Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރެސްޓޯރެންޓް ހިންގާ ފަރާތްތަކުގެ ކަންބޮޑުވުން

އަޅުގަނޑުގެ ވެސް އެދުމަކީ އަވަހަށް ކެފޭ ރެސްޓޯރެންޓްތައް ހުޅުވާ ވިޔަފާރި ކުރެވޭނެ މަގު ފަހިވުން – ފައްޔާޒު

މީގެ 10 ދުވަސް ކުރިން ރެސްޓޯރެންޓް ހިންގާ ފަރާތްތަކާއި ބައްދަލުކުރެއްވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 28 ޖޫން 2021 | ހޯމަ 14:26
އިކޮނަމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް - ރެސްޓޯރެންޓް ހިންގާ ފަރާތްތަކުގެ ކަންބޮޑުވުމަށް ހައްލު އަންނާނެކަމަށް މިނިސްޓަރ ވިދާޅުވި

އިކޮނަމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް - ރެސްޓޯރެންޓް ހިންގާ ފަރާތްތަކުގެ ކަންބޮޑުވުމަށް ހައްލު އަންނާނެކަމަށް މިނިސްޓަރ ވިދާޅުވި

އިގްތިސާދީ ވަޒީރުގެ ހައިސިއްޔަތުން އެދުމަކީ އަވަހަށް ކެފޭ ރެސްޓޯރެންޓްތަކާއި ވިޔަފާރިތައް ހުޅުވުން ކަމަށް  އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ރެސްޓޯރެންޓް އެސޯސިއޭޝަނުން ކުރިއަށް ގެންދިޔަ އިހުތިޖާޖާއި ގުޅިގެން ރާއްޖެއެމްވީން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ފައްޔާރު ވިދާޅުވީ ރެސްޓޯރެންޓް އެސޯސިއޭޝަންގެ ބޭފުޅުން ޚިޔާލު ފާޅުކުރުމަކީ އެ ބޭފުޅުންނަށް ލިބިގެންވާ ހައްގެއް ކަމަށާއި، އެއީ މި އަމަލުކުރަމުންދާ ޑިމޮކްރަސީގައި އޮންނަ ކަމެއް ކަމަށެވެ.

Advertisement - newsAdvertisement

މިނިސްޓަރ ވިދާޅުވީ އެބޭފުޅުންނާއި މީގެ 10 ވަރަކަށް ދުވަހު ކުރިން ވާހަކަ ދެކެވި މަޝްވަރާ ވެސް ކުރެވިފައިވާ ކަމަށެވެ.

ކެފޭ ރެސްޓޯރެންޓްތަކަށް އެހީތެރިކަން ނުލިބޭކަމަށް ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ވާހަކައަށް ރައްދު ދެއްވަމުން މިނިސްޓަރ ފައްޔާޒު ވިދާޅުވީ ކުރީ ފަހަރު ކޮވިޑް ރިލީފްގައި 4 ރެސްޓޯރެންޓަކަށް އެކަނި ލޯން ލިބުނު ކަމަށް ރެސްޓޯރެންޓް އެސޯސިއޭޝަނާއި ހަވާލާދީ ޚަބަރު ލިޔެފައިވާތަން ދެކެވަޑައިގެންނެވި ކަމަށާއި، އެއީ ކޮންތާކުން ހޯއްދެވި މައުލޫމާތެއް ކަމެއް އެނގިވަޑައި ނުގަންނަވާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ޚާއްސަކޮށް ޖިމް ސެލޫން އަދި ކެފޭ ރެސްޓޯރެންޓްތަކަށް އެންމެ ބޮޑަށް އަސަރު ކުރި ފަރާތްތަކަށް އިސްކަމެއް ދީގެން ކަންކަން ކުރައްވާނެ ކަމަށެވެ. އަދި އެ ހުރިހާ ވާހަކައެއް އެބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ކަމަށާއި، އެބޭފުޅުން އިހްތިޖާޖަކަށް ދާންޖެހުނު ސަބަބެއް އެނގިވަޑައި ނުގަންނަވާ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ އުނދަގޫތަކެއް ނެތް ވާހަކައެއް ނޫން ކަމަށާއި، އެހެންނަމަވެސް އެކަމާއި މަޝްވަރާތަކެއް ކުރެވި އެކަމާއި އެބޭފުޅުންނަށް ވެސް ކަންތައްތަކެއް ކޮށްދޭނެ ވާހަކަ ވަރަށް ސާފުކޮށް ދަންނަވާފައިވާނެ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ އިހުތިޖާޖަށް ނުކުތުމުގެ ކުރިން އެވާހަކަ މިނިސްޓަރާއި ހިއްސާ ނުކުރައްވާ ކަމަށާއި، އިހުތިޖާޖު ކުރާ ވާހަކަ ފެނުނީ ޓްވީޓަކުން ކަމަށެވެ. އަދި މީގެ ކުރިން ވެސް އެބޭފުޅުންނާއި ބައްދަލުވި ނަމަވެސް އެފަދަ ވާހަކައެއް ނުދައްކާ ކަމަމަށެވެ. އަދި މީގެ 10 ވަރަކަށް ދުވަސް ކުރިން އޮންލައިންކޮށް ކެފޭ ރެސްޓޯރެންޓްތަކާއި ވެސް މަޝްވަރާ ކުރެވުނު ކަމަށެވެ. އެގޮތުން ފިނޭންސް މިނިސްޓަރާއި ވެސް ވާހަކަ ދެކެވުނު ކަމަށާއި، އެބޭފުޅުން ބޭނުންވަނީ އިންޑައިނިންގ ވަގުތުން ވަގުތަށް ހުޅުވާލަން ކަމަށެވެ. އެހެންނަމަވެސް މެޑިކަލް ޑޮކްޓަރުންގެ ލަފަށް ބިނާކޮށް ތަންތަން ހުޅުވަމުން ދާ ކަމަށާއި، އެއީ އެކަން ކުރެވެން އޮންނަ ގޮތް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އިގްތިސާދީ ވަޒީރުގެ ހައިސިއްޔަތުން ވެސް ރަނގަޅީ ވީހާވެސް އަވަހަކަށް ތަންތަން ހުޅުވާލައިގެން އާންމު ވިޔަފާރިތަކަށް ފައިސާ ވަނުން ކަމަށާއި، އެކަމުގެ ސަބަބުން ވަޒީފާ އުފެދި ދައުލަތަށް ޓެކްސް ވެސް ވަނުން ކަމަށެވެ. އެހެންނަމަވެސް މިއީ މިނިސްޓްރީގެ ކޮންޓްރޯލްގައި އޮތް ކަމެއް ނޫން ކަމަށާއި، އިންސާނުންގެ ފުރާނަ ރައްކާ ކުރަން ސަރުކާރުން ވާންޖެހޭ ގުރުބާނީއެއް ނުވެ ވާކަށް ވެސް ނެތް ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މެންޑޭޓަކީ ކެފޭ ހިންގުމެއް ނޫން، ކެފޭ ހަވާލުކުރާނީ ތަޖުރިބާ ހުރި ފަރާތަކާ: އެމްޕީއެލް

މެންޑޭޓަކީ ކެފޭ ހިންގުމެއް ނޫން، ކެފޭ ހަވާލުކުރާނީ ތަޖުރިބާ ހުރި ފަރާތަކާ: އެމްޕީއެލް

26 މެއި 2017
އެމްޕީއެލް އިން ހިންގާ ނޯތު ޕޯޓް ކެފޭ ބަންދު ކޮށްފި، މުވައްޒަފުން ވަކި އެއްޗެއް އަންގާނީ ރަމްޟާން މަހަށް ފަހު!

އެމްޕީއެލް އިން ހިންގާ ނޯތު ޕޯޓް ކެފޭ ބަންދު ކޮށްފި، މުވައްޒަފުން ވަކި އެއްޗެއް އަންގާނީ ރަމްޟާން މަހަށް ފަހު!

26 މެއި 2017
އަޅުގަނޑުގެ ވޯޓު އޮޅުވާލީ ވައްކަން ކުރުމަށް: ޝަރީފް

އަޅުގަނޑުގެ ވޯޓު އޮޅުވާލީ ވައްކަން ކުރުމަށް: ޝަރީފް

08 މެއި 2017
ގާސިމް، އަބްދުﷲ ރިޔާޒު އަދި ތޮއްޔިބުގެ މައްޗަށް ވަރަށް އަވަހަށް ދައުވާ ކުރަން ކޯޓަށް ފޮނުވަނީ!

ގާސިމް، އަބްދުﷲ ރިޔާޒު އަދި ތޮއްޔިބުގެ މައްޗަށް ވަރަށް އަވަހަށް ދައުވާ ކުރަން ކޯޓަށް ފޮނުވަނީ!

06 އެޕްރީލު 2017
ވަރަށް އަވަހަށް ރައްޔިތުންގެ މެޖޯރިޓީ ނަގާނަން: އަލީ ޒާހިރު

ވަރަށް އަވަހަށް ރައްޔިތުންގެ މެޖޯރިޓީ ނަގާނަން: އަލީ ޒާހިރު

04 އެޕްރީލު 2017

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު