Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮވިޝީލްޑް ވެކްސިންގެ ދެ ވަނަ ޑޯޒް ޖެހުން

އެޕޮއިންޓްމެންޓް ހައްދާފައި ވެކްސިން ޖަހަންދޭ، އެހެންނޫނީ ވެކްސިން ނުޖެހޭނެ

އެޗްޕީއޭ އިން ދަނީ ވެކްސިންގެ ދެ ވަނަ ޑޯޒް ޖަހަންޖެހޭ ފަރާތްތަކަށް ގުޅައި އެޕޮއިންޓްމެންޓް ހެއްދުމުގެ މަސައްކަތް ކުރަމުން

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 4 ޖުލައި 2021 | އާދީއްތަ 07:15
ރާއްޖޭގައި ކޮވިޝީލްޑް ވެކްސިން ޖެހުމުގެ ތެރެއިން

ރާއްޖޭގައި ކޮވިޝީލްޑް ވެކްސިން ޖެހުމުގެ ތެރެއިން

ކޮވިޝީލްޑް ވެކްސިންގެ ދެ ވަނަ ޑޯޒް ޖަހަން ދާއިރު އެޕޮއިންޓްމެންޓް ހައްދާފައި ދިއުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން އިލްތިމާސްކޮށްފިއެވެ.

ކޮވިޝީލްޑް ވެކްސިންގެ ދެ ވަނަ ޑޯޒް ޖެހުން މިއަދު ފަށާފައިވާއިރު، ވެކްސިން ޖަހަމުން ދަނީ އެޕޮއިންޓްމެންޓް ހެއްދުމުންނެވެ. ނަމަވެސް ބައެއް ފަރާތްތަކުން އެޕޮއިންޓްމެންޓް ނަހައްދާ ވެކްސިން ޖަހަންދާ ކަމަށާއި އެގޮތަށް ވެކްސިން ޖަހަން ދިއުމުން ވެކްސިން ޖަހައި ނުދެވޭނެ ކަމަށް އެޗްޕީއޭ އިން ބުނެއެވެ. އެ އިދާރާއިން މިހާރު ދަނީ ވެކްސިންގެ ދެ ވަނަ ޑޯޒް ޖަހަންޖެހޭ ފަރާތްތަކަށް ގުޅައި އެޕޮއިންޓްމެންޓް ހެއްދުމުގެ މަސައްކަތް ކުރަމުންނެވެ.

Advertisement - newsAdvertisement

ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓް ދެމުންގެންދާނީ ފުރަތަމަ ޑޯޒް ޖެހި ތަރުތީބުން، ކުރިން ޖެހި މީހުންނަށް އިސްކަންދީގެންނެވެ. އެގޮތުން މި އަހަރުގެ ފެބްރުއަރީ މަހު ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކަށް މިއަދު ވެކްސިން ޖެހުމަށް އެޕޮއިންޓްމެންޓް ހެއްދުމަށް އެޗްޕީއޭއިން ގުޅަމުން ގެންދާނެއެވެ. އެޕޮއިންޓްމަންޓް ލިބޭ ހުރިހާ ފަރާތްތަކުން ވެސް ކަނޑައެޅިފައިވާ ސެންޓަރަށް ގަޑިއަށް ދިއުމަށް ސަމާލުކަންދިނުމަށް އެޗްޕީއޭ އިން އިލްތިމާސްކުރެއެވެ.

ވެކްސިން ޖަހަން ދާ ފަރާތްތަކުން ވެކްސިން ކާޑާއި އައިޑީ ކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންދިޔުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެއިތުރުން ބަލީގެ އެއްވެސް އަލާމާތެއް ނެތުމާއި، އަދި ކަރަންޓީނުގައި ހުރި މީހަކަށް ނުވުމާއި، ގަޔަށް ދޫ، ފަސޭހައިން ވެކްސިން ޖަހާތަން ދެއްކޭނެ ހެދުމެއް ލުމާއި، ވެކްސިންޖަހަން ދާއިރު ރަނގަޅަށް ކައިގެން ހުރުމަށް ވެސް އެޗްޕީއޭއިން އިރުޝާދު ދީފައިވެއެވެ. ވެކްސިން ޖަހަންދާއިރު އަމިއްލަ ފެންފުޅިއެއް ގެންދިޔުމާއި އަދި އެކުގައި އެކަކަށްވުރެ ގިނަ މީހުން ނުގެންދިޔުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ރާއްޖޭގައި ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ފެށިއިރު އެންމެ ފުރަތަމަ ޖަހަން ފެށީ ކޮވިޝީލްޑް ވެކްސިނެވެ. އޭރު ރާއްޖެއަށް ލިބިފައިވަނީ ކޮވިޝީލްޑް ވެކްސިންގެ 1 ލައްކަ ޑޯޒެވެ. އިންޑިޔާއިން ކޮވިޝީލްޑް ވެކްސިންގެ އިތުރު 1 ލައްކަ ޑޯޒް ހަދިޔާކުރީ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ.

އިންޑިއާގެ ސިރަމް އިންސިޓިޓިއުޓްއިން ކޮވިޝީލްޑް ވެކްސިންގެ 300،000 ލައްކަ ޑޯޒް ގަތުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން ވެކްސިންގެ 100،000 ޑޯޒު ރާއްޖެ ގެނައީ މަރޗް މަހުގެ 29 ވަނަ ދުވަހުއެވެ.

ކޮވިޝީލްޑް ވެކްސިން ލިބުމުގައި ދިމާވި ދަތިތަކުގެ ސަބަބުން މެއި މަހުގެ 2 ވަނަ ދުވަހުން ފެށިގެން މާލޭގައި ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުން ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ކޮވިޝީލްޑް ވެކްސިން ލިބުމުގައި ދަތިތައް ދިމާވީ އިންޑިޔާއިން މާޗް މަހުގެ ފަހުކޮޅު އެހެން ގައުމުތަކަށް ވެކްސިން އެކްސްޕޯޓް ކުރުން މެދުކަނޑާލުމުންނެވެ. އެގައުމުގެ ވެކްސިނޭޝަން ޕްރޮގްރާމްގެ ސްޕީޑް ދަށްވެ ކޭސްތައް އަތްނުފޯރާ ހިސާބަށް ދާންފެށުމުން ވެކްސިން އެހެން ގައުމުތަކަށް އެކްސްޕޯޓްކުރުން މެދުކަނޑާލިއެވެ. ނަމަވެސް ރާއްޖެއަށް މިހާރު ކޮވިޝީލްޑް ވެކްސިންގެ ޝިޕްމެންޓެއް ލިބިފައިވުމުން އަލުން މި ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން މި ވަނީ ފަށާފައެވެ.

ކޮވިޑް-19 ވެކްސިން ޖެހުމުގެ ގައުމީ ޕްރޮގްރާމް

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮވިޑް-19 ވެކްސިންގެ ދެވަނަ ބޫސްޓަރ ޑޯޒް 1391 މީހުން ޖަހައިފި

ކޮވިޑް-19 ވެކްސިންގެ ދެވަނަ ބޫސްޓަރ ޑޯޒް 1391 މީހުން ޖަހައިފި

21 ނޮވެމްބަރު 2022
1381 މީހުން ބޫސްޓަރ ދެވަނަ ޑޯޒް ޖަހައިފި

1381 މީހުން ބޫސްޓަރ ދެވަނަ ޑޯޒް ޖަހައިފި

07 ނޮވެމްބަރު 2022
1366 މީހުން ބޫސްޓަރ ދެވަނަ ޑޯޒް ޖަހައިފި

1366 މީހުން ބޫސްޓަރ ދެވަނަ ޑޯޒް ޖަހައިފި

24 އޮކްޓޯބަރު 2022
1345 މީހުން ބޫސްޓަރ ދެވަނަ ޑޯޒް ޖަހައިފި

1345 މީހުން ބޫސްޓަރ ދެވަނަ ޑޯޒް ޖަހައިފި

10 އޮކްޓޯބަރު 2022
1338 މީހުން ބޫސްޓަރ ދެވަނަ ޑޯޒް ފުރިހަމަކޮށްފި

1338 މީހުން ބޫސްޓަރ ދެވަނަ ޑޯޒް ފުރިހަމަކޮށްފި

26 ސެޕްޓެމްބަރު 2022

އަހަރުތަކުން މިއަދު

18 މެއި
ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...
20251 އަހަރު ކުރިން
ރިޕޯޓު

ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!
20242 އަހަރު ކުރިން
ކުޅިވަރު

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"
20233 އަހަރު ކުރިން
ރިޕޯޓު

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..
20188 އަހަރު ކުރިން
ދުނިޔެ

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު