Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޑެލްޓާ ވޭރިއަންޓް

ޑެލްޓާ ވޭރިއަންޓަށް ވެކްސިންތަކުން ކުރާ އަސަރު 8 ގުނަ ދަށް - ދިރާސާ

ވެކްސިންތަކުން ޑެލްޓާ ވޭރިއަންޓަށް ކުރާ އަސަރު ދަށް

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 5 ޖުލައި 2021 | ހޯމަ 19:19
ކޮވިޑް-19ގެ ވެކްސިން ޖަހަނީ

ކޮވިޑް-19ގެ ވެކްސިން ޖަހަނީ

ކޮވިޑް-19ގެ އައު ވޭރިއަންޓް ކަމަށްވާ ޑެލްޓާ ވޭރިއަންޓަށް، ވެކްސިންތަކުން ކުރާ އަސަރު 8 ގުނަ ދަށްކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

އިންޑިއާގެ ސައިންސްވެރިންނާއި ކެމްބްރިޖް އިންސްޓިޓިއުޓް އޮފް ތެރަޕިއުޓިކް އިމިއުނޮލޮޖީ އެންޑް އިންފެކްޝަސް ޑިޒީސްގެ ސައިންސްވެރިން ގުޅިގެން ވަނީ ކޮވިޑް-19ށް އުފައްދާފައިވާ ވެކްސިންތައް ޑެލްޓާ ވޭރިއަންޓާ ދެކޮޅަށް މަސައްކަތްކުރާ މިންވަރު ދެނެގަތުމަށްޓަކައި ޚާއްސަ ދިރާސާއެއް ކުރިއަށް ގެންގޮސްފައެވެ. މިދިރާސާގައި އިންޑިއާގެ ތިން ސެންޓަރެއްގައި މަސައްކަތްކުރާ 100ށް ވުރެ ގިނަ ސިއްހީ ޚިދުމަތްތެރިން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ދިއްލީގެ ސަރ ގަންގާ ރާމް ހޮސްޕިޓަލްގެ ސިއްހީ ޚިދުމަތްތެރިންވެސް ހިމެނެއެވެ.

އިންޑިއާ އިން އެންމެ ފުރަތަމަ ފެނުނު ޑެލްޓާ ވޭރިއަންޓަކީ ކޮވިޑްގެ އެހެން ވޭރިއަންޓްތަކަށްވުރެ އަވަހަށް ފެތުރޭ ވޭރިއަންޓެއް ކަމަށާއި ވެކްސިންތަކުން ޑެލްޓާ ވޭރިއަންޓަށް ކުރާ އަސަރު ދަށްކަމަށް ދިރާސާއިން ދައްކާ ކަމަށް ސައިންސްވެރިން ބުނެއެވެ. އިންޑިއާގައި ޑެލްޓާ ވޭރިއަންޓްގެ ކޭސްތައް ގިނަވެގެން ދިއުމުގެ ފަހަތުގައި ވަނީ، ކުރިން ބައްޔަށް ޕޮޒިޓިވްވި ނަމަވެސް އަދި ވެކްސިން ޖެހި ނަމަވެސް، އެއިން ޑެލްޓާ ވޭރިއަންޓާ ދެކޮޅަށް ކުރާ އަސަރު ދަށްވުން ކަމަށް ދިރާސާގެ ނަތީޖާ ދައްކައެވެ. އަދި ދިރާސާގެ ނަތީޖާ ދައްކާގޮތުން، ޑެލްޓާ ވޭރިއަންޓަކީ އިނގިރޭސި ވިލާތުން ފެނުނު ކޮވިޑް ވޭރިއަންޓަށްވުރެ ފަސޭހައިން ފެތުރޭ ވޭރިއަންޓެކެވެ.

ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށް ކޮވިޑް-19 ޖެހި ހާލު ސީރިއަސް ވަނީ މަދު ފަހަރަކު ކަމަށާއި، ނަމަވެސް އިންޑިއާގެ ހޮސްޕިޓަލްތަކުން ރިޕޯޓްކުރާ ޑެލްޓާ ވޭރިއަންޓްގެ ކޭސްތަކުގެ ތެރޭގައި ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައި ތިބި މީހުން ހިމެނޭ ކަމަށާއި، ވެކްސިން ޖެހިނަމަވެސް ބައްޔާ ދެކޮޅަށް އަޅާ ފިޔަވަޅުތައް ރަނގަޅަށް އެޅުން މުހިންމު ކަމަށް ސައިންސްވެރިން ފާހަގަކުރެއެވެ. ނަމަވެސް ގިނަ އަދަދެއްގެ ބަޔަކު ވެކްސިން ޖަހައިފި ނަމަ ޑެލްޓާ ވޭރިއަންޓް ފެތުރުން ކޮންޓްރޯލް ކުރެވޭނެ ކަމަށާއި ވޭރިއަންޓުން ކުރާ އަސަރުވެސް ދަށް ކުރެވޭނެ ކަމަށްވެސް ސައިންސްވެރިން ވަނީ ބުނެފައެވެ. އެގޮތުން ވެކްސިންގެ ޑޯޒްތައް ފުރިހަމަކުރުމުން، ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭން ނުޖެހޭނެ ކަމަށާއި ހާލު ސީރިއަސްވުމުގެ ފުރުސަތު ކުޑަކަން ވަނީ ފާހަގަކޮށްފައެވެ.

އިންޑިއާއިން ފެނުނު ޑެލްޓާ ވޭރިއަންޓް މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިގެން ގޮސްފައިވާއިރު، މިވޭރިއަންޓުގެ ނުރައްކާ ބޮޑުކަމަށް މާހިރުން އަންނަނީ ބުނަމުންނެވެ.

ޑެލްޓާ ވޭރިއަންޓްކޮވިޑް-19

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

24 ފެބުރުއަރީ
ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!
20242 އަހަރު ކުރިން
ރާއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ
20224 އަހަރު ކުރިން
ރިޕޯޓު

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!
20197 އަހަރު ކުރިން
ރިޕޯޓު

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު