Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޢަދާލަތު ޕާޓީން ބޭއްވި ޖަލްސާ

ޕާޓީގެ އަސާސްތަކާ ޚިލާފު ނުވެ ސަރުކާރާ އެކު މަސައްކަތްކުރާނެ ގާބިލްކަން އެބަހުރި- ޢިމްރާން

5 ޖުލައި 2021 | ހޯމަ 17:59

އެންމެން ގުޅިގެން ނޫނީ ރާއްޖޭގެ ރައްޔިތުންނަށް ކުރިއެރުމެއް ނެތް

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު | 5 ޖުލައި 2021 | ހޯމަ 17:59
ޢިމްރާން ޢަބްދުﷲ

ޢިމްރާން ޢަބްދުﷲ

އަދުލު އިންސާފުގެ މައްޗަށް ގާއިމްވެފައިވާ ޢަދާލަތު ޕާޓީގެ އަސާސްތަކާ ހިލާފު ނުވެ ސަރުކާރު ހިންގާ ކޯލިޝަންގެ ބައިވެރިއެއްގެ ހައިސިއްޔަތުން ސަރުކާރާއި އެކު ގުޅިގެން މަސައްކަތްކުރުމުގެ ގާބިލްކަން، ޢަދާލަތު ޕާޓީގައި އެބަހުރި ކަމަށް އެޕާޓީގެ ލީޑަރ އަދި ހޯމް މިނިސްޓަރ ޝައިޚް ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ޢަދާލަތު ޕާޓީއަށް 10،000 މެމްބަރުން ހަމަކުރުމުގެ ރަސްމީ މަސައްކަތް ފެށުމަށް ހޯމަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ޢިމްރާން ވިދާޅުވީ، ރަނގަޅު ސަރުކާރެއް އުފެދިގެން އަންނާނީ ކޯލިޝަނެއްގެ ތެރެއިން ކަމަށެވެ. އެކަން ގަބޫލުކުރަން ޖެހޭ ކަމަށާއި، ފާއިތުވި ތިން އިންތިޚާބުން ވެސް ފެނުނު މަންޒަރަކީ އެއީ ކަމަށެވެ. އަދި ރާއްޖޭގައި މިހާރު އެންމެ މުހިންމު ކަމަކީވެސް ކޯލިޝަނަކަށް އެކި ވިސްނުމުގެ ޕާޓީތައް ގުޅިގެން މަސައްކަތް ކުރުން ކަމަށެވެ.

Advertisement - newsAdvertisement

ޢިމްރާން ވިދާޅުވީ ކޯލިޝަންއަކާ އެއްކޮށް މަސައްކަތްކުރާއިރު ވިސްނަން ޖެހޭ ގިނަ ކަންތައްތަކެއް ހުންނާނެ ކަމަށެވެ. އެގޮތުން ކޯލިޝަންގެ އެހެން ބައިވެރިންނަށް ދޭން ޖެހޭ ދޫތަކާއި، ހިފަހައްޓަން ޖެހޭ ކަންތައްތަކެއް ވެސް ހުންނާނެ ކަމަށެވެ. މިގޮތުގެ މަތިން ދޭން ޖެހޭ އެއްބާރުލުން ދީގެން ސިޔާސީ ޕާޓީތަކުން ގުޅިގެން މަސައްކަތްކޮށް ރާއްޖޭގެ ހުރިހާ ރައްޔިތުންނާއި މުޅި ގައުމުގެ މަސްލަހަތު ހިމާޔަތްކުރެވޭ ގޮތަށް މަސައްކަތް ކޮށްގެން ނޫނީ ރާއްޖެ އަށް ފާގަތި މުސްތަގުބަލެއް ނެތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޢިމްރާން ވިދާޅުވީ އެގޮތަށް މަސައްކަތްކުރި ނަމަވެސް ކޮންމެ ޕާޓީއަކުން ވެސް އެ ޕާޓީއެއްގެ އަސާސްތަކުގައި ހިފަހައްޓަން ޖެހޭނެ ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ސިޔާސީ ލީޑަރުން ވެސް ކުރަންވީ ކަމަކީ އެގޮތަށް އެންމެން އެކީ ގުޅިގެން ގައުމުގެ މުސްތަގުބަލަށްޓަކައި މަސައްކަތްކުރުމުގެ ރޫހުގައި ހުރިހާ ރައްޔިތުންނަށް ފައިދާ ހޯދައިދިނުން ކަމަށެވެ. އަދި އެ ނޫން ގޮތަކަށް ރާއްޖޭގެ ރައްޔިތުންނަށް މިނިވަންކަމާއި ރައްކާތެރިކަން ނުލިބޭނެ ކަމަށެވެ.

މިނިސްޓަރ ޢިމްރާން ވިދާޅުވީ ވިދާޅުވީ 2012 ވަނަ އަހަރު އަލަށް ޕާޓީއާ ހަވާލުވެވަޑައިގެންނެވި އިރު ޕާޓީގެ މެމްބަރުންގެ އަދަދު ވަރަށް ދަށް ކަމަށެވެ. ނަމަވެސް ކުޑަ ދުވަސްކޮޅެއްގެ މަސައްކަތުން އޭރު ވެސް ޕާޓީގެ މެމްބަރުން ހަމަކުރީ ކަމަށާއި، އޭގެ ފަހުން ރާވައިގެން ބަޔަކު ކުރި ކަމެއްގައި 2015ވަނަ އަހަރު ޕާޓީގެ މެމްބަރުން މަދުކުރި ނަމަވެސް އަނެއްކާ ވެސް ޕާޓީ ކޮޅަށް ތެދުވި ކަމަށެވެ.

އަދާލަތު ޕާޓީހޯމް މިނިސްޓަރު، އިމްރާން އަބްދުﷲ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

24 ސެޕްޓެމްބަރު 2025

ސަރުކާރު އިސްލާހުނުކޮށްފިނަމަ 2028 ގެ އިންތިޚާބު ނޯންނާނެކަމުގެ ބިރު އެބައޮތް: ޝެއިޚް އިމްރާން

24 ސެޕްޓެމްބަރު 2025
ސަރުކާރު އިސްލާހުނުކޮށްފިނަމަ 2028 ގެ އިންތިޚާބު ނޯންނާނެކަމުގެ ބިރު އެބައޮތް: ޝެއިޚް އިމްރާން
17 ސެޕްޓެމްބަރު 2025

މިނިވަން މީޑިއާ ނެތިކޮށްލާ ބިލު ތަސްދީގު ނުކުރުމަށް އަދާލަތު ޕާޓީން ގޮވާލައިފި

17 ސެޕްޓެމްބަރު 2025
މިނިވަން މީޑިއާ ނެތިކޮށްލާ ބިލު ތަސްދީގު ނުކުރުމަށް އަދާލަތު ޕާޓީން ގޮވާލައިފި
10 އޮކްޓޯބަރު 2023

މުޅި އުންމަތް އެއްބައިވެ އެކަތިގަނޑަކަށްވާންވީ ވަގުތު މިއޮތީ ޖެހިފަ - އިމްރާން

10 އޮކްޓޯބަރު 2023
މުޅި އުންމަތް އެއްބައިވެ އެކަތިގަނޑަކަށްވާންވީ ވަގުތު މިއޮތީ ޖެހިފަ - އިމްރާން
06 އޮކްޓޯބަރު 2023

އިމްރާން ތުރުކީއަށް ވަޑައިގަންނަވަނީ

06 އޮކްޓޯބަރު 2023
އިމްރާން ތުރުކީއަށް ވަޑައިގަންނަވަނީ
17 ސެޕްޓެމްބަރު 2023

އިދިކޮޅު ފަރާތްތަކުން ވަނީ ވެރިކަން ލިބިއްޖެނަމަ ފުރަތަމަ މަސް ތެރޭގައި ވެސް ޖަލަށް ލާނެ މީހުންގެ ލިސްޓެއް ހަދާފައި - އިމްރާން

17 ސެޕްޓެމްބަރު 2023
އިދިކޮޅު ފަރާތްތަކުން ވަނީ ވެރިކަން ލިބިއްޖެނަމަ ފުރަތަމަ މަސް ތެރޭގައި ވެސް ޖަލަށް ލާނެ މީހުންގެ ލިސްޓެއް ހަދާފައި - އިމްރާން
13 ސެޕްޓެމްބަރު 2023

ކޯލިޝަން މަޝްވަރާއަށް ރައީސް، ގާސިމް އަރިހަށް

13 ސެޕްޓެމްބަރު 2023
ކޯލިޝަން މަޝްވަރާއަށް ރައީސް، ގާސިމް އަރިހަށް
01 ސެޕްޓެމްބަރު 2023

ރައީސް ޞާލިހަކީ ރާއްޖޭގައި ހުރި ސިޔާސީ ތަޖުރިބާ އެންމެ ވަރުގަދަ ބެފުޅާ - އިމްރާން

01 ސެޕްޓެމްބަރު 2023
ރައީސް ޞާލިހަކީ ރާއްޖޭގައި ހުރި ސިޔާސީ ތަޖުރިބާ އެންމެ ވަރުގަދަ ބެފުޅާ - އިމްރާން
31 އޯގަސްޓު 2023

ރާއްޖެ ތަރައްގީކުރެވޭނީ ތަބީއީ ގޮތުން ރާއްޖެ އުފެދިފައިވާގޮތާ އެއްގޮތަށް ތަރައްގީކުރަން އެނގޭ ވެރިއަކަށް: އިމްރާން

31 އޯގަސްޓު 2023
ރާއްޖެ ތަރައްގީކުރެވޭނީ ތަބީއީ ގޮތުން ރާއްޖެ އުފެދިފައިވާގޮތާ އެއްގޮތަށް ތަރައްގީކުރަން އެނގޭ ވެރިއަކަށް: އިމްރާން
12 އޯގަސްޓު 2023

ދާންދުއަށާއި ދާންދޫ ކައުންސިލުގެ ރައީސަށް އިމްރާންގެ ތައުރީފު

12 އޯގަސްޓު 2023
ދާންދުއަށާއި ދާންދޫ ކައުންސިލުގެ ރައީސަށް އިމްރާންގެ ތައުރީފު
11 އޯގަސްޓު 2023

ރައީސް ވަޑައިގަންނަވާއިރު ހުރަސްއަޅާ ފަރާތްތައް ދުރަށް ޖައްސަނީ ދައުލަތެއްގެ ހަމަ ހިފަހައްޓަން : ހޯމް މިނިސްޓަރ އިމްރާން

11 އޯގަސްޓު 2023
ރައީސް ވަޑައިގަންނަވާއިރު ހުރަސްއަޅާ ފަރާތްތައް ދުރަށް ޖައްސަނީ ދައުލަތެއްގެ ހަމަ ހިފަހައްޓަން : ހޯމް މިނިސްޓަރ އިމްރާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް