Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސަންޗޯ ޔުނައިޓެޑަށް ބަދަލުވުން

ސަންޗޯ އެންމެ ފަހުން ޔުނައިޓެޑަށް

މިދިޔަ އަހަރުގެ ޓްރާންސްފާގައިވެސް ސަންޗޯ ހޯދަން ޔުނައިޓެޑުން މަސައްކަތްކުރި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 1 ޖުލައި 2021 | ބުރާސްފަތި 10:53
ބޮރޫޝިއާ ޑޯޓްމުންޑަށް ކުޅެމުން އަންނަ އިންގްލެންޑުގެ ޒުވާން ފޯވާޑް ޖޭޑަން ސަންޗޯ

ބޮރޫޝިއާ ޑޯޓްމުންޑަށް ކުޅެމުން އަންނަ އިންގްލެންޑުގެ ޒުވާން ފޯވާޑް ޖޭޑަން ސަންޗޯ

ބޮރޫޝިއާ ޑޯޓްމުންޑަށް ކުޅެމުން އަންނަ އިންގްލެންޑުގެ ޒުވާން ފޯވާޑް ޖޭޑަން ސަންޗޯ އެންމެ ފަހުން މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވެއްޖެއެވެ.

މިދިޔަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި މީޑިއާތަކުން ވަނީ އުމުރުން 21 އަހަރުގެ ސަންޗޯ 110 މިލިޔަން ޕައުންޑަށް ޔުނައިޓެޑަށް ވިއްކާލަން ޑޯޓްމުންޑުން އެއްބަސްވި ކަމަށް ރިޕޯޓުކޮށްފައެވެ. އެގޮތުން ޔުނައިޓެޑާއެކު ފަސް އަހަރުގެ އެއްބަސްވުމެއް ސަންޗޯ ހަދާނެ ކަމަށްވެސް ރިޕޯޓުކުރިއެވެ. އެކަމަކު ކޮވިޑް-19 ގެ މި ދަނޑިވަޅުގައި 110 މިލިޔަން ޕައުންޑް ދެއްކުމަށް ޔުނައިޓެޑަށް ދަތިވާނެތީ، އެ ފަހަރު އެ ޑީލް ހުއްޓުނީއެވެ.

އެކަމަކު ބުރާސްފަތު ދުވަހު ޑޯޓްމުންޑުން ވަނީ ޔުނައިޓެޑަށް ސަންޗޯ ވިއްކާލަން ނިންމާފައިވާކަން ރަސްމީކޮށް އިއުލާންކޮށްފައެވެ. ރިޕޯޓުތައް ބުނާ ގޮތުން ޔުނައިޓެޑަށް ސަންޗޯ ވިއްކާލަން ޑޯޓްމުންޑުން ނިންމީ އެންމެ ފުރަތަމަ 72 މިލިޔަން ޕައުންޑް ދައްކާ ގޮތަށެވެ. އަދި ޔުނައިޓެޑާއެކު ސަންޗޯ 2026 ވަނަ އަހަރުގެ ނިޔަލަށް އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށާއި، އެ ޓީމުގައި އޭނާ ދައްކާ ކުޅުމަށް ބަލާފައި ޔުނައިޓެޑުން އިތުރު 25 މިލިއަން ޑޮލަރު ދޭ ގޮތަށް އެއްބަސްވުމުގައި ހިމަނާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ޔުނައިޓެޑަށް ސަންޗޯ ބަދަލުވިއިރު، އޭނާ ހޯދަން ޔޫރަޕުގެ ބޮޑެތި ކުލަބުތަކުންވެސް ވަނީ މަސައްކަތްކޮށްފައެވެ. އެގޮތުން ޗެލްސީންވެސް ދާދި ފަހުން ވަނީ ސަންޗޯ ހޯދުމަށް މަސައްކަތްކޮށްފައެވެ.

މި ވަގުތު އިންގްލެންޑުގެ ގައުމީ ޓީމާއެކު ޔޫރޯގައި ވާދަކުރަމުން އަންނަ ސަންޗޯ އެންމެ ފުރަތަމަ ވިދާލީ 2017 ވަނަ އަހަރު އިންޑިއާގައި ބޭއްވި 17 އަހަރުން ދަށުގެ ފީފާ ވޯލްޑް ކަޕުގައެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން އިންގްލެންޑުން ހޯދިއިރު، އޭނާ ވަނީ މުބާރާތުގައި މޮޅު ކުޅުމެއް ދައްކާފައެވެ.

ޑޯޓްމުންޑުގެ ސީނިއާ ޓީމުގައި ސަންޗޯ ހަތަރު ސީޒަން ހޭދަކުރިއިރު، އޭނާ ވަނީ އެ ކުލަބަށް 137 މެޗު ކުޅެދީ 50 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ވަނީ ޑޯޓްމުންޑާއެކު ޖަރުމަން ކަޕާއި ޖަރުމަން ސުޕަ ކަޕް ކާމިޔާބުކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގްރީޒްމަން ޔުނައިޓެޑަށް ބަދަލު ވާނެ ކަމަށް ގަބޫލެއް ނުކުރަން: އެންރިކޭ ސެރެޒޯ

ގްރީޒްމަން ޔުނައިޓެޑަށް ބަދަލު ވާނެ ކަމަށް ގަބޫލެއް ނުކުރަން: އެންރިކޭ ސެރެޒޯ

25 މެއި 2017
ޕޮގްބާގެ ޓްރާންސްފާގެ ތަފްސީލު ދިނުމަށް ފީފާއިން ޔުނައިޓެޑަށް އަންގައިފި

ޕޮގްބާގެ ޓްރާންސްފާގެ ތަފްސީލު ދިނުމަށް ފީފާއިން ޔުނައިޓެޑަށް އަންގައިފި

10 މެއި 2017
ޔުނައިޓެޑަށް ބަދަލުވެ ރޫނީގެ 10 ނަމްބަރު ހަމޭސް އަތުލަނީ

ޔުނައިޓެޑަށް ބަދަލުވެ ރޫނީގެ 10 ނަމްބަރު ހަމޭސް އަތުލަނީ

29 އެޕްރީލު 2017
ޔުނައިޓެޑަށް އުއްމީދެއް، ލިވަޕޫލް އުނދަގޫތަކެއް!

ޔުނައިޓެޑަށް އުއްމީދެއް، ލިވަޕޫލް އުނދަގޫތަކެއް!

24 އެޕްރީލު 2017
ޔުނައިޓެޑަށް ދާކަށް ނުނިންމަން: ގްރިޒްމަން

ޔުނައިޓެޑަށް ދާކަށް ނުނިންމަން: ގްރިޒްމަން

07 އެޕްރީލު 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު