Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކުރުން

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު 1 މަހަށް ދިގު ދަންމާލައިފި

ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރީ 12 މާޗު 2020ގައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 3 ޖުލައި 2021 | ހޮނިހިރު 15:06
ހެލްތު މިނިސްޓަރ އަޙުމަދު ނަސީމް

ހެލްތު މިނިސްޓަރ އަޙުމަދު ނަސީމް

ރާއްޖޭގައި އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ އިތުރު 1 މަހަށް ދިގު ދަންމާލައިފިއެވެ.

އޮގަސްޓް މަހުގެ ނިޔަލަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދިގުދަންމާލިކަން ހާމަކޮށް ހެލްތު މިނިސްޓަރު އަޙުމަދު ނަސީމް ސޮއިކުރައްވައި ނެރުއްވާފައިވާ ގަރާރުގައި ވަނީ، ރާއްޖޭގައި އަދިވެސް ކޮވިޑް-19 ފެތުރުމުގެ ނުރައްކާ އެބަ އޮތް ކަމަށާއި، އެހެންކަމުން އެ ނުރައްކާ ކުޑަކުރުމަށާއި އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޚާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ލަފާދެއްވާފައިވާކަމަށެވެ. އެހެންކަމުން 12 މާޗު 2020 ގައި ރާއްޖޭގައި އިއުލާނުކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު 2021 އޯގަސްޓް 2 ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ކޮވިޑް19 އާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރީ 12 މާޗު 2020 ގައެވެ. ކޮވިޑް19 އާ ގުޅިގެން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިގެންވާ ބާރުތައް ތަންފީޒުކުރައްވަމުން ގެންދަވަނީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުންނެވެ.

ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު މެއި މަހު ވަނީ މިއިން ދުވަހަކު ގޯސްނުވާ މިންވަރަށް ގޯސްވެފައެވެ. އެއާއެކު ކޮވިޑް ފެތުރުން ކޮންޓްރޯލްކުރުމަށް އެޅިފިޔަވަޅުތަކާއެކު މިހާރު ވަނީ ކޭސްތައް ފެންނަ މިންވަރު ދަށްކުރެވިފައެވެ. އެހެންކަމުން ފިޔަވަޅުތަކަށްވެސް ވަނީ ލުއިތައްދޭން ފަށާފައެވެ.

ރާއްޖޭގައި މިހާތަނަށް އައިއިރު ކޮވިޑް ޖެހުނު މީހުންގެ އަދަދު 74،074ށް އަރައެވެ. މިވަގުތު ފަރުވާދެމުން އަންނަނީ 3359 މީހުންނަށެވެ. މީގެތެރެއިން 23 މީހަކަށް އަންނަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުންނެވެ. މިހާތަނަށް 213 މީހަކު ވަނީ މިބަލީގައި ނިޔާވެފައެވެ.

ކޮވިޑް-19ހެލްތު އިމަރޖެންސީ

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
08 ސެޕްޓެމްބަރު 2025

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު