Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލޯ ޖަރުމަން ޓީމު ދޫކޮށްލުން

ޔޮހައިމް ލޯގެ ފަހުބަސް: "މާފުކުރޭ"

ޖަރުމަނުގެ ކޯޗަކަށް ހަންސީ ފްލިކް ވަނީ ހަމަޖައްސާފައި

އަތޫފް އާތިފް
އަތޫފް އާތިފް | 30 ޖޫން 2021 | ބުދަ 22:43
ޖަރުމަނުގެ ކޯޗުގެ މަގާމުން ވަކިވި ޔޮހައިމް ލޯ

ޖަރުމަނުގެ ކޯޗުގެ މަގާމުން ވަކިވި ޔޮހައިމް ލޯ

ޔޫރޯ 2020 ގެ ދެވަނަ ބުރުން ޖަރުމަން ކެޓުމާއެކު ފާއިތުވެދިޔަ 15 އަހަރު ޖަރުމަނުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުގެ މަގާމުގައި ހުރި ޔޮހައިމް ލޯ ފަހުބަކަށް ޖަރުމަނުގެ ސަޕޯޓަރުންގެ ކިބައިން މާފަށް އެދިއްޖެއެވެ.

މި ފަހަރުގެ ޔޫރޯއާ ކުރިމަތިލުމުގެ ކުރިން އުމުރުން 61 އަހަރުގެ ލޯ ވަނީ ޔޫރޯއަށްފަހު ޖަރުމަނުގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށްލަން ނިންމާފައިވާކަން އިއުލާންކޮށްފައެވެ. އެއާއެކު ޔޫރޯއަށްފަހު ޖަރުމަނުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުގެ މަގާމަށް އުމުރުން 56 އަހަރުގެ ހަންސީ ފްލިކް ވަނީ ހަމަޖައްސާފައެވެ.

މި ފަހަރުގެ ޔޫރޯގެ ދެވަނަ ބުރުން ޖަރުމަން ކެޓީ އިންގްލެންޑް އަތުން 2-0 ގެ ނަތީޖާއަކުން ބަލިވުމުންނެވެ. މިއީ ފާއިތުވެދިޔަ 55 އަހަރުގެ ތެރޭގައި ވެމްބްލީ ސްޓޭޑިއަމުގައި އިންގްލެންޑް އަތުން ޖަރުމަނު ބަލިވި ފުރަތަމަ ފަހަރެވެ.

މި ބައްޔަށްފަހު މީޑިއާއާ ވާހަކަ ދައްކަމުން ލޯ ބުނީ މިއީ އުއްމީދުކުރި ނަތީޖާއެއް ނޫން ކަމަށާއި، ޔޫރޯގެ ކުއާޓާއަށް ނުގޮސް ޖަރުމަން ކެޓުމުން ސަޕޯޓަރުންގެ ކިބައިން މާފަށް އެދޭ ކަމަށެވެ. އަދި މި ބަލީގެ ޒިންމާ ފުރިހަމައަށް ނަގާ ކަމަށްވެސް ލޯ ބުންޏެވެ. އަދި ބުނީ ފާއިތުވެދިޔަ 15 އަހަރަކީ ހަނދާނުން ފިލުވާލަން ދަތި އަހަރުތަކެއް ކަމަށާއި، ޓީމެއްގެ ގޮތުގައި ޖަރުމަން ބިނާކުރެވުނީ ބުރަ މަސައްކަތުން ކަމަށެވެ. އަދި މި މަސައްކަތުގައި އެތަކެއް ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށާއި، އަދި ސަޕޯޓަރުން ބޭނުންވި ހިސާބަށް ޓީމު ގެނަސްދެވުން ކަމަށް އުއްމީދުކުރާ ކަމަށްވެސް ބުންޏެވެ.

މީގެ އިތުން ލޯ ވަނީ ޖަރުމަނުގެ ކުޅުންތެރިންނަށް ފާގަތި މުސްތަގުބޮލަކަށް އެދި، އެ ޓީމުގެ ކޯޗުކަމާ ހަވާލުވާ ފްލިކަށް މަރުހަބާ ކިޔާފައެވެ.

އެންމެ ފުރަތަމަ 2004 ވަނަ އަހަރުން ފެށިގެން 2006 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުގެ ނިޔަލަށް ޖަރުމަނު ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކުރި ލޯ، އެ ޓީމުގެ ކޮޗުގެ މަގާމާ ހަވާލުވެފައިވަނީ 2006 ވަނަ އަހަރު އެ ޓީމުގެ ކޯޗު ޔާގެން ކްލިންސްމަން މަގާމުން ވަކިވުމާ ގުޅިގެންނެވެ. އެއަށްފަހު ލޯގެ އެންމެ ބޮޑު ކާމިޔާބީއަކީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ޖަރުމަނަށް ކާމިޔާބުކޮށްދިނުމެވެ. އަދި ލޯއާއެކު ޖަރުމަނުން ވަނީ 2017 ވަނަ އަހަރުގެ ފީފާ ކޮންފެޑެރޭޝަންސް ކަޕުވެސް ކާމިޔާބުކޮށްފައެވެ.

އިތުރަށް ކިޔާލަން

25 މާރިޗު 2024

ކެންސޭލޯގެ ނުރުހުން ސިޓީ އަށް!

25 މާރިޗު 2024
ކެންސޭލޯގެ ނުރުހުން ސިޓީ އަށް!
13 ފެބުރުއަރީ 2023

މިހާރު މިސްރާބު ހުރީ އިންޑޯ ވޮލީގައި ރިހި ނުވަތަ ލޯގެ ބަދަލުގައި ރަން މެޑައްޔެއް ހޯދަން: ރަނޭ

13 ފެބުރުއަރީ 2023
މިހާރު މިސްރާބު ހުރީ އިންޑޯ ވޮލީގައި ރިހި ނުވަތަ ލޯގެ ބަދަލުގައި ރަން މެޑައްޔެއް ހޯދަން: ރަނޭ
01 ޖޫން 2020

އިގާލޯގެ ލޯނު އެއްބަސްވުމުގެ މުއްދަތު މެންޗެސްޓަރ ޔުނައިޓެޑުން އިތުރު ކޮށްފި

01 ޖޫން 2020
އިގާލޯގެ ލޯނު އެއްބަސްވުމުގެ މުއްދަތު މެންޗެސްޓަރ ޔުނައިޓެޑުން އިތުރު ކޮށްފި
24 މާރިޗު 2020

އިގާލޯގެ އެއްބަސްވުން ދާއިމީ ކުރަނީ: ރިޕޯޓް

24 މާރިޗު 2020
އިގާލޯގެ އެއްބަސްވުން ދާއިމީ ކުރަނީ: ރިޕޯޓް
30 އެޕްރީލު 2017

ސްޕެނިޝް ލަލީގާ: މާސެލޯގެ ލަނޑުން ރެއާލް މޮޅުވިއިރު، ސުއަރޭޒްގެ ލަނޑުތަކުން ބާސާ ވެސް މޮޅުވެއްޖެ

30 އެޕްރީލު 2017
ސްޕެނިޝް ލަލީގާ: މާސެލޯގެ ލަނޑުން ރެއާލް މޮޅުވިއިރު، ސުއަރޭޒްގެ ލަނޑުތަކުން ބާސާ ވެސް މޮޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު