Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވީއޭއެމްގެ އިސްތިއުނާފު މައްސަލަ

ވީއޭއެމްގެ އިސްތިއުނާފު މައްސަލައިގައި ކުރިއަށް ނުދާން ލަތީފް ނިންމަވައިފި

13 ޖުލައި 2021 | އަންގާރަ 20:32

ރަނޭ ވަނީ މިދިޔަ އޭޕްރީލް މަހު ވީއޭއެމްގެ އިންތިޚާބު ކާމިޔާބުކުރައްވާފައި

އަތޫފް އާތިފް
އަތޫފް އާތިފް | 13 ޖުލައި 2021 | އަންގާރަ 20:32
ވީއޭއެމްގެ ކުރީގެ ރައީސް މުޙައްމަދު ލަތީފް (ކ) އަދި ވީއޭއެމްގެ މިހާރުގެ ރައީސް މުޙައްމަދު ރަނޭޝް (ވ)

ވީއޭއެމްގެ ކުރީގެ ރައީސް މުޙައްމަދު ލަތީފް (ކ) އަދި ވީއޭއެމްގެ މިހާރުގެ ރައީސް މުޙައްމަދު ރަނޭޝް (ވ)

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ހިންގުން ނޯމަލައިޒިން ކޮމިޓީއަކާ ހަވާލުކުރަން ކޮމިޝަނާ އޮފް ސްޕޯޓްސްއިން މީގެ ކުރިން ނިންމީ ޤާނޫނާ ޚިލާފަށް ކަމަށް ބެލެވޭނެ ޤާނޫނީ ހަމައެއް ނެތް ކަމަށް ސިވިލް ކޯޓުން ނިންމުމުން، އެ ހުކުމް ބަލައި ނުގަނެ ހައި ކޯޓުގައި އިސްތިއުނާފް ކުރި މައްސަލަ ވީއޭއެމްގެ ކުރީގެ ރައީސް މުޙައްމަދު ލަތީފް ނަންގަވައިފިއެވެ.

ވީއޭއެމްގެ ރައީސް ކަމުގައި ހުރިިިއިރު ކޮމިޝަނާ އޮފް ސްޕޯޓްސްއާ ދެކޮޅަށް ލަތީފް ހުށަހެޅި މައްސަލައިގައި ކުރިއަށް ނުދާން ނިންމަވައި ލަތީފް ވިދާޅުވީ އެ މައްސަލަ ކޯޓުން ނެންގެވީ ވީއޭއެމްގެ މިހާރުގެ ހިންގާ ކޮމިޓީއަށް އެއްބާރުލުން ދިނުމާއެކު، ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް މާލެ ސަރަހައްދަށް އިއުލާންކޮށްފައިވާ ވޮލީބޯޅައިގެ އިންޑޯ އާއި އައުޓްޑޯ ކޯޓުގެ ޑިޒައިން ފެނި، އެކަމަށް މަރުހަބާ ކިޔުމުގެ ގޮތުން ކަމަށެވެ.  

އަދި ވޮލީއަށް ލިބޭ ކޮންމެ ކުރިއެރުމަކަށް އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށާއި، އަދި މިހާރުގެ ހިންގާ ކޮމިޓީއަށް އެއްބާރުލުން ދިނުމުގައި އަބަދުވެސް ދެމިހުންނާނެ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން މިފަދަ ދަޑިވަޅެއްގައި އެސޯސިއޭޝަންގެ އެއްމެ ބޮޑު ސްޕޮންސަރު ކަމަށްވާ ސަރުކާރު ގޮވައިގެން ކޯޓަށް ދިޔުމަކީ ކުޅިވަރަށްވެސް އެކަމުން ދެރަ ލިބިދާނެ ކަމެެއް ކަމަށްވާތީ އާއެކު ވޮލީ ކުޅުންތެރިންނާއި ވޮލީގެ ކުރިމަގަަށްޓަކައި މައްސަލައިގައި އިތުރަށް ކުރިއަށްނުދާން ނިންމީ ކަމަށްވެސް ލަތީފް ވިދާޅުވިއެވެ.

ސެންޓްރަލް އޭޝިއާ ޒޯނަލް ވޮލީބޯލް އެސޯސިއޭޝަނުގެ ރައީސްގެ މަގާމު އަދާކުރައްވަމުންދާ ލަތީފް ވިދާޅުވީ ވޮލީބޯޅައިިގެ ކޮންމެ ކުރިއެރުމަކަށް އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށާއި ސަރުކާރުން ވޮލީއަށް ކޮށްދޭނެ ކަމަށް އިއުލާންކޮށްފައިވާ މަޝްރޫއުތަކުގެ ސަބަބުން ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ވީއޭއެމްގެ ހިންގާ ކޮމިޓީ އުވާލައި، ނޯމަލައިޒިން ކޮމިޓީއާ އެ އެސޯސިއޭޝަން ހިންގުން ކޮމިޝަނާ އޮފް ސްޕޯޓްސް އަޙްމަދު ސަލީމް (ހީނާ) ހަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޖޫން މަހުގެ 10 ވަނަ ދުވަހުއެވެ. ފުރަތަމަ ފަސް މެންބަރުންގެ ކޮމިޓީއަކުން ވީއޭއެމް ހިންގާފައިވާއިރު، އެފްއައިވީބީގެ އިންޒާރާއެކު ފަހުން އެ ކޮމިޓީ އުވާލިއެވެ.

އެކަމަކު އެއަށްފަހު ކޮމިޝަނާ އޮފް ސްޕޯޓްސް ސޮއިކުރައްވައި، 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު ވީއޭއެމަށް ފޮނުވި ސިޓީގައި ވަނީ އެ އަހަރުގެ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހު ވީއޭއެމްގެ މެންބަރު ކުލަބުތަކުން އިސްވެ ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ލަތީފުގެ އިތުބާރު ނެތްކަމުގެ ވޯޓެއްނަގައި، ހާޒިރުވެތިބި ފުރިހަމަ މެންބަރުންގެ އިއްތިފާގުން ފާސްކުރުމާ ގުޅިގެން، ވީއޭއެމްގެ އިންތިޚާބު ބޭއްވެންދެން ކުރަންޖެހޭ ކަންކަން ކުރުމަށާއި، ވީއޭއެމްގެ ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންކަން ކުރުމަށް ތިން މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ނޯމަލައިޒިން ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށް ބުނެފައެވެ.

އެކަމަކު ލަތީފުގެ ބެލުމުގެ ދަށުން މިދިޔަ އޭޕްރީލް މަހު ވީއޭއެމްގެ އިންތިޚާބު ބޭއްވިއިރު، ހަ ކުލަބުގެ ތާއީދާއެކު މުޙައްމަދު ރަނޭޝް (ރަނޭ) ވަނީ އިންތިޚާބު ކާމިޔާބުކުރައްވާފައެވެ.

މީގެ ކުރިން ލަތީފް ވަނީ ނޯމަލައިޒިން ކޮމިޓީއާ ވީއޭއެމް ހަވާލުކުރި ކުރުން ބަދަލުކުރަން ސިވިލް ކޯޓަށް ހުށަހަޅުއްވާފައެވެ. އެ މައްސަލައިގައި އެދުނު ވަގުތީ އަމުރު ނެރެދެވެން ނެތް ކަމަށް އޭރު ސިވިލް ކޯޓުން ނިންމިއިރު، އެ ކޯޓުން ވަނީ ވީއޭއެމްގެ ހިންގުން ނޯމަލައިޒިން ކޮމިޓީއަކާ ހަވާލުކުރަން ކޮމިޝަނާ އޮފް ސްޕޯޓްސްއިން ނިންމާފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ބެލެވޭނެ ޤާނޫނީ ހަމައެއް ނެތް ކަމަށް ހުކުމް ކޮށްފައެވެ.

ވީއޭއެމްގެ ހިންގާ ކޮމިޓީ އުވާލާފައި އޮތީ ކޮމިޝަނާ އޮފް ސްޕޯޓްސްއަށް ލިބިގެންނުވާ ބާރެއްގެ ދަށުން ކަމަށާއި، ދިވެހިރާއްޖޭގެ ކުޅިވަރުގެ ޤާނޫނުގެ ދަށުން ކުޅިވަރު އެސޯސިއޭޝަނެއްގެ ހިންގާ ކޮމިޓީ އުވާލުމުގެ ބާރު ކޮމިޝަނާ އޮފް ސްޕޯޓްސްއަށް ދެ ހާލަތެއްގައި ލިބޭއިރު، ވީއޭއެމްއަށް އެ ދެ ހާލަތްވެސް އައިސްފައި ނުވާ ކަމަށް އޭރު މައްސަލަ އާއެކު ކުރިއަށްދަމުން ލަތީފް ވަނީ ވިދާޅުވެފައެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)މުޙައްމަދު ލަތީފް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

16 އޮކްޓޯބަރު 2025

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

16 އޮކްޓޯބަރު 2025
ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި
13 އޮކްޓޯބަރު 2025

ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

13 އޮކްޓޯބަރު 2025
ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި
22 ސެޕްޓެމްބަރު 2025

އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

22 ސެޕްޓެމްބަރު 2025
އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު
08 ޖުލައި 2025

ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

08 ޖުލައި 2025
ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި
19 ފެބުރުއަރީ 2025

ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

19 ފެބުރުއަރީ 2025
ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި
08 ޑިސެމްބަރު 2024

ފައިނަލް ރައުންޑުގެ ހުރިހާ ތައްޓެއް އަތޮޅު ތެރެއަށް، ފ.އަތޮޅަށް ތިން ތަށި!

08 ޑިސެމްބަރު 2024
ފައިނަލް ރައުންޑުގެ ހުރިހާ ތައްޓެއް އަތޮޅު ތެރެއަށް، ފ.އަތޮޅަށް ތިން ތަށި!
23 އޮކްޓޯބަރު 2024

ވީއޭއެމްއާ ގުޅޭ ގޮތުން ދޮގު ފަތުރާ ނަމަ، ދެ އަހަރަށް ސަސްޕެންޑު ކުރަން ނިންމައިފި

23 އޮކްޓޯބަރު 2024
ވީއޭއެމްއާ ގުޅޭ ގޮތުން ދޮގު ފަތުރާ ނަމަ، ދެ އަހަރަށް ސަސްޕެންޑު ކުރަން ނިންމައިފި
23 އޮކްޓޯބަރު 2024

ވީއޭއެމްގެ ހަތަރު އަހަރު ދުވަހުގެ އޮޑިޓް ރިޕޯޓު ފާސްކޮށްފި

23 އޮކްޓޯބަރު 2024
ވީއޭއެމްގެ ހަތަރު އަހަރު ދުވަހުގެ އޮޑިޓް ރިޕޯޓު ފާސްކޮށްފި
31 އޯގަސްޓު 2024

އޭވީސީގެ ނައިބު ރައީސަކަށް ލަތީފް އިންތިޚާބު ކޮށްފި

31 އޯގަސްޓު 2024
އޭވީސީގެ ނައިބު ރައީސަކަށް ލަތީފް އިންތިޚާބު ކޮށްފި
24 ޖުލައި 2024

ޗެމްޕިއަންކަން ހޯދީ ކިރުގިސްތާން

24 ޖުލައި 2024
ޗެމްޕިއަންކަން ހޯދީ ކިރުގިސްތާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް