Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުބަލޮންޑޯރ އެވޯޑު

"ބަލޮންޑޯރ" މިފަހަރު ލިބޭނީ ޔޫރޯ ނޫނީ ކޮޕާ ކާމިޔާބުކުރާ މީހަކަށް

އިޓަލީއަށް ޔޫރޯ ކާމިޔާބު ކުރެވިއްޖެނަމަ ޖޯޖީނިއޯއަށްވެސް "ބަލޮންޑޯރ" ލިބިދާނެ

| 9 ޖުލައި 2021 | ހުކުރު 16:15
އާޖެންޓީނާގެ ސުޕަރ ސްޓަރ ލިއޯ މެސީ އޭނާއަށް ލިބިފައިވާ ހަ ބަލޮންޑޯރ އެވޯޑާއެކު: މިފަހަރުގެ އެވޯޑު ހޯދުމުގެ ފުރުސަތުވެސް މެސީއަށް ލިބިފައިވޭ

އާޖެންޓީނާގެ ސުޕަރ ސްޓަރ ލިއޯ މެސީ އޭނާއަށް ލިބިފައިވާ ހަ ބަލޮންޑޯރ އެވޯޑާއެކު: މިފަހަރުގެ އެވޯޑު ހޯދުމުގެ ފުރުސަތުވެސް މެސީއަށް ލިބިފައިވޭ

"ބަލޮންޑޯ" އަކީ ޔޫރަޕުގެ އެކި ގައުމުތަކުގެ ލީގުގައި ކުޅޭ ކުޅުންތެރިންގެ ތެރެއިން އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާއަށްދޭ އެވޯޑެކެވެ. މިއީ ފުޓްބޯޅައިގެ ދުނިޔޭގައި ކުޅުންތެރިޔަކަށް ދެވޭ އެންމެ ޝަރަފުވެރި އެވޯޑެވެ. މި އެވޯޑަށް ކޮންމެ އަހަރަކުވެސް އެތައް ބަޔަކު ވާދަކުރެއެވެ. ފާއިތުވި ބާރަ ތޭރަ އަހަރުގެ ތެރޭގައި މި އެވޯޑު ގެންގޮސްފައިވަނީ މައިގަޑުގޮތެއްގައި ދެ ކުޅުންތެރިންނެވެ. އެއީ އާޖެންޓީނާގެ ލިއޯ މެސީ އާއި ޕޯޗުގަލްގެ ކްެރިސްޓިއާނޯ ރޮނާލްޑޯއެވެ. މެސީ ވަނީ މިހާތަނަށް ހަ ފަހަރު މި އެވޯޑް ހޯދާފައެވެ. އެއީ ރިކޯޑެކެވެ. ކްރިސްޓިއާނޯ ރޮނާލްޑޯއަށް ގެންދެވިފައިވަނީ ފަސް ފަހަރުއެވެ. ކޮވިޑުގެ ސަބަބުން ހުސްވި އަހަރު ފުޓްބޯޅައިގެ ހަރަކާތްތައް މެދުކެޑުމާ ގުޅިގެން ހުސްވިއަހަރު "ބަލޯންޑޯ" ދީފައެއް ނުވެއެވެ.

އެއް އަހަރުގެ މެދުކެޑުމަކަށްފަހު މިފަހަރު "ބަލޮންޑޯރ" އަލުން ދޭން ފަށާއިރު މިފަހަރު މި އެވޯޑު ގެންދާނީ ކާކުބާވައެވެ. އެއީ ކޮން ކުޅުންތެރިއެއްކަން ނޭނގުނަސް އެއްކަމެއް ކަށަވަރެވެ. މިފަހަރުގެ އެވޯޑު ގެންދާނީ މިހާރު ކުރިއަށް މިދާ ޔޫރޯގެ ތަށި ހޯދާ ޓީމުގެ ކުޅުންތެރިއެއް ނޫނީ ބްރެޒިލްގައި މިހާރު ކުރިއަށްދާ ދެކުނު އެމެރިކާގެ ސަރަހައްދީ މުބާރާތް ކަމުގައިވާ ކޮޕާ އެމެރިކާގެ ތަށި ހޯދާ ޓީމުގެ ކުޅުންތެރިއެކެވެ. ކޮޕާ އެމެރިކާގެ ފައިނަލްގައި ހޮނިހިރު ދުވަހުގެ ރޭ ވާދަކުރާނީ އާޖެންޓީނާ އާއި ބްރެޒިލްއެވެ. ޔޫރޯ 2020 ގެ ފައިނަލުގައި އޭގެ އެއްދުވަސް ފަހުން ވާދަކުރާނީ އިޓަލީ އާއި އިންގްލެންޑެވެ. އެހެންވީމާ ދުނިޔޭގެ އެންމެ ޝަރަފުވެރި ކުޅިވަރުގެ އިނާމު ކަމަށް ބުނެވޭ "ބަލޮންޑޯރ" ގެންދާނީ މި ހަތަރު ޓީމުގެ ތެރެއިން ކޮންމެވެސް ޓީމެއްގެ ކުޅުންތެރިއެކެވެ. އެކަން ގާތްގަޑަކަށް ކަށަވަރެވެ.

މިއެވޯޑު ލިބުމުގައި އިސްކަންދެވޭ ޝަރުތުތަކެއް ހުރެއެވެ. ޔޫރަޕުގެ ވަރުގަދަ ބޮޑު ލީގަކުންކުރެ ލީގެއްގެ ޗެމްޕިއަންކަން ލިބުން ލާޒިމެވެ. ޔޫރަޕުގެ އެންމެ ބޮޑު އަދި ވަރުގަދަ ހަތަރު ލީގަކީ އިނގިރޭސި ލީގާއި ޖަރުމަން ލީގު އަދި ސްޕޭނުގެ ލީގާއި އިޓަލީގެ ލީގެވެ. މިއީ ޔޫރަޕުގެ އެންމެ ވަރުގަދަ އަދި އެންމެ ވާދަވެރި ހަތަރު ލީގެވެ. ފަރަންސޭސި ލީގުވެސް ކޮންމެވެސް ވަރަކަށް މި ހަތަރު ލީގާ މިހާރު ކައިރިކުރެއެވެ.

މިއިން ލީގެއް ހޯދުމާއެކު ޔޫރަޕިއަން ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަކީވެސް ޝަރުތެކެވެ. އަދި ބައިނަލްއަގުވާމީ ބޮޑު މުބާރާތެއް ކާމިޔާބު ކުރެވިފައިވޭތޯ ވެސް ބަލައެވެ. އެގޮތުން އާއްމުގޮތެެއްގައި ބަލަނީ ވޯލްޑް ކަޕާއި ޔޫރޯއާއި ކޮޕާ އެމެރިކާއެވެ. މިހުރިހާ ޝަރުތުތަކަށް ބެލީމާ މިއަހަރުގެ "ބަލޮންޑޯރ" އަށް ވާދަކުރާނެ ކަމަށް ހީކުރެވޭ ނުވަތަ ގަބޫލު ކުރެވޭ ކުޅުންތެރިންގެ އަދަދު ހަތަރަކަށް ކުޑަކޮށްލެވެއެވެ.

ނަން މަޝްހޫރު ބޮޑެތި ސްޓާރުންގެ ތެރެއިން ޕޯޗުގަލްގެ ރޮނާލްޑޯ އާއި ޕޮލެންޑުގެ ލެވަންޑޯސްކީ އާއި ބްރެޒިލްގެ ނޭމާރ އާއި ފްރާންސްގެ އެމްބާޕޭއަށް މިފަހަރު ފުރުސަތެއް ނެތް ކަމަށް ހީކުރެވެއެވެ. އެއީ އެކުޅުންތެެރިންނަށް ޔޫރޯގައި ކާމިޔާބެއް ލިބިފައި ނެތުމާއި ޗެމްޕިއަންސް ލީގުގައިވެސް ކާމިޔާބު ހޯދިފައި ނެތުމުންނެވެ.

ޗެމްޕިއަންސް ލީގު ހޯދުމާއެކު މިފަހަރު ޔޫރޯގެ ތަށި އުފުލައިލުމުގެ ފުރުސަތު ލިބިފައިވާ ދެ ކުޅުންތެރިޔަކު އެބަތިއްބެވެ. އެއީ އިޓަލީގެ ޖޯޖީނިއޯ އާއި އިންގްލެންޑުގެ މޭސަން މައުންޓެވެ. ޗެމްޕިއަންސް ލީގު ޗެލްސީއަށް ކާމިޔާބުކޮށްދިނުމުގައި އެ ދެކުޅުންތެރިންގެ ދައުރު ވަރަށް ބޮޑެވެ. އަދި މިފަހަރުގެ ޔޫރޯގައިވެސް އެ ދެކުޅުންތެރިން އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އެހެންވީމާ މީގެ ތެރެއިން ޔޫރޯ ލިބޭ ކުޅުންތެރިޔަކު "ބަލޮންޑޯރ" ގެ ފެވަރިޓަކަށް ވާނެއެވެ. ނުވަތަ ފެވަރިޓުންގެ ތެރޭގައި ހިމެނޭނެއެވެ.

އިންގްލެންޑަށް މިފަހަރުގެ ޔޫރޯ ލިބިއްޖެނަމަ މި ލިސްޓަށް ރަހީމް ސްޓާލިން އެރުމަކީވެސް އެކަށީގެންވާ ކަމެކެވެ. އޭނާ އަންނަނީ ޔޫރޯގައި މޮޅު ކުޅުމެއް ދައްކަމުން ގޯލް ޖަހަމުންނެވެ. އިނގިރޭސި ލީގު ހުސްވި ސީޒަނުގައި މެންޗެސްޓަރ ސިޓީއަށް ކާމިޔާބުކޮށްދިނުމުގައި ވެސް އަދި ޗެމްޕިއަންސް ލީގުގެ ފައިނަލަށް އެޓީމު ގެންގޮސްދިނުމުގައި ވެސް ރަހީމް ސްޓާލިން ވަނީ އިސް ދައުރެެއް އަދާކޮށްފައެވެ.

"ބަލޮންޑޯރ" ގެ މިފަހަރުގެ ފެވަރިޓުންގެ ތެރޭގައި ދެން ހިމެނޭ މީހަކީ އާޖެންޓީނާގެ ލިއޯ މެސީއެވެ. އޭނާގެ ކުލަބު ކަމަށްވާ ބާސެލޯނާއަށް މެސީ ވަނީ ހުސްވި ސީޒަނުގައި ގިނަ އަދަދެއްގެ ގޯލް ޖަހައިދީފައެވެ. އަދި ކޮޕާ ޑެލްރޭ ވެސް ވަނީ ކާމިޔާބުކޮށްދީފައެވެ. މިހާރު ކުރިއަށްދާ ކޮޕާ އެމެރިކާ މުބާރާތުގައި ވެސް އެންމެ ގިނަ ގޯލް ޖަހާފައިވަނީ މެސީއެވެ. އެހެންވީމާ އާޖެންޓީނާއަށް އެތަށި ލިބިއްޖެނަމަ "ބަލޮންޑޯރ" ހަތް ވަނަ ފަހަރަށް ހޯދުމާ މެސީ ހުންނާނީ ވަރަށް ގާތުގައެވެ.

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2017

ދިވެހި ސިފައިންގެ ގައުމީ ލަވަ އަލްބަމް މިފަހަރު ވަރަށް ތަފާތު، ބަހުރުވައަކުން ލަވައެއް!

19 ނޮވެމްބަރު 2017
ދިވެހި ސިފައިންގެ ގައުމީ ލަވަ އަލްބަމް މިފަހަރު ވަރަށް ތަފާތު، ބަހުރުވައަކުން ލަވައެއް!
18 ނޮވެމްބަރު 2017

ދައްކަންވީ ކެނޑިޑޭޓެއްގެ ވާހަކަތޯ އެވެ؟ ނޫނީ އިންސާފުވެރި އިންތިހާބެއް ހޯދުމުގެ ވާހަކަތޯ އެވެ؟

18 ނޮވެމްބަރު 2017
ދައްކަންވީ ކެނޑިޑޭޓެއްގެ ވާހަކަތޯ އެވެ؟ ނޫނީ އިންސާފުވެރި އިންތިހާބެއް ހޯދުމުގެ ވާހަކަތޯ އެވެ؟
24 އޮކްޓޯބަރު 2017

އިންތިގާލީ ސަރުކާރެއްތަ؟ ނޫނީ ވެރިކަމަށް މަގު ކޮށުންތަ؟

24 އޮކްޓޯބަރު 2017
އިންތިގާލީ ސަރުކާރެއްތަ؟ ނޫނީ ވެރިކަމަށް މަގު ކޮށުންތަ؟
20 ސެޕްޓެމްބަރު 2017

ސެޕްޓެމްބަރު 19-20 ގެ ހާދިސާއަށް މިފަހަރު އެމްޑީޕީ ހަނުހިމޭން ވެފައި!

20 ސެޕްޓެމްބަރު 2017
ސެޕްޓެމްބަރު 19-20 ގެ ހާދިސާއަށް މިފަހަރު އެމްޑީޕީ ހަނުހިމޭން ވެފައި!
02 ސެޕްޓެމްބަރު 2017

ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ގައުމަކަށް މިފަހަރު ކެނެޑާ

02 ސެޕްޓެމްބަރު 2017
ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ގައުމަކަށް މިފަހަރު ކެނެޑާ
30 އޯގަސްޓު 2017

ގާނޫނީ ވަކީލުންގެ "ދުސްތޫރީ ފަސާނާ": ޕެޓިޝަން

30 އޯގަސްޓު 2017
ގާނޫނީ ވަކީލުންގެ "ދުސްތޫރީ ފަސާނާ": ޕެޓިޝަން
21 އެޕްރީލު 2017

ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުން، ކުށެއްތަ؟

21 އެޕްރީލު 2017
ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުން، ކުށެއްތަ؟
19 އެޕްރީލު 2017

ތިޔަތިބީ ޣައިރު ގާނޫނީ އަމުރަކަށް ތަބާވެވިފައި! ދެން ހަދާނީ ކިހިނެއް؟

19 އެޕްރީލު 2017
ތިޔަތިބީ ޣައިރު ގާނޫނީ އަމުރަކަށް ތަބާވެވިފައި! ދެން ހަދާނީ ކިހިނެއް؟
21 މާރިޗު 2017

ގާސިމް ކަރުތާފެނަށް: މިފަހަރު ވާނީ ކިހިނެއް؟

21 މާރިޗު 2017
ގާސިމް ކަރުތާފެނަށް: މިފަހަރު ވާނީ ކިހިނެއް؟
23 ފެބުރުއަރީ 2017

ޗައިނާގެ އެހީ: އެކުވެރިކަން ބާ؟ ނޫނީ އިގްތިސާދީ ގޮތުން އަޅުވެތި ކުރުން ބާ؟

23 ފެބުރުއަރީ 2017
ޗައިނާގެ އެހީ: އެކުވެރިކަން ބާ؟ ނޫނީ އިގްތިސާދީ ގޮތުން އަޅުވެތި ކުރުން ބާ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު