Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޑެލްޓާ ވޭރިއަންޓް

ޑެލްޓާ ވޭރިއަންޓް- މާހައުލަށް ހޭނި، ހަލުވި ކަމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކަށް

މިހާތަނަށް 98 ގައުމަކުން މި ވޭރިއަންޓް ފެނިފައިވޭ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 4 ޖުލައި 2021 | އާދީއްތަ 13:51
ޑެލްޓާ ވޭރިއަންޓަކީ ޔޫކޭއިން ފެނުނު އަލްފާ ވޭރިއަންޓަށްވުރެ 40 އާއި 60 އިންސައްތަ ނުރައްކާތެރި ވޭރިއަންޓެއް

ޑެލްޓާ ވޭރިއަންޓަކީ ޔޫކޭއިން ފެނުނު އަލްފާ ވޭރިއަންޓަށްވުރެ 40 އާއި 60 އިންސައްތަ ނުރައްކާތެރި ވޭރިއަންޓެއް

ފާއިތުވި އޭޕްރީލްމަހު އިންޑިއާއިން ފެނިފައިވާ ކޮވިޑް ވޭރިއަންޓް ކަމުގައިވާ ޑެލްޓާ ވޭރިއަންޓަކީ މިހާތަނަށް ފެނުނު އެންމެ ނުރައްކާ ބޮޑު ވޭރިއަންޓްކަމަށް ތަޖުރިބާކާރުން ވަނީ ބުނެފައެވެ. މި ވޭރިއަންޓު އެންމެ ބާރު ގަދަ ވޭރިއަންޓަށް ވަމުން އަންނަކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)ގެ ޗީފް ސައިންޓިސްޓް ސޯމްޔާ ސްވެމިންތަން ވެސް ވަނީ ވިދާޅުވެފައެވެ.

ޑެލްޓާ ވޭރިއަންޓް ދުނިޔޭގައި ބާރުގަދަ ކުރަމުން އަންނަނީ ފެތުރޭ މިންވަރު އެހެން ވޭރިއަންޓްތަކަށްވުރެ ހަލުވުވިވީމައެވެ. ޑެލްޓާ ވޭރިއަންޓް ބާރުގަދަ ކުރަމުން އަންނައިރު އިންޑިޔާގެ ހާލަތު އެންމެ ބޮޑަށް ގޯސްވެގެންދިޔައީ ޑެލްޓާ ވޭރިއަންޓްގެ ސަބަބުންނެވެ. އޭގެފަހުން އިނގިރޭސިވިލާތުގެ ހާލަތު ގޯސްވަމުން އަންނަނީވެސް އެވޭރިއަންޓްގެ ސަބަބުންކަމަށް އެގައުމުން ވަނީ ބުނެފައެވެ.

މި ވޭރިއަންޓާ ގުޅިގެން ޑަބްލިއުއެޗްއޯގެ ވެރިޔާ ޓެޑްރޯސް އަދަނޯމް ގެބްރިއާސިސް ވިދާޅުވީ ޑެލްޓާ ވޭރިއަންޓުގެ ނުރައްކާ ބޮޑުވަމުން އަންނަ ކަމަށާ މި ވޭރިއަންޓު އަންނަނީ މިއުޓޭޓްވަމުން ބަދަލުވަމުން ކަމަށެވެ. މިހާތަނަށް 98 ގައުމަކުން މި ވޭރިއަންޓް ފެނިފައިވާ ކަމަށް ވިދާޅުވަމުން ޓެޑްރޯސް ވިދާޅުވީ ވޭރިއަންޓުގެ އަސަރު ދުނިޔޭގެ ހުރިހާ ހިސާބަކަށް ވެސް ކުރަމުންދާ ކަމަށެވެ.

ޑެލްޓާ ވެރިއަންޓާ ގުޅިގެން ޑަބްލިއުއެޗްއޯގެ ޓެކްނިކަލް ލީޑަރ ފޯރ ކޮވިޑް-19 ރެސްޕޯންސް ޑޮކްޓަރ މާރިއާ ވޭން ވިދާޅުވީ އެންމެ ފުރަތަމަ ވައިރަސް ފެނުނު ހިސާބުން ފެށިގެން ވެސް ވައިރަސް އަންނަނީ ބަދަލުވަމުން އިތުރަށް ބާރުގަދަވެ، ނުރައްކާތެރި ވައިރަހަކަށް ބަދަލުވަމުން ކަމަށެވެ. މިހާރުވެސް ވައިރަހުގެ ވޭރިއަންޓްތަކެއް ކަމަށްވާ އަލްފާ ވޭރިއަންޓް، ބީޓާ، ގާމާ އަދި ޑެލްޓާ ވޭރިއަންޓް ޓްރެކް ކުރަމުން ދިރާސާ ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވައިރަހެއް މިއުޓޭޓްވެ އިވޯލްވް ވުމާއެކު އެ މާހައުލަކަށް ހޭނުމަކީ ކޮންމެ ވައިރަހެއްވެސް ކުރާ ކަމެއް ކަމަށެވެ.

ޓެޑްރޯސް ވިދާޅުވީ މި ވޭރިއަންޓާ ދެކޮޅަށް މަސައްކަތް ކުރުމުގައި އެޅިދާނެ އޮތީ މައިގަނޑު ދެފިޔަވަޅެއް ކަމަށެވެ. އެންމެ ފުރަތަމަ ކަމަކީ ގައުމުތަކުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމާއެކު މިހާރުވެސް ބައެއް ގައުމުތަކުގައި އަޅާފައިވާ ފިޔަވަޅުތައް ދެމެހެއްޓުން ކަމަށެވެ. އަދި ދެވަނަ ކަމަކީ އެއްގައުމުން އަނެއް ގައުމަށް އޮކްސިޖަނާ އަދި އެނޫނަސް ބަލިން ދިފާއުވުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުން ކަމަށެވެ. ޓެޑްރޯސް ވިދާޅުވީ ގައުމުތަކުގެ ލީޑަރުންނާ މިކަމާ ގުޅިގެން މަޝްވަރާ ކުރައްވާފައިވާ ކަމަށާއި 2022 ވަނަ އަހަރުގެ މިހާތަނަށް ހުރިހާ ގައުމެއްގެވެސް އާބާދީގެ 70 އިންސައްތައަށް ވެކްސިން ދީ ނިންމުމަށް ބާރުއަޅުއްވާ ވާހަކަދެއްކެވި ކަމަށެވެ.

ޑަބްލިއުއެޗްއޯއިން ވަނީ ހުރިހާ ގައުމެއްގެ ވެސް އާބާދީގެ 10 އިންސައްތައަށް ވެކްސިން ދިނުމަށް ގޮވާލާފައެވެ. ޔޫރަޕްގެ ސައިންސްވެރިން ބުނާ ގޮތުން އިންޑިއާއިން ފެނުނު ޑެލްޓާ ވޭރިއަންޓަކީ ޔޫކޭއިން ފެނުނު އަލްފާ ވޭރިއަންޓަށްވުރެ 40 އާއި 60 އިންސައްތަ ނުރައްކާތެރި ވޭރިއަންޓެކެވެ. މި ވޭރިއަންޓް ފެނިފައިވާ ބައެއް ގައުމުތަކަށް ބަލާއިރު ސްޕެއިންގައި ދުވާލެއްގެ މައްޗަށް ފެންނަމުންދާ ކޮވިޑް ކޭސްތަކުގެ އަދަދު މައްޗަށް ދާން ވަނީ ފަށާފައެވެ. ސްޕެއިންގެ ހެލްތު މިނިސްޓްރީގެ ޑާޓާތަކަށް ބަލާއިރު މިހަފުތާގައި އެގައުމުގައި ކޮވިޑްގެ ކޭސްތައް ވަނީ މައްޗަށް ދާން ފަށާފައެވެ. މިއީ އޭޕްރީލް މަހުގެ މެދެއްހާ ހިސާބުން ފެށިގެން އެގައުމުގައި ކޮވިޑްގެ ކޭސްތައް މައްޗަށް ދާން ފެށި ފުރަތަމަ ފަހަރެވެ.

މީގެ އިތުރުން ޑެލްޓާ ވޭރިއަންޓްގެ ކޭސްތައް އިޓަލީގައި އިތުރުވަމުން އަންނަ ކަމަށް އެގައުމުގެ ނޭޝަނަލް ހެލްތު އިންސްޓިޓިއުޓު(އައި.އެސް.އެސް)ން ވެސް ވަނީ ހާމަކޮށްފައެވެ. އައިއެސްއެސް އިން ހާމަކޮށްފައިވާ ޑާޓާތަކަށް ބަލާލާއިރު ނިމިގެންދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހު އެގައުމުން ފެނިފައިވާ ކޭސްތަކުގެ 22.7 އިންސައްތަ ހިއްސާކުރަނީ ޑެލްޓާ ވޭރިއަންޓެވެ. އޭގެކުރިން މިފަދަ ސާވޭއެއް ކުރިޔަށް ގެންގޮސްފައިވަނީ މެއި މަހުގެ 18 ވަނަ ދުވަހުއެވެ. އެސާވޭގައި ހާމަވެފައިވަނީ އޭރު ފެންނަމުންދިޔަ ކޮވިޑް ކޭސްތަކުން ޑެލްޓާ ވޭރިއަންޓް ފެނިފައިވަނީ އެންމެ 1 އިންސައްތަ ކަމަށެވެ.

ކޮވިޑް-19 ކޮންޓްރޯލްކުރުމުގައި އޮސްޓްރޭލިއާ އިން މިސާލު ދައްކަމުން ދިޔަ ނަމަވެސް ފާއިތުވި ހަފްތާތަކުގެ ތެރޭގައި އެގައުމުގައި ކޮވިޑް ކޭސްތައް ވަނީ އިތުރުވާން ފަށާފައެވެ. އެގޮތުން ކޭސްތައް އިތުރުވާން ފެށުމުން ބޯޑަރު ބަންދުކުރުމާއި ލޮކްޑައުން އިއުލާން ކުރުމާއި ސޯޝަލް ޑިސްޓެންސިންގެ ފިޔަވަޅުތައް އެގައުމުން ދަނީ އަޅަމުންނެވެ. މީގެ އިތުރުން ޔޫރަޕްގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ޔުއެފާ ޔޫރޯ ފެށިގެން ކުރިއަށްދާ މި ދަނޑިވަޅުގައި ޔޫރަޕްގެ ގައުމުތަކުން ފެންނަމުންދާ ކޭސްތަކުގެ އަދަދު ވަނީ އިތުރުވާން ފަށާފައެވެ. މީގެ ތެރޭގައި ޔޫކޭ، އިންގްލެންޑް އަދި ރަޝިއާ ހިމެނެއެވެ.

ޑެލްޓާ ވޭރިއަންޓްކޮވިޑް-19

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

3 ފެބުރުއަރީ
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި
20233 އަހަރު ކުރިން
ރާއްޖެ

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ
20197 އަހަރު ކުރިން
ކުޅިވަރު

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު