބޫލުކުރަން ޖެހޭނެ ކަމެއް ނޫންތޯއެވެ. ކިތަންމެ އަވަހަށް ވެކްސިންގެ ދެވަނަ ޑޯޒު ފުރިހަމަކުރުމަށް ބޭނުންވި ނަމަވެސް ވެކްސިންގެ ސެންޓަރުތަކަށް ގޮސް އުސޫލާ ޚިލާފަށް ކިއު ހަދައި އެތަނުގެ ތެރޭގައި އަޑުގަދަ ކުރުމަކީ ދިވެހިންގެ ސަގާފަތާއި ބީރައްޓެހި ބަލަން އެހައި ރީތި މަންޒަރެއް ނޫނެއެވެ. ވެކްސިން ދޭނެކަމުގެ ފުރިހަމަ ޔަގީންކަން ސަރުކާރުން ދީފައިވާއިރު، ކަންބޮޑުވާންވީ ކޮންކަމަކާތޯއެވެ.

ވެކްސިންއެޗްޕީއޭ

ކޮމެންޓް

އިތުރަށް ކިޔާލަން

ހެޕަޓައިޓިސް ބީ ވެކްސިން އުފަންވުމާއެކު ދިނުމުގެ އުސޫލު ނިމުމަކަށް ގެނައުމަށް އެމެރިކާގެ ވެކްސިން ކޮމިޓީ އިން ފާސްކޮށްފި

ހެޕަޓައިޓިސް ބީ ވެކްސިން އުފަންވުމާއެކު ދިނުމުގެ އުސޫލު ނިމުމަކަށް ގެނައުމަށް އެމެރިކާގެ ވެކްސިން ކޮމިޓީ އިން ފާސްކޮށްފި

06 ޑިސެމްބަރު 2025
މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

10 ނޮވެމްބަރު 2025
ޓްރަމްޕް ވިދާޅުވީ، މާބަނޑު އިރު ޕެރަސެޓަމޯލް ބޭނުން ކުރުމުންނާއި ކުޑަކުދިންނަށް ވެކްސިން ދިނުމުން އޯޓިޒަމްގެ ނުރައްކާ އޮންނަ ކަމަށް، ޑަބްލިޔުއެޗްއޯ އިން ބުނަނީ އެފަދަ ހެތްކެއް ނެތް ކަމަށް!

ޓްރަމްޕް ވިދާޅުވީ، މާބަނޑު އިރު ޕެރަސެޓަމޯލް ބޭނުން ކުރުމުންނާއި ކުޑަކުދިންނަށް ވެކްސިން ދިނުމުން އޯޓިޒަމްގެ ނުރައްކާ އޮންނަ ކަމަށް، ޑަބްލިޔުއެޗްއޯ އިން ބުނަނީ އެފަދަ ހެތްކެއް ނެތް ކަމަށް!

24 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
'ދުނިޔޭގެ ފުރަތަމަ' ގޮނޯރިއާ ވެކްސިން އިނގިރޭސިވިލާތުގައި ދޭން ފަށައިފި

'ދުނިޔޭގެ ފުރަތަމަ' ގޮނޯރިއާ ވެކްސިން އިނގިރޭސިވިލާތުގައި ދޭން ފަށައިފި

04 އޯގަސްޓު 2025

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު