Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑރ އިޔާޒުގެ ދިފާއުގައި މިނިސްޓަރ އިމްރާން

ޑރ އިޔާޒުގެ ދިފާއުގައި މިނިސްޓަރ އިމްރާން: ނިންމުން މުރާޖާކުރުމަށް އެމްއެންޔޫއަށް ގޮވާލަން

އެމްއެންޔޫން ބުނެފައިވަނީ ޑރ. އިޔާޒް މަގާމުން ވަކިކޮށްފައިވަނީ ސޯޝަލް މީޑިއާގައި އޭނާގެ ޕޯސްޓްތަކާއި ޓްވީޓްތަކާއި ގުޅިގެން ތަކުރާރުކޮށް ނަސޭހަތް ދިނުމަށްފަހުކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 1 ޖުލައި 2021 | ބުރާސްފަތި 15:14
މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ

މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ

ދީނީ ގޮތުން އުފެދިފައިވާ ޚިޔާލުތަފާތުވުންތަކާމެދު އިލްމީ މުއައްސަސާތަކުގައި މިނިވަން ކަމާއެކު ޢިލްމީގޮތުން ރީތި އަޚުލާގާއެކު ބަހުސްކޮށް ހައްލު ހޯދެންވާނެ ކަމަށް ވިދާޅުވެ ހޯމް މިނިސްޓަރ އައްޝެއިޚް އިމްރާން އަބްދުﷲ ދީނީ އިލްމުވެރިޔާ ޑރ މުހައްމަދު އިޔާޒުގެ ދިފާއުގައި ނިކުންނަވައިފިއެވެ.

މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެސިސްޓެންޓް ޕްރޮފެސަރު ގެ މަގާމުގައި ހުންނެވި ދިނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވަނީ ވަޒީފާއިން ވަކިކޮށްފައެވެ. އެކަމާއި ގުޅޭގޮތުން އެމްއެންޔޫން ބުނެފައިވަނީ ޑރ. އިޔާޒް މަގާމުން ވަކިކޮށްފައިވަނީ ސޯޝަލް މީޑިއާގައި އޭނާގެ ޕޯސްޓްތަކާއި ޓްވީޓްތަކާއި ގުޅިގެން ތަކުރާރުކޮށް ނަސޭހަތް ދިނުމަށްފަހުއެވެ. އެމްއެންޔޫއިން ބުނީ މިފަހުން ވެސް ފެންމަތިވި މައްސަލައާ ގުޅިގެން ތިން ފަހަރު ނަސޭހަތް ދިނުމަށްފަހު ދެ ފަހަރު ލިޔުމުން ނަސޭހަތް ދީފައިވާ ކަމަށެވެ. ނަމަވެސް އިސްލާހުނުވުމުން ވަޒީފާއިން ވަކިކޮށްފައިވާ ކަަމަށް ބުނެއެވެ.

Advertisement - newsAdvertisement

އެމްއެންޔޫއިން ބުނީ ހަރުކަށި ފިކުރަށް ތާއީދުކުރައްވާ މޭރުމުން ސޯޝަލް މީޑިއާގައި ވާހަކަ ދެއްކެވުމާއި، އާންމުންގެ ތެރޭ ނުތަނަވަސްކަން އުފެދޭ ގޮތަށް ޚިޔާލު ފާޅުކުރައްވާތީ ޑރ.އިޔާޒު މިއަހަރުގެ މަރޗް މަހުވެސް ސަސްޕެންޑްކޮށްފައިވާކަމަށެވެ.

އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގައިވެސް އިންނަވާ ޑރ އިޔާޒު ވަޒީފާއިން ވަކިކުރުމުން ހޯމް މިނިސްޓަރ އަދި އަދާލާތު ޕާޓީގެ ރައީސްކަމުގައި ހުންނެވި އިމްރާން ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ ދީނީ ގޮތުން ޚިޔާލުތަފާތުވާ ކަންކަމުގައި އިލްމީ ގޮތުން ބަހުސްކޮށް ހައްލު ހޯދުމުގެ ދޮރު ރާއްޖޭގެ އެންމެ ބޮޑު ޔުނިވަރސިޓީން ބަންދުކޮށް ހަރުކަށިކަން އިސްކަންކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"ނިންމުން މުރާޖާކުރުމަށް ގޮވާލަން" އިމްރާން ވިދާޅުވިއެވެ.

މީގެއިތުރުން އިމްރާން ވިދާޅުވީ ޑރ އިޔާޒަކީ ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ޚަރުދަނާކުރުމަށް ދީނީ އިލްމުވެރިއެއްގެ ހައިސިއްޔަތުން ނުހަނު ގިނަ ޚިދުމަތް ކުރައްވާ ބޭފުޅެއްކަމަށެވެ.

"ޑރ އިޔާޒުގެ ބައެއް ފިގުހު ރައުޔާއި އަޅުގަނޑަށް އެއްބަސްނުވެވުނަސް އެމަނިކުފާނާމެދު އެމްއެންޔޫން އެޅިފިޔަވަޅަކީ އިންސާފުވެރި ފިޔަވަޅެއްކަމަށް ނުދެކެން." އިމްރާން އިތުރަށް ވިދާޅުވެފައިވެއެވެ.

ވަޒީފާއިން ވަކިކުރުމާއި ގުޅިގެން ވަރަށް ވަރުގަދަ ރައްދެއް ޑރ.އިޔާޒު ވަނީ ދެއްވާފައެވެ. ޑރ.އިޔާޒު ވިދާޅުވީ މިމައްސަލައާ ގުޅިގެން ދޭން ބޭނުންވާ ޖަވާބަކީ ފިރުއައުނާ މުޚާތަބުކޮށް ސިހުރުވެރިން ދިން ޖަވާބު ކަމަށެވެ.

ޑރ.އިޔާޒްގެ މައްސަލަ ބެލުމަށް އެމްއެންޔޫގެ ކޮމިޓީ އަށް ހުށަހެޅި އިރު ވެސް އޭނާއާ ގުޅޭ އާންމުންގެ ފަރާތުން 190ށް ވުރެ ގިނަ ޝަކުވާ އެމްއެންޔޫއަށް ލިބިފައިވެއެވެ. އޭނާ ވަޒީފާއިން ވަކިކޮށްފައިމިވަނީ އަންހެންކުދިން ޚިތާނު ކުރުމާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި އޭނާ ފާޅު ކުރެއްވި ޚިޔާލުތަކެއްގެ މައްސަލަ ފެންމަތިވެ، އެ މައްސަލަ އިސްލާމިކް މިނިސްޓްރީން ވެސް ބަލަމުން ދަނިކޮށެވެ.

23 ޖޫންގައި 9:14ގައި ޑރ ޢިޔާޒު ކުރެއްވި ޓްވީޓަކީ އަންހެނުން ޚިތާނުކުރުމުން ލިބޭ ފައިދާތަކާ ގުޅޭގޮތުން، އިސްލާމީ ސުވާލާއި ޖަވާބުތައް ޝާއިއުކުރާ ވެބްސައިޓެއްގައިވާ ލިންކެވެ.

މި ޓްވީޓަށް ގިނަ ބަޔެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވާއިރު، ޑރ އިޔާޒަށް އަމާޒުވަމުންދިޔަ ފާޑުކިޔުންތަކާ ގުޅިގެން ވިދާޅުވީ އެއީ އިލްމީ ދިރާސާއެއްކަމަށާއި، އޭގައި ގޯހެއްވާނަމަ އެކަމަށް އިލްމީ ގޮތުން ޖަވާބު ދިނުމަށެވެ. އަދި ފަހުން ވަނީ މަޢާފަށް އެދިވަޑައިގެން ބަޔާނެއްވެސް ނެރުއްވާފައެވެ. ހޯމަ ދުވަހު ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ އަންހެނުން ހިތާނަކުރުމާއި ގުޅޭގޮތުން ދެއްކެވި ވާހަކައިގެ ސަބަބުން އިސްލާމްދީނަކީ އަންހެނުންގެ ހައްގުތަކަށް އަރައިގަންނަ، ނުވަތަ އަނިޔާވެރިވުމަށް ގޮވާލާ ދީނެއްކަމުގެ ރަނގަޅުނޫން ތަސައްވުރެއް ބަޔަކަށް ލިބިފައިވާނަމަ އެކަމަށް ދިވެހި ލޮބުވެތި ރައްޔިތުންގެ އަރިހުން މައާފަށް އެދިވަޑައިގަންނަވާކަމަށެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް ވަޑައިގަންނަވާތީ ދަނގެތީގައި ވެސް އިހްތިޖާޖަށް ތައްޔާރު ވަނީ

27 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް ވަޑައިގަންނަވާތީ ދަނގެތީގައި ވެސް އިހްތިޖާޖަށް ތައްޔާރު ވަނީ
26 ޖެނުއަރީ 2017

އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި

26 ޖެނުއަރީ 2017
އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު