Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެމްބާޕޭ އަތުން ޕެނަލްޓީ ގެއްލުން

ޕެނަލްޓީ ނުޖެހުނު ފަހުން އެމްބާޕޭގެ ލޮލަކަށް ނިންޖެއް ނާދޭ!

30 ޖޫން 2021 | ބުދަ 12:38

ޔޫރޯގައި އެމްބާޕޭއަށް އެއްވެސް ލަނޑެއް ޖެހިފައެއް ނުވޭ

އަތޫފް އާތިފް
އަތޫފް އާތިފް | 30 ޖޫން 2021 | ބުދަ 12:38
ފްރާންސްގެ ޒުވާން ތަރި ކީލިއަން އެމްބާޕޭ

ފްރާންސްގެ ޒުވާން ތަރި ކީލިއަން އެމްބާޕޭ

ޔޫރޯ 2020 ގެ ދެވަނަ ބުރުގައި ސްވިޓްޒަލެންޑާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު ޕެނަލްޓީ ނާކާމިޔާބުވި ފަހުން ލޮލަށް ނިދި ނާންނަ ކަމަށް ފްރާންސްގެ ޒުވާން ތަރި ކީލިއަން އެމްބާޕޭ ބުނެފިއެވެ.

މި އަހަރުގެ ޔޫރޯގައި އެންމެ ވިދާލާނެ ކަމަށް ބެލެވުނު އެއް ކުޅުންތެރިއަކީ އެމްބާޕޭއެވެ. އެކަމަކު މި މުބާރާތަކީ އެމްބާޕޭއަށް ނާކާމިޔާބު މުބާރާތެކެވެ. އެގޮތުން މި މުބާރާތުގައި ފްރާންސްއިން ކުޅުނު ހަތަރު މެޗުގައިވެސް އެމްބާޕޭއަށް ލަނޑެއް ޖެހިފައެއް ނުވެއެވެ. އަދި މި ފަހަރުގެ މުބާރާތުން ދުނިޔޭގެ ޗެމްޕިއަނުން ކެޓީ ސްވިޓްޒަލެންޑާ ދެކޮޅަށް ކުޅުނު ދެވަނަ ބުރުގެ މެޗުގައި އެމްބާޕޭގެ އަތުން ގެއްލުނު ޕެނަލްޓީގެ ސަބަބުންނެވެ. އެއާއެކު އެމްބާޕޭއަށް ވަނީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައެވެ.

ދާދި ދިން އިންޓަވިއުއެއްގައި އެމްބާޕޭ ބުނީ ސްވިޓްޒަލެންޑް މެޗުގެ ފަހު ޕެނަލްޓީ އޭނާ ޖެހީ ކުޅުންތެރިންގެ އެދުމުގެ މަތިން ކަމަށެވެ. އަދި ޕެނަލްޓީ ޖެހީ އިތުބާރާއެކުގައި ކަމަށާއި، އެކަމަކު ޕެނަލްޓީ ނާކާމިޔާބުވި ފަހުން މިހާތަނަށް އޭނާއަށް ރަނގަޅަށް ނުނިދޭ ކަމަށެވެ. އަދި މިއީ އޭނާ އެންމެ ލޯބިވާ ކުޅިވަރުގައި އަންނާނެ ހާލަތެއްކަން އެނގޭ ކަމަށާއި، އެކަމަށް ފްރާންސްގެ ސަޕޯޓަރުންގެ ކިބައިން މާފަށް އެދޭ ކަމަށްވެސް ވަނީ ބުނެފައެވެ.

މީގެ އިތުރުން މި އިންޓަވިއުގައި އެމްބާޕޭ ވަނީ އޭނާގެ މުސްތަގުބަލާ ގުޅޭގޮތުންވެސް ވާހަކަދައްކާފައެވެ. އެމްބާޕޭ ބުނީ އޭނާ ކުރިއަށް އޮތް ސީޒަނުގައި ކުޅޭނެ ޓީމެއް އަދި ކަނޑަނާޅާ ކަމަށާއި، އެކަމަކު ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އެކަން އިއުލާން ކުރާނެ ކަމަށެވެ. އެމްބާޕޭ މިހެން ބުނިއިރު، ސްޕެއިންގެ ގަދަ ބާރު ރެއާލް މެޑްރިޑުން އަންނަނީ އޭނާގެ ސޮއި ހޯދަން މަސައްކަތް ކުރަމުންނެވެ.

މި ފަހަރުގެ ޔޫރޯގައި އެމްބާޕޭއަށް އެންމެ އެދެވޭ ކުޅުން ނުދެއްކުނު ނަމަވެސް، ފްރާންސްއިން 2018 ވަނަ އަހަރު ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރިއިރު، އޭރު އުމުރުން 19 އަހަރުގެ އެމްބާޕޭ ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. އަދި އެ މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމުވެސް އެމްބާޕޭއަށް ލިބުނެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

3

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

4

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

5

ޓްރަމްޕްގެ ދަރިކަލުން ބެރޮންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އީރާން އިން ދެއްކި މަންޒަރާއެކު، ސީކްރެޓް ސަރވިސް އެލާޓުގައި!

އިތުރަށް ކިޔާލަން

30 ޑިސެމްބަރު 2017

ޔޫތް ޗެމްޕިއަންޝިޕް: ޕެނަލްޓީ ޖަހައިގެން މާޒިޔާ ބަލިކޮށް އީގަލްސް އިން ތަށި މިލްކުކޮށްފި

30 ޑިސެމްބަރު 2017
ޔޫތް ޗެމްޕިއަންޝިޕް: ޕެނަލްޓީ ޖަހައިގެން މާޒިޔާ ބަލިކޮށް އީގަލްސް އިން ތަށި މިލްކުކޮށްފި
09 ޑިސެމްބަރު 2017

ޕްރެޒިޑެންޓްސް ކަޕް: ޕެނަލްޓީ ޖަހައިގެން ޓީސީ ބަލިކޮށް ނިއު ފައިނަލަށް

09 ޑިސެމްބަރު 2017
ޕްރެޒިޑެންޓްސް ކަޕް: ޕެނަލްޓީ ޖަހައިގެން ޓީސީ ބަލިކޮށް ނިއު ފައިނަލަށް
07 ޑިސެމްބަރު 2017

އެފްއޭ ކަޕް: ޕެނަލްޓީގައި ޓީސީ ބަލިކޮށް ނިއު ޗެމްޕިއަންކަން ހޯދައިފި

07 ޑިސެމްބަރު 2017
އެފްއޭ ކަޕް: ޕެނަލްޓީގައި ޓީސީ ބަލިކޮށް ނިއު ޗެމްޕިއަންކަން ހޯދައިފި
26 އޮކްޓޯބަރު 2017

ޖަރުމަނު ކަޕް: ޕެނަލްޓީ ޖަހައިގެން ބަޔާން ސަލާމަތްވެއްޖެ

26 އޮކްޓޯބަރު 2017
ޖަރުމަނު ކަޕް: ޕެނަލްޓީ ޖަހައިގެން ބަޔާން ސަލާމަތްވެއްޖެ
24 ޖުލައި 2017

ކްލަބް ފްރެންޑްލީ: ޕެނަލްޓީ ޖަހައިގެން ރެއާލްގެ މައްޗަށް ޔުނައިޓެޑު ކުރިހޯދައިފި

24 ޖުލައި 2017
ކްލަބް ފްރެންޑްލީ: ޕެނަލްޓީ ޖަހައިގެން ރެއާލްގެ މައްޗަށް ޔުނައިޓެޑު ކުރިހޯދައިފި
29 ޖޫން 2017

ކޮންފެޑެރޭޝަންސް ކަޕް: ޕެނަލްޓީ ޖަހައިގެން ޕޯޗުގަލް ބަލިކޮށް ޗިލީ ފައިނަލަށް

29 ޖޫން 2017
ކޮންފެޑެރޭޝަންސް ކަޕް: ޕެނަލްޓީ ޖަހައިގެން ޕޯޗުގަލް ބަލިކޮށް ޗިލީ ފައިނަލަށް
12 މެއި 2017

ޔޫއެފާގެ ޕެނަލްޓީ ޖެހުމުގެ އާ ގަވާއިދު ޓެސްޓްކޮށްފި

12 މެއި 2017
ޔޫއެފާގެ ޕެނަލްޓީ ޖެހުމުގެ އާ ގަވާއިދު ޓެސްޓްކޮށްފި
10 މެއި 2017

ޕެނަލްޓީގައި ވީކޭ ބަލިކޮށް ކުޑަ ހެންވޭރު ފައިނަލަށް

10 މެއި 2017
ޕެނަލްޓީގައި ވީކޭ ބަލިކޮށް ކުޑަ ހެންވޭރު ފައިނަލަށް
14 އެޕްރީލު 2017

އިލިއާގެ ޕެނަލްޓީއާއެކު ގްރީން ސްޓްރީޓަށް ތިން ޕޮއިންޓް

14 އެޕްރީލު 2017
އިލިއާގެ ޕެނަލްޓީއާއެކު ގްރީން ސްޓްރީޓަށް ތިން ޕޮއިންޓް
25 ފެބުރުއަރީ 2017

ސްޓްރީޓް ސޮކާ 2017: ޕެނަލްޓީ ޖަހައިގެން ފެލްކަން ބަލިކޮށް ޑީސީ ޗެމްޕިއަންކަން ހޯދައިފި

25 ފެބުރުއަރީ 2017
ސްޓްރީޓް ސޮކާ 2017: ޕެނަލްޓީ ޖަހައިގެން ފެލްކަން ބަލިކޮށް ޑީސީ ޗެމްޕިއަންކަން ހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް