Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވެރިކަމުގެ ނިޒާމް

ރާއްޖޭގައި ބަރުލަމާނީ ނިޒާމަށް ޖާގައެއް ނެތް: ރައީސް މައުމޫން

6 ޖުލައި 2021 | އަންގާރަ 14:42

ރާއްޖޭގެ ހާލަތާ އެންމެ ގުޅޭ، ރާއްޖެއަށް އެންމެ ފައިދާހުރި ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމު

އަމްނާ އިމާދު
އަމްނާ އިމާދު | 6 ޖުލައި 2021 | އަންގާރަ 14:42
އެމްއާރްއެމްގެ ލީޑަރު އަދި ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް

އެމްއާރްއެމްގެ ލީޑަރު އަދި ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް

ދިވެހިރާއްޖޭގައި ބަރުލަމާނީ ނިޒާމަށް ޖާގައެއް ނެތް ކަމަށް އެމްއާރްއެމްގެ ލީޑަރު އަދި ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް އެންމެ އެކަށީގެންވަނީ "ބަރުލަމާނީ ނިޒާމުތޯ ނުވަތަ ރިޔާސީ ނިޒާމުތޯ" ބަހުސް ގަދަވެފައިވާ މިދަނޑިވަޅުގައި މައުމޫން ވިދާޅުވީ ދިވެހިރާއްޖޭގެ ހާލަތާ އެންމެގުޅޭ، ރާއްޖެއަށް އެންމެ ފައިދާހުރި ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމު ކަމަށެވެ. ދިވެހި ރައްޔިތުންގެ ބޮޑު އަޣްލަބިއްޔަތަކުން ނިންމާފައިވަނީ ވެސް ހަމަ ރިޔާސީ ނިޒާމުކަން ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ ބަރުލަމާނީ ނިޒާމަށް ރާއްޖޭގައި ޖާގައެއް ނެތް ކަަމަށާއި، އެކަން ވަރަށް ސާފު ކަމަށެވެ.

Advertisement - newsAdvertisement

ރައީސް މައުމޫނު މިހެން ވިދާޅުވެފައިވާއިރު، ހޯމަ ދުވަހު ރޭ ބޭއްވި "އާސްކް ސްޕީކަރ"ގެ ތިން ވަނަ ޕްރޮގްރާމްގައި، ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމުގައި އޮތް ހުރަހަކީ ކޮބައިތޯ އާއި، ރައީސް ޞާލިޙު އެކަމަށް ދެކޮޅު ހައްދަވާފައިވާތީ، އެކަމާ ގުޅޭގޮތުން އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ ރައީސް ޞާލިޙު އެކަމަށް ފާޅުގައި ދެކޮޅު ހައްދަވާފައި ނުވާކަމަށެވެ. އަދި ރައީސް ޞާލިޙާ އެމަނިކުފާނާ ދެމެދު މާބޮޑު ހަސަދަވެރިކަމެއް އޮތްކަމަށް ބަޔަކު ދެކޭ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށާއި، ހާލަތަށް ބަލާއިރު ރައީސް އެގޮނޑީގައި އިންނަވައި މިކަންކަން ތަހުގީގުކުރުމަކީ ފަސޭހަކަމަކަށް ނުވާނެކަމަށް ވިދާޅުވިއެވެ. އަދި އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި ދެން ރާއްޖޭގައި ރިޔާސީ އިންތިޚާބެއް ނޯންނާނެކަމަށް ވިދާޅުވިއެވެ. އަދި ބަރުލަމާނީ ނިޒާމު ގެނައުމުގައި އުންމީދުކުރަނީ ރައީސް ޢަބްދުﷲ ޔާމީނާއެކު ނިޒާމު ބަދަލުކުރެވޭނެކަމަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގައި ވެރިކަން ހިންގުމަށް އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމުކަމަށް ނަޝީދު އަބަދުވެސް ގަބޫލުކުރައްވާއިރު، މިހާރު އޮތް ރިޔާސީ ނިޒާމު ބަދަލުކުރެއްވުމުގެ މަސައްކަތް ކުރައްވާނީ ރައީސް ޞާލިޙާ މަޝްވާރާކުރެއްވުމަށްފަހު ކަމަށް ރައީސް ނަޝީދު ވަނީ އެކިފަހަރުމަތިން ވިދާޅުވެފައެވެ.

މީގެ އިތުރުން ރާއްޖޭގައި އޮތް ރިޔާސީ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް، ބޮޑުވަޒީރަށް ވެވަޑައިގަންނަވަން ބޭނުންފުޅުވާކަން މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ނަޝީދު ވަނީ ރައީސް ޞާލިޙަށް ދަންނަވާފައެވެ. ނަޝީދު ރައީސް ސާލިހަށް ކުރެއްވި މެސެޖެއްގައި ވިދާޅުވެފައި ވަނީ ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ގާއިމުކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވަން ބޭނުންފުޅުވާ ކަމަށާއި، ސަރުކާރު ހިންގުމުގައި އެއްފަރާތެއްގައި ހުންނަވަން އެމަނިކުފާނު ބޭނުންފުޅު ނުވާކަމަށެވެ. އަދި ބޭނުންފުޅުވަނީ ބޮޑުވަޒީރަށްވެ ގައުމު ހިންގުމުގެ އެންމެ ކުރީ ސަފުގައި ހުންނަވަން ކަމަށް ވަނީ ވިދާޅުވެފައެވެ.

ނަޝީދުގެ މެސެޖުގައި އެމަނިކުފާނު ވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ނުބާއްވައި އެއަހަރު ރާއްޖޭގެ ވެެރިކަން ކުރާ ނިޒާމު ބަރުލަމާނީއަށް ބަދަލުކޮށް، ރައްޔިތުންގެ މަޖިލީހުން ސަރުކާރު އެކުލަވާލުމަށް ވެސް ހުށައަޅުއްވާފައެވެ. އަދި 2024 ވަނަ އަހަރުގެ މަޖިލީސް އިންތިޚާބާ ކުރިމަތިލާއިރު، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަކީ ގާނޫނުގައިވާގޮތަށް މަޖިލީހުން ކަނޑައަޅާ ބޭފުޅަކަށް ހަދަން ބޭނުންފުޅުވާ ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ރައީސް ޞާލިޙު ވިދާޅުވީ ރާއްޖޭގައި ބާއްވާނީ ބަރުލަމާނީތޯ ނުވަތަ ރިޔާސީ ނިޒާމުތޯ ނިންމާނީ ރައްޔިތުންގެ ވޯޓުން ކަމަށެވެ. އަދި އެއީ އެމަނިކުފާނަށް ނިންމެވޭނެ ކަމެއް ނޫން ކަމަށެވެ.

ރައީސް މައުމޫން އަބްދުލް ގައްޔޫމްބަރުލަމާނީ

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

02 ނޮވެމްބަރު 2025

ނޮވެންބަރު 3 ގެ ޝަރަފުގެ ހާއްސަ އައްޑަނަ ރައީސް މައުމޫނަށް އަރުވަނީ

02 ނޮވެމްބަރު 2025
ނޮވެންބަރު 3 ގެ ޝަރަފުގެ ހާއްސަ އައްޑަނަ ރައީސް މައުމޫނަށް އަރުވަނީ
03 ނޮވެމްބަރު 2024

ސިޔާސީ ކަންކަމަށް ވުރެ ޤައުމީ އުސޫލުތަކަށް އަބަދުވެސް އިސްކަން ދޭން ވާނެ - ރައީސް މައުމޫން

03 ނޮވެމްބަރު 2024
ސިޔާސީ ކަންކަމަށް ވުރެ ޤައުމީ އުސޫލުތަކަށް އަބަދުވެސް އިސްކަން ދޭން ވާނެ - ރައީސް މައުމޫން
03 ނޮވެމްބަރު 2024

ކާމިޔާބު ކައިވެންޏަކަށް ރައީސް މައުމޫނުގެ ލަފާ "އެހެން ދިމަދިމާލަށް ނުބަލާ"

03 ނޮވެމްބަރު 2024
ކާމިޔާބު ކައިވެންޏަކަށް ރައީސް މައުމޫނުގެ ލަފާ "އެހެން ދިމަދިމާލަށް ނުބަލާ"
03 ނޮވެމްބަރު 2024

ދިވެހި ރާއްޖެ ދިފާއު ކުރުމަށްޓަކައި އިންޑިއާ ސިފައިން ބޭނުންވާ ވާހަކަ ރަޖީވް ގާނދީ އަށް ދެންނެވިން: ރައީސް މައުމޫނު

03 ނޮވެމްބަރު 2024
ދިވެހި ރާއްޖެ ދިފާއު ކުރުމަށްޓަކައި އިންޑިއާ ސިފައިން ބޭނުންވާ ވާހަކަ ރަޖީވް ގާނދީ އަށް ދެންނެވިން: ރައީސް މައުމޫނު
25 ޑިސެމްބަރު 2023

ރައީސް ޑރ. މުޢިއްޒުއާ، ކުރީގެ ރައީސް މައުމޫން ބައްދަލުކުރައްވައިފި

25 ޑިސެމްބަރު 2023
ރައީސް ޑރ. މުޢިއްޒުއާ، ކުރީގެ ރައީސް މައުމޫން ބައްދަލުކުރައްވައިފި
11 ނޮވެމްބަރު 2023

ދިގު 30 އަހަރު ދިވެހި ޤައުމާއި ރައްޔިތުންނަށް އިޤްތިޞާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ތަފާތު ކުރިއެރުންތަކާއި ތަރައްޤީ ޙާސިލުކުރެވުނު: ރައީސް މައުމޫން

11 ނޮވެމްބަރު 2023
ދިގު 30 އަހަރު ދިވެހި ޤައުމާއި ރައްޔިތުންނަށް އިޤްތިޞާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ތަފާތު ކުރިއެރުންތަކާއި ތަރައްޤީ ޙާސިލުކުރެވުނު: ރައީސް މައުމޫން
03 ނޮވެމްބަރު 2023

ނޮވެމްބަރު 3ގެ އުދުވާނީ ހަމަލާއަކީ ދިވެހިރާއްޖޭގެ ތާރީހުގަައި ވެސް ކުރިމަތިވި އެންމެ ބިރުވެރި ދުވަސް - ކުރީގެ ރައީސް މައުމޫން

03 ނޮވެމްބަރު 2023
ނޮވެމްބަރު 3ގެ އުދުވާނީ ހަމަލާއަކީ ދިވެހިރާއްޖޭގެ ތާރީހުގަައި ވެސް ކުރިމަތިވި އެންމެ ބިރުވެރި ދުވަސް - ކުރީގެ ރައީސް މައުމޫން
29 އޮކްޓޯބަރު 2023

އަރަބި ޤައުމުތަކުން ފަލަސްޠީނަށް އެހީނުވާތީ ކުރީގެ ރައީސް މަޢުމޫން ކަންބޮޑުވުން ފާޅުކުރައްވައިފި

29 އޮކްޓޯބަރު 2023
އަރަބި ޤައުމުތަކުން ފަލަސްޠީނަށް އެހީނުވާތީ ކުރީގެ ރައީސް މަޢުމޫން ކަންބޮޑުވުން ފާޅުކުރައްވައިފި
04 އޮކްޓޯބަރު 2023

އެމްޑީޕީން ބަރުލަމާނީއަށް ނޫނެކޭ ބުނުމުން، މުއިއްޒުއަށް ފުރުސަތު ދެއްވުމަށްކަމަށް ވިދާޅުވެ ނަޝީދު ނިޒާމީ މަސައްކަތްޕުޅާ ދުރަށް

04 އޮކްޓޯބަރު 2023
އެމްޑީޕީން ބަރުލަމާނީއަށް ނޫނެކޭ ބުނުމުން، މުއިއްޒުއަށް ފުރުސަތު ދެއްވުމަށްކަމަށް ވިދާޅުވެ ނަޝީދު ނިޒާމީ މަސައްކަތްޕުޅާ ދުރަށް
03 އޮކްޓޯބަރު 2023

ރާއްޖެއަށް އެންމެ ރަނގަޅު ނިޒާމަކީ ރިޔާސީ ނިޒާމު، އަޅުގަނޑުގެ ތާއީދު އޮތީވެސް ރިޔާސީ ނިޒާމަށް: ރައީސް ޞާލިހު

03 އޮކްޓޯބަރު 2023
ރާއްޖެއަށް އެންމެ ރަނގަޅު ނިޒާމަކީ ރިޔާސީ ނިޒާމު، އަޅުގަނޑުގެ ތާއީދު އޮތީވެސް ރިޔާސީ ނިޒާމަށް: ރައީސް ޞާލިހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް