Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަލީ ވަހީދުގެ ޝަރީއަތް

އަލީ ވަހީދުގެ މައްސަލަ ތާވަލްކޮށްފި

އަޑުއެހުން ތާވަލްކޮށްފައިވަނީ، އާދީއްތަ ދުވަހުގެ މެންދުރުފަހު 15:00ށް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 11 ޖުލައި 2021 | އާދީއްތަ 06:45
 އަލީ ވަހީދު / ކުރީގެ ޓޫރިޒަމް މިނިސްޓަރ

އަލީ ވަހީދު / ކުރީގެ ޓޫރިޒަމް މިނިސްޓަރ

ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީވަހީދުގެ މައްޗަށްކުރާ ހަތް ދައުވާއެއްގެ އަޑު އެހުން ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފިއެވެ.

މި އަޑުއެހުން ތާވަލްކޮށްފައިވަނީ، އާދީއްތަ ދުވަހުގެ މެންދުރުފަހު 15:00ށެވެ. އަޑުއެހުމެއް ތާވަލްކޮށްފައި މި ވަނީ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމި ނިންމުމާ ދެކޮޅަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ހައިކޯޓުގައި އިސްތިއުނާފުކުރި މައްސަލަ އެ ކޯޓުން ބާތިލްކޮށްފައިވަނިކޮށެވެ. މައްސަލަ ބާތިލް ކޮށްފައިވަނީ، އަލީ ވަހީދަށް ރައްދުވާގޮތަށް ހުށަހަޅާފައިވާ މައްސަަލަ ހުށަހެޅިފައިވާ ގޮތަށް އިސްތިއުނާފީ ދައުވާއެއްގެ ގޮތުގައި ކުރިއަށް ގެންދާނެ ޝަރުއީ އަދި ގާނޫނީ ހަމައެއް މިހިނދުގައި ނެތްކަމަށް ބުނެއެވެ.

Advertisement - newsAdvertisement

ތާވަލް ކޮށްފައިވަނީ، ޢަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ، ޖިންސީ އަނިޔާ ކުރުން، ރޭޕްކުރަން އުޅުން، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުން، ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގަން އުޅުން، ޖިންސީ ގޯނާކުރުން، ޖިންސީ ގޯނާ ކުރަން އުޅުން، އަދި ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގަން އުޅުނުކަމުގެ ދައުވާގެ އަޑުއެހުމެކެވެ.

ޓޫރިޒަމް މިނިސްޓަރ ކަމުގެ މަގާމުގައި ހުންނެވި އިރު ޢަލީ ވަޙީދު އެ ވުޒާރާގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލާގައި، އޭނާގެ މައްޗަށް ދައުވާ އުފުލައި، ޝަރީއަތް މިހާރު ކުރިއަށްދާއިރު، އެ މައްސަލަ ފެންމަތިވުމާއެކު ޕީޖީ އޮފީހުގެ އެދުމަށް ކޯޓުން އޭނާގެ ޕާސްޕޯޓު ހިފެހެއްޓިއެވެ. އެކަހެންނަމަވެސް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށްޓަކައި، އެދިވަޑައިގަތުމުން ކޯޓު އަމުރެއްގެ ދަށުން ޕާސްޕޯޓު ދޫކުރީ ހަތަރު މަހަށެވެ. އަދި އެކަން ކުރީ އަސްޢަދު ޢަލީ (އަޑުބަރޭ) ޖާމިނުވާގޮތަށެވެ. އެހެންނަމަވެސް ހަތަރު މަސް ފާއިތުވެ، ޝަރީއަތް ފެށުނު އިރު ވެސް އޭނާ އެނބުރި ރާއްޖެއަށް ވަޑައެއްނުގަންނަވައެވެ. އަދި އެކަމުގެ ޒިންމާ އަޑުބަރޭ ވެސް ނަގާފައެއް ނުވެއެވެ.

ޢަލީ ވަޙީދުގެ މެޑިކަލް ކަންކަން ނުނިމޭކަމަށް ބުނެ އެކަމުގެ ލިޔެކިޔުންތައް ހުށަހަޅާފައިވާ ކަމަށް ބުނެ ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައެވެ. ނަމަވެސް އަލީ ވަހީދުގެ ބޭސްފަރުވާ ނުނިމޭ ކަމަށް ބުނެ ހުށަހެޅި ލިޔެކިޔުންތަކުން އަލީ ވަހީދު އެތަނުގައި ހުންނަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަން "ރާއްޖެ އެމްވީ"އަށް އެނގިފައިވެއެވެ. އެގޮތުން އެ ލިޔެކިޔުމުގައި ވަނީ 6 މަސް ފަހުން އޭނާ ރެގިއުލަރ ޗެކްއަޕްއަށް އަލުން ދެއްކުމަށް ކަމަށް ވެސް އެނގިފައިވެއެވެ.

ބޭސްފަރުވާ ކުރުމަށް އަލީ ވަހީދު މިވަގުތު ހުންނެވީ އިނގިރޭސިވިލާތުގައި ކަމަށްވާތީ، އެތަނަކީ ރާއްޖޭގެ އިހްތިސާސް ހިނގާ ތަނަކަށް ނުވާތީ އެތަނުގައި އަލީ ވަހީދު ހުންނަވައިގެން ޝަރީއަތް ކުރިއަށް ގެންދިއުމަށް ޕީޖީ އޮފީހުން ވަނީ އިންކާރުކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު