Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެއްގަމު ދަތުރުފަތުރުގެ ގާނޫނު

އުޅަނދުތަކުގެ ރަޖިސްޓްރީގެ ކަންކަން ކައުންސިލްތަކަށް ބަދަލުކުރެވޭގޮތަށް ގާނޫނަށް ހުށަހެޅި އިސްލާހު ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވައިފި

ކައުންސިލްތަކުން ޚިދުމަތް ފޯރުކޮށްދިނުމުގެ ނަމުގައި މާއްދާއެއް އިތުރު ކުރަން ވަނީ ހުށަހަޅާފައި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 6 ޖުލައި 2021 | އަންގާރަ 09:38
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

އެއްގަމު އުޅަނދުތަކުގެ ރަޖިސްޓްރީގެ ކަންކަން ކައުންސިލްތަކަށް ބަދަލުކުރެވޭ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ހުށަހެޅި އިސްލާހު ދިރާސާ ކުރުމަށް ލާމަރުކަޒީ ކޮމިޓީއަށް ފޮނުވައިފިއެވެ.

ބިލުގެ ބަހުސް ނިމި މަޖިލީހަށް ބިލު ބަލައިގަތުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 48 މެމްބަރުންގެ އިއްތިފާގުންނެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ، ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދެެވެ. ނިހާދު އިސްލާހު ހުށަހަޅުއްވާފައިވަނީ އެ ގާނޫނުގެ 49 ވަނަ މާއްދާއަށެވެ. އެގޮތުން 49 ވަނަ މާއްދާގެ ފަހަތަށް ކައުންސިލްތަކުން ޚިދުމަތް ފޯރުކޮށްދިނުމުގެ ނަމުގައި މާއްދާއެއް އިތުރު ކުރަން ވަނީ ހުށަހަޅާފައެވެ. އިތުރުކުރާ މި މާއްދާގައި ބުނެފައިވަނީ، މިނިސްޓްރީން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކުގެ ތެރެއިން، މިނިސްޓްރީން ކަނޑައަޅާ ޚިދުމަތްތައް، ރަށު ފެންވަރުގައި ނުވަތަ ސިޓީ ފެންވަރުގައި ފޯރުކޮށްދޭނީ، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އެ ރަށެއް ނުވަތަ ސިޓީއެއް ނިސްބަތްވާ ކައުންސިލަކުން ކަމަށެވެ.

މި ބިލަށް ބަހުސް ކުރައްވަމުން މެންބަރުން ވިދާޅުވެފައިވަނީ، އަތޮޅުތެރޭގެ ރަށްރަށުގައި ދިރި އުޅޭ ރައްޔިތުންނަށް މިކަމުން ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. ރަށްރަށަށް ގެންނަ އުޅަނދުފަހަރުގެ ރަޖިސްޓްރީގެ ކަންކަން މިނިސްޓްރީން ކުރަމުން އަންނާތީ، ރައްޔިތުންނަށް ތަކުލީފުތަކެއް ލިބިގެންދާ ކަަމަށެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު ކައުންސިލްތަކަށް ލިބިދިން ބާރުތައް އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކުރުމަށް މިފަދަ އިސްލާހުތައް މުހިއްމުކަން މެންބަރުން ފާހަގަ ކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލިސްޓްރާންސްޕޯޓް މިނިސްޓްރީ

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

07 ޑިސެމްބަރު 2025
2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން
06 ޑިސެމްބަރު 2025

ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

06 ޑިސެމްބަރު 2025
ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!
27 ނޮވެމްބަރު 2025

އެހެނިހެން ޤާނޫނާއި ޚިލާފުވެގެން، ލައިސަންސް ބާތިލްކުރުމަކީ ކަންބޮޑުވުމެއް : ނާޒިލް

27 ނޮވެމްބަރު 2025
އެހެނިހެން ޤާނޫނާއި ޚިލާފުވެގެން، ލައިސަންސް ބާތިލްކުރުމަކީ ކަންބޮޑުވުމެއް : ނާޒިލް
07 ނޮވެމްބަރު 2025

ކޮޅުވެއްޓި އާ ބާޖުތައް އޮޕަރޭޓް ކުރަނީ އެކަމަށް ބޭނުންވާ ސެޓްފިކެޓްތައް ނެތް ކެޕްޓަނުން: ޓްރާންސްޕޯޓް މިނިސްޓްރީ

07 ނޮވެމްބަރު 2025
ކޮޅުވެއްޓި އާ ބާޖުތައް އޮޕަރޭޓް ކުރަނީ އެކަމަށް ބޭނުންވާ ސެޓްފިކެޓްތައް ނެތް ކެޕްޓަނުން: ޓްރާންސްޕޯޓް މިނިސްޓްރީ
28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

"އެސްޑީއެފްސީ އިން ޓެކްސީ ޑްރައިވަރުންނަށް ލޯނު ދިނީ ޤާނޫނާއި ޚިލާފަށް ކަމަށް ބުނެ އަމީން ހަދަނީ ދޮގު. އުޅުއްވަނީ ޒިންމާ އިން ރެކެން"

27 އޮކްޓޯބަރު 2025
"އެސްޑީއެފްސީ އިން ޓެކްސީ ޑްރައިވަރުންނަށް ލޯނު ދިނީ ޤާނޫނާއި ޚިލާފަށް ކަމަށް ބުނެ އަމީން ހަދަނީ ދޮގު. އުޅުއްވަނީ ޒިންމާ އިން ރެކެން"
27 އޮކްޓޯބަރު 2025

މިނިސްޓަރ އަމީން ވިދާޅުވީ މުއިއްޒުގެ މޭޔަރު ކަމުގައި މާލެއަށް ވެހިކަލްތައް ރަޖިސްޓްރީ ކުރީ ގާނޫނަކަށް ބެލުމެއް ނެތިކަމަށް

27 އޮކްޓޯބަރު 2025
މިނިސްޓަރ އަމީން ވިދާޅުވީ މުއިއްޒުގެ މޭޔަރު ކަމުގައި މާލެއަށް ވެހިކަލްތައް ރަޖިސްޓްރީ ކުރީ ގާނޫނަކަށް ބެލުމެއް ނެތިކަމަށް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު