Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންކުއަރީ ރިޕޯޓް

އެމްއެންޑީއެފްގެ އެތެރޭގެ އިންޓެލިޖެންސް ހިއްސާކުރުމުގައި ބޮޑެތި މައްސަލަތަކެއް

ރައީސް މުޙައްމަދު ނަޝީދުގެ ތްރެޓް ލެވެލް"ކްރިޓިކަލް" އަށް މަތި ކުރިކަން އެނގިފައިވަނީ އެ ޓީމުގެ ބައެއް މެންބަރުންނަށް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 8 ޖުލައި 2021 | ބުރާސްފަތި 20:26
ރައީސް ނަޝީދު ގެކޮޅު ކައިރީގައި މެއި 6ވަނަ ދުވަހުގެ ރޭ އެމްއެންޑީއެފުން ހަރަކާތްތެރިވަނީ

ރައީސް ނަޝީދު ގެކޮޅު ކައިރީގައި މެއި 6ވަނަ ދުވަހުގެ ރޭ އެމްއެންޑީއެފުން ހަރަކާތްތެރިވަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކްލޯސް ޕްރޮޓެކްޝަން ޓީމަށް އިންޓެލިޖެންސް މައުލޫމާތު ލިބެމުން ނުދާކަން ރިޕޯޓުގައި ފާހަކަކޮށްފައިވެއެވެ. އަދި ރައީސް ނަޝީދާ ގުޅޭގޮތުން އެމްއެންޑީއެފްގެ ޑީއައިއެސްއިން ތައްޔާރުކުރާ އިންޓެލިޖެންސް ރިޕޯޓުގއި ހިމެނޭ މައުލޫމާތު ރައީސް ނަޝީދުގެ ސެކިއުރިޓީ ޓީމަށް ދިނުމަކީ އެންމެ ފުރަތަމަ ކުރަން ޖެހޭ ކަންކަމެވެ.

އިންކުއަރީއަށް މައުލޫމާތުދެއްވަމުން ރައީސް ނަޝީދުގެ ތްރެޓް އެނަލިސްޓް ވިދާޅުވެފައިވަނީ، އާއްމު މައުލޫމާތެއް ލިބުނު ނަމަވެސް އެސްޕީޖީއާ ހިއްސާކުރާ ކަމަށާއި، އަނގަ ބަހުންވެސް މައުލޫމާތު ހިއްސާކުރަނީ ރިސްކެއް ނަގަން ބޭނުން ނުވާތީ ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ނަޝީދަށް ލިބޭ ޓްރެޓްތަކުގެ މައުލޫމާތު ފުރިހަަމައަށް އެނގިފައި ނުވާތީވެ، ދުވަހުން ދުވަހަށް ހިމާޔަތް ދިނުމުގައި ސަމާލުވާންވީ ކަންތައްތައް އެސްޕީޖީއަށް ދެނެގަނެވިފައި ނުވާކަމަށް ރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ.

ރައީސް މުޙައްމަދު ނަޝީދަށް ތްރެޓް އޮތްކަމަށް އެސް.ޕީ.ޖީގެ ކޮމާންޑަރ ތަކުރާރުކޮށް ޓީމުގާތު ވިދާޅުވެފައިވާކަމަށް މުޅި ޓީމްގެ ވާހަކައިން ދޭހަވާކަމަށާއި، ހަރުކަށި ފިކުރުގެ މީހުންގެ ފަރާތުން ނުރައްކާ އޮތްކަންވެސް ޓީމަށް އެނގެއެވެ. ނަމަވެސް، ރައީސް މުޙައްމަދު ނަޝީދުގެ ތްރެޓް ލެވެލް"ކްރިޓިކަލް" އަށް މަތި ކުރިކަން އެނގިފައިވަނީ އެ ޓީމުގެ ބައެއް މެންބަރުންނަށްކަމާއި، އެ ޓީމުގެ ހުރިހާ މެންބަރުންނަށް އެނގިފައިނުވާކަމަށް އިންކުއަރީ ރިޕޯޓުގައި ވެއެވެ. ރައީސް މުޙައްމަދު ނަޝީދަށް ހަމަލާއެއް ދިނުމުގެ ފުރުޞަތު އެންމެ ބޮޑަށް އޮތް ގޮތްތަކާ ގުޅޭގޮތުން ކްލޯސް ޕްރޮޓެކްޝަން ޓީމުގެ ބައެއް މެންބަރުންނަށް މަޢުލޫމާތު ލިބިފައިނުވާކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.

ރާއްޖޭގައި މީހަކަށް އަމާޒުކޮށް މަރުގެ ހަމަލާއެއް ދިނުމަށް ތިން ގޮތެއް އެމްއެންޑީއެފުން ފާހަގަކޮށްފައިވާ ކަމަށް ރިޕޯޓުގައި ވެއެވެ. އޭގެތެރޭގައި، އެއްޗެއް ގޮއްވާލުމާއި، ވަޅިއެއް ނުވަތަ ތޫނު އެއްޗެއް ބެނުންކޮށްގެން މީހަކަށް ހަމަލާ ދިނުމާއި، ތަނެއް ރޯކޮށްލައިގެން މީހަކަށް ހަމަލާ ދިނުން ހިމެނެއެވެ.

ރައީސް ނަޝީދު ދިރިއުޅުއްވާ ގެކޮޅު ހުންނަ ނީލޯފަރު ހިނގުމުން ސައިކަލު ނަގަން ބޭނުންވީ ސައިކަލް ގޮއްވާލުމުގެ ފުރުސަތު ބޮޑު ކަމުން ކަމަށް އިންކުއަރީއަށް ފާހަގަކުރެވުނު ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ނީލޯފަރު ހިނގުމުން ސައިކަލްތައް ނަގަން ބޭނުންވަނީ، އެ މަގުން ހިނގާ އުޅެން ދަތިވުމުންނާއި، އެސްކޯޓް ކުރަން ބޭނުންވާ ފޯމޭޝަނަށް އުނދަގޫވާތީއާ ރައީސް ނަޝީދުގެ ކާރުކޮޅު އެމަގަށް ނުވެއްދޭތީކަމަށް ރައީސް ނަޝީދުގެ ސެކިއުރިޓީ ޓީމަށް ވިސްނިފައި އޮތް ކަމަށް އިންކުއަރީއަށް ފާހަގަކުރެވިފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

ސައިކަލެއްގައި އެއްޗެއް ހަރުކޮށްގެން ގޮއްވާލުމުގެ ފުރުޞަތު ބޮޑުކަން ކްލޯސްޕްރޮޓެކްޝަން ޓީމަށް ސާފުކޮށް ބުނެދީފައި އޮތްނަމަ، މޭ 6، 2021 ވަނަދުވަހުގެ ހަމަލާގެ ކުރިން، 24 ގަޑިއިރު ވަންދެން، ކޮންމެ ދުވަހަކު ރައީސް މުޙައްމަދު ނަޝީދު ކާރުކޮޅަށް އަރުއްވާ ތަނާ އިންވެގެން، ގަވާއިދާ ޚިލާފަށް ސައިކަލެއް ޕާކް ކޮށްފައި ހުރުމުން، އެފަދަ ކަންތައްތަކަށް އިތުރަށް ސަމާލުވުވުމުގެ ފުރުޞަތު ބޮޑުވެގެން ދާނެ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން ރައީސް މުޙައްމަދު ނަޝީދަށް ޑި.އައި.އެސް އިން ހަދާފައިވާ އެންމެ ފަހުގެ ތްރެޓް އެސެސްމަންޓް ރިޕޯޓުގައި ރައީސް މުޙައްމަދު ނަޝީދަށް ފާރަލުމުގެ އިތުރުން، ރައީސް މުޙައްމަދު ނަޝީދުގެ ސެކިއުރިޓީ އޮންނަގޮތް ދީނީ ހަރުކަށި ފިކުރުގެ ބަޔަކު ބަލަމުންދާކަން އެމަނިކުފާނުގެ ސެކިއުރިޓީ ޓީމަށް އަންގާފައި ނުވާކަމަށާއި މިއި އެ ޓީމަށް އެނގެން ޖެހޭ މައުލޫމާތުތައްކަން އިންކުއަރީއަށް ގަބޫލު ކުރެވޭ ކަމަށް ރިޕޯޓުގައިވެއެވެ.

މާޗް މަހުގެ 12ވަނަ ދުވަހު ހަރުކަށި ފިކުރުގެ ބަޔަކު ރައީސް ނަޝީދަށް ވަރަށް ގާތުން ފާރަލީކަން އެސްޕީޖީގެ މެމްބަރަކަށް ފާހަގަކުރެވި، ފޮޓޯއާއެކު އިސްވެރިންނާ ހިއްސާ ކޮށްފައިވާ ކަމަށް އެ މެމްބަރާ ހަވާލާދީ ރިޕޯޓުގައި ވެއެވެ. އެ މައުލޫމާތުގެ މައްޗަށް އެއްވެސް އެކްޝަނެއް ނަގާފައި ނުވާކަން އިންކުއަރީއަށް ފާހަގަކުރެވުނު ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ރައީސް ނަޝިދުގެ ސެކިއުރިޓީ ފޯރުކޮށްދިނުމުގައި ބޮޑެތި އިހުމާލުތައް ހުރިކަން މި ރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ. އަދި މައުލޫމާތުތައް ފޯރުކޮށްދިނުމުގައި މައްސަލަތައް ހުރިކަން ރިޕޯޓުގައިވެސްވަނީ ފާހަގަކޮށްފައެވެ.

އިތުރަށް ކިޔާލަން

17 މެއި 2017

އައްޑޫއަށް ނަގޫ ރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ

17 މެއި 2017
އައްޑޫއަށް ނަގޫ ރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ
27 އެޕްރީލު 2017

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރުގެ މަޤާމަށް އާ ބޭފުޅަކު އައްޔަންކުރައްވައިފި

27 އެޕްރީލު 2017
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރުގެ މަޤާމަށް އާ ބޭފުޅަކު އައްޔަންކުރައްވައިފި
24 އެޕްރީލު 2017

ބޮޑެތި ޖޫރިމަނާތައް ކުރެވޭ ގޮތަށް އޮތް އިމާރާތްކުރުމުގެ ބިލް ތަސްދީގު ކުރައްވައިފި

24 އެޕްރީލު 2017
 ބޮޑެތި ޖޫރިމަނާތައް ކުރެވޭ ގޮތަށް އޮތް އިމާރާތްކުރުމުގެ ބިލް ތަސްދީގު ކުރައްވައިފި
22 އެޕްރީލު 2017

އިންޓެލިޖެންސް ރިޕޯޓަކީ މީހުން ހައްޔަރު ކުރަން ބޭނުން ކުރާ ބަހަނާއެއް: ރޮޒޭނާ

22 އެޕްރީލު 2017
އިންޓެލިޖެންސް ރިޕޯޓަކީ މީހުން ހައްޔަރު ކުރަން ބޭނުން ކުރާ ބަހަނާއެއް: ރޮޒޭނާ
22 އެޕްރީލު 2017

ލާމަރުކަޒީ ނިޒާމަށް ބޮޑެތި ލޮޅުންވަނީ ގެނެސްފަ: ރައީސް ނަޝީދު

22 އެޕްރީލު 2017
ލާމަރުކަޒީ ނިޒާމަށް ބޮޑެތި ލޮޅުންވަނީ ގެނެސްފަ: ރައީސް ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު