Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ލަލީގާ

ރެއާލް މެޑްރިޑުން ލީގު ހޯދުމާ ގާތަށް

ލީގު ހޯދުމަށް ރެއާލްއަށް ބޭނުންވަނީ ބަކީ 4 ޕޮއިންޓް

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ, ރާއްޖެ އެމްވީ | 15 މެއި 2017 | ހޯމަ 14:25
ރެއާލް މެޑްރިޑާއި ސެވިއްޔާ ބައްދަލުކުރި މެޗުގެ ތެރެއިން

ރެއާލް މެޑްރިޑާއި ސެވިއްޔާ ބައްދަލުކުރި މެޗުގެ ތެރެއިން

ސްޕެނިޝް ލަލީގާ ގައި ސެވިއްޔާ ބަލި ކުރުމަށްފަހު ރެއާލް އެޑްރިޑުން ލީގު ހޯދުމާ ގާތަށް ޖެހިލައިފިއެވ

އަމިއްލަ ދަނޑުގައި ކުޅެމުންދިޔާ ރެއާލްއިން 4-1 ގެ ނަތީޖާއަކުން ސެވިއްޔާ ބަލިކުރިއިރު އަނެއްކޮޅުން ވާދަވެރި ބާސެލޯނާ ވަނީ ހަމަ މި ނަތީޖާއިން ލަސް ޕަލްމާސްގެ މައްޗަށް ކުރި ހޯދާފައެވެ. އެހެންކަމުން އަދިވެސް ތާވަލުގެ އެއްވަނާގައި އޮތީ ބާސާ އެވެ. ރެއާލް އާއި ބާސާއަށްވެސް 87 ޕޮއިންޓް ލިބޭއިރު ބާސާއަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ.

ތާވަލުގެ އެއްވަނާގައި ބާސާ އޮތް ނަމަވެސް ލީގު ކާމިޔާބުކުރުން ފުރުސަތު ބޮޑީ ރެއާލް އަށެވެ. ސަބަބަކީ ރެއާލްއަށް އަދި ބާކީ 2 މެޗު އިވެފައި އެޓީމުން ލީގު ހޯދުމަށް ދެން ބޭނުންވަނީ އެންމެ 4 ޕޮއިންޓް ކަމަށް ވާތީއެވެ. ނަމަވެސް ބާސައަށް ލީގުގައި ބާކީ އޮތީ އެންމެ މެޗެކެވެ. އެހެންކަމުން ލީގު ކާމިޔާބުކުރުމުގެ އަމިއްލާ ބާރު ބާސާ އަކަށް ނެތެވެ. ބާސާއަށް ލީގު ލިބުމުގެ ފުރުސަތު އޮތީ ރެއާލްއަށް ބާކީ އޮތް ދެ މެޗުގެ ތެރެއިން މެޗަކުން ރެއާލް ބިލވެއްޖެ ނަމައެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ރެއާލްއިން ވަނީ މެޗުގެ 10 ވަނަ މިނެޓުގައި ލަނޑެއް ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ނަޗޯ އެވެ. ދެވަނަ ލަނޑު 23 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނި މެޗުގައި މޮޅު ކުޅުމެއް ދެއްކި ކްރިޝްޓިއާނޯ ރޮނާލްޑޯ އެވެ. މި ލަނޑަށް ފަހުގައި ލިބުނު ފުރުސަތެއްގެ ބޭނުން ހިފައި ސްޓެވަން ޖޮވެޓިޗް ވަނީ ސެވިއްޔާއަށް ސުން ކަނޑުވާލަ ދީފައެވެ. ނަމަވެސް ރޮނާލްޑޯ ވަނީ އަނެއްކާވެސް 78 ވަނަ މިނެޓުގައި ލީޑު ސުޅާކޮށްދީފައެވެ. ރެއަލް ގެ 4 ވަނަ ލަނޑު މެޗު ނިމެންދަނިކޮށް ކާމިޔާބު ކޮށްދީފައިވަނީ ޓޯނީ ކްރޫޒްއެވެ.

ރަށުން ބޭރުގައި ބާސެލޯނާ މޮޅުވިއިރު، އެޓީމުގެ ފުރަތަމަ ލަނޑު މެޗުގެ 25 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ، ބާސާ ދޫކޮށްލާނެ ކަމުގެ އިންޒާރު ދާދި ފަހުން ދީފައިވާ ބްރެޒިލގެ ފޯވަޑް ނޭމާއެވެ. އޭގެ ދެ މިނެޓުފަހުން ޝުއަރޭޒްގެ ލަނޑުން ބާސާ ލީޑު ފުޅާކުރިއިރު، ލަސް ޕަލްމާސްއިން ފަރަގު ކުޑަކުރީ 63 ވަނަ މިނެޓުގައި ބިގާސް އެވެ. ނަމަވެސް ނޭމާ ވަނީ އިތުރު ދެ ލަނޑު ކާމިޔާބުކޮށް ހެޓްރިކެއް ފުރިހަމަ ކުރުމާއެކު ލީޑު އިތުރަށް ފުޅާކޮށްދީފައެވެ. 67 ވަނަ މިނެޓުގައި ލަނޑެއް ކާމިޔާބު ކުރިއިރު ފަހު ލަނޑު ކާމިޔާބުކު ކޮށްފައިވަނީ 71 ވަނަ މިނެޓުގައެވެ.

ލީގުގައި ދެން ރެއާލްއިން ނިކުންނަން ޖެހޭނީ މިމަހުގެ 18 ވަނަ ދުވަހުގެ ރޭ ސެލްޓާ ވީގޯ އާއި ދެކޮޅަށެވެ. އޭގެ ފަހުން ލީގުގެ ފަހު މެޗުގައި މިމަހުގެ 21 ވަނަ ދުވަހުގެ ރޭވރެއާލް ނިކުންނަން ޖެހޭނީ މަލާގާ އާއި ދެކޮޅަށެވެ. ބާސާއިން ލީގުގެ ފަހު މެޗުގައި 21 ވަނަ ދުވަހުގެ ރޭ ނިކުންނާނީ އެއިބާ އާއި ދެކޮޅަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި

ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު