Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19، ރާއްޖޭގެ ހާލަތު

ހޮސްޕިޓަލުގައި ކޮވިޑަށް ފަރުވާދެމުންދާ މީހުންގެ އަދަދު 20ން ދަށަށް!

6320 ސާމްޕަލް ނަގައި ޓެސްޓް ކޮށްފައިވާ އިރު، ޕޮޒިޓިވްވެފައިވަނީ 78 މީހުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 11 ޖުލައި 2021 | އާދީއްތަ 18:32
މާލެ ސަރަހައްދުގައި ކޮވިޑް-19އަށް ރެންޑަމް ސާމްޕަލް ނެގުމަށް ޓީމުތަކުން ހަރަކާތްތެރިވަނީ

މާލެ ސަރަހައްދުގައި ކޮވިޑް-19އަށް ރެންޑަމް ސާމްޕަލް ނެގުމަށް ޓީމުތަކުން ހަރަކާތްތެރިވަނީ

ކޮވިޑް-19 ބަލީގައި، އެޑްމިޓްކޮށްގެން މިހާރު ފަރުވާ ދެމުން އަންނަނީ 18 މީހުންނަށް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން، ހޮނިހިރު ދުވަހުގެ ހަވީރު 6:00ން އާދީއްތަ ދުވަހުގެ 6:00ށް ހުރި ކޮވިޑްގެ އެކްޓިވް 2496 ކޭސްގެ ތެރެއިން، ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނީ 18 މީހުންނަށެވެ. މި 24 ގަޑިއިރުގެ ތެރޭގައި 6320 ސާމްޕަލް ނަގައި ޓެސްޓް ކޮށްފައިވާ އިރު، ޕޮޒިޓިވްވެފައިވަނީ 78 މީހުންނެވެ.

ޕޮޒިޓިވްވި 78 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 28 މީހުންނާއި، ރަށްރަށުން ޕޮޒިޓިވްވި 34 މީހުންނާއި، އަދި ރިސޯޓްތަކުން ޕޮޒިޓިވްވި 16 މީހުންނެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 75،071ށް އަރާފައެވެ. މީގެ ތެރެއިން 72،349 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ކޮވިޑް-19ށް ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު ހޮނިހިރު ދުވަހުގެ ރޭ ދަންވަރު ވަނީ ނިޔާވެފައެވެ.

އެޗްޕީއޭއިން ބުނީ ށ. ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ މީހަކު ހޮނިހިރު ދުވަހުގެ ރޭ ދަންވަރު 3:05 ހާއިރު ނިޔާވެފައިވާ ކަމަށެވެ. އެއީ 59 އަހަރުގެ އަންހެނެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ. އެއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިގެން ނިޔާވި މީހުންގެ ޖުމުލަ އަދަދު މިވަނީ 214ށް އަރާފައެވެ.

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

12 ފެބުރުއަރީ 2017
ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް
09 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި

09 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު
08 ފެބުރުއަރީ 2017

ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި

08 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި
07 ފެބުރުއަރީ 2017

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

07 ފެބުރުއަރީ 2017
ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު