Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮވިޑް-19 ރާއްޖޭގެ ހާލަތު

އަންގާރަ ދުވަހު ޕޮޒިޓިވްވީ 178 މީހުން

މާލެ ސަރަހައްދުން ޕޮޒިޓިވްވީ 43 މީހަކު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 30 ޖޫން 2021 | ބުދަ 02:26
ކޮވިޑް-19 އާ ގުޅިގެން ފްރަންޓްލައިންގައި ހަރަކާތްތެރިވާ ފަރާތްތަކުން މަސައްކަތް ކުރަނީ

ކޮވިޑް-19 އާ ގުޅިގެން ފްރަންޓްލައިންގައި ހަރަކާތްތެރިވާ ފަރާތްތަކުން މަސައްކަތް ކުރަނީ

އަތޮޅު ތެރެއިން ޕޮޒިޓިވްވި 125 މީހުންނާއެކު އަންގާރަ ދުވަހު ރާއްޖެއިން ޕޮޒިޓިވްވީ 178 މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން، ހޯމަ ދުވަހުގެ ހަވީރު 6ން އަންގާރަ ދުވަހުގެ 6ށް ނަގާފައިވަނީ 5199 ސާމްޕަލެވެ. މީގެ ތެރެއިން 178 މީހަކު ޕޮޒިޓިވްވި އިރު، ގިނައީ އަތޮޅު ތެރެއިން ރިޕޯޓް ކުރި ކޭސްތަކެވެ. 125 މީހަކު އަތޮޅު ތެރެއިން ޕޮޒިޓިވްވި އިރު މާލެ ސަރަހައްދުން ޕޮޒިޓިވްވީ 43 މީހުންނެވެ. ރިސޯޓްތަކުން 7 މީހަކު ޕޮޒިޓިވްވި އިރު، ތަރައްގީ ކުރަމުން އަންނަ ރަށަކުން 3 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

Advertisement - newsAdvertisement

އަންގާރަ ދުވަހުގެ އަދަދުތަކާއެކު ރާއްޖެއިން މިހާތަނަށް 73،660 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އެކްޓިވް ކޭސްތައް ވަނީ 4 ހާހުން 3815ށް ވެއްޓިފައެވެ. މީގެ ތެރެއިން 27 މީހަކަށް ފަރުވާ ދެމުން އަންނަނީ އެޑްމިޓްކޮށްގެންނެވެ. 210 މީހަކު ބަލީގައި ނިޔާވެފައިވާ އިރު، 69،623 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ޖޫން 21 ވަނަ ދުވަހުން 28 ވަނަ ދުވަހަށް ޕޮޒިޓިވިޓީ ރޭޓް ހުރީ ފަސް އިންސައްތަ އިން ދަށުގައެވެ. އެގޮތުން 21 ވަނަ ދުވަހު 4.8 އިންސައްތަ، 22 ވަނަ ދުވަހު 3.2 އިންސައްތަ، 23 ވަނަ ދުވަހު 3.8 އިންސައްތަ، 24 ވަނަ ދުވަހު 4.3 އިންސައްތަ އަދި 25 ވަނަ ދުވަހު 5.1 އިންސައްތަ އަށް އެރި އިރު، 26 ވަނަ ދުވަހު ޕޮޒިޓިވިޓީ ރޭޓްހުރީ 2.6 އިންސައްތައިގަ އެވެ. އޭގެ އިތުރުން ޖޫން 27 ވަނަ ދުވަހު ޕޮޒިޓިވިޓީ ރޭޓް 4.5 އިންސައްތައިގައި ހުރި އިރު، މީގެ 30 ދުވަސް ކުރިން 17.9 އިންސައްތައިގައި ހުރި ޕޮޒިޓިވިޓީ ރޭޓް ވަނީ ޖޫން 28 ވަނަ ދުވަހު 3.1 އިންސައްތަ އަށް ދަށްވެފައެވެ. މިއީ 14.8 އިންސައްތައިގެ ދަށްވުމެކެވެ.

އޭގެ އިތުރުން މި މުއްދަތުގެ ތެރޭގައި ބަލިޖެހިގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދެމުން ދިޔަ މީހުންގެ އަދަދު ވަނީ 218އިން 27ށް ދަށަށް ގޮސްފައެވެ. އަދި މެއި މަސް ނިމި ޖޫން މަހުގެ ކުރީ ކޮޅު ރާއްޖޭގައި ކޮވިޑަށް ފަރުވާހޯދަމުން ދިޔަ އެތައް ހާސް ބަޔަކު ވަނީ ބަލިން ރަނގަޅުވެފައެވ. އެގޮތުން ޖޫން މަހުގެ ފުރަތަމަ 15 ދުވަހު އެކަނި 22،416 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި ފާއިތުވި 30 ދުވަހުގެ ތެރޭގައި 31،000ށް ވުރެ ގިނަ މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ

05 ފެބުރުއަރީ 2017
ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި

ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި

04 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!

ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!

31 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު