Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގައުމީ ޖާޒީގައި އިންޑިއާގެ އެތުލީޓަކު ދުވުން

ދުވީ ގައުމީ ޓީމެއް ނޫން، ލައިގެން ތިބީ ގައުމީ ޖާޒީއެއްވެސް ނޫން: މަޚްލޫފް

30 ޖޫން 2021 | ބުދަ 18:43

އެތުލެޓިކްސް ޓީމު އުޅުނީ ތަމްރީނެއްގައި، ބައިނަލްއަގުވާމީ އިދާރާއެއްގެ މުބާރާތެއްގައެއް ނޫން

އަތޫފް އާތިފް
އަތޫފް އާތިފް | 30 ޖޫން 2021 | ބުދަ 18:43
ގައުމީ އެތުލެޓިކްސް ޓީމާއެކު ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް

ގައުމީ އެތުލެޓިކްސް ޓީމާއެކު ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް

ގައުމީ އަންހެން އެތުލެޓިކްސް ޓީމު އުޅުނީ ތަމްރީނެއްގައި، އެއީ ބައިނަލްއަގުވާމީ މުބާރާތެއް ނޫން ކަމަށް މި ވަގުތު ސަސްޕެންޝަނުގައި ހުންނެވި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.

މަޚްލޫފް މިހެން ވިދާޅުވިއިރު، އިންޑިއާގެ ނެޝަނަލް އިންޓަ ސްޓޭޓް ސީނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ޖާޒީ ލައިގެން އިންޑިއާގެ އަންހެން އެތުލީޓަކު ދުވެގެން އެކަމުގެ ފާޑުކިޔުން އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް ވަނީ އަމާޒުވެފައެވެ.

ބުދަ ދުވަހުގެރޭ ކުރެއްވި ޓްވީޓެއްގައި މަޚްލޫފް ވިދާޅުވީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި އެ ގައުމެއްގެ ރަށްވެހިކަން ނެތް ރައްޔިތެއް ފިޔަވައި އެހެން ގައުމެއްގެ ރައްޔިތަކަށް ވާދަނުކުރެވޭނެ ކަމަށެވެ. އަދި އެ ފުރުސަތު ދެނީ ހަމައެކަނި އައިސީސީން ކަމަށާއި، އެގޮތަށް ފުރުސަތު ދެނީ ދުނިޔޭގައި ކްރިކެޓް ކުރިއަރުވަން ކުރާ ކަމެއްގެ ގޮތަށް ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން އެންމެ ކުރީއްސުރެ ރާއްޖޭގެ ކްރިކެޓް ޓީމުން އައިސީސީގެ މުބާރާތްތަކުގައި ގަވާއިދާ އެއްގޮތަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީ ކުޅުންތެރިން، އެހެން ގައުމުތަކެކޭ އެއްފަދައިން ހިމަނާ ކަމަށްވެސް ވިދާޅުވިއެވެ.

މަޚްލޫފް ވިދާޅުވީ އެތުލެޓިކްސް ޓީމު އުޅުނީ ތަމްރީނެއްގައި ކަމަށާއި، އެއީ ބައިނަލްއަގުވާމީ އިދާރާއެއްގެ މުބާރާތެއް ނޫން ކަމަށެވެ. އަދި އެ މުބާރާތުގައި ރާއްޖޭގެ އެތުލީޓުން ބައިވެރިވެ ތަމްރީންތައް ލިބުމަކީ ކުރިއަށް ތާވަލުކޮށްފައި ހުރި ގައުމީ ޓީމުން ވާދަކުރާ ބައިނަލްއަގުވާމީ މުބާރާތްތަކަށް ލިބޭނެ ކުރިއެރުމެއް ކަމަށާއި، އެތުލެޓިކްސް ޓީމުގައި އެހެން ގައުމެއްގެ އެތުލީޓަކު ހިމެނުމަށް ދިމާވި ސަބަބަކީ ޓީމުން އެއް ކުއްޖަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުން ކަމަށްވެސް ވިދާޅުވިއެވެ.

އަދި ވިދާޅުވީ އެ މުބާރާތުގައި ދުވީ ގައުމީ ޓީމު ނޫން ކަމަށާއި، އަދި ލައިގެންތިބީ ގައުމީ ޖާޒީއެއް ނޫން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި މިއީ ސަސްޕެންޝަނުގައި ހުރުމުން ރަސްމީ ހައިސިއްޔަތުން ބުނާ ވާހަކައެއް ނޫން ކަމަށް އެ ޓްވީޓުގައި މަޚްލޫފް ވަނީ ވިދާޅުވެފައެވެ.

މި މަހު 25 އިން 29 އަށް އިންޑިއާގައި ކުރިއަށްދިޔަ މި މުބާރާތުގައި ބައިވެރިވާން ރާއްޖޭން ހަތަރު އެތުލީޓަކު އިންޑިއާއަށް ދިޔައިރު، އޭގެ ތެރެއިން އެއް އެތުލީޓަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެއާއެކު މި މުބާރާތުގައި ރާއްޖެއިން ބައިވެރިވީ އިންޑިއާ އެތުލީޓަކު ޓީމުގައި ހިމަނައިގެންނެވެ. އެ މުބާރާތުގައި އިންޑިއާގެ އެތުލީޓު ބޭނުންކޮށްފައިވަނީ ރާއްޖޭގެ ގައުމީ ޕްރެކްޓިސް ޖާޒީއެވެ.

"ރާއްޖެ.އެމްވީ" އަށް ދެއްވި އިންޓަވިއުއެއްގައި އެތުލެޓިކްސް އެސޯސިއޭޝަނުގެ ރައީސް މުޙައްމަދު ތޮލާލް ވިދާޅުވީ ޓީމުގައި އިންޑިއާގެ އެތުލީޓަކު ހިމެނުމަށް ނިންމީ މުބާރާތް އިންތިޒާމުކުރާ ފަރާތްތަކާ ވާހަކަ ދެއްކުމަށްފަހު ކަމަށާއި، އެ ނިންމުން ނިންމީ ރާއްޖޭން މި މުބާރާތުގައި ބައިވެރިވާން ދިޔަ ދުވުންތެރިންނަށް ފުރުސަތު ގެއްލުނަ ނުދިނުމަށް ކަމަށްވެސް ވިދާޅުވިއެވެ.

އިންޑިއާގެ މުބާރާތުގައި ރާއްޖޭގެ ފިރިހެން ރިލޭ ޓީމުވެސް ވާދަކުރިއެވެ. މި އަހަރުގެ އިންޑިއަން ސްޓޭޓް ޗެމްޕިއަންޝިޕްގައި ރާއްޖޭން ވާދަކުރިއިރު، މި މުބާރާތުގައި 2014 އަދި 2019 ވަނަ އަހަރުވެސް ރާއްޖޭން ވަނީ ވާދަކޮށްފައެވެ. މިފަހަރު މުބާރާތުގައި ސްރީ ލަންކާ، ބަންގްލަދޭޝް، ބޫޓާން އަދި ކަޒަކިސްތާނުންވެސް ވަނީ ވާދަކޮށްފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ

25 ޖެނުއަރީ 2017
ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
10 ޖެނުއަރީ 2017

ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ

10 ޖެނުއަރީ 2017
ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ
10 ޖެނުއަރީ 2017

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި
07 ޖެނުއަރީ 2017

އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ

07 ޖެނުއަރީ 2017
އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް