Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންކުއަރީ ރިޕޯޓު

އިންކުއަރީ ރިޕޯޓް ރައީސް ނަޝީދަށް އަރުވައިފި

މާލެ ވަޑައިގަންނަވާއިރު ބަޔަކު މީހުން މަސައްކަތް ކޮށްގެން އެމަނިކުފާނު އަވަހާރަކޮށްލުމަށް އުޅޭ އުޅުމެއް އޮވެގެން ނުވާނެ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 11 ޖުލައި 2021 | އާދީއްތަ 09:33
އިންކުއިރީ ރިޕޯޓް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް އެރުވުމަށް ބޭއްވި ރަސްމިއްޔާތު

އިންކުއިރީ ރިޕޯޓް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް އެރުވުމަށް ބޭއްވި ރަސްމިއްޔާތު

އިންކުއަރީ ރިޕޯޓް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އަރުވައިފިއެވެ.

މި ކަމަށްޓަކައި ވަރޗުއަލްކޮށް ބޭއްވި ރަސްމިއްޔާތުގައި އިންކުއަރީ ރިޕޯޓް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް އަރުވާފައިވަނީ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އަދި ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިޔުޝާއެވެ.

ރައީސް ނަޝީދަށް އަރުވާފައިވަނީ އިންކުއަރީ ރިޕޯޓުގައި އުނިކޮށްފައި ހުރި ބައިތައް ވެސް ހިމެނޭ ގޮތަށް މުޅި ރިޕޯޓެވެ.

މި ރަސްމިއްޔާތުގައި މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވީ، މިއަދަކީ ރައްޔިތުންގެ މަޖިލީހުގެ ތާރީޚުގައި ވަރަށް މުހިއްމު ދުވަހެއް ކަމަށެވެ. މަޖިލީހަކީ ވެރިކަމުގެ އިދާރާތަކުގެ ތެރެއިން އެންމެ ދުވަސްވީ އިދާރާ ކަމަށާއި، ތަޖުރިބާ ވެސް ގިނަ އިދާރާއެއް ކަމަށެވެ. ގާނޫނު އަސާސީން މަޖިލީހަށް ލިބިދީފައިވާ ބާރުތައް ގިނަ ކަމަށާއި، ޚާއްސަކޮށް 241 ކޮމިޓީއަށް ލިބިދީފައިވާ ބާރުތައް ގިނަ ކަމަށް ވިދާޅުވިއެވެ. އެއީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ނެގެހެއްޓުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމުގެ މައި އިދާރާ ކަމުގައި ވިދާޅުވިއެވެ. އަދި ދިވެހިންގެ މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓުމަށްޓަކައި ކޮމިޓީގެ މުގައްރިރުގެ ބެލުމުގެ ދަށުން ކުރަންޖެހޭ ކަންކަން ގިނަކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. ކޮމިޓީން ނެރުއްވި ރިޕޯޓަކީ ވެސް މި ބޭނުމުގައި ނެރުއްވި ރިޕޯޓެއް ކަމަށެވެ.

އަސްކަރިއްޔާއިން ކޮމިޓީއަށް ޖަވާބުދާރީ ވުމުގައި އޮޅުންތަކެއް އެރިކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، ކޮމިޓީން ބޭނުންވާ ކަންކަމުގައި ޖަވާބުދާރީވާން ޖެހޭނީ ކޮމިޓީން ބޭނުންވާ ގޮތަށް ކަމަށާއި، އެއީ އެހެން ބަޔަކަށް ބަދަލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، ރައީސާއި އުއްތަމަ ފަނޑިޔާރު ރިޕޯޓު ބެއްލެވުމަށްފަހު، އަޅުއްވަންޖެހޭ އަވަސް ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ. ރާއްޖެއަށް ދިމާވެފައި މި ވަނީ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި، އެއީ އެއްވެސް ގޮތަކަށް އެމަނިކުފާނުގެ ޒާތާ ގުޅުންހުރި ކަމެއް ނޫން ކަމަށެވެ. ކަންދިމާކުރިގޮތުން އެމަނިކުފާނު މަރާލަން ބަޔަކު ރޭވި ރޭވުން ނާކާމިޔާބު ވެގެން ދިޔައީ ކަމަށެވެ. އެހެންނަމަވެސް އެ ރޭވުން ކާމިޔާބީއަކާ ގާތަށް ގެނައިކަމީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް ވިދާޅުވިއެވެ.

ފިޔަވަޅުތައް ލަސްކޮށްފިނަމަ ދިވެހިންނަށް މިކަމުން ލިބޭނެ ގެއްލުން ބޮޑުކަމަށް ވިދާޅުވިއެވެ. ރާއްޖެއަކީ ބޮން ގޮއްވައި، ވެރިންނަށް ފަސޭހަކަމާއެކު ހަމަލާ ދެވޭ ތަނެއްގެ ގޮތުގައި ބޭރު ދުނިޔެއަށް އެނގިގެން ދިޔުމަކީ އެކަމުން ދިވެހި އިގްތިސާދަށް ގެއްލުންވެގެންދާނެ ކަމަށެވެ.

ރައީސް އަރިހުން އެދިލައްވަނީ އަވަަހަށް މައްސަލަ ބެއްލެވުމަށް ކަމަށާއި، ރައީސް ސާލިހު ފަހަތަށް ޖެހިވަޑައިނުގަންނަވާނެކަން ޔަގީންވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ސަލާމަތީ ޚިދުމަތުގެ ތެރޭގައި ހިނގަމުން އަންނަ ބައެއް ކަންކަމަކީ ކަންބޮޑުވާން ޖެހޭ ކަމެއްގެ ގޮތުގައި ރިޕޯޓުން ފާހަގަވާ ކަމަށާއި، އެކަންކަން އަވަހަށް ރަނގަޅުވާން ޖެހޭ ކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު މާލެ ވަޑައިގަންނަވާނީ އެއްކޮށް ޒަޚަމްތައް ފަސޭހަވުމުން ކަމަށާއި، މާލެ ވަޑައިގަންނަވާއިރު ބަޔަކު މީހުން މަސައްކަތް ކޮށްގެން އެމަނިކުފާނު އަވަހާރަކޮށްލުމަށް އުޅޭ އުޅުމެއް އޮވެގެން ނުވާނެ ކަން އެއީ އެންމެންނަށް ވެސް ފެންނަން އޮތް ކަމެއްކަމުގައި ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު