Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ދުނިޔޭގެ އާބާދީ ދުވަސް

ދުނިޔޭގެ އާބާދީ ދުވަސް ފާހަގަ ކުރަމުންދާއިރު..

ރާއްޖޭގައިވެސް މިދުވަސް ކޮންމެ އަހަރަކު އަންނަނީ ފާހަގަ ކުރަމުން

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 11 ޖުލައި 2021 | އާދީއްތަ 15:41
ރާއްޖޭގެ އާބާދީއަކީ ދުނިޔެއަށް ނިސްބަތްކުރާއިރު އެއްވެސް އެއްޗެއް ނޫން

ރާއްޖޭގެ އާބާދީއަކީ ދުނިޔެއަށް ނިސްބަތްކުރާއިރު އެއްވެސް އެއްޗެއް ނޫން

ކޮންމެ އަހަރެއްގެވެސް ޖުލައި މަހުގެ 11ވަނަ ދުވަހަކީ ދުނިޔޭގެ އާބާދީ ދުވަހެވެ. މިދުވަހަކީ ދުނިޔެއިން ލިބެންހުރި ވަސީލަތްތަކާ ނުބައްދަލު މިންވަރަކަށް އާބާދީ އިތުރުވުމުގެ ސަބަބުން ނުކުންނަ މައްސަލަތަކާއި އަދި ނުކުންނާނޭ މައްސަލަތަކަށް މީސްތަކުން އަހުލުވެރިކޮށް، އާބާދީ ކޮންޓްރޯލް ކުރުމަށް ހިތްވަރުދީ ބާރު އެޅުމަށްޓަކައި އދ އިސްވެ އޮވެގެން ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް ފާހަގަ ކުރަމުންދާ ވަރަށް މުހިއްމު ދުވަހެކެވެ. މިދުވަސް ފާހަގަ ކުރަމުން އަންނަނީ 11 ޖުލައި 1987ން ފެށިގެންނެވެ. އެ ތާރީޚަކީ ދުނިޔޭގެ އާބާދީ 5 ބިލިޔަނަށް އެރިކަމަށް އަންދާޒާ ކުރެވޭ ދުވަހެވެ. އޭގެފަހުން ފާއިތުވެގެންދިޔަ 34 އަހަރުގެ ތެރޭގައި ދުނިޔޭގެ އާބާދީއަށް 2.7 ބިލިޔަން މީހުން އިތުރުވެއްޖެއެވެ. މިވަގުތު ދުނިޔޭގެ އާބާދީކަމުގައި ބެލެވޭ އަދަދަކީ 7.7 ބިލިޔަނެވެ.

ރާއްޖޭގައިވެސް މިދުވަސް ކޮންމެ އަހަރަކު އަންނަނީ ފާހަގަ ކުރަމުންނެވެ. ރާއްޖޭގެ އާބާދީއަކީ ދުނިޔެއަށް ނިސްބަތްކުރާއިރު އެއްވެސް އެއްޗަކަށް ނުވި ނަމަވެސް ރާއްޖެއިން ލިބެންހުރި ވަސީލަތްތަކާއި ރާއްޖޭގެ ހާލަތަށް ނިސްބަތްކުރާއިރު އެކަށޭނަ މިންވަރަށްވުރެ ރާއްޖޭގެ އާބާދީ ބޮޑެވެ. ދާއިމީގޮތަކަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންވެސް ހިމަނައިގެން މިވަގުތު ރާއްޖޭގެ އާބާދީ އުޅެނީ ބައިމިލިޔަނުގައެވެ. އެއީ މީގެ 110 އަހަރު ކުރިން އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން ތިންވަނައިގެ ރަސްކަމުގެ ކުރީކޮޅު ބޯހިމަނައިގެން ރާއްޖޭގެ އާބާދީކަމަށް ރިކޯޑު ކުރެވިފައިވާ އަދަދަށްވުރެ ގާތްގަޑަކަށް 8 ގުނަ އިތުރު އަދަދެކެވެ.

އާބާދީ ކޮންޓްރޯލް ކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން އާބާދީ ތައުލީމުގެ ނަމުގައި މީސްތަކުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއްވެސް ރައީސް މައުމޫނުގެ ދައުރުގައި ރާއްޖޭގެ ކަންކޮޅުތަކުގައި ވަރަށް ފުޅާކޮށް ވަނީ ހިންގިފައެވެ. އާބާދީ އެވޯޑުގެ ނަމުގައި ރަށްރަށަށް އެވޯޑު ދިނުންވެސް އެދައުރުގައި ކުރިއަށް ގެންދެވުނެވެ. ރާއްޖެއަކީ ރަށްތައް ކުދިވެފައި ވަސީލަތްތައް މަދުވެފައި އަދި ކާނާގެ ބާވަތްތައް މައިގަޑުގޮތެއްގައި ބޭރުން ގެންނަ ގައުމަކަށްވާތީ އާބާދީ އިތުރުވުމުގެ ގޮންޖެހުމަކީ ރާއްޖެއަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެކެވެ.

ރާއްޖޭގެ އަސްލު ހާލަތު ދެނެގަތުމާއި ރާއްޖޭގެ ޖޯގްރަފީގެ ވަނަވަރުގެ ތަސްވީރެއް ކުރަހައިލުމުގެ ޚިޔާލާއި ފިކުރު އެންމެ ފުރަތަމަ އުފަންވެގެން އައީ އައްސުލްޠާން މުޙައްމަދު މުޢީނުއްދީން އެއްވަނައިގެ ދައުރުގައެވެ. އެރަދުން ރަސްކަން ކުރެއްވީ މީލާދީން 1799 ވަނަ އަހަރުން ފެށިގެން 1835 ވަނަ އަހަރާ ހަމައަށެވެ. އެއީ ވަރަށް ދިގު ދައުރެކެވެ. ރާއްޖޭގެ ރަށްރަށާއި ފަރުފަރާއި އަތޮޅުތަކާއި ކަނޑުފަޅުގެ ޗާޓެއް ފުރަތަމަ ވުޖޫދުވެގެން އައީ އެ ރަސްކަމުގައެވެ.

ހަމައެހެންމެ ރަދުންނަށް ވަރުވާ ދައްކާން ތިބި ދިވެހީންގެ އަދަދާއި އެމީހުންގެ ކެރިފޯރުންތެރިކަމާއި މިކަންކަމުގެ މައުލޫމާތު އެއްކޮށް ބެލެހެއްޓުމުގެ ޚިޔާލު އުފަންވެގެން އައީވެސް އެ ދައުރުގައެވެ. ފަހަރުގައި މިކަންކަމުގެ ޚިޔާލު އުފެދުމަށް މެދުވެރިވީ ސަބަބަކީ މަޝްހޫރު ކޭލަކުނު ތަޅާލި ބޮޑު ވިއްސާރަ ކަމަށް ވެދާނެއެވެ. އެއީ ވަރަށް ބޮޑު ގުދުރަތީ ކާރިސާއެކެވެ. ގިނަ ރަށްތަކެއް ފަޅުވެގެންދިޔަ ކާރިސާއެކެވެ. އެކަން ހިނގީވެސް މުޢީނުއްދީނުގެ ރަސްކަމުގެ ދައުރުގައެވެ.

އެދުވަސްވަރު އެއްކުރި މައުލޫމާތުގެ ކަރުދާހެއް ނުވަތަ ޗާޓެއް މިއަދު އެއްވެސްތާކުން ފެންނާކަށް ނެތެވެ. ރާއްޖޭގެ އާބާދީއާމެދު ކިރިޔާވެސް އަލިކަމެއް ލިބެން އޮތީ ކުރިން ދެންނެވިހެން އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން ތިންވަނައިގެ ރަސްކަމުގައި 1911ވަނަ އަހަރު އެއްކުރެވުނު މައުލޫމާތެވެ. އޭގައި ބުނާގޮތުން ރާއްޖޭގެ އާބާދީއަކީ 72237 އެވެ. މަސައްކަތްކުރާ ފިރިހެނުންގެ 40 އިންސައްތަ ކަމުގައިވި 14386 ފިރިހެނުންނަކީ މަސްވެރިންނެވެ. އަންހެނުންގެ 34 އިންސައްތަ ކަމުގައިވި 10486 މީހުންނަކީ ބޮނބިތަޅައި ރޯނުވެށުމުގެ މަސައްކަތް ކުރާ މީހުންނެވެ. މިއިން އެނގެނީ ދިވެހިންނަކީ ހީވާގި މުރާލި މަސައްކަތްތެރި ބައެއްކަމެވެ. އެދުވަސްވަރު ރާއްޖޭގެ އެންމެ ބައިމަދު ރަށެއްގެ ގޮތުގައި ރިކޯޑް ކުރެވިފައިވަނީ 28 މީހުން ތިބި އަރިއަތޮޅު މަޑޫގައްޔެވެ. މިހާރު އެއީ މީހުން ދިރިނޫޅޭ ރަށެކެވެ.

ގެދޮރަށް ބަލާއިރު މުޅި ރާއްޖޭގައި އޭރު ހުރީ 13781 ގެ ކަންވެސް ފާހަގަކޮށްފައިވެއެވެ. ވެރިރަށް މާލެއާއި ރާއްޖޭގެ ހުރިހާ ރަށެއްގައި ހުރިހާ ގެއެއްގެ ރަޖިސްޓަރީ ހަދަން ފެށުނީ މީގެ 60 ވަރަކަށް އަހަރު ކުރިން 1 ޖަނަވަރީ 1959ގަައެވެ. އެއީ އިބްރާހީމް ނާޞިރުގެ ބޮޑުވަޒީރު ކަމުގައި، އަދި އައްސުލްޠާން މުޙައްމަދު ފަރީދު އެއްވަނައިގެ ރަސްކަމުގަައެވެ. ހުރިހާ ރަށެއްގައި އިދާރާތައް ގާއިމު ކުރެވުނީވެސް އަދި ވިހާ-މަރުވާ، އަދި މިނޫންވެސް އިދާރީ ހިސާބުކިތާބު ދުވަހުން ދުވަހަށް ލިޔެ ބަލަހައްޓަން ފެށުނީވެސް އެ ތާރީޚުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީންގެ މަރަށް 50 ދުވަސް:އިންސާފު ލިބޭނެ ކަމަށް އާއިލާއިން ގަބޫލެއް ނުކުރޭ

ޔާމީންގެ މަރަށް 50 ދުވަސް:އިންސާފު ލިބޭނެ ކަމަށް އާއިލާއިން ގަބޫލެއް ނުކުރޭ

11 ޖޫން 2017
ދުނިޔޭގެ ގައުމުތަކުގެ ރޯދަ ވަގުތު!

ދުނިޔޭގެ ގައުމުތަކުގެ ރޯދަ ވަގުތު!

26 މެއި 2017
ޔާމީނުގެ މަރަށް 30 ދުވަސް، ތަހުގީގު ގޮސްފައިވަނީ ކިހާ ހިސާބަކަށް؟

ޔާމީނުގެ މަރަށް 30 ދުވަސް، ތަހުގީގު ގޮސްފައިވަނީ ކިހާ ހިސާބަކަށް؟

24 މެއި 2017
ރިލުވާނު ވަގަށް ނެގިތާ 1000 ދުވަސް، ވީގޮތެއް ހޯދުމުގައި ސަރުކާރު ނުކުޅެދިއްޖެ!

ރިލުވާނު ވަގަށް ނެގިތާ 1000 ދުވަސް، ވީގޮތެއް ހޯދުމުގައި ސަރުކާރު ނުކުޅެދިއްޖެ!

04 މެއި 2017
ފުލުހުންގެ ބަންދުގައި 9 ދުވަސް: ރާއްޖެޓީވީގެ މައިކްގެ ދުލުން

ފުލުހުންގެ ބަންދުގައި 9 ދުވަސް: ރާއްޖެޓީވީގެ މައިކްގެ ދުލުން

27 އެޕްރީލު 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު