Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެށ. ފޯކައިދޫ ބަނދަރު ތަރައްގީކުރުން

ފޯކައިދޫ ބަނދަރުގެ ހާބަރ ބޭސިން ފުންކުރުނުގެ މަސައްކަތުގެ 86 އިންސައްތަ ނިންމާލައިފި

1 ޖުލައި 2021 | ބުރާސްފަތި 06:22

މި މަޝްރޫއަކީ 52.7 މިލިއަން ރުފިޔާގެ މަޝްރޫއެއް

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 1 ޖުލައި 2021 | ބުރާސްފަތި 06:22
ށ. ފޯކައިދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށް ދަނީ

ށ. ފޯކައިދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށް ދަނީ

ށ. ފޯކައިދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 86 އިންސައްތަ ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން ބުނެފިއެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން 39،995 ކިއުބިކް މީޓަރުގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 1800 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި މިހާރު ބޭނުންކުރަމުންދާ ހާބަރ ބޭސިން ފުންކުރުމާއި، 4000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުން ހިމެނޭ ކަމަށެވެ. އަދި 507 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 100 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 464 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ކުރުމަށް ނިންމާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މީގެ އިތުރުން 2320 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ނެރު ބައްތި އާއި މަގު ބައްތި ޖެހުމުގެ މަސައްކަތް ހިމެނޭ މި މަޝްރޫއަކީ 52.7 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ އެތައް މަޝްރޫޢެއް ކާމިޔާބު ކަމާއެކު ދަނީ ހިންގަމުންނެވެ.

އެމްޓީސީސީގެ ހިންގުން ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުން ކަމަށާއި އެގޮތުން ކުންފުނީގެ އިންފްރާސްޓްރަކްޗަރ ވަރުގަދަކުރުމަށް އެޑްމިނިސްޓްރޭޝަން، ހިއުމަން ރިސޯސް އަދި އިކުއިޕްމެންޓްސް ހަރުދަނާ ކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ދާދި ފަހުން އެ ކުންފުނީގެ ސީއީއޯ އާދަމް ޢާޒިމް ވަނީ ވިދާޅުވެފައެވެ. އަދި އުމްރާނީ އިންފްރާސްޓްރަކްޗަރ އާއި ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުމަށް މަސައްކަތްކުރަމުންދާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

08 ޖެނުއަރީ 2018

ހާބަރު ފުޑް ކޯޓްތައް ކުއްޔަށް ދޫކުރަން އިއުލާނުކޮށްފި

08 ޖެނުއަރީ 2018
ހާބަރު ފުޑް ކޯޓްތައް ކުއްޔަށް ދޫކުރަން އިއުލާނުކޮށްފި
04 ޖެނުއަރީ 2018

ހާބަރު ފުޑް ކޯޓްތައް އަލުން ބިޑަށް ހުޅުވާލަނީ

04 ޖެނުއަރީ 2018
ހާބަރު ފުޑް ކޯޓްތައް އަލުން ބިޑަށް ހުޅުވާލަނީ
28 ޑިސެމްބަރު 2017

ނޯތް ހާބަރު ކައިރީގައި ކޮނެފައި ހުރި ވަޅުގަނޑަކަށް ސައިކަލާއެކު ދެ މީހަކު ވެއްޓިއްޖެ

28 ޑިސެމްބަރު 2017
ނޯތް ހާބަރު ކައިރީގައި ކޮނެފައި ހުރި ވަޅުގަނޑަކަށް ސައިކަލާއެކު ދެ މީހަކު ވެއްޓިއްޖެ
28 އޮކްޓޯބަރު 2017

ރ. މަޑުއްވަރީ ބަނދަރުގެ ފައިސާ ރައީސް ޔާމީން ހިފެހެއްޓެވި: އަމީތު

28 އޮކްޓޯބަރު 2017
ރ. މަޑުއްވަރީ ބަނދަރުގެ ފައިސާ ރައީސް ޔާމީން ހިފެހެއްޓެވި: އަމީތު
25 އޯގަސްޓު 2017

ށ. ފޯކައިދޫގައި ގަހެއްވެއްޓި ކުޑަ ދެކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ!

25 އޯގަސްޓު 2017
ށ. ފޯކައިދޫގައި ގަހެއްވެއްޓި ކުޑަ ދެކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ!
16 އޯގަސްޓު 2017

ރައްޔިތުން ނިކުމެ ކަނޑުހުޅުދޫ ބަނދަރުގެ މަސައްކަތް ހުއްޓުވައިފި

16 އޯގަސްޓު 2017
ރައްޔިތުން ނިކުމެ ކަނޑުހުޅުދޫ ބަނދަރުގެ މަސައްކަތް ހުއްޓުވައިފި
05 މާރިޗު 2017

ޕީޕީއެމުން ނޯތު ހާބަރުގައި ޓެންޓް ޖަހައިގެން ވޯޓް ރީރެޖިސްޓާކުރުން ކުރިއަށް ގެންދަނީ

05 މާރިޗު 2017
ޕީޕީއެމުން ނޯތު ހާބަރުގައި ޓެންޓް ޖަހައިގެން ވޯޓް ރީރެޖިސްޓާކުރުން ކުރިއަށް ގެންދަނީ
27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
17 ޖެނުއަރީ 2017

ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި

17 ޖެނުއަރީ 2017
ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް