Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ބިލު

ފޮރިން ސަރވިސް ވަކި ޚިދުމަތަކަށް ހެދުމަށް ހުށަހަޅާފައިވާ ބިލުގެ ބަހުސް ފަށައިފި

28 ޖޫން 2021 | ހޯމަ 06:09

ބިލުގައި ތޭރަ ބާބު ހިމެނޭ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 28 ޖޫން 2021 | ހޯމަ 06:09
މި ބިލު ސަރުކާރުގެ ފަރާތުން ހުށައަޅުއްވާފައިވަނީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް

މި ބިލު ސަރުކާރުގެ ފަރާތުން ހުށައަޅުއްވާފައިވަނީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް

ސިވިލް ސަރވިސްއާ ވަކިކޮށް ފޮރިން ސަރވިސް ވަކި ޚިދުމަތަކަށް ހެދުމަށް ހުށަހަޅާފައިވާ ބިލުގެ ބަހުސް ފަށައިފިއެވެ.

ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި ބިލު ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވަނީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމެވެ.

Advertisement - newsAdvertisement

ބިލު ހުށައަޅުއްވަމުން މެންބަރު ވިދާޅުވީ ބިލުގައި ތޭރަ ބާބު ހިމޭނެ ކަމަށާއި، އަދި ބިލު އެކުލެވިގެން ވަނީ 71 މާއްދާގެ މައްޗަށް ކަމަށެވެ. އަދި މި ބިލު ހުށަހެޅުއްވީ ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ހަރުދަނާކުރުމުގެ ގޮތުން ކަމަށެވެ.

ބިލުގައި ބުނީ މި ގާނޫނަކީ ރާއްޖޭގެ ޚާރިޖީ ސިޔާސަތު ހިންގައި ތަންފީޒު ކުރުމަށް ފޮރިން ސަރވިސްގެ ނަމުގައި ވަކި ޚިދުމަތެއް ގާއިމުކޮށް، އެ ޚިދުމަތް ރޭވިފައިވާ ގޮތާއި ފޮރިން ސަރވިސް ހިންގުމާގުޅޭ އުސޫލުތަކާއި އެ ސަރވިސްގެ މުވައްޒަފުންނާ ގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ގާނޫނު ކަމަށެވެ. އަދި މި ގާނޫނަށް ކިޔާނީ "ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ގާނޫނު" ކަމަށެވެ.

ގާނޫނުގެ މަގްސަދުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސަރަޙައްދުގެ ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި އަދި ބައިނަލްއަގްވާމީ މުޖުތަމައުގައި ދިވެހިރާއްޖޭގެ ގައުމީ ސިޔާދަތަށް އިހުތިރާމުކުރުން އިތުރުކުރުމާއެކު، ދިވެހިރާއްޖޭގެ ފަރާތުން ބައިނަލްއަގްވާމީ މުޖުތަމައަށް އަދާކުރަންޖެހޭ ޒިންމާތައް ފުރިހަމައަށް އަދާކުރުމުގައި، ރައީސުލްޖުމްހޫރިއްޔާއަށް އެހީތެރިވެދިނުމަށް ޕްރޮފެޝަނަލް ފޮރިން ސަރވިސްއެއް ގާއިމުކުރުން ހިމެނެއެވެ.

އަދި ރާއްޖޭގެ ޚާރިޖީ ސިޔާސަތު އެކުލަވާލައި ތަންފީޒު ކުރުމަށްޓަކައި ހުނަރުވެރި، އިލްމީ، ތަޖުރިބާކާރު ބައެއްގެ މައްޗަށް އެކުލެވޭ ފުރިހަމަ ފޮރިން ސަރވިސްއެއް ގާއިމުކުރުމަށް މަގުފަހިކުރުން ވެސް ހިމެނެވެ. މީގެ އިތުރުން ޚާރިޖީ ގުޅުންތަކަކީ ދިވެހިރާއްޖެއާއި ބޭރު ދުނިޔެ ގުޅުވައިދޭ އެންމެ މުހިންމު އެއްބަހާ ކަމަށްވުމާއެކު، ދިވެހި ރައްޔިތުންނާއި ބައިނަލްއަގްވާމީ މުޖުތަމައުއިން އިތުބާރާއެކު ބަލައިގަންނާނެ ފަދަ ފެންވަރަކަށް ރާއްޖޭގެ ޚާރިޖިއްޔާ ތަރުތީބުކޮށް އަތުރާލުމަށް މަގުފަހިކުރުމަކީ ވެސް އެ ގާނޫނުގެ މަގްސަދެކެވެ.

ގާނޫނުގައި ބުނީ ރާއްޖޭގެ ޚާރިޖީ ސިޔާސަތު ކަނޑައަޅައި، ހިންގައި، އެ ސިޔާސަތު ހިނގާނުހިނގާ ގޮތް ބެލުމުގެ އެންމެ އިސްވެރިއަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އަންގަވާ ގޮތެއްގެމަތިން، ގާނޫނާއި، ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން، ފޮރިން ސަރވިސްގެ އެންމެހައި ކަންކަން ހިންގުމުގެ އެންމެ އިސްވެރިއަކީ ފޮރިން މިނިސްޓަރު ކަމަށެވެ.

މީގެ އިތުރުން މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގައި ބަޔާންކުރާ ގޮތުގެމަތިން، ފޮރިން ސަރވިސްގެ އެންމެހައި ކަންކަން ދުވަހުންދުވަހަށް ހިންގުމުގައި މިނިސްޓަރަށް އެހީތެރިވެދިނުމަށްޓަކައި، ފޮރިން ސެކްރެޓަރީއެއް ހުންނަންވާނެ ކަމަށާއި ފޮރިން ސެކްރެޓަރީއަކީ ފޮރިން ސަރވިސްގެ އެންމެ އިސްމުވައްޒަފު ކަމަށް ބަޔާން ކޮށްފައިވެއެވެ. އަދި ގާނޫގެ ދަށުން ގަވާއިދުތައް ހަދައި، ހިންގާނީ މިނިސްޓްރީން ކަމަށް ވެސް ވަނީ ބަޔާންކޮށްފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
11 ޖެނުއަރީ 2017

މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި

11 ޖެނުއަރީ 2017
މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި
10 ޖެނުއަރީ 2017

ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި

10 ޖެނުއަރީ 2017
ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް