Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޔޫރޯގެ ރީތީގެ ލިސްޓު

ޔޫރޯއިން ފެނުނު ކަމަށް ބުނެވޭ އެންމެ ރީތި ފަސް ކުޅުންތެރިން

ރީތީގެ ލިސްޓުގެ ގަދަ ފަހެއްގައި ހިމެނެނީ ފަސް ގައުމެއްގެ ކުޅުންތެރިން

ރާއްޖެ އެމްވީ | 7 ޖުލައި 2021 | ބުދަ 12:50
ހޮލެންޑުގެ މެމްފިސް ޑިޕާއީގެ ޓެޓޫތަކާއި ސްޕޭނުގެ ޕައު ޓޮރެސް: މި ދެ ކުޅުންތެރިންވެސް ހިމެނެނީ ޔޫރޯގެ ރީތި ޒުވާނުންގެ ލިސްޓުގައި

ހޮލެންޑުގެ މެމްފިސް ޑިޕާއީގެ ޓެޓޫތަކާއި ސްޕޭނުގެ ޕައު ޓޮރެސް: މި ދެ ކުޅުންތެރިންވެސް ހިމެނެނީ ޔޫރޯގެ ރީތި ޒުވާނުންގެ ލިސްޓުގައި

ޔޫރަޕުގެ ގައުމުތަކުގެ ފުޓްބޯޅަ މުބާރާތް މިހާރު އެދަނީ ނިމެމުންނެވެ. މުބާރާތުގައި ކުޅުމަށް ހަމަޖެހިފައިވާ 51 މެޗުގެ ތެރެއިން މިރޭ އެކުޅެނީ 50 ވަނަ މެޗެވެ. ސެމީފައިނަލްގެ ދެވަނަ މެޗެވެ. މިހިސާބަށް މުބާރާތުގެ ކުޅުން ދިޔައިރު މުބާރާތުގައި ވާދަކުރި 24 ގައުމުން އެތައް ސަތޭކަ ކުޅުންތެރިން ވަނީ ފެނިގެން ގޮސްފައެވެ. މިއީ ފިރިހެނުންގެ ފުޓްބޯޅަ މުބާރާތެއްކަމުން މިހުރިހާ ކުޅުންތެރިންގެ ތެރެއިން ބުރުސޫރަ އެންމެ ރިވެތިވެފައި ހިތްގައިމުކަން ބޮޑީ ކޮން ކުޅުންތެރިންތަކެއްތޯ ބަލައި އެކަމާމެދު ވިސްނައި ފިކުރުކޮށް އަންހެން ސަޕޯޓަރުންގެ މެދުގައި ބަހުސްތައްވެސް ހިނގައެވެ. މިގޮތަށް ކުރެވުނު ދިރާސާއަކަށްފަހު މިފަހަރުގެ ޔޫރޯއިން ފެނިގެން ދިޔަ އެންމެ ރީތި އަދި ހިތްގައިމު ފަސްކުޅުންތެރިންގެ ލިސްޓެއް "ދަ ސިޓިޒެން" ވެބްސައިޓުގައި މިހަފުތާގައި ވަނީ ޝާއިއުކޮށްފައެވެ.

ހިތްގައިމު ކުޅުންތެރިންގެ ލިސްޓުގައިވާ ފުރަތަމަ ކުޅުންތެރިޔަކީ ބެލްޖިއަމްގެ ސެންޓްރަލް ޑިފެންޑަރު ޖޭސަން ޑުނޭޔަރ އެވެ. އުމުރުން 25 އަހަރުގެ މި ކުޅުންތެރިޔާގެ ހިނިތުންވުމާއި ބޮލުގެ ދިގު އިސްތަށިގަޑާއި އެ އިސްތަށިގަޑު ގަތާލާފައި ހުންނަގޮތް ވަރަށް ގިނަ ސަޕޯޓަރުންނަށް ކަމުދެއެވެ. ޑުނޭޔަރގެ ބައްޕައަކީ ބެލްޖިއަމްގެ މީހެކެވެ. އޭނާ ބެލްޖިއަމްގެ ރައްޔިތަކަށްވީ އެހެންވެގެންނެވެ. އެކަމަކު ޑުނޭޔަރގެ މަންމަޔަކީ އެފްރިކާގެ ގައުމެއް ކަމަށްވާ ކޮންގޯގެ އަންހެނެކެވެ. މިވަގުތު ޑުނޭޔަރގެ ކުލަބަކީ ފްރާންސްގެ ލިއޯނެވެ. އޭނާގެ ޒާތީ ދިރިއުޅުމުގެ މާގިނަ މައުލޫމާތު ސާފެއް ނޫނެވެ. ލޯބީގެ ހަޔާތް ޑުނޭޔަރ އޮންނަނީ ވަރަށް ބޮޑަށް ސިއްރުކޮށްފައެވެ. މީހަކާ ހިތާވެގެން އުޅޭކަމެއްވެސް ނޫންކަންވެސް އަދި ބައިވެރިޔަކު ހުރިކަން ނުވަތަ ނޫންކަންވެސް ސާފެއް ނޫނެވެ.

މި ލިސްޓުގައި ހިމެނޭ ދެވަނަ ކުޅުންތެރިޔަކީ ރަފޭލް ވަރާނެވެ. ފްރާންސްގެ ޑިފެންޑަރ ރަފޭލް ވަރާނަކީ ދަނޑުމަތީގައި ވަރަށް ކާމިޔާބު ކުޅުންތެރިޔެކެވެ. އޭނާ ނިސްބަތްވަނީ ކެރީބިއަންގެ ޖަޒީރާއެއްކަމަށްވާ މާޓިނިކަށެވެ. ފްރާންސާއެކު އެއްފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވެއެވެ. ރެއާލް މެޑްރިޑާއެކު ހަތަރު ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވެއެވެ. މިހާތަނަށް ޖުމްލަ 18 ޓްރޮފީއެއް ކާމިޔާބުކޮށްފައިވެއެވެ. އަދިވެސް އެކުޅެނީ ރެއާލް މެޑްރިޑަށެވެ. އުމުރުން 28 އަހަރުވީ ވަރާނަކީ ދަނޑު ބޭރުގައި ވެސް ކާމިޔާބު ޒުވާނެކެވެ. މީހަކާ އިދެގެން ދެ ކުދިން އެބަތިއްބެވެ. އޭނާގެ ބުރުސޫރައަށާއި ހުނަރަށް ބަލައިފައި ތޯއްޗެކެވެ. މިހާރުވެސް ހުވަނދު އުފައްދާ ކުންފުންޏެއް ކަމުގައިވާ ހޫގޯ ބޮސްގެ ބްރޭންޑް އެމްބެސެޑަރުކަން ލިބިފައިވެއެވެ. ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގެ ޓީވީގައި ވަރާންގެ އެކިކަހަލަ ވިޔަފާރި އިޝްތިހާރު ދައްކައެވެ.

ލިސްޓުގެ ތިންވަނަ ކުޅުންތެރިޔަކީ ސްޕެއިނުގެ ޑިފެންޑަރު ޕައު ޓޮރެސްއެވެ. އުމުރުން 24 އަހަރުވީ ޓޮރެސްއަކީ މިފަހަރުގެ ޔޫރޯގެ ކުރިން މާގިނަބަޔަކު ދަންނަ ކުޅުންތެރިއެއް ނޫނެވެ. ގައުމީ ޓީމަށް ޓޮރެސް ނަގާފައިވަނީ ކުރިން ޑިފެންސަށް ކުޅެމުން އައި ސާޖިއޯ ރާމޯސްއާއި ގެރާޑް ޕީކޭ ފަދަ މަޝްހޫރު ކުޅުންތެރިން ބާކީކޮށްފައެވެ. ޓޮރެސްގެ ކުލަބަކީ ސްޕެއިނުގެ ވިޔަރެއާލެވެ. އެ ކުލަބާއެކު މިހާތަނަށް ހޯދިފައިވާ އެންމެ ބޮޑު ކާމިޔާބީއަކީ ހުސްވި ސީޒަނުގެ ޔޫރޮޕާ ލީގެވެ. ލޮލުގެ ކުލަ ނޫވެފައި ދިގު އިސްކޮޅެއް ލިބިފައިވުމަކީ ޓޮރެސް ފާހަގަވާ އެއްސިފައެވެ. ބުނެވޭގޮތުން ކުރިއަށް އޮތް ސީޒަނުގައި އޭނާ ފެނުން އެންމެ ގާތީ އިންގްލެންޑުގެ މެންޗެސްޓަރ ޔުނައިޓެޑުންނެވެ. ބުރުސޫރަ ރީތިވިޔަސް އަދި އެއްވެސްކަހަލަ މޮޑެލިންއެއް ޓީވީ އިޝްތިހާރެއް ނުލިބެއެވެ. މިފަހަރުގެ ޔޫރޯއަށްފަހު އެކަން ބަދަލުވެގެންދާނެ ކަމަށް ވަރަށް ބޮޑަށް ހީކުރެވެއެވެ.

ލިސްޓުގެ ހަތަރުވަނަ ލިބެނީ ހޮލެންޑުގެ ފޯވާޑް މެމްފިސް ޑިޕާއީއަށެވެ. އުމުރުން 27 އަަހަރުވީ ޑިޕާއީއަކީ ގައިގެ އެތަންމިތާގައި ޓެޓޫ ކުރަހައިގެން ލިބޭ ކޮންމެ ފުރުސަތެއްގައި އެ ކުރެހުންތައް ދައްކަން ބީޗުތަކަށް ގޮސްއުޅޭ ޒުވާނެކެވެ. ބުރަކަށީގައި ކުރަހާފައި ހުންނަ ސިންގާއެއްގެ މޫނަކީ އަދި ވަކިން ޚާއްސަ ޓެޓޫއެކެވެ. މިއީ ކުޅުމާ އެއްވަރަކަށް ކުރަމުން އަންނަ ކަމެކެވެ. މަޝްހޫރު މޮޑެލުންނާއެކު ދުނިޔޭގެ އެކިތަންތަނަށް ޗުއްޓީ ހޭދަކުރަން ދިޔުމަކީވެސް އޭނާގެ ޝައުގެކެވެ. ޑިޕާއީއާ މެދު ބުނެވެނީ އޭނާގެ އުޅުން ހުރީ ދެކުނު އެމެރިކާގެ ގައުމުތަކުގެ ކުޅުންތެރިންގެ އުޅުމާ އެއްގޮތަށް ކަމުގައެވެ. އުޅުން ކޮންމެ ގޮތަކަށް ހުއްޓަސް ޑިޕާއީއަކީ ދަނޑުމަތީގައްޔާއި ދަނޑުން ބޭރުގައިވެސް ކާމިޔާބު ޒުވާނެކެވެ. އޭނާ ވަނީ މީގެ ކުރިން އިންގްލެންޑުގެ މެންޗެސްޓަރ ޔުނައިޓެޑަށް ވެސް ކުޅެފައެވެ. ކުރިއަށް އޮތް ސީޒަނުން ފެށިގެން އޭނާ ފެންނާނީ ސްޕޭނުގެ ބާސެލޯނާއިންނެވެ. ފުޓްބޯޅަ ކުޅުމާއި ބީޗުތަކަށް ދިއުމާ އެއްވަރަށް ދެން ޑިޕާއީ ކުރާ އަނެއް ކަމަކީ ޖިމަށް ދިއުމެވެ.

މި ލިސްޓުގެ ފަސްވަނަޔަކީ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ދުނިޔޭގެ އެންމެ ހިތްގައިމު މޮޅު ކުޅުންތެރިންގެ ލިސްޓެއް ތައްޔާރުކުރާއިރު އެ ލިސްޓުގައި ރޮނާލްޑޯ ނުހިމެނުމަކީ ވަރަށް ބޮޑު ބޭއިންސާފަކަށް ވެސް ވާނެއެވެ. ފުޓްބޯޅަ ކުޅެގެން އޭނާއަށް ނުލިބޭ ވަނައެއް އިނާމެއް އަދި ޓްރޮފީއެއް ނެތެވެ. ދުނިޔޭގެ ކަންކޮޅުތަކުގައި އޭނާ ފޮލޯކުރާ މީހުންގެ އަދަދު އެތައް ސަތޭކަ މިލިޔަނަކަށް އަރައެވެ. ރޮނާލްޑޯގެ ބަނޑުން ފެންނަ ގޮޅިތައް ފެނިފައިވެސް ތޯއްޗެކެވެ. އިންސްޓަގްރާމުގައި އެކަނިވެސް އޭނާ ފޮލޯކުރާ މީހުންގެ އަދަދު 300 މިލިއަނަށްވުރެ ގިނައެވެ. މިއީ އައު ރިކޯޑެކެވެ. އުމުރުން މިހާރު 36 އަހަރުވީ ރޮނާލްޑޯގެ ހަށިގަޑު ފެންނަނީ އެއަށްވުރެ މާޒުވާންކޮށެވެ. އޭނާ ކައިވެނިކޮށްގެން އުޅެނީ އިޓަލީގެ އަންހެނެއް ކަމުގައިވާ ޖޯޖީނިއާ ރޮޑްރިގޭޒާއެވެ. ހަތަރު ކުދިންވެސް އެބަތިއްބެވެ. ކައިވެނިކޮށްގެން އުޅުނަކަސް ދޭތެރެދޭތެރެއިން ރޮނާލްޑޯގެ ލޯބީގެ ހަޔާތުގެ ބައެއް ސިއްރުތައް ނޫސްތަކުގެ ސުރުޚީތަކަށް އަރަމުންދެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ދެފުށް ފެންނާނެ ކަމަށް ބުނި ގެދޮރުވެރި ކުރުވުމުގެ ޕްރޮގްރާމުގެ އެއްވެސް ފުށެއް ރައްޔިތުންނަކަށް ނުފެނުނު!

ދެފުށް ފެންނާނެ ކަމަށް ބުނި ގެދޮރުވެރި ކުރުވުމުގެ ޕްރޮގްރާމުގެ އެއްވެސް ފުށެއް ރައްޔިތުންނަކަށް ނުފެނުނު!

13 ސެޕްޓެމްބަރު 2017
ސޫޗީގެ ރީތިނަން ރޮހިންޖާ މުސްލިމުންގެ ގެތަކާއިއެކު އަނދައި އަޅިއަށް

ސޫޗީގެ ރީތިނަން ރޮހިންޖާ މުސްލިމުންގެ ގެތަކާއިއެކު އަނދައި އަޅިއަށް

11 ސެޕްޓެމްބަރު 2017
ސުޕްރީމް ކޯޓުގެ ހުކުމް: "ބުނެވޭކަށް ވެސް ނެތް. ނުބުނެވޭކަށް ވެސް ނެތް. ނުބުނެ މިތާ ހުރޭވެކަށްވެސް ނެތް"

ސުޕްރީމް ކޯޓުގެ ހުކުމް: "ބުނެވޭކަށް ވެސް ނެތް. ނުބުނެވޭކަށް ވެސް ނެތް. ނުބުނެ މިތާ ހުރޭވެކަށްވެސް ނެތް"

27 އޯގަސްޓު 2017
ރައީސް ޔާމީނަށް ފައިސާ ލިބިވަޑައިގެންނެވި ފަސް ގޮތް!

ރައީސް ޔާމީނަށް ފައިސާ ލިބިވަޑައިގެންނެވި ފަސް ގޮތް!

16 އޯގަސްޓު 2017
މިވަރު ފެނުނުނަމަ ސަދޫމު ލަދުގަތީސް، ފިރުއައުނު ދަރިވަރުވާންވެސް އައީސް

މިވަރު ފެނުނުނަމަ ސަދޫމު ލަދުގަތީސް، ފިރުއައުނު ދަރިވަރުވާންވެސް އައީސް

19 ޖުލައި 2017

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު