Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލުކުރުން

ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލުކުރުން: ބަނދަރުގެ މާސްޓަރ ޕްލޭން ނިމިއްޖެ

ކޮންޓެކްޓަރުން ޝޯޓްލިސްޓް ކުރެވޭ ހިސާބަށް ވަނީ އާދެވިފައި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 13 ޖުލައި 2021 | އަންގާރަ 18:44
ވިޔަފާރި ބަނދަރު- ޖާގައިގެ ދަތިކަން ކުރިމަތިވެފައިވޭ

ވިޔަފާރި ބަނދަރު- ޖާގައިގެ ދަތިކަން ކުރިމަތިވެފައިވޭ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ޚާއްސަ އިސްކަމެއްދީގެން ކުރަމުންދާ މަސައްކަތަކީ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލުކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުން ކަމަށް އެމްޕީއެލްގެ މެނޭޖިންގް ޑިރެކްޓަރ ޝާހިދު ޢަލީ ވިދާޅުވެއްޖެއެވެ.

ކްލަބް ހައުސް މެދުވެރިކޮށް އެމްޑީޕީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ މިހާރު ރާއްޖޭގެ އިޤްތިޞާދަށް ބަލާއިރު މިހާރުގެ ވިޔަފާރި ބަނދަރަކީ އެންމެ އެކަށީގެންވާ ބަނދަރެއް ނޫން ކަމަށެވެ. ޝާހިދު ވިދާޅުވީ ސަރުކާރުގެ ވެސް އެންމެ މުހިންމު އެއްސިޔާސަތަކީ އިޤްތިޞާދަށް ބޭނުންވާވަރުގެ އަދި ރަނގަޅު ފެންވަރުގެ ބޮޑު ބަނދަރެއް ހެދުން ކަމަށެވެ.

Advertisement - newsAdvertisement

ޝާހިދު ވިދާޅުވީ މާލޭގެ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލު ކުރުމަށްޓަކައި ބަނދަރު ޑިޒައިން ކުރުމުގެ މަސައްކަތް ސަރުކާރުން ކަމާބެހޭ މުއައްސަސާތަކާއެކު ކުރިއަށް ގެންދާކަމަށެވެ. އެގޮތުން ބަނދަރުގެ މާސްޓަރ ޕްލޭން ހެދިފައިވާ ކަމަށާއި، ޑީޓެއިލް ޑިޒައިންއާ ހަމައަށް ދެވިފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ކޮންޓެކްޓަރުން ޝޯޓް ލިސްޓް ކުރެވޭ ހިސާބަށް އާދެވިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މާލޭގެ ވިޔަފާރި ބަނދަރުގެ އިތުރުން، ހިތަދޫ ވިޔަފާރި ބަނދަރާއި ކުޅުދުއްފުށީ ވިޔަފާރި ބަނދަރު ތަރައްގީ ކުރުމަށް ޑިވަލޮޕްމެންޓް ޕްލޭންތައް ތައްޔާރު ކުރެވިފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ހުވަދުއަތޮޅުގައި އިންޓަރނޭޝަނަލް ވިޔަފާރި ބަނދަރެއް ހެދުމުމަށް ފެށި މަސައްކަތުގެ ތެރެއިން މިހާރު ފުރަތަމަ ފޭސްގެ މަސައްކަތް ނިމި ދެވަނަ ފޭސްގެ މަސައްކަތްތައް ފަށާފައިވާ ކަމަށާއި، ފިޒިކަލް އޮޕަރޭޝަންސް މިއަހަރު ފަހުކޮޅު ފެށޭނެ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގެ އެކިކަންކޮޅުތަކުގެ ވިޔަފާރި ބަނދަރުތައް ތަރައްގީކުރެވިގެން ދިއުމާއެކު މުދަލަށް ހެޔޮ ބަދަލުއައުމާއި، މުދާ ގެންދިއުމަށް ގިނަގުނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

މިސަރުކާރު ވެރިކަމަށް އައިއިރު އެމްޕީއެލް އޮތް ހާލަތަށް އިޝާރާތް ކުރައްވައި ޝާހިދު ވިދާޅުވީ ކުންފުނީގެ ހާލަތު އޭރު އޮތީ ވަރަށް އުނދަގޫ ފައްތަރެއްގައި ކަމަށެވެ.

އޭރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ބޯޓު ފަހަރު މާލެ އައުމަށްފަހު މުދާ ބޭލުމަށް 7 ދުވަސް ނުވަތަ 8 ދުވަސް ހޭދަވާ ކަމަށެވެ. އެހެންކަމުން ބޯޓު ފަހަރަށް ނުފުރި ގިނަ ދުވަސްތަކެއް ވަންދެން މާލޭގެ ބަނދަރުގައި ކިއު ޖެހިފައި އޮންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަވަސް ޚިދުމަތެއް ފޯރުކޮށްދިނުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން މިހާރު މިމައްސަލަތަކަށް ހައްލު ހޯދިފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ އެމްޕީއެލުން ފޯރުކޮށްދޭ ޚިދުމަތް ފެންވަރު ރަނގަޅުކޮށް، ޚިދުމަތް ރަނގަޅުކުރުމުގެ ސިޔާސަތުގެ ދަށުން ހަލާކުވެފައި ހުރި ވަރަށް ގިނަ އިކުއިޕްމެންޓްތަކަށް ސްޕެއަރ ޕާޓްތައް ގެނެވި މަރާމަތުކުރެވުނު ކަމަށެވެ. އަދި ކްލިއަރެންސް އޮޕަރޭޝަން ބޭނުންވާ 20 ފޯކްލިފްޓާއި، އިމީޑިއޭޓްކޮށް ހޯދަންޖެހޭ އިކުއިޕްމެންޓްތައް ހޯދާފައިވާ ކަމަށެވެ. ކާގޯ އޮޕަރޭޝަންއަށް ވަރަށް ގިނަ އަދަދެއްގެ މުއައްޒަފުން ރެކްރޫޓްކުރިކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ ހުރިހާ ޝިޕްޓްތަކަށް އޮންލައިން ޕްލެޓްފޯމެއްވެސް ގާއިމް ކުރެވިފައިވާ ކަމަށެވެ. އަދި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާ ގުޅިގެން އީގޭޓް ފާސް ހަދާފައިވާ ކަމަށެވެ.

އެމްޕީއެލް

ކޮމެންޓް

އިތުރަށް ކިޔާލަން

ހުޅުމާލޭގެ ފޭސް 2 އެމްޕީއެލް އެޕާޓްމަންޓަކުން 17 ކިލޯގެ މަސްތުވާތަކެތި ފެނިއްޖެ

ހުޅުމާލޭގެ ފޭސް 2 އެމްޕީއެލް އެޕާޓްމަންޓަކުން 17 ކިލޯގެ މަސްތުވާތަކެތި ފެނިއްޖެ

12 ނޮވެމްބަރު 2025
ކޮޅުވެއްޓި އާ ބާޖުތައް އޮޕަރޭޓް ކުރަނީ އެކަމަށް ބޭނުންވާ ސެޓްފިކެޓްތައް ނެތް ކެޕްޓަނުން: ޓްރާންސްޕޯޓް މިނިސްޓްރީ

ކޮޅުވެއްޓި އާ ބާޖުތައް އޮޕަރޭޓް ކުރަނީ އެކަމަށް ބޭނުންވާ ސެޓްފިކެޓްތައް ނެތް ކެޕްޓަނުން: ޓްރާންސްޕޯޓް މިނިސްޓްރީ

07 ނޮވެމްބަރު 2025
ބައިނަލްއަގުވާމީ މައި ދޮރާއްޓަކުން ވައްކަން ކުރުން: ސައުތު އިންޑިއަން ފިލްމަކަށް ވުރެ ވަކި ދެރައެއް ނޫން

ބައިނަލްއަގުވާމީ މައި ދޮރާއްޓަކުން ވައްކަން ކުރުން: ސައުތު އިންޑިއަން ފިލްމަކަށް ވުރެ ވަކި ދެރައެއް ނޫން

05 ނޮވެމްބަރު 2025
ހުޅުމާލެ އިންޓަރނޭޝަނަލް ޕޯޓުން 2 ކޮންޓެއިނަރ ސިނގިރެޓު ވަގަށް ގެންދިޔަ ގޮތް ފުލުހުން ކިޔައިދީފި

ހުޅުމާލެ އިންޓަރނޭޝަނަލް ޕޯޓުން 2 ކޮންޓެއިނަރ ސިނގިރެޓު ވަގަށް ގެންދިޔަ ގޮތް ފުލުހުން ކިޔައިދީފި

04 ނޮވެމްބަރު 2025
ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާ އާއި ގުޅިގެން އެމްޕީއެލްގެ އެތެރޭގެ ތަހުގީގެއް ފަށައިފި

ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާ އާއި ގުޅިގެން އެމްޕީއެލްގެ އެތެރޭގެ ތަހުގީގެއް ފަށައިފި

03 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

23 އެޕްރީލު
ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން
20251 އަހަރު ކުރިން
ރާއްޖެ

ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ
20242 އަހަރު ކުރިން
ދުނިޔެ

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"
20224 އަހަރު ކުރިން
ރާއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
20197 އަހަރު ކުރިން
ރިޕޯޓު

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ
20188 އަހަރު ކުރިން
ރިޕޯޓު

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު